ކާނިވާ ސަރަހައްދުގައި ކާރުތަކެއް ޕާކުކޮށްފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
13 އެޕްރީލް 2025 - 15:13
އެއްގަމު އުޅަނދުގެ ތެރެއިން ދެ ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި، އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެ އުޅަނދެއް އެތެރެކުރުމުގެ ހުއްދައާ އެކު، ގަރާޖު ސިޓީ ހުށަހަޅަންޖެހޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.
އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވާއިދަށް ހަ ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން، ހަތަރު ފުރޮޅުލީ އުޅަނދު އެތެރެކުރާއިރު، އެކަމަށް އެދި ހުށަހަޅާ ހުއްދައާ އެކު، ލިޔެކިޔުންތަކެއް ހުށަހަޅަން ޖެހެ އެވެ.
އޭގެ ތެރޭގައި އުޅަނދު ގުދަން ކުރުމަށް ހަމަޖެހިފައިވާ ގަރާޖު ނުވަތަ ޝޯރޫމް ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއަކާއި އުޅަނދު އެެތެރެކުރާ މީހާގެ އައިޑީކާޑާއި ކުންފުނީގެ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހިމެނެ އެވެ. ހެވީ ވެހިކަލެއް ނަމަ މެނުފެކްޗާ ސެޓްފިކެޓުގެ ނުވަތަ އިންވޮއިސްގެ ކޮޕީ އާއި އެކްސްޕޯޓް ސެޓްފިކެޓު އަދި ބޭނުންކޮށްފައިވާ ޑީރެޖިސްޓާޑް އުޅަނދެއް ނަމަ އެ ސެޓްފިކެޓް ހުށަހަޅަން ޖެހެ އެވެ.
ގަވާއިދުގައި ބުނީ، އުޅަނދު ބާއްވާ ތަނަކީ އުޅަނދު ބޭއްވުމަށް ކަމާ ބެހޭ އިދާރާއަކުން ހުއްދަދީފައިވާ ގަރާޖަކަށް ވާން ޖެހޭ ކަމަށާއި އެ ތަންތަނުގައި އުޅަނދު ބާއްވާނެ ޖާގަ އޮތްކަން މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން ކަށަވަރު ކުރަން ވާނެ ކަމަށެވެ.
އެކަމަކު އެ ލިޔުންތައް ހުށަހެޅިޔަސް ހުއްދަ ދޫކުރާނީ އުމުރު ހަމަނުވާ އުޅަނދުތަކަށް ކަމަށް ގަވާއިދުގައިވެ އެވެ.
އާ އިސްލާހުގައި ވަނީ، ދެ ފުރޮޅުލީ އުޅަނދާއި ހަތަރު ފުރޮޅުލީ އުޅަނދު ރަޖިސްޓަރީކޮށް ނުދެވޭނެ އުމުރުތައް ވެސް ކަނޑައަޅައިފަ އެވެ.
- ބޭނުންކޮށްފައި ހުންނަ އުޅަނދުތަކުގެ ތެރެއިން އިންޖީނު ކެޕޭސިޓީ 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށް ވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
- އުފެއްދި ތާރީހުން ފެށިގެން ތިން އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު.
- އުފެއްދި އަހަރުން ފެށިގެން ފަސް އަހަރަށް ވުރެ އިތުރުވެފައިވާ ކާރު، ވޭން، ބޭސް ލޭންޑްރޯވާ ފަދަ ދަތުރުފަތުރުކުރުމަށް ގެންގުޅޭ އެއްގަމު އުޅަނދާއި އުފުލޭ ބަރުދަން އެއް ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
- އުފެއްދި ތާރީހުން ފެށިގެން ހަތް އަހަރަށް ވުރެ އިތުރުވެފައިވާ، އުފުލޭ ބަރުދަން އެއް ޓަނުން ފެށިގެން ހަތަރު ޓަނު ހަމަނުވާ އެއްގަމު އުޅަނދު.
- އުފެއްދި އަހަރުން ފެށިގެން 15 އަހަރު ދުވަސް ނުވަތަ އެއަށް ވުރެ ގިނަ ދުވަސްވެފައިވާ އުފުލޭ ބަރުދަން 10 ޓަނުން ފެށިގެން މަތީގެ އެއްގަމު އުޅަނދު.
އެ އުމުރަށް ނުފެތޭ އެއްވެސް އުޅަނދެއް ރާއްޖެ އަށް އެތެރެކުރުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައި ވިޔަސް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރަށް ނުފެތޭ އެެެއްގަމު އުޅަނދުފަހަރު، އެ ގަވައިދުގެ އެނެކްސް 6 (މިނިސްޓްރީން ކަނޑައަޅާފައިވާ އުމުރަށް ނުފެތޭ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު) ގެ ދަށުން ހުއްދަ ދިނުމާއި ރަޖިސްޓްރީ ކޮށްދިނުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބޭ ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަރަފަ
14 April 2025
ރަނގަޅު. މަގުމަތީގަ އެގޮތް މިގޮތަށް ޕާކު ކޮށްފަ ހުރި ވެހިކަލްތަށްވެސް ނަގާބަަލަ
އުނބޭ
14 April 2025
މީހަކާއިނުމުގެ ވަކިން އުޅެވޭނެގޮތްވެސް ދައްކާފަ ނޫނީ މީހަކާވެސް އިނދެވިގެންނުވާނެ.
ފޫހި
14 April 2025
މިހާރުވެސް ހުރިހާ ކާރެއް ރަޖިސްޓްރީ ކުރަނީ ގަރާޖް ދައްކާފަ. އަދި ތިޔަ ޓްރާންސްޕޯޓް މީހުން ލަދެއްނެތި ބުނޭ އެއްގަރާޖަކަށް 100 ވެހިކަލް ރަޖިސްޓްރީ ކޮށްފަ އެބަހުއްޓޭ. ބަލަ އެއީ ތިޔަ މިނިސްޓްރީގެ އިހްމާލުނޫންތަ؟ އެގޮތަށް ގަރާޖް ސިޓީ ދީގެން އޮޅުވާލިކަމަށް ކާކުގެ މައްޗަށްތަ ދައުވާކުރީ. ދެން ކޮންވާހަކައެއްތަ ތިޔަދައްކަނީ. އެފްރިކާގެ އެންމެ ބޮޑެތި ކޮރޮޕްޝަން ހިންގާ ގައުމުތަކަށްވުރެވެސް މިގައުމު އުޅެނީ މާކުރީގަ. ލަދުވެތި
އަދުހަމް ހަލީމް
14 April 2025
މީ ކުރަން ލަސްވެސްވެއްޖެ ކަމެއް. މީގެ ސަބަބުން އެތައް ދުވަހަކު ހައްލު ނުލިބި އޮތް ކަމަކަށް ހައްލު ލިބިގެންދާނެ ކަމެއް.
އަސްރަގް
14 April 2025
މުހިއްމު ނިންމުމެއް.މީގެ ސަބަބުން ހަމަ ގައިމުވެސް ދެން މާލެ ތޮއްޖެހުން ނިމުމަކަށް އަންނާނެ.
އަލަސް
14 April 2025
ވަރަށް ރަނގަޅު ކަމެއް މީ. އެކަމު މިކަހަލަ ކަންކަން މިހާ ސުލޯކޮށް ދަންޏާ ހިޔެއް ނުވޭ ދައުރު ނިމޭއިރަށް މުއިއްޒުއަށް ނަތީޖާއެއް ދެއްކޭނެ ހެނެއް.
މޯމަން
14 April 2025
ބެކް ޓު ޕްރިވިއަސް ވިޔަފާރި. ފައިސާ ހުރިއްޔާ ރަޖިސްޓްރީ އަންނާނީ ސީދާ އަތަށް. އެއްވެސް ޑޮކިއުމަންޓެއް ހުށަހަޅާކަށް ނުޖެހޭނެ
އެއްކަލަ މީހާ ދޯ
14 April 2025
މީގަ ނެތް އަމިއްލައަށް ކާރެެއް ދިވެހިފަސްގަނޑުގަ އުފައްދައިފިނަމަ އެ ރަޖިސްޓްރީ ނުވާނެވާހަކައެއް. އެހެންވެޖެނަމަ މިރާއްޖޭގަ ތިޔަ ބުނާ އުޅަނދު އުފެއްދުން އޮޓޮމެޓިކުން މަނާވީ ދެއްތޮ؟
ސަރުކާރ
13 April 2025
ކަލޭމެން ރާއްޖެތެރޭ މީހާ މާލޭގައި ކާރެއް ދުއްވަން ބޭނުން ނަމަ މާލޭ ބިންވެރި ބޭފުޅެއް އަތުން 80 ހާސް ރުފިޔާ ދީފަ ގަރާޖެއް ނެތަސް ގަރާޖު ސިޓީ ހޯދާ.
އަލްމާކް
14 April 2025
ކީއްކުރަން މަނާ ކަންތައް ކުރަނީ؟ ދެ ތިން ރަށެއް ފިޔަވާ ކޮންމެ ރަށަކީ ހިނގާލާފަ އުޅެވޭ ރަށްރަށް. އަހަރުމެންގެ ކާބަފައިން މި ރަށްތަކުގައި ވަޒަންވެރިވީ ރިލޭކްސްކޮށް އުޅެން. ކަލޭމެން ތެޅިފޮޅިގެން އުޅެން ބޭނުން މީހުން ދޭބަލަ އިންޑިޔާގެ މުމްބާއި އަށް.
އަނެއް ސްޓަންޓް
13 April 2025
ގަރާޖް ސިޓީ އަކީ ޖަޕާނުމަސް ވިހާހެން ވިހާ އެއްޗެއް. 1 ގަރާޖަށް އަދި ގަރާޖެއް ނެތަސް އެއްް ތަނުގެ ނަމުގަ ހާހެއްހާ ސިޓީ ދިނަސް އޯ.ކޭ ވާނެ ކަޓެއް ދީފިއްޔާ. ދެން ކީއްކުރަން ކުރާކަމެއް. ގަރާޖް ވުޖޫދުގައި ހުރިތޯ ނެތްތޯ ނުވެސް ބަލާނެ ނުވެސް ބެލޭނެ.