ޚަބަރު / ކްރިމިނަލް ކޯޓް

ނިޝާން އާއި ފަޒްލޫނަށް ކުރާ ދައުވާ ރިވިއުއަށް ހުށަހަޅާފައިވާތީ ޝަރީއަތް މަޑުޖައްސާލައިފި

ޝެއިހް ފަޒުލޫން އާއި ނިޝާން މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހެއްގައި: އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ވަނީ ނިންމާފައި

ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތެއް ހުއްޓުވަން އެތަނަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ޝައިޚް ފަޒްލޫން މުހައްމަދާއި ޝައިހް އާދަމް ނިޝާންގެ މައްޗަށް އުފުލާފައިވާ ދައުވާ ރިވިއުކުރަން ހުށަހަޅާފައިވާތީ، އެ މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ނިންމައިފި އެވެ.

ނިޝާން އާއި ފަޒްލޫންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ކުށުގެ ދައުވާ ރިވިއު ކުރަން އެ ދެ މީހުންގެ ފަރާތުން ހުށަހަޅާފައިވަނީ ކުރިން ކޮށްފައިވާ ދައުވާތައް ރިވިއުކޮށް ދޭން ހުށަހަޅަން އާ ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް ހުޅުވާލެއްވި ފުރުސަތުގަ އެވެ.

އަލަށް ޕީޖީކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އައްބާސް ހުޅުވާލެއްވި ފުރުސަތުގައި ގިނަ ދައުވާތަކެއް ރިވިއުކޮށް ދޭން އެދިފަ އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި ދައުވާ ރިވިއު ކުރަން ހުށަހަޅާފައިވާތީ، ޝަރީއަތް މަޑުޖައްސާލުމަށް ދިފާއުން އެދިފައިވެ އެވެ. އެކަމަށް އިއުތިރާޒު ނުކުރާ ކަމަށް ދައުލަތުން ވެސް ބުންޏެވެ.

އެހެންވެ، އެ މައްސަލަ ބައްލަވާ ގާޒީ ނިންމެވީ ޕީޖީން ގޮތެއް ނިންމަންދެން ޝަރީއަތް މަޑުޖައްސާލުމަށެވެ.

ގަލޮޅު ދަނޑުގައި 2022 ވަނަ އަހަރު ޔޯގާ ހަރަކާތެއް ކުރިއަށް ދަނިކޮށް ދަނޑަށް ބަޔަކު ވަދެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ޝައިހް ފަޒްލޫނާއި އާދަމް ނިޝާނަށް ދައުވާ ކުރިއިރު، އެ މީހުންގެ ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ވެސް ސަސްޕެންޑްކުރި އެވެ.

އެކަމަކު، މި ސަރުކާރުން އެ ހުއްދަ އަލުން ވަނީ ދީފަ އެވެ.

އެ މައްސަލާގައި އިތުރު 16 މީހަކަށް ވެސް ދައުވާ ކުރެ އެވެ. އެ ދައުވާތަކާ ގުޅޭ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްދެ އެވެ. އެ މައްސަލާގައި ދައުވާލިބޭ މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ވެސް ހިމެނެ އެވެ.

11 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 31%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޚަލދ

20 April 2025

އަނިޔާވެރި ލާއިންސާނީ ބަޔެއް ތިޔައީ. އެއްގޮތަކަށްވެސް ދޫދީގެން ނުވާނެ.

The name is already taken The name is available. Register?

ޏާއްކޮ

20 April 2025

އެހެންވީމާ ދެއްތޯ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށް ބޮން ހިފައިގެން ހުރި މީހެއްހެން އަތުލައިގަންނަނީ. ޑުރަގު މީހުން އިނގިލި ބުރި ކުރިޔަސް ވަރިހަމަ ދީނީ މީހެއް ފޮޑިއެއް ޖެހިޔަސް ކަލޭމެން ހައްޓަކު ހެޔެއް ނުހުންނާނެ. ތި އަނިޔާވެރި ހިންދޫންގެ ޝިރުކު ޔޯގާ މިތާ ނުބޭއްވިއްޔާ ރަނގަޅީވެސް

The name is already taken The name is available. Register?

ފޮނގަ

20 April 2025

އޭރު ގަލޮޅު ދަނޑުގަ އެންމެ ފަހަރަކު ގޭޓު ލައްޕައިގެން މިކަމެއް ކުރީ. އެކަމަކު މިހާރު ފާޅުގަ ނޫނު އަތޮޅު ފޮއްދޫ ޖެޓީ މަތީ އާއްމުން ލޯކުރިމަތީ ކޮންމެ ދުވަހަކު އިރުއޮއްސޭ ގަޑީ ޔޯގާ ޖައްސާ އެކަން އިޝްތިހާރުކޮށް އިންސްޓާގްރާމަށް ފޮޓޯ އަޅާ އިރު މިއިން ޝޭހަކަށް ފެންނަ ކަމަކަށް އެނގޭ ކަމަކަށް ނުވޭ. މުންކަރާތް ނަހީ ކުރަން މިޖެހެނީވެސް ވަކި ބަޔެއް ވެރިކަމުގަ ތިބޭ އިރު އެކަނި.

The name is already taken The name is available. Register?

އަޖާބެއް 5

20 April 2025

އަޖާބެއް ޝޭހުންތަ ދެން ތިކަމާ އުޅެންޖެހެނީ

The name is already taken The name is available. Register?

އަބްދުﷲ2345

20 April 2025

ތިކަމުގަވެސްް ގޯސްވަނީ ށޭހު، އެމަންޒަރު ބަލާ ފޮއްދޫ މީހުންނާ، ރަށު ކަމުވޮށިގެންވާ މީހުންނާ، ކަލެޔާ ތީ އެއްވެސް ޒިންމާއެއް އޮންނަބައެއް ނޫން ދެއްތޯ

The name is already taken The name is available. Register?

ގެރިގުއި

20 April 2025

20 ހާސް މީހުން ދަނޑަށް ވައްދައިގެން ގޭޓް ލައްޕައިގެން ޓީވީ ތަކުން ލައިވް ކުރުމާއި ރަށެއްގެ އަތިރި މަތީގައި ހާމައަށް މީހަކު އެކަން ކުރުމާއި ބޮޑުތަނުން ކަމުގެ ސީރިއަސްކަން ތަފާތު ވާނެ. ތާކު މީހަކު ކުރާ ކޮންމެ ކަމެއް ހޯދާ ބެލުމަކީ އެއްވެސް މީހަކަށް ފަސޭހަ ކަމެއް ނޫން. ކޮންމެ ކަމެއްގެ ވެސް ސިޔާސީ ބައި އޮންނާނެ. އެކަމުގެ ކުޑަބޮޑުމިން، ކަމުގެ ޒާތުން ތަފާތުވެސް ވާނެ. އެޓެންޑް ވާން ޖެހޭ ކަންކަން ނިންމާނީ މި އުޞޫލުން ބަލައިގެން.

The name is already taken The name is available. Register?

ޑެބީ

20 April 2025

ނިޝާންއަކީ ސިޔާސީކުލަ ޖެހިގެން އުޅުއްވާ ޝެއިހެއް. ޝެއިހުންނަށް ސިޔާސީވަކި ފިކުރަކަށް ތާއީދުނުކުރެވޭނެއެކޭ ނޫން އެކަމު ތާއީދު ކުރައްވާ ފިކުރަކަސް ތާއީދުނުކުރައްވާ ސިޔަސީ ފިކުރަކަސް ގޯސްކަމެއް ކުރައްވަންޏާ ޖެހޭނެނޫންތޯ އެކަމާ ދެކޮޅަށް ބަސް ބުނުއްވަން. އެރިވެތި އުސޫލު ނިޝާންގެ ކިބައިން ވަރަށް ނުފެނޭ.

The name is already taken The name is available. Register?

އަޖާބު 5

20 April 2025

މިހާރަކު ނެތް އެކަންވާކަށް އެއޮތީ ކޮޓަށް ވައްދާފަ ފަހުންވާނެގޮތެއްނޭގެ

The name is already taken The name is available. Register?

ޑޮބީ

20 April 2025

ނިޝާނަކީ ޝައިޚެއްތަ؟ ޝައިޚުންނަކީ ރިވެތި އަޚުލާގާއި ހިކުމަތްތެރިކަމާއި، އޯގާތެރިކަމާއި، ރިވެތި ގޮތުގައި ވައުޟާއި ނަސޭހަތް ދިނުމުގައި ދެމިތިބޭ ބައެއް، ޝައިޚުންނަކީ މީހން ކާފަރުކުރަމުން، ތިމާނުރުހޭ ކޮންމެ މީހަކު މުރުތައްދުކުރަމުން މަސްލަހަތު ނަގާލަމުން އުޅޭބައެއްނޫން. ނިޝާން ގައިގައި އަޚްލާގާއި ސުލޫކާއި ހިމުމަތުގެ ޒައްރެއްވެސް ނުފެނޭ

The name is already taken The name is available. Register?

އަބުދުލް ޤާދިރު

20 April 2025

މިހާރުގެ ޕީޖީއަކީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާ މީހެއްނޫނެއް ނޫންތޯ

The name is already taken The name is available. Register?

ސަޅި އިނގޭ

20 April 2025

ހިނގާލުން ބޭއްވި ސަބަބު ދޯ މީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454