މަޖީދީ މަގު ވެހިކަލްތަކުން ފުރިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
15 އެޕްރީލް 2025 - 17:29
ރަށު ޕިކަޕާއި ސައިކަލް ދުއްވުމަށް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސެންސެއް ދޭގޮތަށް ގަވާއިދު އިސްލާހު ކުރީ އެމީހުންނަށް ފަސޭހަކޮށްދިނުމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.
މީގެ ކުރިން، 2021 ވަނަ އަހަރު ހަދާފައިވާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ ގަވާއިދުގައި، އުމުރުން ދުވަސްވީ މީހުން ހާއްސަ ލައިސެންސެއް ނެގޭ ގޮތަކަށް ނޯވެ އެވެ. އެ ގަވާއިދުގައި އޮތީ ހަމައެކަނި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލައިސެންސް ދޫކުރުމުގެ އުސޫލެކެވެ.
އަލަށް ގެނައި އިސްލާހާ ގުޅޭގޮތުން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ 60 އަހަރުގެ މީހުންނަށް ބައެއް އުޅަނދު ދުއްވޭ ގޮތަށް ދޫކުރަން ނިންމާފައިވާ ހުއްދައާ ގުޅިގެން މިހާރު ދޫކޮށްފައިވާ އެއްވެސް ލައިސަންސެއް ބާތިލުނުވާނެ ކަމަށެވެ.
އެ އިސްލާހުގެ ސަބަބުން އެއްވެސް ލައިސަންސެއް ބޭނުންކުރުމަށާއި އާންމު އުސޫލުގެ ތެރެއިން ދޫކުރާ ލައިންސަންސް ނެގުމާއި އެ ލައިސަންސް ބޭނުންކޮށްގެން ދުއްވޭ ހުރިހާ ސަރަހައްދެއްގައި ދުއްވުމަށް އެ އުމުރުފުރާގެ މީހުންނަށް ހުރަހެއް ވެސް ނެތް ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނި ގޮތުގައި ހާއްސަ ލައިސަންސް ހޯދުމަށް އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ވެސް ފުރިހަމަކުރާކަށް ނުޖެހެ އެވެ. މިއީ ވަކި ބާވަތްތަކެއްގެ އުޅަނދުތައް ދުއްވުމަށް އެމީހުންނަށް ފަސޭހަކޮށްދިނުމަށް ގެނެސްފައިވާ އިސްލާހެއް ކަމަށް ވެސް ބުންޏެެވެ.
"މި ހުއްދަ ތައާރަފުކުރުމުގެ މައިގަނޑު މަގްސަދަކީ އާންމު އުސޫލުން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ގަވާއިދުގައި ބަޔާންކުރާ އިމްތިހާނުތައް ފުރިހަމަކުރުމަކާ ނުލާ، އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ އުމުރުން 60 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް އަތޮޅުތެރޭގެ ރަށްރަށުގައި މި ހުއްދައިގެ ދަށުން ވަކި ބާވަތްތެއްގެ އުޅަނދުތައް ދުއްވުމަށް ގަވާއިދުގެ ތެރެއިން ފަސޭހަކޮށްދީ މަގުފަހިކޮށްދިނުމެވެ،" އެ ބަޔާނުގައިވެ އެވެ.
މިނިސްޓްރީން ވަނީ މި ގެނެސްފައިވާ ބަދަލުގެ މަގްސަދު ގެއްލޭ ގޮތަށް ޕޯސްޓަރުތަކާއި އާޓިކަލްތައް ނުފެތުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.
އެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން 60 އަހަރުން މަތީގެ މީހުން ވަކި ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. އަދި އެ ލައިސެންސް ދޭނީ ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ކަމަށާއި އެ ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައް ކިޔައިދޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައިވާ ގޮތުން އުމުރުން ދުވަސްވީ މީހުންގެ ލައިސެންސްގައި ދުއްވޭނީ 60 ސީސީ އިން ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް އަދި އުޅަނދުތައް އެކަންޏެވެ. އަދި އެފަދަ ލައިސަންސްގެ ދަށުން 60 އަހަރުން މަތީގެ މީހުންނަށް ދުއްވޭނީ ހަމައެކަނި އެ ލައިސެންސެއް ދޫކުރާ ރަށެއްގައި ކަމަށާއި އަދި ވެހިކަލް ދުއްވޭނީ ވެސް ހަމައެކަނި 30 ކިލޯމީޓަރަށް ވުރެ މަޑުން ދުއްވަންޖެހޭ މަގުތަކުގައި ކަމަށް އެ އިސްލާހުގައިވެ އެވެ.
އެ އިސްލާހުގައި ބުނީ އެ ލައިސެންސް ދޫކުރާނީ 10 އަހަރަށް ކަމަށެވެ. އަލުން ލައިސެންސް ދޫކުރާނީ ތަމްރީނު ފުރިހަމަކުރުމުންނެވެ. އަދި އެއް ފަހަރަށް ވުރެ ގިނައިން ގަވައިދާ ހިލާފުވެއްޖެނަމަ އެ ލައިސެންސް ބާތިލްކުރުމުގެ އިހުތިޔާރު އޮންނާނެ ކަމަށް ވެސް އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލްމީ
16 April 2025
އެހެން ހަބަރެއް: “ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ކުޑަ ކުއްޖަކާއި މީހަކަށް އަނިޔާވެއްޖެ”
ލަޠީ
16 April 2025
އަޅުގަނޑު ހިތައް އަރާ ތަނެއްދޮރެއް ނުބަލާ ބައެއްމީހުން ވާހަކަ ފަތުރާލާފައި އޭގެ ޙަޤީޤަތް އެނގުނީމާ އެމީހުން ހާދަ ލަދެއް ގަންނަން ޖެހޭނެއޭ. ފުރަތަމަ ފިތުނަވެރި ޚަބަރެއްގެ ގޮތުގައި މި ޚަބަރު ބައެއްމީހުން ވީޑިއޯކުޅެ ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރުވާލާއިރު އެ ގެންނަ ޚަބަރަކީ ހަމަ އަސްލުވެސް އެގޮތަށް އޮތް ކަމެއްތޯ ޔަޤީންކޮށްލުން ކީއްތޯ؟ މީހަކު މެރުމަށްވުރެވެސް ނުބައި ކަމެއްގެ ގޮތުގައި ފިތުނަ އުފެއްދުން ވާއިރު މިފަދަ ކަންކަމާމެދު ވިސްނާލާކަށް ނުވޭތޯ؟
ލަކު ޗާ ރަރު
16 April 2025
އުނދަގޫ ކުރަންތަ އިމްތިހާނު ދެނީ، ނޫނީ ޤަވާއިދު އެނގޭތޯ ބަލަންތަ؟
ޢަޖަރިބު
16 April 2025
ސައިކަލު މާ އަންސޭފް ނޫންތޯ ކާރާޕިކަޕަށްވުރެ؟
ބަޑިތަކުރު
16 April 2025
ފަސޭހަކޮށްދޭން ބޭނުންވާނަމަ ތިޔަށްވުރެވެސް ފަސޭހަކޮށްދެވެން އެބައޮތެވެ. 60 އަހަރުވީމާ ލައިސަސެއް ބޭނުން ނުވާގޮތަށް ޤާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށްލާށެވެ. އިމްތިހާނެއް ނުދޭނަމަ ތިޔަ ދޭ ލައިސަސްއަކުން މީހަކަށް ލިބޭނެ ރައްކާތެރިކަމެއް ނޯންނާނެއެވެ. ވީއިރު ލައިސަސްދޭން ބޭކާރު ހޭދައަކާއި މަސައްކަތްތަކެއް ކުރަންވީ ކީއްކުރަން ހެއްޔެވެ.
ކުރަކި
16 April 2025
މިހާރު ގެންގުޅޭ ރަށު ޕިކަޕުތަކަކީ އިލެކްޓްރިކް އުޅަނދުތަށް. އެއަކު ނުހުންނާނެ 'ސީސީ' އެށް. ދެން ކިތަންމެ ހޯސްޕަވަރު މައްޗަސް ހަމަ ޒޫން ކަނޑާފަ ދުއްވަން ދޭންވީތަ 60 އަހަރުން މަތިވެއްޖިއްޔާ؟
ާއުދުހޭ
16 April 2025
މުސްކުޅިން މަރުގެ ތުންފަތްމައްޗަށް ނުނެރޭ. އެކްސިޑެންޓްވާނީކީ 60 އަހަރުވީތޯ ބަލައިގެނެއްނޫން.
36363
16 April 2025
އަލަށް ލައިސަންސް ނަގާ މީހަކަށް ދުއްވުމުގެ ޓެސްޓެއް ނެތި ލައިސަންސް ދޫކުރުމަކީ ކޮށްގެން ވާނެކަމެއް ނޫން. އުމުރުން ދުވަސްވީ މީހުންނަށް ލައިސަންސް ނަގަން އުނދަގޫވެގެން އުޅެނީ ތިޔަރީ ޓެސްޓުން ފާސް ނުވާތީ.
ކުކޫ
16 April 2025
ހަމައެކަނި ލައިސަންސް ނަގާ ރަށުގައި އެކަނި ދުއްވޭނަމަ ތިޔައީކީ އަދި ފޮނި ކަނޑަަންވީ ކަމެއް ނޫން. ރާއްޖޭގައި ލައިސަންސް ނެގެނީ ގިނަވަގެން 20 ވަރަކަށް ރަށުން. މާނައަކީ ގިނަ ރަށްރަށުގެ މީހުންނަށް ތިޔަކުން ކުރާނެ ފައިދާއެއް ނެތޭ. މިނިސްޓަރަށް ނޭންގެނީ ހެން ހީވަނީ އެކަން އަދި. ނޫސްތަކުގަ ލިޔެލީމަ ރަގަޅު ކޮއްލާނެ ތޯއްޗެ އާއްމުކޮށް މިސަރުކާރު ހިނގާ ގޮތަށް ބަލާއިރު
ގުއިއްޒު
16 April 2025
ހެލިކޮޕްޓަރު ދުއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަަށްދޭ އެބަދޭ އުތަ? މާރިޗު މަހު ފަށަވާހަކަ ކުރިންކީމަ އަހާލީ. ރައީސްގެ ހެޔޮފުޅުކަމާއި ލަފާފުޅުގެމަތިން އަނެއްކާ ފަސްކޮށްލީތަ? ސާފުކޮށްލަދީބަލަ.