އެޗްއާރުސީއެމްގެ ބައެއް އިސްބޭފުޅުން ބައްދަލުވެއްގައި.-- ފޮޓޯ: އެޗްއާރުސީއެމް
24 އެޕްރީލް 2025 - 16:23
ހ. ފެންޓެނޯއީގެ އިން އަންހެނަކު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ ހިނގި ކަންކަމުގެ ފުޓޭޖު ފުލުހުން މިއަދު އާންމުކުރުމުން، އެ އަންހެން މީހާގެ ކަރާމަތާށް އުނިކަން ލިބިފައިވާކަން ފާހަގަކޮށް، އެޗްއާރުސީއެމުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވާ ފެނުނު ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެޗްއާރުސީއެމް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
މި ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް އަދި މި މައްސަލާގައި ޝާމިލުވާ މީހުންނަކީ ދައުލަތުގެ އިސްބޭފުޅުންނާ ގުޅުން ހުރި ބައެއް ކަމަށް ތުހުމަތުކޮށް، ތަހުގީގަށް ނުފޫޒުފޯރުވަމުންދާ ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އާންމުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާތީ މި މައްސަލަ އެ ކޮމިޝަނުން ތަހުގީގު ކުރުމުގައި އެ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.
އެ ކޮމިޝަނުން ބުނި ގޮތުގައި، އެ އިދާރާގެ ސަމާލުކަމަށް މި މައްސަލަ އައުމުން، އަނިޔާ ލިބުނު އަންހެން މީހާގެ އާއިލާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް މަސައްކަތްކުރި އެވެ. އާއިލާގެ ފަރާތުން މައުލޫމާތު ލިބުނީ މިއަދުގެ ވަގުތެއްގަ އެވެ. ފުލުހުންނާއި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކާ ގުޅިގެން ވެސް އެ އާއިލާއިން އެ ކޮމިޝަނަށް ކަންބޮޑުވުން ހިއްސާކޮށްފައިވެ އެވެ.
ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ހުރިހާ ހެއްކެއް އެއްކުރަމުން އަންނަ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމު ކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އެޗްއާރުސީއެމުން ބުންޏެވެ.
ފުލުހުން ބޭއްވި ދެ ޕްރެސް ކޮންފަރެންސްގައި، އަނިޔާވި އަންހެން މީހާ އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އެ އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.
"އަދި މީގެ ސަބަބުން، ވީޑިއޯގައި ފެނިގެންދިޔަ ފަރާތްތަކުގެ ކަރާމާތަށް އުނިކަން އައިސްފައިވުމަކީ ވަރަށް ހިތާމަވެރި ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.
އެޗްއާރުސީއެމުން ބުނީ ފުލުހުން މިދިޔަ އަންގާރަ ދުވަހުގެ ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި އަނިޔާ ލިބުނު މީހާގެ މައުލޫމާތު އާންމުކޮށް، މައްސަލައާ ގުޅުން ހުރި އެހެން މީހުންގެ މައުލޫމާތު ހަމާކޮށްފައި ނުވުމަކީ ވެސް އަނިޔާވި މީހާ އާއި މި ހާދިސާގައި ޝަމިލުވާ އެހެން މީހުންނާ ތަފާތުކުރުން ކަމުގައި ބެލެވޭ ކަމަށެވެ. މީގެ ސަބަބުން އަނިޔާވި މީހާ އިތުރަށް "ވިކްޓިމައިޒް" ވެފައި ވާތީ، އެ ކޮމިޝަނުން ވަރަށް ކަންބޮޑުވާ ކަމަށް ބުންޏެވެ.
ހުރިހާ ހެކިތަކަށް ރިއާޔަތްކޮށް، މި ހާދިސާ ހިނގި ގޮތްކަމުގައި ވަކި ގޮތެއް ކަނޑައެޅޭނެ މަރުހަލާއަކަށް ފުލުހުންގެ ތަހުގީގު ގޮސްފައި ނުވަނީސް، މި ހާދިސާ ހިނގި ގޮތް ކަމަށް ބެލެވޭ ކަހަލަ ގޮތަކަށް ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި މީގެ ސަބަބުން އާންމުން ފުލުހުންނަށް ކުރާ އިތުބާރު ގެއްލި، ފުލުހުންގެ ތަހުގީގުގެ ނަޒާހަތްތެރިކަމާ މެދުގައި ސުވާލު އުފައްދާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
"މި ހާދިސާގައި އަނިޔާވި ފަރާތާއި އެ ފަރާތުގެ އާއިލާގެ ގަދަރާއި ކަރާމާތަށް އިހުތިރާމްކޮށް، އެ ފަރާތުގެ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މިޑިއާގައި އެއްވެސް ފަރާތަކުން އާންމު ނުކުރުމަށް ކޮމިޝަނުން އިލްތިމާސް ކުރަމެވެ." އެޗްއާރުސީއެމުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަހަލާލު މުސާރަ
26 April 2025
ކަލޭމެން ތި ނަގާ 40000 މަތީގެ މުސާރަ ކަލޭމެންނަށް ހަލާލު ވާނެ ގޮތަކީ ނެތް ގޮތެއް. ނިކަމެއްޗެއްގެ ހައްގު ގެއްލިގެން ކަލޭމެން ކުރާ އެއް ކަމެއް ވެސް ނެތް. ހަބީބު ސޮރުވެސް ތި ތާކަށް ދިޔަ ފަހުން ދުލުގައި ހުރީ ތަޅު އެޅުވިފަ
ނެޕީ
26 April 2025
ރާ ބޮއި ބިރަކާނުލައި މަޖާކޮށް ބަދުއަހުލާގީ އަމަލު ހިންގި އިރު އެމީހުންގެ ކަރާމާތް ނުގެއްލޭތޯ؟
ރާއްޕެ
25 April 2025
ނެޕޯ ކިޑު ޑުރަގު ޕާޓީގެ އެކި ސޮރުތަކާ ތިކޮމިޝަނެއްގެ އެކި މެންބަރުންނާ އާއިލީ ގޮތުން ގުޅުން އޮތް ކަމަށް ރަށުތެރެ ކިޔާ
ނަޖިސް
25 April 2025
އެބޭޅުން އެމަގާމުތަކަށް އައިވެސް ނެޕޮޓިޒަމްގެ ތަގައްޔަރު ޖަންކުޝަންގެ ތެރެއިން
ލުޖޭ
25 April 2025
ތިޔަ މީހުންނަށް ދުވަހަކުވެސް ކުފުރުވުން ނޫން ކަމެއް ޙާސިލްވިބާ؟؟!!؟؟!
ާދުރުމި
25 April 2025
ކުލަ ހޭކި މައްސަލާގައި ބަޔާން ނެރުނީމަ ލިބޭ ބޮޑު މުސާރަ ހަލާލުވީ މި ބަޔާން ނެރުނީމަ މުސާރައަށް ވުރެ ބޮޑުކޮށް ނަގާ އޯޓީ ތި ހަލާލު ކޮށްލީ . ތިއީ ވަރަށް ހިންގުންތެރި ކޮމިޝަނެއް
ހަބީބޯ އެއަތް ނަގަން މިއަތް ނަގަން
25 April 2025
ހޫނ... ފުލުހުން ދޯ މި ގޯސްވީ!
ޕަޕެޓް
25 April 2025
ބޮޑު މުސާރަނަގާ ޕަޕެޓުން ކޮޅެއް. ބޭކާރު ބޯތަކެއް.
ފެންސު
25 April 2025
ގޮތްގޮތަށް އުޅުނަސް އޯކޭ!!! އިންސާނީ ހައްގުން ބޭރަކަށްވެސް ނުދޭ!!! ހުޅަނގުގެ އިންސާނީ ހައްގު ގެނައީމަ ވާނެގޮތް ތިއީ.
ސަސްތީ
25 April 2025
ބަޔަކު ބޮއެގެބް ޖިންސީ އަމަލު ހިންގާތަނާ އަދި އެތެޅޭ ވައްތަރު ދެއްކުމަކީ ގޯހެއް. އަދި އެގޮތަށް ތެޅިގެން ގޮސް ލިބޭ ބޮނޑި ހިމާޔަތް ކުރަން ނުކިތުމަކީ ލަދުވެތިކަމެއް.
raajje
25 April 2025
އަޅުގަނޑުދަންނަވާނީ އެޗްއާރުސީއެމުން މަހައްދާށޭ! ކޮންމެބަޔަކުވެސް ތިބެތިބެފަ ޒިންމާއަދާކުރަނީކަމަށްހެދެންވެގެން ދެއްކެންވެގެން ހަމަނުޖެހޭ ބޭކާރުއަނގައެއްތަޅުވަނީ!