ކުރީގެ ރައީސް މުހައްމަދު ނަޝީދު ޑިމޮކްރެޓްސް އަށް ސޮއިކުރައްވަން މިދިޔަ ޖުލައި މަހު ބޭއްވި ޖަލްސާގައި އެ ޕާޓީގެ މިހާރުގެ ރައީސް އިމްތިޔާޒު (މ) ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު
06 އެޕްރީލް 2025 - 10:04
ދެ ޕާޓީ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރެއްވި ހިޔާލަށް، ޑިމޮކްރެޓްސްގެ ރައީސް އިމްތިޔާޒު ފަހުމީ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދު، ސޯޝަލް މީޑިއާގައި އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށެވެ. އެކަމަށް ތާއިދުކުރައްވައި، އިމްތިޔާޒު އެކްސްގައި ރޭ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ނަޝީދުގެ ވިސްނުމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
ނަޝީދު އިސްވެ ޑިމޮކްރެޓްސްގެ ނަމުގައި ޖޫން، 2023 ގައި ސިޔާސީ ޕާޓީއެއް އުފެއްދީ ވެސް ނިމިދިޔަ ވެރިކަމުގައި، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދާ ދޭތެރޭގައި ޖެހުނު މައްސަލަތައް ހައްލު ނުކުރެވިގެންނެވެ. ނަޝީދު އޭރު ވަނީ އެމްޑީޕީ "ރޫޅާލާނަން" ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.
ރައީސް މުޙައްމަދު ނަޝީދުގެ މި ވިސްނުންފުޅަށް މަރުޙަބާ ދަންނަވަން. https://t.co/TCNW944KAb
— 𝐈𝐦𝐭𝐡𝐢𝐲𝐚𝐳 𝐅𝐚𝐡𝐦𝐲 (@Imthiyazfahmy) April 5, 2025
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސް އިން ވަކިން ވާދަކުރިއަސް މާ ބޮޑު ކާމިޔާބީއެއް ނުލިބުނެވެ. އޭގެ ފަހުން، ބޭއްވި މަޖިލިސް އިންތިހާބުގައި ވެސް ޑިމޮކްރެޓްސްއަށް އެންމެ ގޮނޑިއެއް ވެސް ނުހޯދި، އެ ޕާޓީގެ މުސްތަގުބަލާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ދެ ޕާޓީ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ނަޝީދު ވިދާޅުވިއިރު ޑިމޮކްޓެސް އުފެއްދުމުގައި އިސްކޮށް އުޅުއްވި ބައެއް ބޭފުޅުން ވަނީ އަލުން އެމްޑީޕީއަށް ބަދަލުވެފަ އެވެ. އެކަމާ ގުޅިގެން އެ މަނިކުފާނު މިދިޔަ ޖެނުއަރީ މަހު ވިދާޅުވީ މިވަގުތު އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް އަމަލީ މަސައްކަތެއް ނުކުރައްވާނެ ކަމަށެވެ.
އެކަމަކު، އެމްޑީޕީއަކީ "ދަރިއެއް" ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަކޮށް އޮތުމަށް އަބަދުވެސް އެދޭނެ ކަމަށް ނަޝީދު އޭރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލި
06 April 2025
ލަނޑަޔާ ވާނީ ވެސް ލަނޑަޔާ..
ދޮޅި ހުސޭނު
06 April 2025
ދެމީހުންނާ ފަޅި އުޅޭއިރު ދަނޑި ޕާޓީއަކީ ޕާޓީއެއް ކަމަކަށް ނުނިންމޭނެ. އުފަން ދުވަހުގެ ޕާޓީއެއްގައިވެސް އެއަށްވުރެ މީހުން ގިނަވާނެ!!!!
ރަމަ
06 April 2025
ވަރަށް އުފާވެއްޖެ މިސަރުކާރު ހަމަމަގަށް އެޅުވުމަށް ދެޕާރޓީ ގުޅިގެން ކުރެވޭނެ ވަރަށް ބައިވަރު ކަންކަން އެބަހުރި ތިދެޕާރޓީ އަކީ އެއް ފިކުރެއްގެ ބައެއް މިވެރިކަން ބަދަލުކުރަން ބޭނުންވާނަމަ ހަމައެކަނިއޮތް ޗޮއިސްއަކީ ތިދެޕާރޓީ އެކުގައި މަސައްކަތްކޮށް ރައްޔިތުން ބަލައިގަންނަ އެންމެން އެއްބަސްވާ ކެންޑިޑޭޓަކު ނެރުން. މިނޫން މަގެއް އަދި ފެންނާކަށްނެތް. ވަކިވެގަތުމުގެ ނަތީޖާ 2023 ވަނައަހަރުގެ ރިޔާސީ އިންތިޚާބުން ވަރަށް ސާފުކޮށް ފެނިގެން ހިގައްޖެ.
އެހެނަސް
06 April 2025
މިދެ ޕާޓީ މީހުން އެއްކޮއް ތިބި ވެރި ކަމުގަ ކުރީ ހުސް ވައްކަމާ ކޮރަޕްޝަން ދެން ބުނާނެ އެއްޗެއް ނެތް
އުރުވަތު
06 April 2025
ތި ޕާޓީ ސިސްޓަމަކީ ރާއްޖެއަށް އެވެސް ގޮތަކަށް ކަމުދާ ސިސްޓަމެއް ނޫން އެކަން މިހާރު ތަޖުރިބާ ކުރެވިއްޖެ ބޮޑުން ކޮރަޕްޝަނާ ވައްކަން ކޮށްގެން ބޮޑުންގެ ވިޔަފާރި ކުރިއެރުވުމުގަ އާދައިގެ ނިކަމެތި މީހާ ޖެހެނީ ވޯޓުއަޅާ އެމީހުންނަށް ވައްކަން ކުރަން މަގުފަހި ކުރަން އަމިއްލަ މަންފާއަށް މަސައްކަތް ކުރާ ކޮރަޕްޝަންގެ ބޮޑު ޖަމާއަތެއް ޕާޓީ ސިސްޓަމަކީ މިގައުމަށް ބޭނުން ވަނީ ތެދުވެރި އެންމެ އަމާނާތްތެރި އެންމެނަށް ހަމަހަމަ ވެރިއެއް
ތުނޑު ހަސަނު
06 April 2025
ގުޅުނަސް ނުގުޅުނަސް އަންނި އަކީ އަހަރެމެންނަށް ޗޮއިސްއެއްނޫން. ވެރިކަން ކުރުމުގެ ގާބިލުކަމެއް ނެތް އަންނިގެ. ކެތްތެެރިކަމެއް ނެތް. ދީންވެެރިކަމެއް ނެތްކަން ޢަމަލާއި ބަހުން ވެސް ސާބިތުވޭ. ދޮން މީހުން އުޅޭގޮތަށް އުޅެން ބޭނުންވާ މީހެއް. ރާއްޖޭގެ ރައީސުންނާއި ރަސްކަލުންގެ ތެރެއިން ވެސް އެންމެ ފުލަށް ރޭންކު ކުރެވޭނީ. ކަޅު މުޙައްމަދާ އެއް ހަމައެއް. އެމްޑީޕީއިން މިމީހުން ގާތް ނުކުރާނެކަމަށް އުންމީދުކުރަން. ރޫޅާލަން އުނު މީހުން ރޫޅިއްޖެ.
ޢަލީ ކުރުސީ
06 April 2025
ތިމާގެ އަމިއްލަ ބަހުރުވައިން ނަމަ "ވަގުންގެ ނެޓްވޯކަކާއި " ގުޅެން ރުހުނީމަ ތިޔަ ދަނޑި ޕާޓީގެ އުރަތްޕެއް ނެތަކަން ސާބިތުވީ! ފުއްޕާފަ އެމް.ޑީ.ޕީ ރޫޅަލަން ނުކުތް ޕާޓީ ގަނޑަށް 3000 މީހުން ހަމަނުވި. މިހަަރުގެ ރޭވުމަކީ ސަޕޯޓަރުން ތިބި ޕާޓީއަށްް އަލުން ގޮސް އަންނިއަށް ރިޔާސީ ޓިކެޓް ހޯދައިދިނުން!
ތަމެންދޯ
06 April 2025
އެމްޑީޕީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫންކަން ނިމިދިޔަ ރިޔާސީ އިންތިޚާބުން ސާބިތުކޮށްދީފައޭ އަދި ވެސް މިރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ދިވެހިރައްޔިތުން އިތުބާރު ކުރަނީ ރައީސް ޔާމީނަށޭ މިކަން އިނގޭނެއޭ މިސަރުކާރުން އެއްވެސް ދުއްޕާނެއް ނުކޮށް ރައީސް ޔާންޓޭ ހަމައެކަނި މާލޭގެ މަގުތަކުގައި ހިނގާލި ނަމަވެސް އެއީ ރައްޔިތުންގެ ޗޮއިސް ކަން ސާބިތުވާނެއޭ ބަލާބަލަ ހުޅުލޭގައި މިސަރުކާރަށް ބޭއްވުނު ގަލެއްވެސް ނެތޭ ހަމަ ރައީސް ޔާމީން ބެހެއްޓި ގަލެކޭހުރީ
ހިތްމަހުރި
06 April 2025
ދެ ޕާޓީވެސް ރޫޅާލާ.. ޕާޓީ ސިސްޓަމް އެއީ މި ރާއްޖޭގެ ހަލާކު
ވަލީދާ
06 April 2025
ގުޅުނަސް ނުގުޅުނަސް ތި ބައިގަނޑަކަށް ދެން ވެރިކަމެއް ނުލިބޭނެ އިންޝާﷲ. ދެން ވެސް ހޮވާނީ އާ މީހެއް. ޓެސްޓުކޮށްފަ ރަނގަޅިއްޔާ ދެވަނަ ދައުރެއް ދޭނީ ވެސް. ޑރ.މުއިއްޒުއަށް ވެސް އަދި ފުރުސަތު އެބަ އޮތް.
ޚުރާސާ
06 April 2025
ޢިންތި އަށް ވެސް އެގޮއި ރަނގަޅޫވާނެތާ ، ނަޝީދު އާއެކު ޕާޓީ ހަދައިގެން ، މާކާމިޔާބް ކަނމަކަށް އެކަން ނުވެ ކުރިމަގު ގެއްލިފަ ތިބީމަ. ނޯ އަދާ ޗޮއިސް