އައިޖީއެމްއެޗް: އަައިޖީއެމްއެޗަށް އަލަށް އިތުރުކުރި 75 އެނދު އަންނަ މަހު ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
02 އެޕްރީލް 2025 - 17:06
އައިޖީއެމްއެޗުގެ ޖާގައިގެ ދަތިތަކަމަށް ލުޔެއް ހޯދައިދިނުމަށް 75 އެނދުގެ ޕްރޮޖެކްޓެއް ކުރިއަށް އެބަދާ ކަމަށާއި އެ އެނދުތައް އަންނަ މެއި މަހު ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ މި ސަރުކާރާ ހަވާލުވިއިރު އައިޖީއެމްއެޗުގެ ފެންވަރު ހުރީ ދަށްކޮށް ކަމަށެވެ. އެހެންވެ މިދިޔަ ދުވަސްތަކުގައި އެތަނުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި އޭގެ ތެރޭގައި 75 އެނދުގެ ޕްރޮޖެކްޓް ހިމެނޭ ކަމަށެވެ.
"ދެން އެންމެ އަވަހަށް ހުޅުވިގެން ދާނީ 75 އެނދުގެ ޕްރޮޖެކްޓް. އޭރުން ވަރަށް ބޮޑުތަނުން ޖާގަ އިތުރުވެގެން އެބަދޭ،" ރައީސް ވިދާޅުވި އެވެ.
އެތަން ހުޅުވުމުން މިހާރު އައިޖީއެމްއެޗަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެތަން ހުޅުވާނީ އަންނަ މަހުގަ އެވެ. އެތަނުގެ ޖެނަރަލް ވޯޑުގައި 44 އެނދާއި ހައި ޑިޕެންޑެންސީގައި 15 އެނދާއި ޕްރައިވެޓް 14 ޔުނިޓް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަފުޅު ދައްކަވަނީ.
ރައީސް ވިދާޅުވި ގޮތުގައި ފަރުވާގެ ފެންވަރު ރަނގަޅުކުރުމަށް މިދިޔަ ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވުނެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ އީއާރެއް ހަދައި، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ހިދުމަތް ދެމުންދާ ކަމަށް ވިދާޅުވި އެވެ.
"މިދިޔަ ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަހުގެ ތެރޭގައި 10،393 ކުދިން އެތަނުން ހިދުމަތް ހޯދައިފި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ކުޑަ ދުވަސްކޮޅުގެ ތެރޭގައި އެތަނުން 10،393 ކުދިން ހިދުމަތް ހޯދާފައިވާ ކަމަށާއި އެތަން ނުހަދާ ނަމަ، އެ ކުދިން ވެސް ހިދުމަތް ހޯދާނީ އާންމުން ވެސް ބޭނުންކުރާ އީއާރުން ކަމަށެވެ.
އެތަން ހުންނާނީ ކުޑަކުދިންނަށް ކަމުދާ ހިތްގައިމު ގޮތަކަށް ކަމަށާއި އެތަނުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ތިބުމުން، ކުޑަކުދިންނަށް ހާއްސަ ސަމާލުކަމެއް ވެސް ލިބިގެންދާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލު ވެސް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހިދުމަތްތައް ވަނީ އިތުރުކޮށްފަ އެވެ. އަދި ވިލިމާލޭގައި ވެސް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޗައިނާ ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުން ގާއިމުކުރާނެ ކަމަށް ވިދާޅުވި އެވެ. އެކަމުގައި ފައިސާގެ ދަތިކަމެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
02 April 2025
ބަލިމީހުނަށް ފައިދާ އޮތީ 75 އެނދަށްވުރެ ޑޮކްޓަރުންގެ ޢަދަދު އިތުރުކޮށްގެންނެވެ!
ދުރުމި
02 April 2025
ވިލިމާލޭގައި ވެސް 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ޗައިނާ ސަރުކާރުން ދޭ ހިލޭ އެހީގެ ދަށުން ގާއިމުކުރާނެ ކަމަށް ވިދާޅުވި، މި ހޮސްޕިޓަލް ލައްކައކަށް ވުރެ ގިނަ މީހުން ދިރިއުޅޭ ހމ ފޭސް2 އަޅާބަލަ. ވިލިމާލެ ބުރިޖު އެޅީމަ އައިޖީއެމްއެޗް އަށް އަންނަން ނުނަގާނެ 10 މިނިޓުވެސް . ޕޮލިސީ ލެވަލްގައި ކަންކަން ނިންމާއިރު ތަންކޮޅެއް ހަރުދަނާކޮށް ނިންމަބަލަ
މރ.ކާޕެޓް ޝހދ
05 April 2025
ކުރިން ދުރުމިއަޅާފަ ތިވާހަކަ ބުނެލިނަމަ ދޯ ؟ މިހާރު ދެން ކުރާނެކަމެއް ނެތް. ޕޮލިސީ ލެވެލގަ އެ ނިމްމީ އެތާއޭ އަޅާނީ. ކުރިއަށް އޮތްތާ ބުރިޖުގެ ސަބަބުން ތިލަފުށްޓާއި ގުޅިފަޅާވެސް ވިލިގިއްޔާ ގުޅިގެންދާއިރު ބޮޑު އާބާދީއަކަށް އައިޖީއެމް އެޗް އެކަނި ނުފުދޭނެކަ ް ޕޮލިސީ ހަދާ މީހުންނަށް ރޭކާލަޔޭ. އެހެންވެ އެ ނިންމުން ނިންމާ ތަންފީޒަށް އެދަނީ.