ގދ. ގައި އެއް ފަޅެއްގެ ތެރޭގައި އޮންނަ ރަށްތައް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 އެޕްރީލް 2025 - 16:23
އިންޓަގްރޭޓެޑް ޓޫރިޒަމް ތަރައްގީކުރުމަށް ގދ. ހޯނޑެއްދޫގެ އިހުތިސާސުން "ކަޑެވާރެހާ" ވަކިކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ ވައުދާ އެއްގޮތަށް، އިންޓަގްރޭޓަޑް ޓޫރިޒަމަށް ގދ. ކަޑެވާރެހާ ތަރައްގީކުރުމަށް އެ އަތޮޅު ހޯނޑެއްދޫގެ އިހުތިސާސުން އެ ފަޅުރަށް ވަކިކޮށް، ހޯނޑެއްދޫގެ އިހުތިސާސަށް ބަދަލު ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.
ރައީސް މުއިއްޒު އެގޮތަށް ނިންމަވާފައި ވަނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ނެރުއްވި ގަރާރެއްގަ އެވެ. ރައީސްގެ އެ ގަރާރު މިއަދު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝައިއުކޮށްފަ އެވެ.
ހޯނޑެއްދޫގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓެއް އެ ގަރާރުގައި ހިމަނާފައިވެ އެވެ.
ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް އެކި މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ރާވާފައިވެ އެވެ. އަދި އިގުތިސާދީ އާއި އިޖުތިމާއީ ބޭނުންތަކަށް މީހުން ދިރިއުޅޭ ރަށްރަށުގެ އިހުތިސާސްގައި ފަޅުރަށް މީގެ ކުރިން ހިމަނާފައި ވެސް ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ ވާންޗޯ
07 April 2025
ތިހާ ކަޑަވާރަށެއް އަތުލުމަކީ ވަރަށް ކަޑަކޮށް ކުރިކަމެއް.
ޚރޖެޖބ
07 April 2025
ދީފަ އަތުލާ ފީފާބުރި
އުސްތާޛު
07 April 2025
އިހުތިސާސުން ރަށްތައް ކެނޑުމަކީ ރައްޔިތުންގެ ޙައްގަކަށް އަރައިގަތުން، ރަށުގެ ކައުންސިލަށް ލިބެން އޮތް ހައްގެއް ނުވަތަ މާލީ މަންފާއެއް އެހެން ބަޔަކަށް ދިނުން ފަދަ ކަމެއް. ތިކަން ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ތިކަހަލަ ކަންކަމާ ދެކޮޅަށް ރަައްޔިތުންނާއި ކައުންސިލްތަކުން ނިކުންނަންޖެހޭ.
ހލކހރި
07 April 2025
ރަށު މީހުން އެކަމާ ދެކޮޅު ނަހަދާ ހިދު އިހްތިސާސްގައި ބާއްވައިގެން ޖޮއިންޓް އެއްޗެއްގެ ގޮުތުގައި ތިޔަ ތަރައްގީ ކުރުމަކީ ހަރާން ކަމެއްތަ؟ ނޫނީ ކަޓުން ލިބޭ ބައި ކުޑަވާނެތީތަ؟
އިހުތިސާސް
07 April 2025
އިހުތިސާސުގައި ބޭވީމާ އެވަނީ ރަށުގެ ބަޔަކަށް. ރަލެއް ނުވިއކޭނެ.