އުރަމަތީގެ ކެންސަރުގެ ނުރައްކާ ބާވަތަކަށް ހާއްސަ ބޭހަކަށް އިނގިރޭސި ވިލާތުގައި ވަނީ ހުއްދަ ދީފައި.
11 އެޕްރީލް 2025 - 20:35
އުރަމަތީ ކެންސަރުގެ ފަރުވާނުކުރެވޭ ބާވަތެއް ފެތުރުން މަޑުޖައްސާލަދޭ އާ ބޭހަކަށް އިނގިރޭސި ވިލާތުގެ ނެޝަނަލް ހެލްތް ސާވިސްގައި ބޭނުންކުރުމަށް މިއަދު ހުއްދަ ދީފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ނެޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތް އެންޑް ކެއާ އެކްސަލަންސް (ނައިސް) އިން ކެޕިވާސަޓިބް އަށް ހުއްދަ ދިނުމަކީ ތާރީހު ބަދަލުކޮށްލާނެ ނިންމުމެއްގެ ގޮތުގއައި ސައިންސްވެރިން ވަނީ ސިފަކޮށްފަ އެވެ.
މިއީ HR-ޕޮޒިޓިވް HER2-ނެގެޓިވް ބާވަތުގެ އުރަމަތީ ކެންސަރު ޖެހިފައިވާ 1,000 އަށްވުރެ ގިނަ އަންހެނުންނަށް މި ބޭހާ އެކު އުންމީދު ވަނީ ލިބިފަ އެވެ. މިއީ ކޮންމެ އަހަރެއް ވަންދެން ދުވާލަކު ދެފަހަރު ދޭ ގުޅަ ބޭހެކެވެ.
އިނގިރޭސި ވިލާތުގެ ބޭސް ކުންފުނި އެސްޓްރާޒެނެކާއިން އުފައްދާފައިވާ މި ބޭހަށް "ޓްރުކެޕް" އޭ ވެސް ކިޔަ އެވެ. ކެންސަރު ފެތުރޭ މިންވަރު މަޑުޖައްސާލައި ނުވަތަ ހުއްޓުމަކަށް މި ބޭހުން ގެނުވަ އެވެ. މިއީ އުރަމަތީ ކެންސަރުގެ ފަރުވާކުރަން އުނދަގޫ މި ވާބާވަތް ތަހަންމަލްކުރާ އެތައް ބައެއްގެ އުމުރު ދިގުކޮށްދޭނެ ބޭހެއްގެ ގޮތުގައި ސައިންސްވެރިން ސިފަކުރެ އެވެ.
"އެޑްވާންސްޑް ބްރެސްޓް ކެންސަރު ތަހަންމަލްކުރާ މީހުންނަށް އިހުތިޔާރުތައް މަދު ނަމަ ކެޕިވާސަޓިބް އަކީ މުހިންމު ބޭހެއް ކަމަށާއި މިއީ ކީމޯތެރަޕީ ދޭން ނުޖެހޭ އަދި އޭގެ ސައިޑް އިފެކްޓްސް ފަދަ ކަންކަމުން ދިމާވާ މައްސަލަތައް ކުޑަކޮށްދޭނެ ބޭހެއް،" ނައިސްގެ މެޑިސިން އިވަލުއޭޝަންގެ ޑިރެކްޓަރު ހެލެން ނައިޓް ވިދާޅުވި އެވެ.
މި އެޑްވާންސްޑް ބްރެސްޓް ކެންސަރުގައި ވަކި ބާވަތެއްގެ ޖެނެޓިކް މިއުޓޭޝަންތައް ހުރެ، ބުރެސްޓް ޓިޝޫގެ ތެރޭގައި ނުވަތަ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރެ އެވެ.
އަލަށް ހުއްދަ ދިން ބޭސް މަސައްކަތްކުރަނީ ކެންސަރު ސެލްތައް ގިނަވުމަށް އަންގާ ހާއްސަ ޕްރޮޓީނެއްގެ މަސައްކަތް ހުއްޓުވާލުމަށެވެ.
ކްލިނިކަލް ޓްރަޔަލްއެއްގެ ނަތީޖާ ދައްކާގޮތުން ކެޕިވާސާޓިބްއާ އެކު ހޯމޯން ތެރަޕީ ދިނުމުން ކެންސަރުގެ ހާލަތު ގޯސްވެ އިތުރަށް ފެތުރެން ނަގާ މުއްދަތު 4.2 މަސް އިތުރުކޮށްދެ އެވެ.
ލަންޑަން އިންސްޓިޓިއުޓް އޮފް ކެންސަ ރިސާޗް (އައިސީއާރު) އިން ވަނީ މި ބޭހަށް ހުއްދަ ދިނުމުން މަރުހަބާ ކިޔައިފަ އެވެ. މި ކާމިޔާބީ އަކީ އެތައް އަހަރެއް ވަންދެން އެ އިންސްޓިޓިއުޓްގެ ސައިންޓިސްޓުން ކުރި ދިރާސާތަކަށް ފަހު ލިބުނު ކާމިޔާބީއެކެވެ.
"މި ބާވަތުގެ އުރަމަތީ ކެންސަރު ހުންނަ ބަލިމީހުންގެ ދެބައިކުޅަ އެއްބައި މީހުންގެ ޖީންތަކުގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ މިއުޓޭޝަންތައް ހުރޭ. އަދި ކެޕިވާސަޓިބް ދިނުމުން ބަލި ގޯސްވަމުން ދިއުން ހުއްޓުވިދާނެ،" އައިސީއާރްގެ ޗީފް އެގްޒެކެޓިވް ކްރިސްޓިއަން ހެލިން ވިދާޅުވި އެވެ.
ނައިސް އިން ބުނާ ގޮތުގައި، 2020 ވަނަ އަހަރު 40,192 މީހުންނަށް އުރަމަތީ ކެންސަރު ޖެހުނު އިރު އޭގެ ތެރެއިން ގާތްގަނޑަކަށް 15 ޕަސެންޓަކީ ބަލި ދެނެގަނެވުނު އިރު އެޑްވާންސްޑް ސްޓޭޖްތަކުގައި ތިބި މީހުންނެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެންސަރު
12 April 2025
އުރަމަތީ ކެންސަރަކީ ރާއްޖޭގަވެސް އާއްމު ބައްޔެއް. އެކަމު ފަރުވާގެތެރޭ ދިގު މުއްދަތަށް ކާންދޭ ބޭސް ޓެމޮކްސިފަން-20 މީ ރާއްޖޭގަ ވިއްކަން ހުންނަ ބޭހެއްނޫން. ގައުމުތަށް ކުރިއަރަނީ ކުރިއަރުވާން ގިނަ މަސައްކަތްތަކެއް ކޮށްގެން. ރާއްޖޭގަ މިއޮންނަނީ ނަމުން ތަރައްގީ ކަމުން ޒަމާނެއް ފަހަތަށް. އަދި 10 އަހަރު ނަގާނެ ކަންނޭނގެ ރާއްޖޭގަ މިބޭސް ވިއްކަންފަށަން.
މހއމ
12 April 2025
މިތާނގަ ތަރައްގީއަކީ އިންފްރާސްޓަރަކްޗަރ. ވީހާވެސް ގިނަ ތަނެއް ބިލްޑް ކުރެވުނީމަ އެހެރީ ވަރަށް ބޮޑަތި ތަރައްގީތައް.
ދޮލުރޮދި
12 April 2025
މިގައުމުގަ ކުރިއަރުވަނީ ކަޅުދިރިއާ ރުގުޔާއާ ހިޖާމާ ޖެހުން މިކަން ކަމުން ރަނގަޅުނުވާ އެއްކަމެއް ނޯންނާނެ އެކަމަކު ދުވަނީ އެހެން މީހުންގެ މަސައްކަތުން ހޯދާ ހޯދުންތަކުގެ ފަހަތުން
ބުނާނަމަ
12 April 2025
ދޮލުރޮދި...ކަޅުދިރިއާއި ހިޖާމާއާއި ރުގުޔާ ކުރިޔަސް އަދި ޑަކްޓަރީ ބޭސް ފަރުވާ ކުރިޔަސް ބަލިތަކަށް ޝިފާ ދެއްވަނީ މާތްﷲ.. އިންސާނުންނަށް ކުރެވޭނީ ފަރުވާ. އަދި ބުނަން ކީރިތިޤުރްއާނާއި ޒަމްޒަމް ފެނާއި ދުޢާ އަކީވެސް ބަލިތަކަށް ވާ ޝިފާއެއް..ޒަމްޒަމް ފެން ބޭނުން ކޮށްގެން ކެންސަރު ބަލިންނާއި އެނޫން ބައެއް ކަހަލަ ބަލިތަކުން މުޅިން ރަނގަޅުވެފަ ތިބި މީހުން އެބަތިބި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގަ.
ކިޮޮޮޮ88888
11 April 2025
ޒަޔަނިސްޓް ކުންފުނިތަކުން އުފައްދާ ފާޑު ފާޑުގެ އެއްޗެހި ލިއުމުގެ ކުރިން ބެކްގްރައުންޑް ބަލާބަލަ. އެއްވެސް ބަޔަކު އެމީހުންގެ ބިޒްނަސް ކިލް ނުކުރާނެ.