ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ
27 އޮކްޓޯބަރ 2025 - 10:13
ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން ސަރުކާރުން ފުރަތަަމަ ކުރިއަށް ގެންދިޔަ ޕްރޮސެސް ހުއްޓާލައި އެ މަސައްކަތް ކުރާނެ އާ ބަޔަކު ހޯދަން އަލުން އިއުލާން ކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓް ކުރާނެ ބަޔަކު ހޯދަން ފުރަތަމަ ހުޅުވާލިއިރު، އެކަމަށް ޝައުގުވެރިކަން ފާޅުކުރި 36 ކުންފުނީގެ ތެރެއިން ޕްރޮޕޯސަލެއް ހުށަހެޅީ އެންމެ ފަރާތަކުން ކަމަށެވެ.
އެއީ އޭނާ ވިދާޅުވި ގޮތުގައި އެ އޮޕަރޭޝަނުގެ ތެރެއިން ދައުލަތަށް ހިލޭ ހޯދަން ހުށަހެޅި ހިދުމަތްތަކުގެ ބައި ބޮޑުކަމުން ވީ ގޮތެކެވެ.
"ދުނިޔޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ގާތްގަނޑަކަށް 36 ކުންފުނިން މިކަމަށް އިންޓަރެސްޓް ނަގައިގެން [ހުށަހެޅި]. އެމަކު އަޅުގަނޑު ކުރިން މިދެންނެވި ގޮތަށް ދައުލަތަށް އެންމެ ބޮޑު ފައިދާ ލިބޭނެ ކޮމްބިނޭޝަނެއް ނެގުމަށް ޓަކައި އެ އާރްއެފްޕީގައި އަޅުގަނޑުމެން ލާފައި ހުރި ލިމިޓޭޝަންސްއާ ބެހޭ ގޮތުން ހުރިހާ ފަރާތްތަކުން ވެސް އަަޅުގަނޑުމެންނާ ފަހުން މަޝްވަރާކުރި،" އަމީން ވިދާޅުވި އެވެ.
ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ދޭން ޖެހޭ ހިދުމަތް ބޮޑު ކަމަށް އެ ހުރިހާ ކުންފުންުޏަކުން ވެސް ބުނެފައިވާ ކަމަށާއި އެހެންވެ އިތުރަށް މަޝްވަރާ ކުރަން ނިންމީ އެންމެ ކުންފުންޏަކުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރުގެ ފަހުކޮޅުގައި ޑިސެމްބަރުމަހުގެ ކުރިން އަޅުގަނޑުމެން އަލުން ހުޅުވާލައިގެން އަހަރެއްހާ ދުވަހުގެ ތެރޭގައި މިކަންތައް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އަަޅުގަނޑަށް އެބަ އޮތް،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހެލިކޮޕްޓަރު އޮޕަރޭޓްކުރާ ބޮޑެތި ގިނަ ކުންފުނިތަކުން ރާއްޖޭގައި އެ މަސައްކަތް ކުރަން ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޭބަލްކާރު
27 October 2025
ރައްޔިތުން ބޭނުމީ އަަންޑަވޯޓާ ޓަނަލް
ޖެކް
27 October 2025
ތިކަން ހުއްޓާލާފަ އުދުހޭ ކާރު ޚިދުމަތަށް ނެރުން މާ ރަނގަޅުވާނެ!ޢޭރުން އަތޮޅުތެޜޭ ހުރިހާރަށަކަށް ކާރުގަ އުދުހެންވީ! 80 ހާސް ޑޮލަރަށް އުދުހޭ ކާރެއް ލިބޭ!
ޑާކަ
27 October 2025
ހެލިކޮޕްޓަރު ދުއްވާނެ ޕައިލެޓުން ތަމްރީން ކުރާނެ ހިއްވަރު ނެތީތޯ؟
ޑަންޕަރު
27 October 2025
މިސުރު ބަޔަކާ ދެން ތިކަން ހަވާލުކުރޭ.
މިސްލިހާނު
27 October 2025
ދައުލަތަށް ދޭންޖެހޭ ހިލޭ އެހީގެ ބައިތޯ ބޮޑުވީ ނުވަތަ ތިކަމުގައި އުޅުނު މީހުންނަށް ދޭންޖެހުނު ހިލޭއެހީގެ ބައިތޯ
ރާވެރިބެ
27 October 2025
ކޮންމެ 100 ފޫޓަކުން އެއާރޕޯރޓެއް ހަދާ އިރު ކީއްކުރާ ހެލިކޮޕްޓަރެއް؟.ހެލިކޮޕްޓަރަކީ މާ އިހުޒަމާނުގެ ޓެކްނޮލޮޖީއެއް. މި ޒަމާނަކީ ޑްރޯންގެ ޒަމާން. މީހުން ވެސް އުފުލާނީ ކޮންމެ ރަށަކުން ޑްރޯންގަ. ގޮސް ބާލާނީ ޖެހިގެން އޮންނަ އެއާޕޯޓަށް. ދެން އެތަނުން ސީދާ މަތިންދާ ބޯޓުގަ ކޮންމެެ ރަށަކަށް ވެސް ދާންވީ. މާލޭގަ ހުރެފަ ހަވީރު އައްޑުއަށް ގޮސް އައްޑޫ ކުކުޅު ރިހައާ ފަރާޓާ ރޭގަޑު ކާލައިގެން އެރޭ ހުޅުމާލެއަށް ގޮސް ސިނެމާއަށް ފިލްމް ބަލަން ވެސް ދާންވީ.
މހއމ
27 October 2025
ކަލޭމެން ހުވަފެން ދައްކާފަ ގެނައި ސަރުކާރެއް ނު. ދެން ކޮންހާ އަނގައެއް ތި އަރުވަނީ؟
ފޮނިފޮނިޓައްޕު ކުމާރު
27 October 2025
ކޮބާހޭ ޓެކްސީ ރޮނގު؟
ރާއްޖެ
27 October 2025
އާދަނާ އެކީ ބޭރުކޮއްލަން ޖެހޭ ވަޒީރެއް މިއީ.
ޑަކު
27 October 2025
އާދަނު ކޮންކަމެއް ކުރީ؟
މ ބނ
27 October 2025
ކުޅަދާނަ ބައެއް. ތާރީޙުތައް ދީދީ ދައުރެއް ނިމެނީ. ފޮޓޯ މައުރަޒެއް ބޭއްވޭ ވަރަށް މަޝްރޫޢުތަކުގައި ސޮއިތައް ކުރެވިއްޖެ. މިއަދު ސޮއި ކުރި ކުންފުންނި މާދަން ކެންސަލް. މިއަހަރު ފަހު ކޮޅު، އަންނަ އަހަރު ކުރީ ކޮޅު. މިއަރުގެ ފަހު ކޮޅު ޑިސެމްބަރުގެ ކުރިން. ހަރުދަނާ ކަމެއް ހުންނަން ޖެހޭ.
ނަގާސީ
27 October 2025
އަދިކޮބާ ޓެކްސީލައިން؟ ނަސީބެއް އެކަންވެސް ނުވާކަން. ފުރިބާރުވެފައިވާތަނަކަށް އިތުރު 300 ޓެކްސީ ނެރުނީމާ ވާނެއުދަގުލުން ސަލާމަތްވެފައި އަދި މިއޮތީ.
ސަސި
27 October 2025
އަދި މިވީހާތަނަށް ކުރަންބުނި އެއްކަމެއްވެސް ނުވޭ، މިހާ ސްލޯވީމަ ގޫގަލްވެސް މައްސަލަ ޖައްސާނެ.