18 އެޕްރީލް 2025 - 22:53
ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދަނިކޮށް މަތިންދާބޯޓެއްގެ ބުރަފަތީ ޖެހި އަނިޔާވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އެހީތެރިކަމެއް އެ ދަރިވަރު ތަމްރީނު ހޯދަމުންދިޔަ ސްކޫލް "އެއާވޯކްސް އޭވިއޭޝަން އެކެޑަމީ" އިން ހަމަޖައްސައި ދެމުން އަންނަ ކަމަށް އެ ތަނުން ބުނެފި އެވެ.
ފްލައިން ސްކޫލްގައި ހިނގި އެކްސިޑެންޓުގައި އަނިޔާވީ ސްޓޫޑަންޓް ލޯނުގައި ކިޔަވަމުން އަންނަ ހދ. ހަނިމާދޫ، އަބްދުލް މާނިއުއަށެވެ. އޭނާގެ މޫނު މައްޗާއި ބަނޑާއި ކޮނޑަށް އަނިޔާވުމުގެ އިތުރުން އިނގިއްޔެއް ވެސް ބުރިވެފައިވާ ކަމަށް އެނގިފައި ވެ އެވެ.
އެ އަނިޔާތަކަށް ފަރުވާދިނުމަށް ބޮޑެތި ސާޖަރީތަކެއް ވެސް މިހާރު ވަނީ ހަދައިފަ އެވެ. މިހާރުގެ އޭނާގެ ހާލު "ސްޓޭބަލް" ކަމަށް އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އެއާވޯކްސް އޭވިއޭޝަން އެކަޑަމީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ދަރިވަރުގެ ބޭސްފަރުވާގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައި ދެމުން އަންނަ ކަމަށާއި އެ ދަރިވަރަށާއި އާއިލާ އަށް ބޭނުންވާ އެ ނޫން ވެސް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. ދަރިވަރު މުޅިން ރަނގަޅުވެ، އާންމު ދިރިއުޅުމަކަށް ދިޔުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް ވެސް އެ އެކަޑަމީން ބުންޏެވެ.
އެއާވޯކްސް އޭވިއޭޝަން އެކަޑަމީން ބުނިގޮތުގައި، އެކްސިޑެންޓުގެ މައްސަލަ ވަރަށް ގާތުން އަންނަނީ ބަލަމުންނެވެ. އެ އެކަޑެމީން ބޭނުން ވަނީ މިފަދަ ހާދިސާއެއް ދެން ނުހިނގާނެ ކަން ޔަގީން ކުރުން ކަމަށް ވެސް ބަޔާނުގައި ވެ އެވެ. އެ ތަނުން ބުނީ ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެކަޑަމީން އެންމެ އިސްކަން ދޭ ކަން ކަމަށެވެ.
އެކްސިޑެންޓް ހިނގުމާ ގުޅިގެން ތިން ދުވަހަށް ހުރިހާ ދަތުރުތަކެއް ސަސްޕެންޑްކުރި ކަމަށާއި އެއީ ތަހުގީގަށް އެއްބާރުލުން ދިނުމަށް ކަމަށް ވެސް ބުންޏެވެ. ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި އެ ގައުމުގެ ފުލުހުން ގުޅިގެން ވަނީ އެކްސިޑެންޓްގެ މައްސަލަ ތަހުގީގު ކޮށްފަ އެވެ. ވަރަށް އަވަހަށް އެ ތަހުގީގު ރިޕޯޓް އާންމު ކުރާނެ ކަމަށް އެނގިފައި ވެ އެވެ.
ބޯ އަނބުރައިގަނެގެން މާނިއު ބޯޓުން ފޭބި ދަނޑިވަޅުގައި އެ ހާދިސާ ހިނގި ކަމަށް ބުނާއިރު، އޭނާ ވަނީ މެޑިކަލް ޓެސްޓުން ރަނގަޅު ނަތީޖާއަކާ އެކު ފާސްވެފައި ކަމަށް ވެސް އޭނާގެ ބައްޕަ ބުނެފައި ވެ އެވެ. އެ ހާދިސާއާ ގުޅިގެން މާނިއުގެ އާއިލާގެ ބަޔަކު މިހާރު ތިބީ ފިލިޕީންސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
3 ދަރިންގެ ބެލެނިވެރިއެއްގެ ތަޖުރިބާގެ އަލީގައި.... .
19 April 2025
ނުހަނު ލޯބިވާ 3 ދަރިންގެ ތެރެއިން 2 ކުދިންނަކީ ﷲގެ ރަޙްމަތްފުޅާއިއެކު ޕްރައިމަރީ، ސާނަވީ، މަތީ ސާނަވީގައި އަބަދުވެސް ސްކޫލްގައި އާއި ޤައުމީ ލެވެލްގައިވެސް ހޮވާލެވުނު ކުދިންނެވެ. ދެންހުރި ދަރިފުޅަކީ ޕްރައިމަރީގައި އާދައިގެ ލެވެލްއެއްގައި، ސާނަވީ އަދި މަތީ ސާނަވީގައި އާދައިގެ ލެވެލް އަށްވުރެ ދަށްކޮށް ނަތީޖާ ނެރުނު ކުއްޖެކެވެ. އެކަމަކު ރާއްޖެއިން ބޭރުގައި ކިޔަވައި މޮޅުކޮށް ޑިގްރީ ޚާޞިލް ކޮށް މިހާރު ވަޒީފާގައި މޮޅު 2 ދަރިންނަށްވުރެ މާ ކާމިޔާބެވެ.
ޑރ. ރާމީ ޙަސަން ޕީ.އެން.އެފް
18 April 2025
ކިޔެވުމަށް ލޯނު ލިބުމުގައި އޭ.ލެވެލް އިން މަދުވެގެން 2 ފާސް ނެތް ނަމަ ލޯނު ނުދިނުމާއި ޕައިލެޓް ކަން ފަދަ ކަންކަން ކިޔެވުމަށް އޭ.ލެވެލް ބޭނުންވާ އުސޫލް ހަމަޖައްސަން ގޮވާލަން. މިހާރު ޕައިލެޓް ކަން ކިޔެވުމަށް އޭ.ލެވެލް ބޭނުން ނުވާ ޤައުމު ތައް ހުރޭ! ނަމަވެސް ރާއްޖޭގައި ސެޓްފިކެޓްތައް އެކްރެޑައިޓް ކުރާއިރު އޭ.ލެވެލް އޮންނަން ޖެހޭ ގޮތަށް ބަދަލު ގެންނަން ފެނޭ! މިކަހަލަ ކަންކަން ކިޔެވުމަށް ސިކުނޑީގެ ތަސައްރަފު ބޭނުން.
މޮޔަމީހާަ
19 April 2025
ޥާނުވާނު، ވަކި ލެވެލް ޢަކުން މޮޅެއްނުވާނެ.
މުބީނު
19 April 2025
އަސްލު ވެސް ރާމީ ތިޔަ ވިދާޅުވީ ތެދުފުޅެއް. ތަޢުލީމް ބޭނުން!