ވެލިދޫ ހެލްތު ސެންޓަރުގައި ޑައިލިސިސް ސެޓަޕް ތައްޔާރުކުރަނީ.-- ފޮޓޯ | ވެލިދޫ ހެލްތު ސެންޓަރު
16 އެޕްރީލް 2025 - 11:23
ކިޑްނީ ބަލީގެ މީހުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ ގޮތަށް ނ. ވެލިދޫގައި ޑައިލިސިސްގެ ހިދުމަތް ފަށައިފި އެވެ.
ޑައިލިސިސް ހަދަން ޖެހޭ މީހުން ގިނަ ވެލިދޫގައި ހިދުމަތް ފެށުމުގެ ގޮތުން، ހެލްތު ސެންޓަރުގައި ދެ މީހެއްގެ ޑައިލިސިސް ވަނީ ހަދައިފަ އެވެ. މިހާރު ވެސް އެ އަތޮޅު މަނަދޫގައި އެ ހިދުމަތް ދެ އެވެ. ވެލިދޫ ހެލްތު ސެންޓަރުގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އާމިނަތު ރުއުފާ "މިހާރު"އަށް ވިދާޅުވީ ކިޑްނީ ފެއިލްވެ، ޑައިލިސިސް ހަދަންޖެހޭ ހަ މީހުން އެ ރަށުގައި އެބަތިބި ކަމަށެވެ. ނަމަވެސް، ފަސޭހައިން އެ ހިދުމަތް ލިބެން ނެތުމުން ގިނަ އާއިލާތައް ވަނީ މާލެ އާއި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ.
ރުއުފާ ވިދާޅުވީ އިއްޔެ ޑައިލިސިސް ފެށީ އެ ހިދުމަތަށް މާލޭގައި ދިރިއުޅެމުން ދިޔަ އެއް އާއިލާ ރަށަށް ބަދަލުވުމުންނެވެ. އެ ހެލްތު ސެންޓަރުގައި އެއްފަހަރާ ދެ މީހުންނަށް ޑައިލިސިސް ހެދޭނެ އެވެ.
ހުރިހާ އަތޮޅު ހޮސްޕިޓަލެއްގައި މި އަހަރު ޑައިލިސިސްގެ ހިދުމަތް ފަށަނީ https://t.co/fM1kQO1Qau
— Mihaaru (@Mihaarunews) April 30, 2024
ހެލްތު މިނިސްޓްރީން ބުނީ ވެލިދޫގައި އިއްޔެ ޑައިލިސިސް ހަދަން ފެށުމުން މާލެ ފިޔަވައި 15 ރަށަކުން އެ ހިދުމަތް ލިބޭނެ ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ހުރިހާ އަތޮޅަކަށް ޑައިލިސިސްގެ ހިދުމަތް ފުޅާކުރާށެވެ. އެ އަމާޒުގެ ދަށުން ހއ. އިހަވަންދޫގައި މިދިޔަ މަހު އެކަން ފަށާފައިވެ އެވެ. ތ. ވޭމަންޑޫގައި ވެސް މި މަހުގެ ތެރޭގައި ޑައިލިސިސްގެ ހިދުމަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެހެންވެ، އެ ހިދުމަތް މިހާރު ނުފެށި އޮތީ ހަ އަތޮޅެއްގަ އެވެ. އެއީ، އއ. އަތޮޅު، އދ. އަތޮޅު، ވ. އަތޮޅު، މ. އަތޮޅު، ފ. އަތޮޅު އަދި ދ. އަތޮޅެވެ. މި ދައުރުގެ ތެރޭގައި އެ ހުރިހާ އަތޮޅެއްގައި ވެސް ޑައިލިސިސްގެ ހިދުމަތް ފަށަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާޑުވާ
17 April 2025
މިއީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ ޕްރޮޖެކއޓް ތަކެއް. މިކަން ހުއްޓާނުލާ ކުރިޔަށް ގެންދަވާތީ މިސަރުކާރަށް ޝުކުރު އަދާކުރަން. އަދި އުންމީދަކީ ކުރީސަރުކާރުން ފަށާފައިވާ ހުރިހާ ޕްރޮޖެކްޓްތަކެއްވެސް އެގޮތުގައި ކުރިޔަށް ގެންގޮސްދިނުން.
އާދިލް ސަލީމް
16 April 2025
ރައީސް މުއިއްޒްއަކީ ހުސް ވައުދު ވާނެ މީހެއް ނޫންކަން މިއަދު އަހަރުމެން ރަށުގެ ރައްޔިތުން ގަބޫލްކޮށްފި. ވައުދުވި ގޮތަށް މިކަން މިހަމަޖައްސާލަ ދިނީ
އަތްލޮބް މުހައްމަދު
16 April 2025
މިދައުރުގައި ރާއްޖެތެރޭގެ ސިއްހީ ނިޒާމް ހަރުދަނާކޮށް ރަނގަޅު ކުރަން ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަވޭ
އަފާފް ސައީދު
16 April 2025
އަހަރެން ދެކެނީ މީ މުޅި އަތޮޅަށް ލިބިގެން ދިޔަ ކުރިއެރުމެއް ކަމަށް. އަލްހަމްދުﷲ
ސިޔާދު އަލީ
16 April 2025
ވަރަށް އުފާވެއްޖެ އަހަރުން ރަށުން މިކަން ވާތީ.
ރައްޔާންް
16 April 2025
ސަރުކާރުން އިސްނަގައިުގެން ހާލަތުތަށް ބަލާ އެކަންކަން ހައްލުކޮށްދެއްވުމަކީ ސަރުކާރުން ރައްޔިތުންނަށް ބަލާކަން އަންގުވައިދޭ ކަމެއް. މިފަދަ ކަމެއް ވެލިދޫގަވުން އެއީ ކުރިން ބަޔަކު ދުވަހަކުވެސް އުންމީދުވެސް ކުރި ކަމެއް ނޫން.
ހުސްދޯރިފުޅު
16 April 2025
ތިހެން ކަންކަމަށް އުންމީދު ނުކޮށް ތިބޭތީއޭ ކަންކަން ނުކުރެވެނީ. މީގެ އަށެއްކަ އަހަރު ކުރިން މަނަދޫގަ ތި ޚިދުމަތް ދޭން ވަނީ ފަށާފަ. ދެންހުރި ކަންކަމަށްވެސް އުންމީދުކޮށްގެން ކަންކަން ކުރަން މަސައްކަތް ކޮށްބަލަ.
ސިނާދްް
16 April 2025
މާލޭގަ އެތަށް ދުވަސްތަކެއްވަންދެން މިކަމުގެ ވޭނުގަ އުޅެންޖެހެނީ. މިހާރު މާތްﷲގެ ހެޔޮ ރަހްމަތްފުޅުން އަމިއްލަ ވަޒަނުގައި މިކަން ކުރެވިގެންދިއުން އެއީ ލިބޭ ވަރަށް ބޮޑު އުފަލެއް.
ލީވާންް
16 April 2025
މި ދައުރުގަ ރާއްޖޭގެ ސިއްޙީ ނިޒާމް ފުރިހަމަވެ ފައްކާވެގެންދާނެ. ޝުކުރިއްޔާ ރައީސް
މަތީންް
16 April 2025
މިއީ ރައީސްގެ ވައުދުފުޅެއް. ވައުދު ފުއްދުމުގައި ރައީސް މުއިއްޒުއަކީ ނަމޫނާ ރައީސެއް.
ވަކަރުގޭ ކުލޯނީ ބިން ރާއްޖެތެރޭމީހާ
16 April 2025
މެދު ރާއްޖެތެރެއަށް އެންމެ ފަހުން ބައި އަޅަނީ އޮގަރު ހަމަނުވާތީ ތޯ؟