ފެނަކަ: އައްޑޫ ފެނަަކައިގެ ޕެޓީ ކޭޝް ނަހަމަ ގޮތުގައި ބޭނުންކުރި ތިން މުވައްޒަފުންނަށް ދައުވާކުރަން ވަނީ ފޮނުވާފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
15 އެޕްރީލް 2025 - 18:36
ފެނަކައިގެ ސައިޓުތަކަކަށް ދޫކޮށްފައިވާ ޕެޓީ ކޭޝް ނަހަމަ ގޮތުގައި ބޭނުންކުރި އެ ކުންފުނީގެ ކުރީގެ ތިން މުވައްޒަފަކަށް ދައުވާކޮށްދޭން އެދި ފޮނުވާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ ފެނަކައިގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުރި ސ. ފޭދޫ، އަހުމަދު ސާތިޝް ސައީދު އާއި ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ސީނިއާ އިންޖީނިއަރިން މަގާމުގައި ހުރި ތ. ތިމަރަފުށި، މުހައްމަދު އާސިދު އަދި ފެނަކައިގެ ސުޕަވައިޒަރެއްގެ މަގާމުގައި ހުރި ސ. ފޭދޫ، ހުސެއިން އާސިރުގެ މައްސަލަ އެވެ.
އޭސީސީން ބުނީ ފެނަކައިގެ އައްޑޫ ހިތަދޫ ސެންޓްރަލް ޕަވަ ސްޓޭޝަން ޕްރޮޖެކްޓުގެ ޕެޓީ ކޭޝް ފައިސާގެ ގޮތުގައި ފެނަކައިން ދޫކޮށްފައިވާ ފައިސާ، އެ ކުންފުނީގެ ޕެޓީ ކޭޝް ބެލެހެއްޓުމާ ބެހޭ ގަވާއިދާ ހިލާފަށް އަމިއްލަ ބޭނުންތަކަށް އެ ތިން މީހުން ވެސް ބޭނުންކޮށްފައިވާ ކަމަށެެވެ.
އެހެންވެ، އެ މައްސަލާގައި އެދިފައި ވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުށެއްކުރަން އެދުމުގެ ކުށުގެ ދައުވާ އާއި 82 ވަނަ މާއްދާގެ ދަށުން ކުށެއްކުރަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. އަދި 513 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިތުރުން 516 ވަނަ މާއްދާގެ ދަށުން ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.
އޭސީސީން ބުނި ގޮތުގައި އެ މީހުން ބޭނުންކުރި 623،208ރ. އަނބުރާ ހޯދުމަށް އެ ކޮމިޝަނުން ވަނީ ފެނަކައަށް އަންގައިފަ އެވެ.
އޭސީސީން ބުނީ އެ މައްސަލާގައި ތުހުމަތުކުރެވޭ މީހުން، ފޯޖަރީގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ވެސް އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަކުރެވޭ ކަމަށެވެ. އެކަން ތަހުގީގުކޮށްދޭން ފުލުހުންނަށް ފޮނުވަން ނިންމާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބައިރޯ
16 April 2025
މިއާޓިކަލްގަ ''އައްޑޫ'' ފެނަކަ އޮތުން ގޯސް، އޮންނަން ވަނީ ''އައްޑޫ ހިތަދޫޫ ފެނަކަ ބުރާންޗް'' އައްޑޫ އޮތުމުން އޭގައި ހުޅުމީދޫ ވެސް އެބަހިމެނޭ، ހުޅުމީދޫގައި ފެނަކައިގެ ވަކިޑިޕާރޓްމެންޓެއްހުރޭ، ކަޑުން ވަކިވެފައި އޮތުމުން އެތާގައި ވަކި އިންޖީނުގެއެއް، ވަކިނަރުދަމާ އަދި ފެން ޕޮލާންޓެއް ހުރޭ، ތިބުނާ އިންޖީގެ އެލުމުގެ ވަކި ޕުރޮޖެކުޓެއްވެސް މިތާހިގި!
މިގްދާދްް
16 April 2025
ފެނަކައިގެ އޭރު އެންމެ ފަތިފަނޑީގަ ތިބި މީހުން ހިފާ ހައްޔަރުކުރަންޖެހޭ. މި ސަރުކާރުން އެމައްސަލަތަށް ބަލާ އަވަސް ފިޔަވަޅު އެޅުން މުހިންމު. އެހެންނޫނީ އެމީހުން މާދަންވެސް މިފަދަ މަގާމެއް ލިބޭއިރަށް ފަށާނީ ކާން.
މައްސާާ
16 April 2025
އެމްޑީޕީ ވެރިކަމުގަ ވައްކަން ނުކުރަނީ ކޮންބަޔެއް. އެމީހުން ވައްކަން ކުރަން ޖާގަދީގެން ފެނަކަ ސައީދުމެން އުޅެނީ.
ބައްޒަަ
16 April 2025
ސާތިޝްމެން ހީކުރީތަ ލައްކައެކޭ. އެމްޑީޕީގެ ވެރިކަމުގަ ވަރަށް ހިންގާލާފަ އުޅެވިއްޖެއެއްނުން. އޭރުވެސް އަހަރުމެން ބުނިން އަހަރެމެންނަށްވެސް އަދި ދުވަހެއް އަންނާނޭ. ދެން ކަލޭ އޮންނާނީ ގޮޅީގަ. ލަލަލާ
މަގުރަބު
16 April 2025
ބިލިޔަނުން ކާލި ކަމަށް ބުނާ ސައީދު ކޮބާ؟
ހަމްދާ
16 April 2025
ހަމްދާއަށް އެނގޭ އެއިރުވެސް މިހެންވާނެކަން.
އޮނަރަބްލް ޒަންޖަބީލު ކުރުސީ
15 April 2025
ރިހާކުރު ފުޅި ލައްކަ ރުފިޔާ ގެ ކުދި ވަގުންނަށް ދައުއުވާ ކުރަން ފޮނަުވަންދާއިރު މިލިއަނުން ބިލިއަނުން ވައްކަން ކުރި މަހާ ޗޯރުން މަތި ފަޑީގައި އަރާމު ތަންމަތީގައި ފިޔޮކު ސުރުވާ، ކަންބަޅި މަހުގެ ސުފުރާ މަތީން ފަޜިއްކުޅުވުމުގައި މުޅި ދައުލަތުގެ ހާދިމުން ސާމާރާދޫނި ފަންކާއިން ވައިއެޅުވުމުގައި އަވަދިނެތި.
ރީތި އަބަދު ވެސް ރީތި
15 April 2025
އެ ވެރިކަމުގައި ވައްކަން މި ވެރިކަމުގައި ވައްކަން ނޫސް ތަކުގައި 2 ހެޑިނުން އެކަތީގައި ވައްކަމުގެ ވާހަކަ އިއްޔެ އާއި މި އަދު ކޮފީ ވަގު ހުދު ކުލައިން ޖަރީވެގެން އުޅޭ ވާހަކަ