ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) ލަންކާގެ އެންމެ މަތީ ޝަރަފުގެ މެޑަލްއާ އެކު. -- ފޮޓޯ: އޭއެފްޕީ
05 އެޕްރީލް 2025 - 19:49
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ސްރީ ލަންކާއަށް ވަޑައިގެން ދިފާއީ އަދި ހަކަތައިގެ ދާއިރާއިން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވުންތަކެއް މިއަދު ހައްދަވައިފި އެވެ.
ވާދަވެރި ޗައިނާގެ ނުފޫޒާ ދެކޮޅަށް އިންޑިއާއިން އަވަށްޓެރިންނާ އެކު އެއްބަސްވުންތައް ހަދަމުން ދާއިރު ސްރީ ލަންކާއިން މިއަދު ވަނީ އެ ގައުމުގެ މަދަނީ އެންމެ މަތީ އިއްޒަތް މޯދީއަށް އަރުވައިފަ އެވެ. އެއީ މޯދީ އަމިއްލަ ގޮތުން ލަންކާއާ މެދު ބާއްވާ ގާތް ގުޅުމުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށް ލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަށް ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ އަޅުގަނޑުމެންގެ ސަލާމަތީ މަސްލަހަތުތައް ގުޅިފައިވާ ކަމަށް،" ޓީވީ މެދުވެރިކޮށް ބޭއްވި ދެއްކި ރަސްމިއްޔާތެއްގައި މޯދީ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ސަލާމަތީ ކަންކަން ވަނީ އެއްގައުމު އަނެއް ގައުމާ ގުޅި ލާމެހިފައި."
ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ސްރީ ލަންކާ ސިފައިން އިންޑިއާގައި ތަމްރީނުކުރުމުގެ އިތުރުން މައުލޫމާތާއި ޓެކްނޮލޮޖީ ވެސް މި މުއްދަތުގައި ހިއްސާކުރާނެ އެވެ.
ލަންކާގެ ރައީސް ޑިސެނަޔަކަށް ވަނީ އިންޑިއާ އަކީ ހަމައެކަނި ސަރަހައްދީ ބާރެއް ނޫން ކަމަށާއި އެއީ ދުނިޔޭގެ ބާރަކަށް ވަމުން ވެސް އަންނަ ގައުމެއް ކަމަށް ވިދާޅުވެ ތައުރީފްކުރައްވައިފަ އެވެ.
"ސްރީ ލަންކާގެ ސަރަހައްދު އިންޑިއާގެ ސަލާމަތަށް ގެއްލުމެއް ވެދާނެ އެއްވެސް ކަމެއްގައި ބޭނުންކުރުމުގެ ހުއްދަ އެއްވެސް ބަޔަކަށް ނުދޭނެކަމުގެ ޔަގީންކަން އަޅުގަނޑު ވާނީ މޯދީއަށް ތަކުރާރުކޮށް ދެއްވާފައި،" އޭނާ ވިދާޅުވި އެވެ.
ލަންކާގެ ބަނދަރަށް ޗައިނާގެ ސަބްމެރިންތަކާއި ރިސާޗް އުޅަނދުތަކުން އައި މައްސަލައިގައި އިންޑިއާ އިން މީގެ ކުރިން ވެސް ވަނީ ނުރުހުން ފާޅުކޮށް އެކަމާ ދެކޮޅުހަދައިފަ އެވެ. އިންޑިއާގެ މި ނުރުހުމާ ހެދި 2014 އިން ފެށިގެން ލަންކާއިން ވަނީ ޗައިނާގެ ސަބްމެރިންތައް ލަންކާ އަށް ވަނުމުގެ ހުއްދަ ނުދީފަ އެވެ.
އަދި މިދިޔަ އަހަރު ލަންކާއިން ވަނީ ބޭރުގެ ރިސާޗް އުޅަނދުތައް އެ ގައުމަށް ވަނުން މަނާކޮށްފަ އެވެ. އެއީ ޗައިނާގެ އުޅަނދުތައް އިންޑިއާއަށް ޖާސޫސް ކުރަން ބޭނުންކުރާ ކަމަށް އިންޑިއާއިން ކުރި ތުހުމަތާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިންދުކަރަ
06 April 2025
ލަންކާއިން ނެގި ވަރަށް ދޯހަޅި ފިޔަވަޅެއް. އިންޑިޔާއަކީ ވާދަވެރިކަން ބާވަން އެގޭ ބަޔެއްނޫން. ގެޅިގަނެ ހަންފަތުރަން އެގޭބަޔެއް. ހަސަދަޔާ ބައިބައިކުރުން އެކަހެރިކޮށް އެކުވަރިކަމާ އެކު ވެސް ވާދަވެރިކަން ބޭވޭނެ. އިންޑިޔާގެ ވިސްނުން ހުންނަނީ އެންމެން ދަށުކޮށް ގަދަބާރުދައްކަން. އިޒުރޭލާ ހުޅަގުގެ ވިސްނުން ހުންނާނީ
ޝޮކްތެރަޕީ
06 April 2025
އިންޑިޔާގެ ބޭނުމަކީ މުޅި މިސަރަހައްދުގަ ހަންފެތުރުން. ގައުމުތަ ކުރި ނާރާވަރައް އިދަ ޖައްސާލުން.
ދޮހޮއްތުބެ
06 April 2025
ޝައްކާއި ވަހުމުން ފުރިބާރުވެފައިވާ ބައެއް …