ރައީސްިި ޑރ. މުއިއްޒު، އިނގިރޭސިވިލާތުގައި ކިޔަވާ ދަރިވަރުންނާ އިއްޔެ ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
05 އެޕްރީލް 2025 - 10:56
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ފައިސާ ޖަމާކުރުމައި ދިމާވާ ލަސްތަކާއި އެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް މިނިސްޓްރީން ޖަވާބު ނުދޭ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސްކޮލަޝިޕުގައި ކިޔަވަން ގޮސްފައި ތިބި ކުދިން އަދި ލޯނުގައި ކިޔަވާ ކުދިންގެ ޓިއުޝަން ފީ ދެއްކުމުގައި ދިމާވި މައްސަލަތައް ހައްލުކުރަން މިދިޔަ ދުވަސްތަކުގައި ވަރަށް ގިނަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާއިރު ފައިސާ ލިބުން ލަސްވުމުން ދިމާވާ ދަތިތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް، ޑިގްރީ އިން އިން ފެށިގެން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް އިނގިރޭސިވިލާތުގައި 12 އަހަރު ހޭދަކުރެއްވި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ ކޮންމެ ގައުމެއްގައި ހުރެގެން ކިޔެވިއަސް އެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނަށް އެންމެ ގިނައިން ލިބިފައި ހުރީ ދަރިވަރުން ކޮށްފައި ހުރި އީ-މެއިލަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ޖަވާބުދިނުން ލަސްވުމުގެ މައްސަލަތައް ކަމަށެވެ. އެ ކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ވިދާޅުވި އެވެ.
"ނިޒާމުގެ ތެރޭގައި ހުރި މައްސަލަތަކެއް. އެކަން އިރާދަކުރެއްވިއްޔާ ރަނގަޅުކޮށް އެފިޝަންޓުކޮށްދީ އިރާދަކުރެއްވިއްޔާ ގެނެސްދޭނަނަން. އަވަސްކޮށް ޖަވާބުދިނުމާއި އޮންޓައިމް އެ ލިބެންޖެހޭ ފައިސާ ޖަމާކޮށްދިނުމުގެ ކަންކަން، މިކަންކަން ރަނގަޅުކޮށްދިނުމުގެ ކަންކަން ކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ އިނގިރޭސިވިލާތުގައި ދިރިއުޅޭ ދަރިވަރުން ބޭނުންކުރަމުން ދިޔަ އިމާރާތް، ނަންބަރު 9 ރޯޒްމޮންޓް އެވެނިއު އަލުން މޯލްޑިވްސް ސްޓޫޑެންޓްސް އެސޯސިއޭޝަން-ޔޫކޭ (އެމްއެސްއޭ) އާ ހަވާލުކުރިކަން އިއުލާނުކުރައްވައިފަ އެވެ.
ޒަމާނުއްސުރެ ވެސް އެ ތަން ބަލަހައްޓަމުން ދިޔައީ ދަރިވަރުންގެ ޖަމިއްޔާއިންނެވެ. އޭގެ ތެރެއިން، ދިވެހި ދަރިވަރުން އިނގިރޭސިވިލާތުގައި ހެޔޮ އަގެއްގައި ތިބުމާއި ޖަމިއްޔާގެ އެއްވުންތައް ފަދަ ކަންކަމަށް ބޭނުންކުރި އެވެ އެކަމަކު، ރާއްޖޭގެ ހައި-ކޮމިޝަންގެ ބޭނުމަށް ވަކި ހިސާބަކުން އެ އިމާރާތް ނެގީ އެވެ.
ރައީސް ވިދާޅުވީ އެ ޖަމިއްޔާގެ ޗެއާޕާސަނަކަށް އެ މަނިކުފާނު 2007 ވަނަ އަހަރު ހުންނެވިއިރު އަދި އޭގެ ފަހުން ވެސް މުހިއްމު ގިނަ ކަންކަމަށް އެ އިމާރާތް ބޭނުންކުރި ކަމަށެވެ.
ސަރުކާރުން ވަނީ މީގެ އަހަރުތަކެއް ކުރިން އަމަލުކުރި ގޮތަށް، ދަރިވަރުންގެ ޖަމިއްޔާއަށް މާލީ އެހީތެރިކަން ދޭން ވެސް އަލުން ފަށައިފަ އެވެ.
އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބީއެމްއެލްގައި ހުޅުވާފައިވާ އެމްއެސްއޭގެ އެކައުންޓަށް ދެން ކޮންމެ އަހަރަކު ވެސް 2،000 ޕައުންޑަށް ވާ ވަރަށް ޑޮލަރު ޖަމާކޮށްދޭނެ ކަމަށެވެ.
މި ހަފުތާގެ ތެރޭގައި ވަނީ މި އަހަރަށް ހަމަޖައްސާފައިވާ ފައިސާ ޖަމާކޮށްދީފަ އެވެ. އެ ޖަމިއްޔާއިން ހިންގާ ކަންކަމަށް އޭގެ ބޭނުން ހިފޭނެކަން ފާހަގަކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮބމީ
06 April 2025
މި އިން ކޮންމެ ބޮލަކަށް ދިވެހި ދައުލަތުން އެތަށް މިލިއަން ޑޮލަރެއް ހަރަދުކުރޭ، ކިޔަވާ ނިންމާފަ މިއިން 90 ޕަސެންޓު މަސައްކަތް ކުރަނީ ރާއްޖެއިން ބޭރުގަ، ރާއްޖެއަށް ކުރާ ފައިދާ އެއްނެތް
ޙަޑަ
06 April 2025
ކަލޯމެންނަށް ހެޔޮދޯ ކުދިވިޔަފާރިތަކުގެ ބިލް ތަަކަށް ފައިސާނުދީ ކިތަންމެ ދުވަހެއް ވިޔަސް. އެއޯކޭދޯ.
ބަދަން ސިތާރާ
06 April 2025
ހައިދަރު އެކަންޏެއް ނޫން. މިހާރު އޮތް މެނޭޖްމަންޓް ވެސް ބަދަލުކޮށްގެން މުޅިން އާވިސްނުމެއްގެ ބަޔަކު އައިސްގެން ނޫނީ ތިކަމެއް ނުވާނެ
ނޯބަލް
06 April 2025
ޔޫކޭގައި ކިޔަވާ ދައިރވަރުންގެ ޖަމިއްޔާއަށް އެކަނިތޯ ސަރުކާރުން ފައިސާ ޚަރަދު ކުރަންޖެހެނީ؟ އެހެން ގައުމުތަކުގައި ކިޔަވަންތިބީ ދިވެހި ޕާސްޕޯޓްއޮތް ބިދޭސީންތޯ؟ ހަމައާ އިންސާފު ކޮބައިތޯ؟
ބޯހަލާކު
06 April 2025
ލިޔެފައޮތް އެއްޗެއް ކިޔާލިނަމަ ރަތަކަށްނޭރީސް، ކޮންމެ ގައުމެއްގަ ކިޔެވިނަމަވެސް ހައްލުކޮށްދޭވާހަކަ އެއޮތީ ލިޔެފަ.
ކިރުސައި
05 April 2025
ކަނީ، ބޮނީ، އަންނަނީ، ފެންވަރަނީ، އަންނަނީ އަންނަނީ. މީ ބަންޖެއްތަ ކިޔާ
ޢަލިކޮއެ/ހުޅުމާލެ
05 April 2025
ތިޔަކަންވެސް ޔޫކޭއަށް ނުގޮހެއް ނޭނގުނު ދެއްތޮ؟
ކޮސް
05 April 2025
ބަލަންތިބޭ! ތިކަން ނިމޭނީ އާސަންދައަށް ވީގޮތަށް. ލިބޭނެ .ނުއެއްލިބޭނެ...
ކޮސް
05 April 2025
ޚައިދަރު ބަހައްޓައިގެން އެކަމެއް ނުވާނެ. އޭނާ ވަކިކުރަން އުޅޭވާހަކަ އަޑުއިވޭ.
ދައިގަންނަގުރާ
05 April 2025
އެހެންތަ؟ ނިޒާމީ މައްސަލައެކޭތަ؟ ގައުމުގަ ލާރި ނެތިގެނެއް ނޫން ދޯ؟ ސަރުކާރު އޮތީ ޕްރައިވެޓް ސެކްޓާ އަދި ބޭރު ކުންފުނިތަކަށް ނުދަރާ ދޯ؟ އެކަމަކުވެސް ޑީފޯލްޓުނުވެޔޯ. އާން އެހެން. ސޮވެރިން ޑީފޯލްޓެއް ނުވޭވިއްޔަ. އެއްވެސް އިދާރާއަކުން ފޯނެއް ނުނަގާ އީމޭލަކަށް ޖަވާބެއް ނުދޭ. ރައީސްއަށް ނޭނގޭ ދޯ އެކަން؟ ނިކަން ފުރިހަމަ ކަމަށް ދޯ؟ އެހެންޏާ މަދުތަނެއް އެކަނި ރަގަޅަށް ނުހިނގަނީ. އެނޫނީ މި ގައުމު ހަމަ ހަބޭސް. ޥަﷲ ޢައުލަމް!
އެމްސް
05 April 2025
ދެކޮޅުނުޖެހޭވަރުގެ އެއްޗަކުން ފުއްދަން މަޖްބޫރުކުރުވާ ކުރުވުމުންވެސް ވެއްޓެނީ މުޅިސަރުކާރުގެ އަގުއެވެ!