އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓޯނިއާ.-- ފޮޓޯ: މިހާރު
24 އެޕްރީލް 2025 - 18:54
އަންހެން މީހާ ވެއްޓުނު ހާދިސާ ހިނގި ގެ ކަމަށްވާ ހ. ފެންޓެނޯއީގެ އަށް ނޫސްވެރިން ވަންނަން ހުއްދަ ނުދިން ކަމަށް ފުލުހުން ކުރި ބުނި ނަމަވެސް، އެ ގޭގެ ވެރިފަރާތުން އެ ވާހަކަ ދޮގުކޮށްފި އެވެ.
އެ ގޭގެ ވެރިފަރާތުން "މިހާރު" އަށް ބުނީ ނޫސްވެރިން އެ ގެއަށް ވަނުމުގެ ހުއްދަ ދިނުމާ ގުޅޭ ގޮތުން ފުލުހުން އޭނާއާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ. އެ ގެއަށް ނޫސްވެރިން ވަނުމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
މިހާރު ވެސް އެ ގޭގައި ބައެއް މީޑިއާތަކުން މީހުން ގޮސް އެބަތިބި ކަމަށް އޭނާ ބުންޏެވެ.
އޭގެ ފަހުން ފުލުހުން މީޑިއާގައި މީގެ އިރުކޮޅެއް ކުރިން ބުނީ، "ހާދިސާ ހިނގި ގެއަށް މީޑިއާ ވަނުމުގެ ފުރުސަތު ދޭނެ ކަމަށް ގޭގެ ވެރިފަރާތުން ފުލުހުންނަށް މިހާރު ވަނީ އަންގާފައި" ކަމަށެވެ. އަދި އެ ގެއަށް ވަންނަން ބޭނުންވާ ނޫސްވެރިން ނަން ނޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.
"އެ ގެއަށް ވަންނަން ބޭނުންވާ މީޑިއާތަކުން، ނޫސްވެރިޔާގެ މައުލޫމާތު އިނގޭނެހެން ނޯޓު ކުރެއްވުމަށް ދަންނަވަމެވެ،" ފުލުހުން ފަހުން ފޮނުވި މެސެޖުގައި ބުންޏެވެ.
ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި، އެ އަންހެން މީހާ ވެއްޓުނީ އެ ގޭގެ 9 ވަނަ ފުލޯގެ ސިޑިގޮޅީގައި ހުރި ފެންލައިޓުންނެވެ.
އިމާރާތުން ވެއްޓުނު އަންހެން މީހާ، 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދާއި އޭނާއާ އެކު އުޅުނު ފިރިހެން މީހާ ކަމަށްވާ 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.
ފެންޓެނޯއީގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި، އެ އެންމެން ފުރުން ވެސް މަނާކޮށްފަ އެވެ. އަދި ފުލުހުން ވަނީ އެ އެންމެންގެ ވަނަވަރު ވެސް އާންމުކޮށްފަ އެވެ.
މި މައްސަލާގައި މއ. މާންދޫގޭ ދެކުނުގެ ޓެރަސް އާއި ދެވަނަ އަދި ހަތަރުވަނަ ފްލޯގެ އިތުރުން ގ. ކަށިވެލިގެ ފާސްކުރުމުގެ އަމުރެއް ތަންފީޒުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން މިއަދު ވިދާޅުވި ގޮތުގައި، ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ފެންލައިޓްގެ އެލުމިނިއަމް ފްރޭމުން ފޮރެންސިކް ސާމްޕަލްތައް ނަގައި، އެހެން މީހެއްގެ ބައިވެރިވުމެއް އޮތްތޯ ވެސް ބަލާނެ އެވެ. އަދި ފެންލައިޓުން ވެއްޓުނު ކަމާ މެދު އުފައްދާ ސުވާލުތަކާ އެކު، ތަހުގީގުގައި އެކަން ވެސް އިތުރަށް ކަށަވަރުކުރަން ސީން ރިކޮންސްޓްރަކްޓްކޮށްގެން ވެސް ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަސްބެ
25 April 2025
ތިގޯޅިގަނޑުގަ 4 ފޫޓު ކިރިޔާ ހަމަ ވަނީ. ވެެއްޓޭ ގޮތަކުން ކިރިޔާ ތަނެއްގައި ނޫނީ ތިރިން ހުޅުވާފައިހުރި ދޮރެއްގައި ނުވަތަ އޭސީ އައުޓުޑޯއެއްގައި ޖެހުނަސް އެ ފުރާޅަށް ވެއްޓިދާނެ. މި ވިއު ފެނުނީމަ މިއެގެނީ މިހެން ބުނަން. ސޯޝަލްމީޑިއާގަ ފެނުނު ފޮޓޯއިން ހީވަނީ 10 ވަރަކަށް ފޫޓު ދުރުގައި ހުރި ފުރާޅަކަށް ވެއްޓުނުހެން.
އައިސަން
25 April 2025
ކޮބާ ކޮބާ. ހަމަ އަދިވެސް ހުސް ދޮޣޭ ހަދަނީ... މީކީ މިހާރު އިހުމާލެއްވެސް ނޫން. ފުލުހުންނާއި ސަރުކާރު ހަމަ ކަނޑައެޅިގެން ކުއްކުރުވަނީ، މަސްތުވާއެއްޗެހި ވިއްކުވަނީ، މީހުން މަރަނީ... އިތުރު އެކްސްޕްލެނޭޝަނެއް ނުވެސް ނެތް!!!
ތަކުރުފާނު
25 April 2025
ފުލުހުންނަށް ޖަވާބުދިން މީހަކާ ނޫސްވެރިންނަށް ޖަވާބުދިން މީހަކާ މީ ދެމީހުންކަމަށް ވަރަށް ބޮޑަށް ހީވޭ. ފުލުހުންވެސް އެބަޖެހޭ ދޮގު ނުހަދާކަން ސާބިތުވާވަރަށް މޭމަތީ ތިހިރަ ކެމެރާ އެބަޖެހޭ ހިންގާލަން.
ހަސަނު
25 April 2025
ފުލުހުން މީ ދޮގު ހަދާ ބައެއް؟؟
ހފގހ
25 April 2025
ގޭގެ ވެރި ފަރާތަކީ ދޮގު ހަދާފާނެ މީހެއް ނޫންދޯ؟ އެމީހުންގެ މީހެއް ތިގެޔަށް ވަދެ ހެދީ ވެސް.
އަލީ!!
24 April 2025
ފުލުހުން ވަރަށް އެބަތެޅޭ ކަމެއް އެނގިދާނެތީ....!
ހަބޭސް
24 April 2025
މިވަރުން ދަންޏާ އަންހެންކުއްޖާ އޮތް ވޯޑަށްވެސް ނޫސްވެރިން ވައްދަންޖެހޭނެ ހެން ހީވަނީ. ނޫސްވެރިން ކޮންމެހެން ނުޖެހޭ ހުރިހާ ތަންތަނަށް ވަންނާކަށް.
ބިރު ގަންނަނީ ކީއްވެ؟
24 April 2025
ވައްދަން ޖެހޭނީ ވަގުތު އައިމަ ކޯއްޗެއް ފޮރުވަންތަ ތިތެޅެނީ؟؟
ފާފު
25 April 2025
ވޯޑަށް ވެސް ވަދެވޭވެނެ.
ޢެޑްމުންޑީ
24 April 2025
މަފޭ ހިތަށް އަރަނީ ކީއްވެ ބާވައޭ އެއަންހެންކުއްޖާ ކައިރިން މިކަން ހިގިގޮތް ނާހާ މިއުޅެނީ ، މިހާރު އެކުއްޖާ އަށް ވާހަކަ ދެކެޗޭ ކަމަށް އަޑު އިވެނީ ، އޭރުން މިހުރިހާ އުދާސްތަކާއި ޝަކްވާތަކަށް ނިމުމެއް އަނާނާނެކަމަށް ދެކެނީ
އާންމުމީހާ
24 April 2025
މީތަ މިގައުމުގަ ކަންކުރަންވީ ގޮތަކީ؟؟ އިންސާފުހޯދަންވީ މައުމައްޗައް ނިކުމެގެންދޯ! ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ ނުފޫޒު ބޭނުންކޮށްގެން ދަރިންނާއި އާއިލާމީހުންނާއި ގާތް ރައްޓެހިން ކުރާ މިހާނުބައި ވިޔާނުދާ ކުއްތައް ފޮރުވަން މަސައްކަތް ކުރާ މީހުންނަކަށް އަހަރެމެންގެ ރުހުމެއް ނެތް ! އެ އަދި ކޮންމެ ޕާޓީއެއްވިޔަސް! އަހަރެމެން މިގައުމުގަ ބޭނުންވަނީ ވަކި ޕާޓީއެއްގެ ވެރިކަމެއް އޮތުމެއް ނޫން! އިޖުތިމާއީ އަދާލަތު ގާއިމުކުރަން ބޭނުންވަނީ! ހަމަހަމަކަން ބޭނުމީ
ގޮއްޔެ
24 April 2025
އަޅެފަހެ ތިމީހުން އޮޅިގެންވެސް ތެދެއް ހަދާތަ؟ ހެޔޮނުވާނެދޯ ތިވަރަށް ދޮގުހަދާ އޮޅުވާލަން. ގޭގެ ވެރިފަރާތުން ހުއްދަނުދިނޭ ބުނަންވާނީ ހުއްދަނުދިން ނަމަ. ތިވަރުގެ ބޮޑެތި ދޮގުހަދާ މުޢައްސަސާއަށް ކިހިނެއް އިތުބާރުކުރާނީ؟ ޒަކިއްޔާގެ މަރުގެ މައްސަލަވެސް އޮއްބާލީ ކިހާ ސަޅިކޮށް. ހަމައެގޮތަށް ތިޔަ މައްސަލަވެސް އޮއްބާލާނެ. އަދިއެމަންޖެގަދަވެގެން ހޮސްޕިޓަލުން ނުކުމެދާނެކަމާމެދު ސުވާލުއުފެދޭ. މޫނު ރިކޮގްނައިޒް ނުކުރެވޭވަރަށް ޒަޚަމްވޭތޯ ފުރާޅަކަށްވެއްޓިޖެހިގެން
ސުހާނާ
24 April 2025
ތެދާއި ދޮގު ކަނޑައަޅާ މީހަކީ ތިޔައީދޯ؟ އެހެންވިއްޔާ ދުނިޔޭގައި ހިނގާ ހުރިހާ ކަމެއް ކަލެއަށް އެނގޭނެތާދޯ؟