ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނާޒިމް ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
23 އެޕްރީލް 2025 - 13:49
ސިއްހީ ހިދުމަތްތައް ރަނގަޅުކުރަން 24 ރަށެއްގައި އަލަށް ހޮސްޕިޓަލް އަޅަން ފެށުމާ އެކު މި އަހަރުގެ ތެރޭގައި އިތުރު 90 ރަށެއްގައި ޕްރޮޖެކްޓުތައް ހިންގާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ހެލްތު މިނިސްޓްރީން މިއަދު ވަނީ، ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަދި ޅ. ނައިފަރު ހުންނަ އަތޮޅު ހޮސްޕިޓަލުގެ ލޭބަރޫމް ކޮމްޕްލެކްސް އަދި އައިސީޔޫ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.
އެ ރަސްމިއްޔާތުގައި، ނާޒިމް ވިދާޅުވީ މި ފަހުން 10 ރަށެއްގައި ހޮސްޕިޓަލު އަދި 10 ރަށެއްގައި ހެލްތު ސެންޓަރުގެ އާ އިމާރާތުގެ މަސައްކަތް ސަރުކާރުގެ ކުންފުނިތަކާ ހަވާލުކޮށްފައިވާ ކަމަށެވެ.
އެހެންވެ، މި ވަގުތު 19 ހޮސްޕިޓަލާއި 15 ސިއްހީ މަރުކަޒުގެ އާ އިމާރާތް އަދި އެ ތަންތަނުގެ ޖާގަ އިތުރުކުރަން 21 މަޝްރޫއެއް ހިންގަ އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި މަސައްކަތް އަދި ހަވާލުނުކުރާ ރަށްރަށުގެ މީހުން، އެ ރަށްރަށުގައި މަޝްރޫއު ފަށާނެ ދުވަހެއް ބަލަން ބޭނުންވެ އެވެ. އެކަމަށް ވެސް އޭނާ ވަނީ މިއަދު ޖަވާބު ދެއްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ މި އަހަރުގެ ތެރޭގައި 24 ރަށެއްގައި އާ ހޮސްޕިޓަލު އަޅަން ހަވާލުކުރާނެ ކަމަށެވެ. އޭގެ އިތުރުން ފަސް ސިއްހީ މަރުކަޒާއި ސިއްހީ ހިދުމަތްދޭ ތަންތަނުގެ ޖާގަ އިތުރުކުރުމުގެ 60 މަޝްރޫއެއް މި އަހަރު ކުރިއަށްގެންދާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ރައީސްގެ ވަރަށް މުހިއްމު ތަސައްވުރެއް އަތޮޅު ތެރޭގެ ސިއްހީ ހިދުމަތް ފުޅާކޮށް، ހާއްސަކޮށް ރީޖަނަލް ހޮސްޕިޓަލްތައް ޓާޝަރީ ލެވެލްއަށް ހިދުމަތްތައް ބަދަލުކުރުން. އެ ތަންތަނަށް ސަބް-ސްޕެޝަލިޓީގެ ހިދުމަތްތައް ތައާރަފްކުރަން އެބަޖެހޭ. އެގޮތުން ނެފްރޮލޮޖީ، ކާޑިއޮލޮޖީ، ކެތު ލެބު ފަދަ ހިދުމަތްތައް އަންނާނެ ގޮތަށް ޓާޝަރީ ފެންވަރަށް އެ ތަންތަން ތަރައްގީކުރެވިގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލުތައް ޓާޝަރީ ފެންވަރަށް ބަދަލުކުރާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ. ޖާގަ އިތުރުކުރުމާއި ހިދުމަތްތައް ދިނުމަށް ބޭނުންވާނެ މުވައްޒަފުން ހޯދުމުގެ މަސައްކަތް މި ވަގުތު ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެޗް އެމް
23 April 2025
ހައްތާވެސް ފައިސާ ހުސްކުރާ ތަންތަން. ފައިސާ އެތެރެވާ ކިތައް ޕްރޮޖެކްޓް ހިނޭބާ؟
ހީހީ ސުލީހް
23 April 2025
ނާޒިމްމެން ތެޔޮ ވިއްކާ ވާހަކަ އަޑުއެހިން. ނެތްތަ ތެޔޮ ޕުރޮޖެކްޓެއް
މަޔާއިނު
23 April 2025
ސޮއިކޮށްފި. ފަށާނެ. ފަށަނީ. މައްސަލައަކީ ލޮލަށް ނުފެންނާތީ. ހުސް ބިއްލޫރިންތަ ޕްރޮޖެކްޓް މިހިންގަނީ؟
ޛބވގޖނ
23 April 2025
ހއ އަތިޅު ހޮސްޕިޓަލުގެ ޚިދުމަތްތައް ހުއްޓޭ މައްސަލަ ޙައްލުކުރުމަށް އަތޮޅު ހެލްތުޕޯސްޓް ޖަހައި ނަން ބަދަލުކުރަންޖެހޭ
މަ ބުނީ
23 April 2025
މަ ބުނީ ތިމަތިމާމެންގެ އެކުވެރިންގެ އެޖެންސީ މެދުވެރިކޮށް ބިދޭސީން އަތުން ބޮޑެތި އަދަދުތަކުން ކަޓުނަގައި އެބިދޭސީންގެނަސް މުސާރަދިނުން ނޫންއިތުރުކަމެއް ކުރެވޭނަމަ އެކަމެކީ ކުދިއަދި މެދުފަންތީގެ ވިޔަފާރިތަށް ބަނގުރޫޓުވުމެވެ ! މިސާލަކަން ރ.އިންނަމާދޫ މަސައްކަތްތެރިން އެތިބީ އެމްޓީސީސީ ގެ ސްޕަވައިޒަރުންނަން މަސައްކަތުފައިބިދޭސީން އެއްކަލަފަންނުވެރިން ލުރިމަސަްްކަތްވެސް މިކުރަނީ މިހާރު ބިދޭސީން!!!!.
ޢަލީ ކުރުސީ
23 April 2025
ކަރުދާހު ޕްރޮޖެކްޓް! ތިޔަ އެސް.އޯ.އީ ތަކާއި ޙަވާލުކުރެވިފައި ހުރި ޒިންމާތައްވެސް އަދާނުކުރެވިގެން އުޅެނިކޮށް ދެން ކޮން އިތުރު މަސައްކަތެއް ކުރެވޭނީ! ޕްރޮޖެކްޓް ހިނގަޔޯ ލޮލަކަށް ނުފެނޭ!
ކެރެދި ބެއްޔާ
23 April 2025
ތިޔާ 24 ހޮސްޕިޓަލަކީ ވެސް ހުޅުމާލެ ހޮސްޕިޓަލް ފަދަ ޓާޝަރީ ފެންވަރު ހޮސްޕިޓަލް ތަކަށް ވެއްޖެނަމަ ކިތަންމެހާވެސް ރަގަޅު. ޢަދި ތިޔަހޮސްޕިޓަލް ތައް ނިމޭއިރު ޑޮކްޓަރ ދެއްވާ ބޭސް ސީޓީ ތަކަށް އާސަންދު ގެތެރެއިން ބޭސް ލިބޭނެ ފިހާރަތައްވެސް ހުރުމަކީ އިތުރު ކުރި އެރުމެއް.
ފޮތއި
23 April 2025
ޢެއީ ހަރަދު ކުޑަކުރަންތަ؟ ކޮބާ އެވަރަށް ބަލިނީހުން އަދި ޑޮކްޓަރުން
ޖަނާބު
23 April 2025
ހަމައެއްނުވާނެއްންނު މީހާވަރަށްވުރެންދަހިވެތިވީމަ
ފުޅުބެ
23 April 2025
ނާޒިމް ހަމަ ތަ ؟ 24 ހޮސްޕިޓާ ނުހިންގޭނެ .