އިންޒާރުގެ ފޮޓޯ ހިމެނޭ ސިނގިރޭޓް ފޮއްޓެއް: ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކައަށް ވުރެ ގިނަ ސިނގިރޭޓު އައްޑޫ އެއާޕޯޓުން ވަނީ އަތުލައިގަނެފައި.-- ފޮޓޯ: މިހާރު
20 އެޕްރީލް 2025 - 10:41
ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން އިއްޔެ ހިފަހައްޓައިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ރާއްޖެ އަށް "ސިއްރުން" އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އިއްޔެ އަތުލައިގަނެފައިވާ ކަމަށެވެ. އެ ތަކެތި އަތުލައިގަތީ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނި ގޮތުގައި، ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތީ 130،155 ސިނގިރޭޓް ސްޓިކެވެ.
މިދިޔަ މަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް މީހަކު ޑަސްބިން ކޮތަޅުތަކެއްގައި ސިނގިރޭޓް ކާޓަންތަކެއް ވަގަށް ނެރެނިކޮށް ވަނީ އަތުލައިގަނެފަ އެވެ. އެ މައްސަލާގައި ތުހުމަތު ވަނީ ފުލުހަކަށާއި ކުރިން ފުލުހަކަށް އުޅުނު މީހަކަށެވެ. އެ ދެ މީހުން ހައްޔަރުކުރުމަށް ފަހު، މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
ކަސްޓަމްސް އިން އޭރު ބުނި ގޮތުގައި، އެއާޕޯޓުގެ ޑިޕާޗާ ޓާމިނަލުން ނެރެގެން ގެންދަން އުޅުނު ޑަސްބިން ކޮތަޅުތަކެއް ޗެކުކުރި އިރު އޭގެ ތެރެއިން ސިނގިރޭޓް ކާޓަންތަކެއް ފެނުނު މައްސަލަ އަންނަނީ ބަލަމުންނެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށް ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ބިޑި އަދި ސުއްޓާ ކަހަލަ ދުންފަތުގެ ބާވަތްތައް އަމިއްލައަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެއަށް އެތެރެ ނުކުރެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޜިނާން
20 April 2025
ދައުލަތަށް ކުރިން ޑިއުޓީގެ ގޮތުގައި ފައިސާ ލިބިލިބި ހުރި ކަމެއް މިހާރު މިވަނީ ކުށަކަށްވެ އާސްމަގްލް ކުޅިއަކށްވެފަ! މިއީ ދިރާސާނުކޮށް މަބޮޑޭ ހެދިގެން އުޅުނީމަ ވާގޮތް
ސުކުރު
20 April 2025
ވަގުންގެ ކިއްލާ އައްޑޫ
ފަނޑިޔާރު
20 April 2025
ކަސްޓަމްސް އޮފިސަރުން ކުރާ މަސަކަތް ސަރުކާރުން ބަލައި ނުގަންނެއެވެ. ރެއާ ދުވާލު ދައުލަތައް އެތައް ގުނަ ފައިސާއެއް ޓެކްސް ގެ ބޭރުންވެސް ކަސްޓަމްސް އޮފިސަރުން ދަނީ ހޯދާ ދެމުންނެވެ. މުސާރާގެ ކުރިއެރުމެއް ސަރުކާރަކަުން ނުދެއެވެ. އަދި އޮފީސް މަސައްކަތައް ބޭނުންވާ ބަޖެޓްވެސް ނުދެއެެވެ. އަހަރު ދެބައިވެގެން ދާއިރު ޔުނިފޯރމް ވެސް ބަޖެޓް ނެތޭކިޔާފައި ނުދީ ހިފަހައްޓަނީއެވެ.
ވަގާ
20 April 2025
ކޮންމެ މީހަކު ކޮންމެ އެއްޗެއް ލިޔެ މީހުން ބަދުނާމު ކުރަންވީމަ ހަމަ ކުރަންވީ. މީ މިރާއްޖޭގެ ހާލަތު. އޭނާ އެ އެއްޗިސް އެތެރެ ކުރީ ވަގަށޭ ތިބުނަނީ ކީއްވެ؟ ސިގިރެޓަކީ ރާއްޖެ އެތެރެކުރުން މަނާ އެއްޗެއް ތަ؟ މީގަ އުސޫލާ ޚިލާފަށް އެތެރެ ކުރިއެއްޗިއްސޭ ބުނިނަމަ މައްސަލައެއް ނެތް. މި މައްސަލައަކީ ދުވަހަކުވެސް މިހާރުގެ ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތުތަކާއި ގަވައިދުތައް ދެމިއޮތްހާ ދުވަހަކު ނިމުމެއް އޮތްކަމެއް ނޫން. އެ ނޫން ނަމަ ޑްރަގް މައްސަލަ ހައްލުވީސް
ގާސިމް
20 April 2025
އޭނާ އެތެރެކުރީ ވަގަށް. ޑިކްލެއަރ ނުކޮއް ވަގަށް ކުރީ.
އަންތަރީހުގެ މީޓަރުން
20 April 2025
ކޮންމެ ހަފުތާއަކު މި ނޫސްތައް ކިޔާލާއިރު ހައެއްކަ އަށެއްކަ ދިވެހިން މަސްތުވާތަކެތީގެ މައްސަލަތަކުގައި، ނޫނިއްޔާ ވަގަށް ކޮންމެވެސް އެއްޗެއް އެތެރެކޮށްގެން ނޫނީ ބޭރުކޮށްގެން ހައްޔަރުކުރާ ވާހަކަ ނޫސްތަކުގައި ހުރޭ. އަހަރުދުވަހުގެ ތެރޭގައި އޮންނަ 52 ހަފުތާއަށް ބަލައިފިނަމަ އަހަރަކު 4000 މީހުން ޖަލަށް ލާންޖެހޭ ވަރުގެ ކަންކަން ކޮށްފައި ހުންނަ ކަމަށް ނޫހުން ފެންނަނީ. ލަފާކުރެވޭ ގޮތުގައި އެއްފަހަރާ ވިހިފަންސަވީސް ހާސް މީހުންގެ ޖަލެއް ނެތި ނުފުދޭނެ.
އޮަޓޯ
20 April 2025
ދިވެހިންގެ ތެރޭގައި ވައްކަންކުރުން މިއޮތީ އިންތިހާ ދަރަޖައަށް އާންމުވެފައި. އެއްބަޔަކު ބައިތުލްމާލުން، އަނެއްބަޔަކު މަސްތުވާތަކެއްޗާއި ސިގިރޭޓް ވަގަށް އެތެރެކޮށް ވިއްކައިގެން، އަނެއް ބަޔަކު ފިހާރަތަކާއި ފޮށި ފަޅައިގެން، އަނެއް ބަޔަކު އުޅޭ ތަނުގައި ހުންނަ މުދަލުން، ދެން ތިބި މީހުން ވަަގަށް ނަގާ ތަކެތި ނުއަގުގައި ގަނެގެން، މިހެން ގޮސް ވައްކަމުގައި ޝާމިލު ނުވާ އެކަކުވެސް ނެތޭ ބުނާ ދަރަޖައަށް މިތަނުގައި މިއޮތީ ވައްކަން އާންމުވެފައި.
ބަބްސް
20 April 2025
ހެއްވާ ކަމަކީ ދުވަހަކުވެސް ވަގު ކަލޭގެ އަކަށް އަދަބެއް ނުލިބެ. މިއޮތިވާ ގައުމެއް.
މުނީރު އަލީ
20 April 2025
ވޭޕް ކުރުން މަނާ ކުރިއަސް އަދިވެސް މަގުމަތިން ފެނޭ ވޭޕް ދަމާ މީހުން. ހުޅުމާލޭ ޕޭވްމަންޓް މަތީ ކެފޭ ސިގެރެޓް ދުން އަދި ވަސް ތަކުގެ އުނދަގޫ ހިނގާ މީހުންނަށް ބޮޑު. މިކަމަށް އަަވަސް ހައްލު ބޭނުންވޭ.
މަނަސް
20 April 2025
ހުޅުމާލޭ ލޯކަލް މާރުކޭޓް ކައިރީގަ ހުންނަ ކާތަނުނެމޭޒުތަކުގަ ފާޅުކަންބޮޑުކޮއް ވޭޕްކުރާއިރު ސިފައިންނައް ހަމަނުފެންނަނީތޯ ؟؟؟
އެޗް އެމް
20 April 2025
އަގު ބޮޑުވެފަ ޑިމާންޑް އޮންނަ ތަކެތި ވަގަށް އެތެރެ ކުރެވުނީމަ ބޮޑުކޮށް ފައިދާ ވާނެ.
ޖާސިމް
20 April 2025
ކޮން ބޭފުޅެއްބާ މި ސްމަގުލްކުރައްވާން އުޅުއްވީ. އެބޭ ފުޅަކާއި އެބޭފުޅެއް ގެ ރައުސްމާލް އާންމުކުރިނަތާ އެނގޭނީ މިހާތަނަށް ކުރައްވާފަވާ ވައްކަން