18 އެޕްރީލް 2025 - 00:18
އިއުލާން ކޮށްފައިވާ ޝަރުތަށް ނުފެތޭ މީހަކަށް އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ މަގާމެއް ދިން މައްސަލައެއްގައި އެ ޔުނިވާސިޓީގެ ކުރީގެ އިސް ދެ ވެރިއެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އޭސީސީން ޕީޖީ އޮފީހަށް ހުށަހަޅައިފި އެވެ.
އޭސީސީން ރޭ ބުނީ، އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު ހޯދަން ނޮވެމްބަރު 5، 2017 ގައި އިއުލާންކުރި ނަމަވެސް އެ މަގާމަށް ނެގީ އިއުލާނުގައި ބަޔާންކޮށްފައިވާ ތައުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވި މީހެއް ނޫން ކަަމަށެވެ.
އެހެންވެ، އޭސީސީން ޕީޖީ އޮފީހުގައި މިދިޔަ އަންގާރަ ދުވަހު އެދުނީ އައިޔޫއެމްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ޑިރެކްޓަރުގެ މަގާމުގައި އޭރު ހުންނެވި ތ. ތިމަރަފުށި، ނަރުގިސްވިލާ، އިބްރާހިމް ސަމީރާއި އެ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމު އެ ދުވަސްވަަރު ފުރުއްވި ބ. އޭދަފުށި، ގުލްބަކާގޭ، އަަލީ ރަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށެވެ.
އެ ދެ މުވައްޒަފުންގެ މައްޗަށް ދައުވާ ކޮށްދޭން އޭސީސީން އެދުނީ ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ހ) ދަށުން ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިފައިވާ ސިއްރު މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައި ދިނުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައި ދިނުމުގެ ކުށުގެ ދައުވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނިގޮތުގައި އައިޔޫއެމްގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކަނޑައެޅި މީހާގެ ތައުލީމީ ސެޓްފިކެޓެއް އަދި ތަޖުރިބާގެ ލިޔުމެއް ވެސް ހުށަހަޅައިފައެއް ނެތެވެ.
"އެ އިއުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓުގައި ޕޮއިންޓު ދީފައި ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލާ ހިލާފަށެވެ. އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓު ދީ، އެ ފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓު މަތިކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައި ދިނުމަށް ކަން ތަހުގީގަށް ހޯދިފައި ވެ އެވެ،" އޭސީސީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޯޝަން
18 April 2025
މަޖިލިސް މެމްބަރުންގެ އިލްމީ ފެންވަރު ކަޑައަޅަން އަދިވެސް ނުވޭތޯ؟ ކިޔަވައިގެން އަންނަ މީހާ ގަނެތެޅެން މިޖެހެނީ.
ވަޖހދހް
19 April 2025
ކިޔަވައިގެން އަންނަނީ ވަކި ވަޒީފާއެއް ހޯދަން. އެވަޒީފާ ނުލިބޭ ހާލަތުގައި ކިޔެވި އެއްޗަކުން އަމިއްލަ މަސައްކަތުން ވަޒީފާއެއް އުފައްދާނެ ފެންވަރެއް ނުހުރޭ. އެހެން ކަމެއް ކުރާކަށް ނޭނގޭ.
ނުހާމް
18 April 2025
މިއޮތީ ގައުމު އޮތް ހާލު
ކއޒ
18 April 2025
އިއުލާނު ކުރުމުގެ ކުރިން މީހާ އޮންނަނީ ހަމަ ޖައްސާފާ މިހާރު ވެސް
އަޒްރާ
18 April 2025
ކޮޔާ ސިޔާސީ ވަޒޭފާތަކަށް މީހުން ލިޔަސް
ފުޅި ބައްތި
18 April 2025
ޝަރުތު ހަމައެއް ނުވާ ރޯނު އެދުރެއް އަރާ ހުރެ ޢީދު ޚުތުބާ ވެސް ކި އެކަމަކު މި ވެރިންގެ ތެރެއިން އެކަކަށް ވެސް އެކަން ނުފެނުނު
ބޭއނސފ
18 April 2025
ތިގޮތަށް ކިތައް ތަނުން ކިތައް ވަޒީފާ ދީފަ އެބަހުރި. އަދި މިސަރުކާރު އައި ފަހުން ސަރުކާރު ކުންފުނިތަކަށް ވެއްދި މީހުންނާއި ވެއްދި ޕްރޮސެސް އެނގިއްޖެނަމަ ބަޔަކު އަންތަރީސްވާނެ. ގައުމެއްވާ ނެތް!
ބޯބުޅި ކަޅުސޮރު
18 April 2025
ތި ގޮތަށް އެން އައި އީ އަށްވެސް ލީޑް ކަރިކިއުލަމް ޑިވެލޮޕްމަންޓް އެންލިސްޓަކަސްވެސް މީހަކަށް ވަޒީފާ ދީފަ އެބަހުރި