އއ. ރަސޫގެ މަގެއް: މި ރަށުގައި ފިހުނު ދެ މީހުން ވެސް މިހާރު ވަނީ މަރުވެފައި.--- ފޮޓޯ: މެޕިއޯޑޮޓްނެޓް
14 އެޕްރީލް 2025 - 23:18
އއ. ރަސްދޫގައި ފިހުނު ދެ މީހުންގެ ތެރެއިން ފިރިހެން މީހާ ވެސް މިރޭ މަރުވެއްޖެ އެވެ.
އުމުރުން 31 އަހަރުގެ ފިރިހެން މީހާ މަރުވީ އިތުރު ފަރުވާ އަށް އިންޑިއާއަށް ގެންގޮސް ފަރުވާ ދެމުން ގެންދަނިކޮށެވެ.
އަލިފާނުގެ ހާދިސާގައި ފިރިހެން މީހާގެ ގައިގެ ބޮޑުބައެއް އޮތީ ފިހިފަ އެވެ. އޭނާ އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައިރު، އޭނާގެ ހާލަތު ދިޔައީ ރަނގަޅު ވަމުންނެވެ. ނަމަވެސް ފަހުން ހާލު ވަރަށް ބޮޑަށް ގޯސްވެ، ޑޮކްޓަރުން އުންމީދު ކަނޑާލާ ހިސާބަށް ދިޔައީ އެވެ.
ރާއްޖެ އިން ބޭރަށް ގެންދިއުމާ ހަމައަށް އައިޖީއެމްއެޗުގައި އޭނާއަށް ފަރުވާ ދިނީ އައިސީޔޫގަ އެވެ.
މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި ހާދިސާގައި އަލިފާން ރޯވީ، ކުރިން ކައިވެނި ކޮށްގެން އުޅުނު ދެ މީހުންގެ ގައިގަ އެވެ.
އެ ހާދިސާގައި އެންމެ ބޮޑަށް ފިހުނު 31 އަހަރުގެ އަންހެން މީހާ އަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް މިދިޔަ ހަފުތާގައި ވަނީ މަރުވެފަ އެވެ.
ދެ މީހުންގެ ގައިގައި ރޯވެ ފިހުނަސް، އެ މީހުން ތިބި ކޮޓަރީގައި ރޯވީ ދޮރު ފޮތިގަނޑެއްގައި އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޑްމުންޑޯ
15 April 2025
ހެޔޮރަޙްމަތްލައްވާށި ، އުންމީދުކުރަން ނޫސްތަކުން ތިހާދިސާގެ ތަފްސީލް ވަރަށް އަވަހަށް ގެނެސް ދެއްވާނެކަމަށް ، ހަމަޔަގީީނުންވެސް މިހާރު ތިހާދިސާ ހިގަން މެދުވެރިވިގޮތް ، ފުލުހުންނަށް ވާނީ ސާފްވެފައި .
ގޮބަ
15 April 2025
ބޭނުމަކީ ކޮބާބާ؟ އެ މީހުންގެ މުޅަމަސް ކެއުންބާ؟ މަރުވެފައި ތިބި މީހުންނަށް ހެޔޮދުވާ ކުރުން ނޫން އިތުރު ކަމެެއް އަހަރުމެންގެ މައްޗަށް ވޭބާ؟
ކިރުސައި
15 April 2025
ގޮބަ ، ކަންކަމުގެ ހަގީގަތް ބަލަންޖެހޭނެ. ކޮންމެކަމެއް ފަސްއަޅާ ފޮރުވާތީ ގައުމުގެ ހާލަތު ވަޅުގެ ތުންފަތްމަތީ މިއޮތީ
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
15 April 2025
މަތީގައިވާ، "ގޮބަ" އަށް ވެދުން! ބޭނުމަކީ މިފަދަ ކަންކަމުން އެހެން މީހުން ޢިބުރަތެއް ޙާސިލް ކުރުން.
ފަލަމަޑި
15 April 2025
ކުރިން ކައިވެނިކޮށްގެންނޭ؟ ތިލިޔާއެއްޗެއް ނިކަން ސާފުކޮށް ލިޔެބަލަ.