ރައީސް މުއިއްޒާއި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
08 އެޕްރީލް 2025 - 15:31
ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ގާތް ގުޅުމެއް ބާއްވައި އެ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ސައުދީ އަރަބިއްޔާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަތުރަކް އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ ވަނީ އޭނާގެ ސަފީރުކަމުގެ ދައުރު ހަމަވާތީ ރައީސްގެ އަރިހަށް ވަދާއީ ޒިޔާރަތް މިއަދު ކުރައްވައިފަ އެވެ.
ރައީސް މުއިއްޒާއި ރާއްޖޭގައި ހުންނަވާ ސައޫދީގެ ސަފީރު މިއަދު ސަލާން ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ދެ ގައުމުގެ ގުޅުން ބަދަހި ކުރަން ސަފީރު ކުރެއްވި މަސައްކަތްތައް ފާހަގަ ކުރައްވައި ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ސައުދީ ސަރުކާރާ އެކު ކުރިއަށް އޮތް ތަނުގައި ވެސް ވަރަށް ގާތްކޮށް މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވި އެވެ.
އެހެންވެ، އެ ގުޅުން ކުރިއަށް އޮތްތަނުގައި ވެސް ބަދަހިކުރަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވަނީ މިދިޔަ އަހަރުގެ މެއި މަހު، އެ މަނިކުފާނު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން އަދާކުރި މެހެމާންދާރީ ފާހަގަ ކުރައްވައި، އެކަމަށް ވެސް ޝުކުރު އަދާ ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
09 April 2025
އެހެންވެގެންދޯ ދެއަތަށް ފިރުކޭ ތުރުކީ އަށްވުރެ ސައުދީ ދައްކޮށްލީ. ތުރުކީ އިން ފެހި ސިގުނަލް ހިފައިގެން ކުރެވުނު ކަމެއް އެބޮތްތަ؟ އަދި ވެސް ފައިސާ ފޮއްޗެއް ދިނިއްޔާ ދޭނީ ސައުދީން. ސައޫދީން ފައިސާ ނުދޭނެދޯ ތުރުކީ އިން ޑްރޯން ގަންނާކަށް.
ރާވެރިބެ
09 April 2025
ކިތަންމެ ވަރަކަށް ރަގަޅު ގުޅުމެއް ބާއްވްން މިކޮޅުން ބޭނުން ވިޔަސް މިސަރުކާރާ ގާތް ގުޅުމެއް ބާއްވަން ސައޫދީ އިން އެހާ ބޭނުން ނޫން ކަމަށް އިތުބާރުހިފޭ މަސްދަރުތަކުން ޙަބަރުދޭ. ސަބަބު ދެން ކުރާ ޕޯސްޓެއްގަ ބުނާނަން.
އަބްޑޫޅް +
09 April 2025
ތިޔަވަރަށް ކަލޭމެން ހައްޖަށް ދާއިރުވެސް އެ ގުޅުން ނޯންނަނީތަ؟
ކޮތަރޭ
10 April 2025
ހައްޖަށް ދަނީ އެމީހުންނާ ގުޅުން ބަދަހިކުރަންތަ؟
ނާޑުވާ
09 April 2025
ސައުދީން ދޮގުވެރިންނާއެކު ގާތްގުޅުމެއް ބާއްވާނެހެނެއް ހިއެއްނުވޭ. މުއްސަނދި ޤައުމެއްވީމަ މެޑަމްގެ ރިކުއެސްޓަކަށް ތިޔަ ގުޅުން ބާއްވަން ބޭނުންވިޔަސް އެކަން ކުރިޔަކަށް ނުދާނެ. ތިމާ އިސްލާޙްވީމަ އެންމެންވެސް ގުޅުން ބަދަހިކުރާނެ. އަދި ތިޔަ އުޅެވެނީ އެގޮތަކަށް ނޫން.
ފަލަސްތީނާއިއެކު
09 April 2025
ފަލަސްތީނުގައި ހާލުގައި ދިރިއުޅޭ އަހަރުމެންގެ އަހުންނަށް އަޅާނުލި ބަައެއްގެ އެކުވެރިކަމެއް އަހަރުމެން ބޭނުމެއްނޫން. މުޅު މުސްލިމް އުންމަތަށް ގައްދާރުވެފައިވާ ބައެއް އެއީ.
ކޮތަރޭ
09 April 2025
އިސްލާމީ ހެދުން އަޅައިގެން ތިބެ އިސްލާމީ އުއްމަތަށް ޙިޔާނާތްތެރިވާ ބައެއް. ފަލަސްތީނުގެ އަޚުންނާއި އުޚުތުން ތަހައްމަލް ކުރަމުންދާ ހިތްދަތި ކަމާއި އަނިޔާވެރިކަމަށް ބީރުކަންފަތެއް، ކަނު ލޮލެއް ދީގެން ތިބި ބައެއް.
ލަތީފާ
09 April 2025
އެވެސް ގުޅުމަކީ އެކަކު އަނެކާ ކައިރިން ސަލާންޖަހާ ނޫނީ އަމިއްލައަށް ކުރެވޭނެ ކަންކަން އަނެކާލައްވާ އާދޭކޮށް ތިމާގެ ގަދަރާ، ކަރާމާތް އަދި އަނެކާތިމާއަށް ކުރާ އިހްތިރާމްނަގާލާ ވަރަށް ބޭއްވޭ ގުޅުމެއް ނޫނެވެ. އެއީ ދޭދޭ ގައުމެއްވިތަ މެއެވެ
ހަމަދު ސަލީމް
08 April 2025
އެކަމަކު ރައީސާއެކު ގާތް ގުޅުމެއް ބާއްވާކަށް ސައޫދީން ބޭނުމެއް ނުވާނެ. ސަބަބުތައް ބައިވަރު،
އަލީ!!
08 April 2025
އެމީހުނަށް އެހާ މުހިންމު ޤައުމެއްނޫންމީކީ... މިތާ އެމްބަސީ ހަދައިގެން އެތިބެނީ ރާއްޖެ ރީތިވީމަ، އެތަނުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން ސާހީ އާއިލާ މީހުން އަންނާތީ.
ހަސްތީ
08 April 2025
މުނާފިޤު ބައެއް ތި ސަޢޫދީ ވެރިންނަކީ. އެމީހުން ފަލަސްތީނު މީހުންމަރާ ހުސްކުރާ އިރުވެސް އެތިބެނީ އެމެރިކާ ނުރުހިދާނެތީ ޖަނަވާރު އިޒްރޭލާ ދެކޮޅަށް ބަހެއް ބުނަން ނުކެރި.
ސަލްމާންހާން
08 April 2025
ސައުދީ ކިންގްޑަމް، ޔޫއޭއީ މީފައްކާ ބަހުލޫލުން. ޔަހޫދީންގެ ބައިވެރިން. ސިންގަރޕޯރ ތަރައްޤީވީ ކާކުކޮންއެއްޗެއްދީގެން. ސަލާންޖެހުން ނޫންކަމެއް މިރާއްޖެއިން ނުކުރޭ ފެށުނީއްސުރެ.