މިދިޔަ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގައި ފީފާގެ އޮފިޝަލް ހައްރާޒާއި އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު މުއިއްޒު: ސީޒަނުން ބޭރުން ބާއްވާ މުބާރާތަށް ފީފާއިން ވަނީ 50،000 ޑޮލަރު ހަމަޖައްސައި ދީފަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ | މިހާރު
21 އެޕްރީލް 2025 - 11:26
ފުޓްބޯޅަ ސީޒަންގެ ބޭރުން އެފްއޭއެމުން ބާއްވަން މަސައްކަތް ކުރާ މުބާރާތަށް ފީފާއިން 50،000 ޑޮލަރު (771،000 ރުފިޔާ) ހަމަޖައްސައި ދީފި އެވެ.
އެކަމަކު އެ ފައިސާ ހަރަދު ކުރުމުގެ ހުއްދަ ފީފާއިން ދޭނީ މުބާރާތް ބާއްވޭގޮތް ވާނަމަ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ފީފައިން އެ އަދަދު ހަމަޖައްސައި ދިނީ، މުބާރާތައް ހަރަދުވާނެ ކަމަށް އެފްއޭއެމުން ލަފާ ކުރި ބަޖެޓްގެ ތަފްސީލު ފޮނުވުމުންނެވެ. އެ ފައިސާ ހަރަދު ކުރަން ޖެހޭނީ އިނާމު ފައިސާ އަށާއި މުބާރާތުގެ އެހެން އިދާރީ އަދި ލޮޖިސްޓިކް ބޭނުންތަކަށް އެކަނިކަން ވެސް "މިހާރު" އަށް އެނގިފައި ވެއެވެ.
އެފްއޭއެމްގެ މާލީ މުއާމަލާތްތަކުގެ އޮޑިޓަރަކަށް ފީފާއިން ހަމަޖައްސާފައިވާ ކުންފުނި "އެންކޫރާ" ގެ ހުއްދަ ނެތި އެއްވެސް ފައިސާއެއް އެފްއޭއެމަށް ހަރަދު ނުކުރެވޭނެ އެވެ.
ޖޫން މަހު ގައުމީ ޓީމުން ކުޅޭ މުހިންމު މެޗުތަކަށް، ވާދަވެރި ސްކޮޑެއް ނެގުމަށް ކުރު މުބާރާތެއް ބޭއްވުމުގެ ހުއްދަ ޝަރުތުތަކާ އެކު ފީފާއިން ވަނީ ދީފަ އެވެ. ރެލިގޭޝަނާއި ކްލަބްތަކުގެ ރޭންކިން އަށް ނުބަލައި ރަސްމީ ކަލަންޑަރުގެ ބޭރުން މުބާރާތް ކުރިއަށް ގެންދިއުމަށް ފީފާއިން އިއުތިރާޒު ނުކުރާ ކަމަށް އެފްއޭއެމުން މީގެ ކުރިން ބުނެފައި ވެއެވެ.
އެކަމަކު މުބާރާތް ކުރިއަށް ގެންދަން ފީފާއިން ހުއްދަ ދޭނީ ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބެލުމަށް ފަހު ކަމަށް ވެސް ފީފާއިން ބުނެފައި ވެ އެވެ.
މުބާރާތުގައި ބައިވެރި ވާނެކަމަށް ހަތަރު ކްލަބަކުން ވަނީ އެފްއޭއެމަށް އަންގައިފަ އެވެ. އެއީ މާޒިޔާ، ޓީސީ، ވިކްޓަރީ އަދި ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރާ އޮޑި ސްޕޯޓްސް އެވެ.
ބައިވެރި ނުވި ބައެއް ކަލްބަތަކުން ބުނީ ސީޒަނުން ބޭރު މުބާރާތެއްގައި ބައިވެރިވުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ޖޫން މަހު ލަންކާގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަށް އަދި އޭޝިއަން ކަޕް ކޮލިފައިންގައި ޓިމޯ ލެސްޓޭއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ މެޗު ވެސް ރާއްޖެ އަށް އެބަ އޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިޙާދު.
21 April 2025
ކ.މާލޭ ބައެއްގެ އަތަށް ފައިސާ ދޭނީ މޮޔައެއް.
ކާލާމަންނަ1
21 April 2025
ބައްސާމުކައިރީ ބުނެލާބަލަ ޑޮލަރު ކޮޅެއް އެބައާދެޔޭ. އޭރަށް އޮފީހަށް ވަންނަންވެސް ހިނގައިދާނެ. ދެން ޖޭޖޭ އަފޭ އެނބުރޭނެ އެފްއޭއެމް ކައިރީގައި.
ސަސި
21 April 2025
ފީފާ ކަންތައްވެސް ބޮޑޭދޯ. މިތާކު ނޫޅޭ ތިކަަމާ އުޅޭ ބަޔަކު
އަވަސްކުރޭ
21 April 2025
އަވަހަށް ކާލާ