13 އެޕްރީލް 2025 - 15:41
ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި ދައުލަތުގެ ދެ ވަކީލަކު ސަސްޕެންޑްކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން މިއަދު ބުނީ ޖިންސީ ފުރައްސާރަ ކުރުމާއި އަހުލާގީ މިންގަނޑާ ހިލާފުވުމުގެ މައްސަލައެއް ތުހުމަތު ކުރެވިގެން، ދެ ޕްރޮސެކިއުޓަރުންގެ މައްސަލަ އެ އޮފީހުގެ ސުލޫކީ ކޮމިޓީން ބަލަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އެ މައްސަލަ ބަލައި ނިމެންދެން އެ ދެ ވަކީލުން ސަސްޕެންޑް ކުރަން އެ އޮފީހުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި ފުލުހުން ގެންދަނީ އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ވެސް ތަހުގީގު ކުރަމުންނެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ވެސް އަދި ޕީޖީން ވެސް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިބޭބެ22
14 April 2025
ޤާނޫނު ހަދާ މީހުން ޤާނޫނުހަދަނީ މީ "ސުވަރުގެ" އަށް ހަދައިގެން. ތި ޤާނޫނު ހަމައެކަނި އެޕްލައިވާނީ ސުވަރުގެއަށް. މިރާއްޖޭގެ އުޅޭ އިންސާނުންނަކަށް ނުވާނެ. އަދި އެނޫނަސް މިހާރުވެސް ފިރިހެން ކުއްޖަކަށް އަންހެން ކުއްޖަކު ތުން ފުމުނަސް ހޯއްގޮވިޔަސް ޤާނޫނުވެސް އޯކޭ. އަހަރެމެން ފިރިހެނުންގެ ހިތެއްވެސް ހަމަ ނޯންނަންވީބާ! ކާފަރު ކޮންސެޕްޓްތައް ނަގައިގެނ އޭގެމައްޗަށް ޤާނޫނުތައް ހެދީމާ ވާނީ މިހެން.
އޭނަ
14 April 2025
ސަރުކާރު އޮފީސް ތަކުގަ ވަރަށް ގިނައިން ހިގާކަމެއް މީ. އޮފީސް ތަކުގަ މަތީ މަގާމުތަކުގަ ތިބޭ ބައެއް މީހުނަށް ހީވާހަކަލަ، އެތަނަށް ވަޒީފާއަށް ދާ އަންހެން ކުދިންނަކީ އެމީހުން ބޭނުންކަމެއް ކުރަން، ބޭނުންވާއިރަށް އޮފޯހަށް ގެނެސް، އެކުގައި ދަތުރުދާން ބުނެ، އެއްކޮޓަރީގަ ނިދަންބުނަނީ ހީވަނީ އެމީހުނަށް ހީވަނީ އެމީހުން ބޭނުންގޮތެއް ހދަން ލިބޭ އަޅުންކަމަށް.
ާއަލިމޯޑު
14 April 2025
މީގެ ދެތިން އަހަރެއްގެ ކުރިން ރާއްޖޭގެ އެންމެ އުތުރުގެ ރަށެއްގައި ޒުވާން ފިރިހެން ކުއްޖަކު ވާނުވާ ބަންދެއްގަ ގެންގުޅުނީ އެ ފިރިހެން ކުއްޖާ ދެކެ ލޯބިވާ 18 އަހަރު ނުފުރޭ އަންހެންކުއްޖަކާ އެ ފިރިހެން ސޮރު ލޯބީގެ ގޮތުން ނުގުޅުނީމާ އެއަންހެންކުއްޖާ އޭގެ ބަދަލު ހިފާލީ އެފިރިހެން ސޮރު އެކުއްޖާ އަށް ޖިންސީ ގޯނާ ކުރިއޭ ކިޔާފަ މައްސަލަ ޖެއްސީމަ. ޖިންސީގޯނާއަކަށް ވާނީ ތަނެއްގަ ހިފާލިޔަސް ނޫނީ އަތްލިޔަސް.އެކަމަކު އެއީ މެޑިކަލްރިޕޯޓަކުން އެނގޭނެ ކަަމެއްނޫން.
ހަސަނޯމީ
13 April 2025
ކިތައް ދުވަސް ނަގާނެ ތި މީހުން ދޫކޮއްލަން؟
އެނެލިސްޓް
13 April 2025
މީހެއް ދުއްވާލަން އެންމެ ފަސޭހަ ގޮތަކީ ޖިންސީ ފުރައްސާރައިގެ ތުހުމަތު
ޗޫޤީ
13 April 2025
މިޒަމާނުގައި ފިރިހެނަކު އަންހެނަކަށް ސަލާން ގޮވާލިޔަސް ވާނީ ޖިންސީ ފުރައްސާރައަކަށް. ވީމާ އެންމެ ރަނގަޅު ގޮތަކީ އެފަދަ ކުދިން ފެނުނަސް ހިތްކިޔަސް ބަލާލަން ކިތަންމެ ރީއްޗަސް މާތްކަލާނގެއާ ވަކީލުކޮށްލާފައި މޫނު އަނެއްފަރާތަށް އަނބުރާލުން. ތިމާއަށް ލިބެން ތަޤުދީރުގައި މިންވަރުކުރައްވާފައި ހުންނަ މީހަކުވިޔަސް އެއްޗެއް ވިޔަސް ވަގުތު ޖެހުމުން ހުރިތާކުން ލުހިގެން ތިމާއާ ދިމާލަށް އަންނާނެ. ހައްލަކީ ނަފްސު މައިތިރިކޮށް ކެތްތެރިވުން.
ޗޫޤީ
13 April 2025
ޕުރޮސެކިއުޓަރުން ވަހުސީވާން ވެއްޖެއްޔާ މިގައުމުގެ ކުރިމަގާ ދޭތެރޭ ނެތް ބުނާނެ އެއްޗެއް. ވަރަށް ލަދުހަޔާތް ކުޑަވީމާ އެކުގައި މަސައްކަތްކުރާ އަނެއް ޖިންސުގެ މުވައްޒަފުންގެ ގަޔަށް ބޮލަށް އަރާނީ. ގައިމު އެވެސް ކޮންމެވެސް އާއިލާއެއްގެ މަންމައެއް، ދައްތައެއް ނުވަތަ ކޮއްކޮއެއް. އެކުދިންގެ ގަޔަށް ބޮލަށް އަރައިގަންނައިރު އެއާއިލާތަކުގަވެސް އަސަރުކުރާނެ ބަޔަކު ތިބޭނެ ކަން ދަނެގެން ކުރަންއުޅޭ ވިޔާނުދާ އަމަލު ހުއްޓާލާނެ ނަމަ ކިހާރަނގަޅު.
ާއަލިމޯޑު
14 April 2025
ހަބަރުގަ އޮތީ ޖިންސީ ފުރައްސާރަކުރުމުގެ ތުހުމަތުގައި ކަމަށް. ގާނޫނުގަ އޮންނަ ގޮތުން އަންހެނަކާ ދިމާލަށް އެމީހަކު ނުރުހޭ މީހަކު ތުމުން ފުމެލިޔަސް، އުނދަގޫވާ ގޮތަކަށް އަންހެނަކާ ދިމާލަށް ބަލާލިޔަސް ، ހާދަ ރީއްޗޭ ބުންޏަސް އެވަނީ ޖިންސީ ފުރައްސާރައިގެ ކުށަކަށް. އެކަމަކު އެމީހަކު ރުހޭ މީހާ ހެޔޮ އެމީހަކާ ދިމާލާ އަވަގުރާނަ ގޮވިޔަސް އޭތި އޯކޭ. ގާނޫނުތައް އޮތީ ނުރުހޭ މީހާ ކުށުގަ ބަނދެލެވޭ ގޮތަށް.
އަހްމަ
14 April 2025
ޖިންސީ ފުރައްސާރަކުރިކަމަށް ޚަބަރުގައި އޮތީ ފިރިހެނުންނޭ އެބައޮތްބާ؟ ނޫނީ ޖިންސީ ފުރައްސާރައަކަށް ވަނީ ހަމައެކަނި ފިރިހެނަކު ކުރީމަބާ؟
ސަނީފާ
14 April 2025
ހިހި ބަރަހަނާ ފިލްމު ބެލިޔަސް ޤާނޫނުން މިހާރު ރައްކާތެރިކަން ލިބޭ. އަންހެނަކު ރީއްޗޭ ބުނެލިޔަސް ޖިންސީ ފުރައްސާރަޔަކަށް.