ކުޅިވަރު / އެފްއޭއެމް

އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހުކުރާ ކޮންގްރެސް އަންނަ މަހު

މިދިޔަ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި: އެ އިދާރާގެ އިސްވެރިން: އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އަންނަ މަހު ބާއްވަން ވަނީ ތާވަލުކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރަން ބާއްވާ ކޮންގްރެސް އަންނަ މަހަށް ތާވަލުކޮށްފި އެވެ.

ކޮންގްރެސް ބާއްވާނެ ސީދާ ދުވަހެއް އަދި ފައިނަލެއް ނުކުރެ އެވެ. އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސްއާ ބެހޭގޮތުން ފީފާ އާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ފީފާ އިން އައްޔަންކޮށްފައިވާ ނޯމަލައިޒޭޝަން ކޮމިޓީ އަށް އޮތް އެންމެ މުހިއްމު އެއް މަސްއޫލިއްޔަތަކީ އަސާސީ ގަވާއިދު އިސްލާހު ކުރުމަށް ފަހު އާ އިންތިހާބެއް ބޭއްވުމެވެ. އެ ކޮމިޓީ އަށް ފީފާއިން ދީފައިވާ އެއް އަހަރުގެ މުއްދަތުގެ ދައުރު ޖުލައި 23 އަށް ހަމަވާނެ އެވެ.

ދައުރު ހަމަވުމުގެ ކުރިން އަސާސީ ގަވާއިދު އިސްލާހުކޮށް އިންތިހާބު ނުބޭއްވިއްޖެނަމަ، އެފްއޭއެމަށް ފީފާގެ ސަސްޕެންޝަނެއް އައުން ކައިރި އެވެ.

އެފްއޭއެމުން މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ބައިވެރި ކްލަބްތަކުގެ އޮފިޝަލުންނާ އެކު އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ފޮޓޯއަކަށް ހުއްޓިލައިގެން. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެންމެ ފަހުން އެފްއޭއެމުން މިދިޔަ މަހު ބޭއްވި ކޮންގްރެސް، އެއް ވަނަ ޑިވިޝަނުގެ ފަސް ކްލަބަކުން ބޮއިކޮޓް ކުރި އެވެ. އެފްއޭއެމް އޮޑިޓް ކުރާނެ އޮޑިޓް ފާމާކައި އެތެރޭގެ ކޮމިޓީތަކަށް މެންބަރުން އައްޔަން ކުރަން ބޭއްވި އެ ކޮންގްރެސްގެ ކޯރަމް ހަމަވީ ކިރިކިރިޔާ އެވެ.

އޭގެ ފަހުން އަސާސީ ގަވާއިދު އިސްލާހު ކުރުމާ ގުޅޭ ގޮތުން ބޭއްވި ކޮންފަރެންސަށް، ކޮންގްރެސް ބޮއިކޮޓް ކުރި ބައެއް ކްލަބްތަކުން ހާޒިރުވި އެވެ.

ފީފާއިން ހުށަހެޅި ޑްރާފްޓް އަސާސީ ގަވާއިދުގައި ހަމައެކަނި މާލެ ސަރަހައްދަށް ނިސްބަތްވާ ކްލަބްތަކަށް ބަރޯސާވާ ގޮތަށް ޑްރާފްޓް އޮތުން ބައެއް ކްލަބްތަކުން އެކަމުގެ ކަންބޮޑުވުން ފާޅު ކުރި އެވެ.

މިދިޔަ މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އޮބްޒާވް ކުރުމަށް ރާއްޖެ އައި ފީފާ އާއި އޭއެފްސީގެ ވަފުދު: އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އަށް ފީފާގެ ބޮޑު ވަފުދެއް އަންނާނެ ކަމަށް އެފްއޭއެމުން ބުނޭ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އަށް ވެސް، އެ ކްލަބްތަށް ހާޒިރު ވެދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް މިދިޔަ މަހު ބޭއްވި ކޮންގްރެސްގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.

އެފްއޭއެމްގެ އޮފިޝަލް ވިދާޅުވީ އަސާސީ ގަވާއިދު އިސްލާހު ކުރާ ކޮންގްރެސް އޮބްޒާވް ކުރަން ފީފާގެ ބޮޑު ވަފުދެއް ވެސް އަންނާނެ ކަމަށެވެ.

"ކުރީގެ ކޮންގްރެސް އަށް އައި ވަރަށް ވުރެ ބޮޑު ވަފުދެއް މި ކޮންގްރެސް އަށް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ.

މި މަހު ފަށަން އެފްއޭއެމުން މަސައްކަތް ކުރި ފުޓްބޯޅަ ސީޒަން މަޑުޖައްސާލަން ފީފާއިން އެންގި އެވެ. އެ އިދާރާއިން އެގޮތަށް އެންގީ އެފްއޭއެމްގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތާއި ނޯމަލައިޒޭޝަންގެ އެހެން މަސައްކަތްތަކަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި މެމޯގައި ބުނެފައިވެ އެވެ.

6 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 100%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހިއްމުއިސް ކަންތައްތައް

20 April 2025

"ކުރީގެ ކޮންގްރެސް އަށް އައި ވަރަށް ވުރެ ބޮޑު ވަފުދެއް މި ކޮންގްރެސް އަށް އަންނާނެ،" އޮފިޝަލް ވިދާޅުވި އެވެ." ތިއޮތީ ކާމިޔާބުވެފައެވެ!! ކޮބާ މުޅި ދިވެހިރާއްޖޭގެ އަތޮޅުތަކުގެ ވިދުމާއި ގުޅިފައިވާ ކުޅިވަރަށް ތިގަވާއިދުން ތަންދޭހެއްޔެވެ؟ ވިސްނަވާށެވެ!!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 April 2025

ނަމުގެކުރިއަށް "ޤައުމީ" ލައިގެން އުފައްދާފައިވާ Football Association of Maldives އުވާލާފައި ލާމަރުކަޒީއުސޫލުން ކުޅިވަރުތަށްވެސް ޑިސެންޓްރްލައިޒް ކުރުމަށްޓަކާ ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތުރީޖަން، ކ.އަތޮޅުން (މާލެހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންރީޖަން ކަމުގައިކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް ފުޓްބޯލް އެސޯސިއޭޝަންހަދާ ރީޖަންތަކުގެ އެސޯސިއޭޝަން ބައިވެރިވާ ޤައުމީ ފުޓްބޯޅަ ފެޑަރޭޝަން އުފައްދަންޖެހޭ ވަގުތު ޖެހިއްޖެ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 April 2025

މިދެންނެވިގޮތަށް 3 ރީޖަންގެ މައްޗަށް ލާމަރުކަޒުކޮށް ރީޖަންތަކަށް ރީޖަނަލް ލީޤް ބޭއްވުމުގެ ބާރުދީފައި ރީޖަނަލް އެސޯސިއޭޝަން ތަކުގެ ރައީސާއި ޖެނެރަލް ސެކްރެޓަރީ އަދި ރީޖަންގެ އެންމެ މޮޅު 4 ޓީމްގެ މެނޭޖަރާއި ކެޕްޓަނުން ވޯޓް ދީގެން އިންތިޙާބު ކުރާ ބަޔަކު ތިބޭ National Football Federation އުފައްދައިގެން ނޫނީ ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކާއި، ޤަބީލާތަކުގެ އަތްދަށުގައި ރަޙީނު ކުރެވިފައިއޮތް ކުޅިވަރު ސަލާމަތްކޮށް ތިތަނުގެ ޙިޔާނާތްވެސް ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ސާބަހޭ!!

20 April 2025

އޮނަރަލް އަފީފުދީދީ ދޫނުކޮށް ތިދެއްވާ މެސެޖަށް ފުރިހަމަ 100% ތާއީދު. އޮއްޓަރު ހުރި ދެމެހެއްޓެނިވި ޕްރޮޕޯޒަލް ހަމަހަބޭސް

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 April 2025

މަތީގައިދެންނެވި ބަދަލުގެނައުމަށްޓަކާ FIFA އާއި AFC ގެ ފަންނީ މާލީއެހީތެރިކަމަށް ކުޅިވަރުގެ ވުޒާރާއިން އެދެންޖެހޭ. އަދި ބަހާލެވޭ 3 ރީޖަންގެތެރޭގައި ހޯމްއަވޭ އުސޫލުން މުބާރާތްތައްބޭއްވުމަށްޓަކާ ރާއްޖޭގެ ބައިނަލްއަޤުވާމީ 3 އެއަރޕޯޓްއޮތް ކ.ހުޅުމާލެ، ހދ ހަނިމާދޫ އަދި އައްޑޫސިޓީގައި ސާފްގޭމްސް ބޭއްވޭވަރުގެ 3 ސްޓޭޑިއަމް ތައްޔާރުކުރުމަށް International Olympic Committee އާއި FIFA ގެ އެހީތެރިކަންހޯދައި ވަސީލަތްޤާއިމްކޮށް ކުޅިވަރަށް ކުރިއެރުން ހޯދަންޖެހޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

20 April 2025

ޤައުމީމުބާރާތްތަކުގައި ރާއްޖޭގެ ހުރިހާސަރަޙައްދުތަކެއްގެ ޓީމްތަކަށް ހަމަހަމައުސޫލުން ވާދަކުރަން ފުރުސަތުނުދީ ހުރަސްއަޅައިގެންތިބެ، ވަކިރަށެއްގެޓީމްތަކަށްއެކަނި ބާރުދީގެން ފުޓްބޯޅަކުރިނާރާނެތީ، މަތީގައިދެންނެވި ބަދަލުތައް ގެނައުމަށް މާލޭސަރުކާރާއި އެރަށުގައި އޮތް އެރަށު FAM ބޭނުންނުވާނަމަ އައްޑޫސިޓީ، ފުވައްމުލައް، ހުވަދޫ ފަދަ ރާއްޖޭގެބޮޑެތި އަތޮޅުތަކުގައިހުރި ދަނޑުތައް ކައުންސިލްގެދަށަށް ގެންނަން ކައުންސިލުންތަކުން ކަޑައަޅާންޖެހޭހިސާބަށް ހިގައްޖެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454