ޒަކިއްޔާއަށް އިންސާފު ހޯދަން ގޮވާލައި ހޮޅުދޫގައި ކުރި މުޒާހަރާއެއްގައި އަޑުއުފުލަނީ. -- ފޮޓޯ: އަރީޝާ/ ފޭސްބުކް
17 އެޕްރީލް 2025 - 13:51
ނ. ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަ ކަމަށާއި އެއީ އަމިއްލަ މަރެއް ކަމަށް ބަޔާންކޮށް ތަހުގީގު ނިންމާލުން މިވަގުތަށް މަޑުޖައްސާލަން އޭނާގެ ކޮއްކޮ އާމިނަތު ޝަޒިއްޔާ ފުލުސް އޮފީހުގައި އެދިއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރު ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގަ އެވެ.
އޭނާގެ އާއިލާ އިން ތުހުމަތުކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، ރަށުގައި އިންސާފަށް ގޮވާލައި ދޭތެރެއަކުން މުޒާހަރާ ވެސް ދަނީ ކުރަމުންނެވެެ.
އެ މައްސަލާގައި ފުލުހުންގެ ޓީމެއް އިންޑިއާ އަށް ގޮސްގެން ޒަކިއްޔާގެ ވާޗުއަލް އޮޓޮޕްސީ އެއް ވެސް ވަނީ ހަދައިފަ އެވެ. އަދި އޭނާ މަރުވީ އަމިއްލަ އަށް ދީފައިވާ ޒަހަމްތަކެއްގެ ސަބަބުން ކަމަށް އޮޓޮޕްސީން ދެއްކިޔަސް އާއިލާ އިން އެ ގަބޫލެއް ނުކުރެ އެވެ.
ޒަކިއްޔާގެ ގަބުރު ކޮނެގެން ނެގުމަށް ފަހު، އޭނާގެ އޮޓޮޕްސީ ހެދުމާ ބެހޭގޮތުން މަޝްވަރާކުރަން ވެސް ބޭނުންވާ ކަމަށް ބުނެ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ފްރޮސެކިއުޓާ ޖެނަރަލް އައްބާސް ޝަރީފަށް ސިޓީއެއް ފޮނުވާފައިވެ އެވެ.
އެ މައްސަލާގައި ޒަކިއްޔާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝަޒިއްޔާ ނެރުނު ބަޔާނެއްގައި ބުނީ ވާޗުއަލް އޮޓޯޕްސީގެ މައުލޫމާތު ހޯދަން އެދި ފޮނުވި ސިޓީގެ ޖަވާބު އަދިވެސް ނުލިބޭ ކަމަށެވެ.
ޒަކިއްޔާ
އެކަމަކު ފުލުހުންގެ އެދުމުގެ މަތިން މިދިޔަ އަންގާރަ ދުވަހު، ފުލުހުންގެ ބައެއް އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް އޭނާ ބުންޏެވެ.
ޝަޒިއްޔާގެ ބަޔާނުގައި ބުނީ ވާޗުއަލް އޮޓޯޕްސީ ކަމަށް ފުލުހުން ބުނާ ޑޮކިއުމަންޓް ވެސް އެ ބައްދަލުވުމަށް ގެނައި ކަމަށާއި އެކަމަކު އެ ބަލާލަން ލިބުނީ މަތިމަތިން ކަމަށެވެ.
ބަޔާނުގައި ބުނީ އެ ޑޮކިއުމަންޓަކީ އިންޑިއާގެ ނިއުދިއްލީގައި ހުންނަ މެޑިކަލް ރިސާޗު ޔުނިވާސިޓީއެއް ކަމަށްވާ އޯލް އިންޑިއާ އިންސްޓްޓިއުޓް އޮފް މެޑިކަލް ސައިންސް (އެއިމްސް) އިން ހޯދާފައިވާ ބައެއް ޖަވާބުތައް ހިމެނޭ ކަރުދާހެއް ކަމަށެވެ.
އާއިލާ އިން ބުނި ގޮތުގައި ރިޕޯޓުގެ ފުރަތަމަ ސަފުހާ އާއި ފަހު ސަފުހާ ނުފެނެ އެވެ. އެެހެންވެ، ރިޕޯޓުގައި ސޮއިކުރީ ކޮންބައެެއް ކަން ވެސް އެނގިފައިނުވާ ކަމަށް ބުންޏެެވެ.
"ނަމަވެސް އަޅުގަނޑުމެންގެ ފަރާތުން ސާފުކުރި މައުލޫމާތު އެނގުނު ގޮތުގައި މަތީގައިވާ ސުރުހީގައި ވާޗުއަލް އޮޓޮޕްސީ ރިޕޯޓު ބަޔާން ކުރުމުގެ ބަދަލުގައި އޮތީ އެކްސްޕާޓް އޮޕީނިއަން ކަމަށް ފުލުހުންގެ ފަރާތުން އެނގުނެވެ،" އެ ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނި ގޮތުގައި ޒަކިއްޔާ އަމިއްލައަށް ކަރުގައި ވަޅި އަޅާފައި ވަނީ ކޮޅަށް ހުރެގެން ކަމެއް، އިށީނދެ އިނދެގެން ކަމެއް ނުވަތަ އޮށޯވެ އޮވެ ކަމެއް ވެސް އެނގޭކަށް ނެތެވެ. އަދި ޒަހަމްގެ ފުން މިނެއް ވެސް ނޭނގޭ ކަމަށް ބަޔާނުގައި ބުންޏެވެ.
އެކަމަކު ރިޕޯޓާ އެކު ހިމެނޭ ހަތަރު ފޮޓޯއަކީ ވެސް ސީނުން ނަގާފައިވާ ފޮޓޯތަކެއް ކަމަށް ބުންޏެެވެ. އަދި އޭނާގެ މުޅި ހަށިގަނޑުގެ 3ޑީ ސްކޭނެއް ހަދާފައިވާކަން އެނގެން ނެތް ކަމަށާއި އެ ޑޮކިއުމަންޓް އޮތީ ވެސް އާންމު އުސޫލުން ރިޕޯޓެއް އޮންނަ ގޮތަށް ނޫން ކަމަށް އެ އާއިލާ އިން ބުނެ އެވެ. އެހެންވެ، ސުވާލު އުފެދޭތީ އެއީ ރިޕޯޓެއް ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ ފުލުހުން ފޮނުވި ފޮޓޯތަކާއި ސުވާލުތަކުގެ މައްޗަށް ދީފައިވާ ރައުޔެއް ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބައްދަލުވުމުގައި ފުލުހުން ދިން މައުލޫމާތަށް ބަލާއިރު އެ ޑޮކިއުމަންޓް ތައްޔާރުކުރީ ޑިޕްލޮމެޓިކް ޗެނެލުން ކަމަށާާއި ޑިޕްލޮމެޓިކް އިމްތިޔާޒުގެ ދިފާއު ފުލުހުން ނަގާފައިވާތީ ތަހްގީގަށް ނުވަތަ ޝަރީއަތަށް ވަކި ކަމެއް ނިންމުމުގައި އެ ޑޮކިއުމަންޓަށް ރިއާޔަތްކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ވެސް ޝަޒިއްޔާ ބުންޏެވެ.
"އެހެންކަމުނ،ް އާއިލާގެ ފަރާތުން މިދެންނެވުނު ސަބަބުތަކަށްޓަކާ އެ ވާޗުއަލް އޮޓޮޕްސީ ބަލައިނުގަންނަމެވެ. އޭގެ ބަދަލުގައި އެއީ ސައްހަ ރިޕޯޓެއް ނަމަ އެ ރިޕޯޓު ބަލައި ދިރާސާކުރުމަށް ފަންނީ ބޭފުޅުންނާ އެކު ފުރުސަތު ދޭން ނުޖެހޭ ސަބަބެއް އޮތް ކަމަށް ނުދެކެމެވެ،" ޝަޒިއްޔާގެ ބަޔާނުގައި ބުންޏެވެ.
ބަޔާނުގައި ބުނީ ފަންނީ ބޭފުޅުންނާ އެކު އެ ރިޕޯޓު ދިރާސާކުރަން ފުރުސަތު ނުލިބިއްޖެ ނަމަ، ކުރިއަށް ހުރި މަރުހަލާތަކުގައި ޝަރުއީ ކޯޓު މެދުވެރިކޮށް ހެކި ހާމަކުރުމާ ގުޅޭ އަމުރަކަށް އެދެން އާއިލާ އިން ގަސްތުކުރާ ކަމަށެވެ. އަދި ޒަކިއްޔާގެ ނަފްސާނީ ބަލީގެ ބާވަތަކީ ކޮބައިކަން ވެސް މިހާތަނަށް ތަހުގީގުން ސާފު ނުކޮށްދެވޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޯޑޯ
17 April 2025
މިމައްސަލައިގަ ރިޕޯޓްގައި ލިޔަންވީ އެއްޗިހިވެސް އިނގެނީ މިމީހުންނަށް
މޯދީ
18 April 2025
ދެން ކަލެއަށްތަ އިނގެން ޖެހެނީ؟
ސަލީމު އިދުރީސް
17 April 2025
ދިވެހި ފުލުހުން މީހަވަޅުލާފަ ޕޮޓޯގަނޑެއް ހިފައިގެން ގޮސް އޮޓޮޕުސީ ހެދޭނެ ކަމައް ގަބޫލު ކުރިއަސް ތަހުގީގުގެ ދާއިރާއިން ޒައްރެއްގެ މިންވަރު ގޭމީހަވެސް ތިއޮޓޮޕުސީ ގަބޫލުނުކުރާނެ ހޮޅުދޫމީހުން ނަފުސާނީ ބިރުވެރިކަމެއް ތެރޭ އުޅެންޖެހޭތި ހިތާމަ ކުރަން
ޗަރުމީ
19 April 2025
އެހެންވީމާ ވާޗުއަލް އޮޓޮޕްސީ މިނަންވެސް އުފަން މިވީ މިމަރާ ގުޅިގެން ދޯ.
ބަބޫ
17 April 2025
ފުލުހުން ތިކަން ސިޔާސީ ކޮށް ނޫނީ އެހެން ކަމެއްކުރަން ޖެހޭ ސަބަބެއް އާއިލާ އަދި ތިކަމުގަ މުޒާހަރާ ކުރާ ފަރާތަކުން ބުނެދީބަލަ. އޭރުން އަހަރެމެންވެސް ތިކިޔާ އެއްޗެއް ކިޔައިދޭނަން. މުޅި ދިވެހި ދައުލަތާ އިންޑިޔާ އާއި ފުލުހުން ތި އާއިލާއަށް އެވަރަށް ނަފްރަތުކުރާ ނޫނީ އެމީހުން ހިމާޔަތް ކުރާ މީހަކު ތިކަން ކުރިކަމަށް ތުހުމަތު ވަންޏާ އެވާހަކަ ދައްކަބަލަ. ގަބޫލު ނުކުރަންވީ ސަބަބެއް އޮންނާންވާނެތާ
ބާބީ
18 April 2025
ރިޝްވަތު ބްރަދާ މަނީ މަަނީ ޔެސް ސަރ
ފެމުނު
17 April 2025
އާއިލާ މީހުން މާމޮޅީ
ފުމުނު މިޔަރު
18 April 2025
ހަޖަމް ޕްލީޒް
ނާޑުވާ
17 April 2025
ޓެކްނޮލޮޖީ މިއޮށްވަރަށް ކުރިއަރާފަ އޮތް ޒަމާނުގައި ދިވެހިފުލުންގެ ފެންވަރު ދައްވަމުން ދާތީ ހިތާމަ ކުރަން. މި ސަރަހައްދުގެ އެންމެ ކުރީގަ ދިވެހި ފުކުހުން އުޅުނު ޒަމާނެއްވެސް ހިނގައްޖެ އެކަމަކު ފުލުހުން ސިޔާސީކޮށް ތަނުގެ ފެންވަރާ އަގު ވައްޓާލައިފި.
ދަންނަ ނުދަންނަ
17 April 2025
މި މައްސަލާގައި ފުލުހުން ނުވަތަ ދައުލަތުން ވަކި މީހެެއްގެ ދިފާއުގައި ފޮރުވަން އޮތީ ކޮންކަމެއް؟ އާއިލާއިން އެެއެއް ނިކަން ސާބިތުކަމާއެކީ ބުނެދީބަލަ! ވާޗުއަލް އޮޓޮޕްސީއަކީ ކިހިނެއް ހަދާ ކޯންޗެއްކަންވެސް އަހަރެމެނަށް ނޭނގޭއިރު، ޒަމާންވީ، ތަޖުރިބާހުރި ބިޔަ އިންސްޓިޓިއުޝަނަކުން ކޭހާ ގުޅޭގޮތުން ލިބެންހުރި މެޓީރިއަލް ބޭނުންކޮށްގެން އެއްޗެއް ހަދާނީ އޭގައި ވެލިޑްކަމެއް ހުންނާނެތީ. ނޫންނަމަ އެމީހުން ބުނާނެދޯ ތިއަކުން ނުވާނޭ. އިންޑިޔާވެސް އާއިލާއާ ދެކޮޅީތަ؟
ނޯއިޓްއޯލް
18 April 2025
ހެދިނަމަ ވާޗުއަލް އޮޓޮޕްސީ އޭ ކިޔާފަ ފަށާނި 6 މަސް ފަހުންނެއްނޫން. ހުރިހާ ކަމަކާ ނުވިއްޔަ ރަނގަޅުވާނި
އެކޮއި
17 April 2025
ވާޗުއަލް އޮޓޮޕްސީއޭ ބުނީމާ އެއީ ކޮންއެއްޗެއްކަމެއް އަހަރެމެންނަކަށް ނޭނގެ. ރަށުމީހުން ކެކިއަރައިގަނެ ދުލެއްނުދޭނެކަން ކަށަވަރުވުމުން ފުލުހުން ޑްރާމާ ނިންމާލީ ހީވެސްނުކުރާކަހަލަ ގޮތަކަށް. ''އެއީ ފުލުހުން ފޮނުވި ފޮޓޯތަކާއި ސުވާލުތަކުގެ މައްޗަށް ދީފައިވާ ރައުޔެއް ކަމަށް އެ ބަޔާނުގައިވެ އެވެ.'' މީވަރަށްބޮޑު ތެދެއްކަމަށް ޤަބޫލުކުރެވޭ. މައްސަލައިގެ ފައިލް އެހާފަސޭހައިން ކްލޯޒްކޮށްލުމުގެއަޑީގައި ބޮޑުކަންތައްގަނޑެއްވާކަމަށް ޤަބޫލުކުރެވެނީ
ބާބް
17 April 2025
މިދެން ހާދަ ބޮޑުކަމެކޭ. ހުރިހާ އެއްޗެއްވެސް މިމީހުންނަށް މާރަނގަޅަށް އެބަ އެނގޭ. ދެން ކީއްކުރަންތަ އެހެން ބަޔަކު ލައްވައި އެއްކަމެއްވެސް ބަލަންވީ. މިކަހަލަ ބޯހަރު ގޮތްދޫނުކުރާ ޖާހިލު މީހުންގެ ސަބަބުން ހަލާކުގެ މަގަށް މިރާއްޖެ މިދަނީ.
ބާބް އަމާ
17 April 2025
ކަލެއާ ހެދި ހަލާކުވަނީ
ބާބީ
18 April 2025
ކަލޭ އަޅެ އެވަރު ކޮށްފަ ދައްކަބަ އޭރުން ގޮތްދޫކުރާނަން
ޢެމްއައި
17 April 2025
މުޅީ އާއިލާގެ ނަމުގައި އެންމެ ކޮއްކޮއަކު ވާހަކަ ދައްކަނީ ބަޔަކު ޗިޕް ޖަހައިގެން ޒަކިއްޔާގެ ކޮއްކޮއިންނާއި ދައްތަޔާއި އެނޫންވެސް ތިމާގެ އެތައްބަޔަކު އެބައުޅޭ ތި ޑްރާމާގައި ބައިވެރިނުވާ ދަރިންނާއި ފިރމީހާއާއިނދެކޮޅަށް ޒާތީވެގެން ތީ ކެމްޕޭނަށް ކުޅޭ ޑްރާމާއެއްކަން މިހާރު ރަށުގެ ގިނަ ބަޔަކުވެސް ގަބޫލުކުރޭ
މޮންޑީގެ އައުވާނު
18 April 2025
ކަލޭ އެކަނި ގަބޫލުކުރަނީ
މަޖިލިސް1
17 April 2025
ކުރީ ޒަމާނުގައި މައްކާގައި އުޅުނު ކަހަލަ ބައެއް. ޙަނދު ގެނައަސް ގަބޫލުނުކުރާނެ. ތި މީހުން ތި ތަހްގީގު ގަބޫލުކުރާނީ ޒަކިއްޔާ މަރާލީ އޭނާގެ ފިރިމީހާއާއި އޭނާގެ އުފަން ދަރިންނޭ ބުނެގެން ނިންމާ ތަހްގީގް އެކަނި. ހަސަދަވެރި ވިއަސް ތަންފުކެއް ބޮޑުވަރު.
މަޖިލިސް2
18 April 2025
ހަސަދަވެރިވާންވީ ކޮންކަމަކާ؟