ރިޕޯޓް

ރިޝްވާނަށް އޮތީ 3.5 ބިލިއަން ރުފިޔާގެ އާ ބަނދަރު ނިންމުން

އެމްޕީއެލްގެ ސީއީއޯ ރިޝްވާން "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ނިޝާން އަލީ / މިހާރު

ރާއްޖޭގެ އެންމެ މުހިއްމު އެއް ދޮރާށި ކަމަށްވާ ވިޔަފާރި ބަނދަރު ބަލަހައްޓާ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯގެ މަގާމާ މުހައްމަދު ރިޝްވާނު ހަވާލުވެވަޑައިގަތުމާ އެކު، ފުރަތަމަ ވެސް ފެނިވަޑައިގަތީ ވަރަށް ގިނަ ކަންކަން ރަނގަޅު ކުރަން ޖެހޭ ކަމެވެ. ތިރީހަކަށް އަހަރުގެ ދިގު ތާރީހެއް އޮތް އެ ކުންފުނީގެ އިންފްރާސްޓްރަކްޗާ، ޒަމާނަށް އައި ބަދަލުތަކާ އެއް ވަރަށް ތަރައްގީ ނުކުރުމުގެ ސަބަބުން މުޅި އޮޕަރޭޝަން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.

އެހެންވެ، އައިޖީއެމްޗުގެ ޑެޕިއުޓީ ސީއީއޯގެ ޒިންމާ ނެންގެވި ދުވަސްވަރު ވެސް އެ ހޮސްޕިޓަލަށް ބޮޑެތި ބަދަލުތަކެއް ގެންނެވި އިސް އެއް މޭސްތިރިޔާ ރިޝްވާނަށް އޮތީ އެމްޕީއެލުން ތަފާތު ބަދަލުތަކެއް ދެއްކުމެވެ. އެކަމަކު، އެއީ އަވަސް، އާންމުން ބަލައިގަންނަ ބަދަލުތަކަކަށް ވުން އެއީ ފުލުހުންގެ ހިދުމަތުގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ރިޝްވާނަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.

ވިޔަފާރި ބަނދަރު މިހާރު ހިންގަމުން އަންނަ ސަރަހައްދު ތިލަފުއްޓަށް ބަދަލުކޮށް، ބަނދަރުގެ މުޅި އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. އެއީ މިދިޔަ ފެބްރުއަރީ 5 ގައި އެމްޕީއެލްގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ފެށި މަސައްކަތަކަށް ވިޔަސް ކަނޑައަޅާފައިވާ ތާރީހުތަކަށް ނިންމުމަށް ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހެ އެވެ.

ރިޝްވާން ވިދާޅުވީ، އޭނާ އެ މަގާމުގައި ހުންނަވައި، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ، ގާތްގަނޑަކަށް 225 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ގެ އާ ޕޯޓަށް ބަދަލުކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ކަމަށެވެ. އޮޕަރޭޝަން ތިލަފުއްޓަށް ބަދަލު ކުރުމަށް އިސްކަން ދެއްވާ އިރު، ބޭނުންވާ އިންސާނީ ވަސީލަތްތަކާއި އުމްރާނީ ތަރައްގީގެ އެންމެ ޒަމާނީ ވަސީލަތްތައް ގާއިމް ކުރުމަށްޓަކައި އޭނާ އަންނަނީ ސަރުކާރާ ގުޅިގނެން މަސައްކަތް ކުރަމުންނެވެ.

ތިން މަސް ތެރޭ ޕޯޓުގެ އޮޕަރޭޝަން އަވަސް ކުރަން މުހިއްމު ފިޔަވަޅެއް

މާލޭ ކޮމާޝަލް ހާބަރުގެ އޮޕަރޭޝަނަށް އޮތް އެންމެ ބޮޑު އުނދަގުލަކީ އެތަން ތޮއްޖެހި، ހިދުމަތްތައް ދޭނެ ޖާގަ ނެތުމެވެ. އެކަމަށް ހައްލެއް ހޯދުމަށްޓަކައި، އެމްޓީސީސީއާ ހަވާލުކޮށްގެން އެމްޕީއެލް އިން އަންނަނީ ތިލަފުށީގައި 30 މީޓަރުގެ ކީވޯލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ގާތްގަނޑަކަށް 10 މިލިއަން ޑޮލަުރ (154 މިލިއަން ރުފިޔާ) ހަރަދު ކުރާ އެ މަސައްކަތް ނިންމާލުމާ އެކު، މިހާރު ކޮމާޝަލް ހާބަރުގެ ގޮތުގައި ބޭނުންކުރާ ސަރަހައްދާއި ހުޅުމާލޭގައި ބަނދަރު ސަރަހައްދުގައި ބަހައްޓާފައި ހުރި، ހުސް ކޮންޓެއިނަރުތައް ކޮންމެ ދުވަހަކު ވެސް ތިލަފުއްޓަށް ބަދަލު ކުރެވޭނެ އެވެ. އެއާޕޯޓު ކޮންޓެއިނަރުތައް މިހާރު އަތުރާފައި ހުރި ގޮތަށް ބަދަލު ގެނެސް ގިނަ ކޮންޓެއިނަރުތައް ބެހެއްޓޭނެ އެވެ.

"އެ ތަންތަނަށް ކައިރި ކުރެވި، ޕޯޓު ކެރޭނަކުން ތަކެތި ހުސްކުރަން ފެށީމާ ހަތް ދުވަހުން، 10 ދުވަހުން ހުސްކުރާ މުދާ 48 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ،"--- ރިޝްވާން

"2.000-2،500 ހުސް ކޮންޓެއިނަރު އަންނަ މަހުގެ ނިޔަލަށް ބަދަލު ކުރެވޭނެ. މާލޭގެ ޕޯޓާއި ހުޅުމާލޭގައި ހުރި ހުސް ކޮންޓެއިނަރުތައް ބަދަލުކުރުމުން، އިތުރު ޖާގަ ލިބޭނެ، އިތުރު ކެރިއާ [ބޯޓު] އެއް ގެނެސް މުދާ ބޭލުމަށް ބޭނުން ކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެމްޕީއެލްގެ ސީއީއޯ ރިޝްވާން "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިނ -- ފޮޓޯ: ނިޝާން އަލީ / މިހާރު

އެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގައި ބަލްކް ޕޯޓުގެ 70 މީޓަރުގެ ކީވޯލްގެ މަސައްކަތް ކުރާނެ އެވެ. އެ ކަމަށް ބޭނުންވާ ފައިސާ ވެސް އޮތީ ހަމަޖެހިފަ އެވެ. ރާއްޖެ އަށް ގެންނަ ކޮންސްޓްރަކްޝަން ސާމާނާއި ހިލަ އާއި ހިލަވެލި ފަދަ ތަކެތި އެއް ތަނަކުން ގެންނަން ޖާގަ ދެވަނަ ފިޔަވަހީގެ ދަށުން ހާއްސަ ކުރާނެ އެވެ. އެކަން ކުރިއަށް އޮތް ދެ މަސްތެރޭ ހާސިލު ކުރެވޭނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ. އެ މަސައްކަތަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރު (617 މިލިއަން ރުފިޔާ) ހަރަދުވާނެ އެވެ.

"އެތަންތަނަށް ކައިރި ކުރެވި، ޕޯޓު ކެރޭނަކުން ތަކެތި ހުސްކުރަން ފެށީމަ، ހަތް ދުވަހުން، 10 ދުވަހުން ހުސްކުރާ މުދާ 48 ގަޑިއިރުގެ ތެރޭގައި ހުސްކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.

މިހާރު މާލޭ ޕޯޓުގައި ވެސް ކޮންޓެއިނަރު އުފުލުމުގައި ބޭނުންކުރާ ހާބާ ކެރޭނެއް ނެތެވެ. އެހެންވެ، ބޭނުން ކުރަން ޖެހެނީ ރާއްޖެ އަންނަ ބޯޓުގެ ކެރޭނެވެ. މިއީ މުޅި އޮޕަރޭޝަން އެހާ ބޮޑަށް ލަސްވެ، އަދި މުދަލުގެ އަގު ވެސް ވެސް ބޮޑުވާ މައިގަނޑު އެއް ސަބަބެވެ. އެމްޕީއެލުން މިހާރު ނިންމާފައި ވަނީ އަންނަ އަހަރުގައި ހާބާ ކެރޭން ގެނެސް މުދާ ބޭލުން މިހާރަށް ވުރެ މާ ބޮޑަށް ވެސް އަވަސް ކުރާށެވެ.

ރާއްޖެ ގެނައި މުދާ ކޮންޓެއިނަރުތައް ބޭލުމަށް ތައްޔާރު ކޮށްފައި: މިހާ ދިގު ތާރީހެއް އޮތް ރާއްޖޭގެ މައި ވިޔަފާރި ބަނދަރުގައި ހާބަ ކެރޭނެެއް ނެތުމަކީ ވަރަށް ބޮޑު މައްސަލައެއް.

އެ ދެ މަސައްކަތް ނިންމުމުން، ޕޯޓުގެ އޮޕަރޭޝަނުން ބޮޑު ބަދަލެއް ފާހަގަވެ، އެ ޕޯޓު މެދުވެރިކޮށް ކްލިއާ ކުރާ މުދަލުގެ އަގަށް ވެސް ހެޔޮ ބަދަލެއް ފެންނާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ. ޕޯޓުގައި މުދާ ހުސްކުރަން ކޮންޓެއިނަރު ބޯޓު ކައިރި ކުރާ ކޮންމެ ދުވަހަކު، އެ ބޯޓުގެ ޗާޓާއަށް ގާތްގަނޑަކަށް 20،000 ޑޮލަރު ނަގަ އެވެ. ހަތް ދުވަހުގެ އޮޕަރޭޝަނެއް ދެ ދުވަހަށް ބަދަލު ކުރުމުން މުދާ ބޭލުމަށް ދައްކަން ޖެހޭ އަގު އެތައް ގުނައެއް ކުޑަވެ އެވެ. މުދަލުގެ އަގަށް އެ ބޮޑު ހޭދަ އިތުރުވެ، އޭހެ ތަކުލީފު އުފުލަން ޖެހެނީ އާންމުންނެވެ. މުދާ ގަންނަ މީހުންނެވެ. އެކަމަކު، މިހާރު ގެންނަން ނިންމާފައިވާ ބަދަލާ އެކު، މުދާ އަގު ހެޔޮވާނެ ކަމަށް ރިޝްވާން ވިދާޅުވި އެވެ.

"މި ދެ މަރުހާ ކުރިއަށް ދާއިރު ހުޅުމާލޭގައި އިން ބައި އެއްކޮށް ބަދަލު ކުރެވޭނެ ތިލަފުއްޓަށް، އޭރުން ހުޅުމާލޭގައި އިން ބައި، އަތޮޅު ތެރެއިން މާލެ އަންނަ ބޯޓުތަކަށް ބޭނުން ކުރަން ފެށޭނެ،" އޭނާ ވިދާޅުވި އެވެ.

ތިލަފުއްޓަށް ފުލް އޮޕަރޭޝަން ބަދަލު ކުރެވޭނީ 2027 ގައި

ހުޅުމާލޭ ކޮމާޝަލް ހާބަރު ބަދަލު ކުރުމުގެ މަސައްކަތް ކުރީގެ ދެ ވެރިކަމުގައި ވެސް ފެށުމަށް އެކި މަރުހަލާތަކުގައި މަސައްކަތް ކުރި އެވެ. ނަމަވެސް، މިދިޔަ 10 އަހަރު ވެސް އެ މަސައްކަތްތައް އޮތީ ނުކުރެވި އެވެ. އެ ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރު އެވެ.

މިހާރު މަސައްކަތް ދާ ގޮތުން ޕޯޓުގެ މަސައްކަތް ނިންމުމަށް ތިން އަހަރު ނަގަ އެވެ. އެ މަސައްކަތް ކުރަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ކޮންމެ ފިޔަވައްސަކާ އެކު، ޕޯޓުގެ ބައެއް މަސައްކަތްތައް އާ ޕޯޓަށް ބަދަލު ކުރަމުން ދާނެ އެވެ.

އެމްޕީއެލްގެ ޕޯޓު އޭރިއާ: އެންމެ އިސްކަންދީގެން މިހާރު ނިންމަން ޖެހޭ ކަމަކީ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުން.

"ޕޯޓުގެ ފަހު ފިޔަވަހީގެ މަސައްކަތް އަންނަ އަހަރު ތެރޭގައި އަމަލީ ގޮތުން ފެށޭނެ. އެއީ އޭގެ ފައިނޭންސް ހޯދުމާއި އޭގެ އީއައިއޭ ކުރިއަށް ދާއިރު އޭގެ ހުރިހާ ކުރެހުންތަކެއް ނިމިގެން. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރިއަށް ގެންދާ ސްޓޭޖަކީ ހުއްދަތަކާއި ކުރެހުމާއި ޑިޒައިން ނިންމުން،" އޭނާ ވިދާޅުވި އެވެ.

ރިޝްވާން ވިދާޅުވިގޮތުގައި، އެ ފިޔަވަހި ނިންމާލެވޭނީ ނޮވެމްބަރު 2027 އަށެވެ.

އާ ޕޯޓު ފުލް އޮޕަރޭޝަނަށް ބަދަލު ކުރުމުން، ހުޅުމާލޭގައި ބޭނުން ކުރާ ބަނދަރު ޓްރާންސްޝިޕްމެންޓް ބަނދަރަށް ހެދޭނެ އެވެ. އެ ތަނުގައި ސީ ޓު އެއާ ކާގޯ އަށް ހާއްސަ ޓާމިނަލެއް އޭރު ހަދަން ވަނީ ނިންމައިފަ އެވެ.

އަދި ފަސޭހަކަމާ އެކު ކޮންޓެއިނާ ސްކީނު ކުރެވޭނެ ނިޒާމެއް ވެސް އެ ޕޯޓުގައި ގާއިމް ކުރާނެ އެވެ. އެއާ އެކު، ކަސްޓަމްސް އަށް ވެސް އިތުބާރު ބޮޑުވެ، ގަވައިދާ ހިލާފަށް ގެންނަ މުދާ ފާހަގަކުރަން ފަސޭހަވާނެ އެވެ.

"ނޯތު ހާބަރުގެ ޖާގަ ވެސް ތިލަފުއްޓަށް ބަދަލު ކުރެވޭނެ. ޕޯޓު އިންފްރާސްޓްރަކްޗާ އާއި އެ ތަނަށް ބޭނުންވާ އިކުއިޕްމެންޓާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ވެސް އިސްކަން ދެވޭނެ،" ރިޝްވާން ވިދާޅުވި އެވެ.

ކުރިއަށް އޮތް ދެ އަހަރު ތެރޭގައި، އެމްޕީއެލްގެ އާ އެމްޑީ ރިޝްވާނަށް ބޭނުންވަނީ މިކަން ކަމަށް އިސްކަން ދީގެން، ޕޯޓު އަވަހަށް އޮޕަރޭޝަނެއް ގެނައުމުގެ މަސައްކަތްތައް ކުރުމެވެ. އޭނާގެ އަމާޒަށް ދިއުމަށް މިވަގުތު އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ މަސައްކަތް ފެށިފައި އޮތުމެވެ. ދެ އޮތީ ސްޕީޑު އަވަސް ކުރުމެވެ.

25 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 0%
icon angry icon angry 35%
icon wow icon wow 6%
icon inlove icon inlove 53%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިކަާރިނ

21 April 2025

އެމްޕީއެލްގެ ސީއީއޯއަށް ކޮންމެ މީހަކު ހުއްޓަސް ނޫހަށް އެރުމަކީ ފަރުލެއްތަ؟

The name is already taken The name is available. Register?

ކްރިޝްނާ

20 April 2025

ރިޝްވާނު ވާނެ ދެވަނަ ޖަނާއަށް ތިޔަ ޕްރޮޖެކްޓް ނިމޭއިރު.

The name is already taken The name is available. Register?

ކުޅުދުއްފުށި

20 April 2025

ބަލަގާ ކުޅުދުއްފުށީގަވެސް އެބައޮތް ބަނދަރެށް ކީއްވެ ތަރައްގީ ނުކުރެވެނީ.

The name is already taken The name is available. Register?

އިންސާފު

20 April 2025

އެންމެ ފަހުންވެސް މުވައްޒަފުންނައް ލިބުނީ -/600 އެއްހާ ރުފިޔާ. މޮޅެތި ނަންނަމުގަ ޕްރޮޖެގްޓް ހިންގާ މުވައްޒަފުންނައްވީ ފައިދާއެއްނެތް. ސިޔާސީ ވެރިންއައިސް ކުންފުނީގެ އާމްދަނީ ކާލާ މުވައްޒަފުން ބިކަކޮށްލުން ނޫން އިތުރުކަމެއްނުވި. އެމްޕީއެލް އަކީވެސް އެމްސީއެލް އަކީވެސް މޮނޮޕޮލައިޒް ކުންފުނި. އެމްއޭސިލްއެލް އިން ރަނގަޅު ބޯނަސްދެވޭ އިރު އެމްޕީއެލް އިން ނުދެވެންވީ ކީއްވެތޯ؟ މި ސުވާލުކުރަންވީ ނޫސްވެރިން.

The name is already taken The name is available. Register?

މަންސޫރު

20 April 2025

އަދިވެސް ތިކިޔަނީ 2027 އަށް ނިމޭނެ ޑިޒައިނެއްގެ ވާހަކަ. އޭރު އޮންނާނީ އޮންނާނީ އަނެއް ރިޔާސީ ބޯމަތިވެފަ. ކޮންޓްރެކްޓްތައް ސޮއިކޮށްފަ ފިލާރައްކާވަނީ. ބަނދަރު ފެންނާނީކިހިނެއް. މުއިއްޒު ހޮވީ ދައުރު ނިމޭއިރު ގިނަކޮންޓްރެކްޓްތަކުގާ ސޮއިކުރުމުގެ ސަގާފަތް ބަދަލުކުރަން. އެހެނަސް އެކަންއަދި ނުފެނޭ. 60000 ހާސް ފުލެޓްގެ ވާހަކަވެސް މިހާރު ނުދައްކާ.

The name is already taken The name is available. Register?

އު ދާ ސް

20 April 2025

އެންމެ މުހިންމު ކަމަކީ ތަނުގަ ދުވަސްވެފަ ތިބި، މަސައްކަތުގެ އަޚްލާގް އަދި ތަނަށް ލޯބި ނެތްމީހުން ފާހަގަ ކޮށް އެމީހުން ވަކިކުރުންކަމުގަ ދެކެން. ވަރަށް ބޮޑުތަން ފަސާދަކުރޭ އެގްރޫޕް އެބަ! އުސޫލުން އަދި ނިޒާމެއްގެ ތެރެއިން ކަމެއް ދާނަމަ ހަޖަމްނުވެ، އެޔަށް ބޯލަނބަން ވަރަށް އުނދަގޫކަން ފާހަގަކުރެވޭ. އެއްޓީމެއް އެއްއަމާޒެއް އޮވެގެން މަސައްކަތް ކުރުމުގެ ބަދަލުގަ އޭރު ބާރުގަ ތިބިބަޔަކު ބޭނުން ގޮތަކަށް ކަންކުރާ ކަހަލަ ވިސްނުމެއް ހުރިކަން ފާހަގަކުރެވޭ!

The name is already taken The name is available. Register?

ކިރުސައި

20 April 2025

އާމީހަކު އަންނައިރަށް މިހުރިހާ ވާހަކައެއް ދައްކާ. އެކަމަކު ވަނީ އެއްގޮތެއް، ނަތީޖާ ހަމަ ސުމަކުންދަނީ. މިއީ ވިޔަފާރި އުސޫލުން ލިޔެފައިވާ ލިޔުމެއް

The name is already taken The name is available. Register?

އެމްސް

20 April 2025

ދެމެހެއްޓެނެވި ގޮތެއްގަ ކަމެއް ކުރިއެރުވޭނީ އެކަމެއްގެ ފަންނުވެރިއަކަށްކަން، ސިއްޙީ ނިޒާމް ގޮއްސަ އޮތް ހިސާބުންވެސް އެނގެއެވެ! މުވާސަލާތީ ކުންފުންޏާއި ފެން ކުންފުނި ކުރިއެރީ ފަންނީ ޓީމެއް އެތަންތަނުުގައި އޮންނާތީއެވެ!

The name is already taken The name is available. Register?

ރިޓަޔާރޑް ޑޭވިޑް

20 April 2025

35 މިލިޔަން މަދުވެގެން..... ގަދަ

The name is already taken The name is available. Register?

ހަސަނޭެެ

20 April 2025

އެހެންވީމަ ރިޝްވާންމިވީ ޖާދޫގަރަކަށްތާ. ފާއިތުވެދިޔަ ވެރިކަންތަކު، ނުވި ޕޯރޓްގެ ހުރިހާކަމެއް އެންމެ 03 އަހަރުން ނިންމާލެވޭނީ ހަމަ ހަގީގަތުގަވެސް ޖާދޫގަރަކަށް.

The name is already taken The name is available. Register?

އެމްސް

20 April 2025

އައިޖީއެމްއެޗް އާއި ޙަވާލުވެގެން އުޅުނު ދުވަސްވަރު އެތަނާއި އަރާރުންވާފަދަ ވިޔަފާރިއެއް ޤާއިމުކުރިއެވެ!

The name is already taken The name is available. Register?

ބަދަރުބެ

20 April 2025

ބަދަރުގެ ދާއިރާއިން ކިޔެވި މީހުން ކުރީ މޮޔަކަމެއްނު. ކިހާ މޮޅު !

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454