ޔުމްނު ވެއްޓުނުކަމަށް ފުލުހުން ބުނާ ފެންލައިޓް.--
25 އެޕްރީލް 2025 - 22:56
އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުނު ކަމަށް ބުނާ ހައްވާ ޔުމްނު ރަޝީދު، ވެއްޓުމުގެ ކުރިން އޭނާއާއެކު ހުރި ރައުދު އަހުމަދު ޒިލާލާ ދެމެދު ހަމަނުޖެހުމެއް ހިނގި ކަމަށް ރައުދު ބުނެފައިވާ ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ހައްޔަރުކޮށްފައިވަނީ ރޭ އިރުއޮއްސުނު ވަގުތުގަ އެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަސް މިއަދު ވަނީ ޖަހައިފަ އެވެ.
ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުން ކުރިން ބުނެފައިވާއިރު، ކޯޓުގައި ފުލުހުން ބުނެފައިވާ ގޮތުގައި ރައުދުއާއި ޔުމްނު އާ ދެމެދު އެ ރޭ ވަނީ ހަމަނުޖެހުންތަކެއް ހިނގައިފަ އެވެ.
އަދި ޔުމްނު ވެއްޓުނު ކަމަށް ބެލެވޭ ވަގުތުގެ އިރުކޮޅެއް ފަހުން ޔުމްނު ކޮބައިތޯ ސުވާލުކުރުމުން ނޭނގޭ ކަމަށާއި ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނެފައިވާ ކަމަށް ވެސް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ. ނަމަވެސް ރައުދު މިހެން ބުނެފައިވަނީ ކާކު ގާތު ކަމެއް ފުލުހުން ބުނެފައެއް ނުވެ އެވެ.
ކޯޓުގައި ވެސް ފުލުހުން ބުނީ، ޔުމްނު ވެއްޓުމަށް ފަހު އޭނާ ހޯދުމަށް ރައުދު މަސައްކަތް ކުރާ ކަން ސީސީޓީވީ ފޫޓޭޖުން ފެންނަ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އެއްވެސް ރިޕޯޓެއް ފުލުހުން ހުށަހަޅާފައިވާ ނުވާ ކަމަށް ބުނެފައިވެ އެވެ.
ރައުދުގެ ދިފާއުގައި އޭނާގެ ވަކީލު ވަނީ ޔުމްނު ވެއްޓުމުގައި ރައުދުގެ އަތެއް ނެތް ކަމަށް ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައިވާ ކަން ފާހަގަކޮށްފަ އެވެ. އަދި ރައުދު އަކީ ޒިންމާދާރު މަގާމެއް ހުރި މީހެއް ކަމަށާއި މިފަދަ ކުށުގެ އެއްވެސް ރެކޯޑެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ.
ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނގޭ
26 April 2025
ތިޔަހަމަނުޖެހުން ދެމީހުން ސިޑިމަތީ ހިންގާފަ ރައުދުގެ ޓީސާޓު ޔުމްނު ލައިގެން ހުރިވާހަކަ ކުރީގަވެސް ބުނީމެއްނު!.
ވެއްޓުނު ގެ
26 April 2025
ތިމައްސަލައިގަ ހަމައެކަނި ރައުދު ފަހަތުން ދުވުމަކީ ތަހުގީގު ފުރިހަމަނުވުން. ޔުމްނު އެގެއަށް ވަނީ ޔުމްނުއަށް އެ ގެ އެނގިގެން. ވަކި އެޕާޓްމަންޓެއްގަ ގިނައިން ޓަކިޖެހީ ކޮންމެވެސް ކަމެއްވެގެން. ރައުދު ފުރަތަމަ އެހެންލާފަ ދިއައިރު އެގެއަށް ވަންނަން ހިތަށްނާރާ ނުބަލާ ދިއައީ އެގެ ރައުދުއަށް އެހާ ފަރިތަނުވީމަ. ފަހުން ޔުމްނު ދެއްކި ވާހަކައިން ރައުދަށް ކޮންމެވެސް އެއްޗެއް އެނގި ވަކި އެޕާޓްމަންޓަކަށް ވަތްކަމަށް ހީކޮށް އެބައިގެ ބޭރުގަ އޭނަ މަޑުކޮށްގެން ހުރި
އަފްރާސިޔާބު
26 April 2025
ތިޔަކަން ހިނގިގޮތަށް ވިސްނާއިރު ތިގެޔަކީ އެމީހުން ގިނަގިނައިން ޕާޓީ ކުރާގެއްކަން އެބަހާމަވޭ. އާންމު ގޮތެއްގައި އެވަރުގެ ސެކިއުރިޓީ އެއްލައިފިއްޔާ ދޮރު ތަޅުލެވޭ ގޮތަށް ހުންނާނީވެސް. ތިގެއަކީ އެމީހުން ފަތިހު ޕާޓީކުރަން ދާގެއަކަށްވީމާ އެހާ ޖެހިލުން ކުޑަކޮށް ދުވެދުވެފައި ޓަކިޖަހަޖަހާފައި އުޅެނީވެސް.
ޑރ ވާންޗޯ
26 April 2025
ވަކީލު ވިދާޅުވަނީ އެއީ ކުށުގެރެކޯޑެއްނެތް ޒިންމާދާރު މަގާމެއްގަ ހުރިމީހެކޯ؟. މިސަރުކާރުގެ ޒިންމާދާރު މަގާމުގެ ހުރިހާ ސަރުތެއް ހަމަވެފަހުރި މަންޒަރުތައްތޯ ސީސީޓީވީ ފުޓޭޖުން އެފެންނަނީ؟.
ދޮގުބަޑި
26 April 2025
މިހާރު ރާގު ބަދަލު ވެއްޖެ. ޒުވާނުންތަކެއް ނިކުމެ ވެރިކަން ިބީވެދާނެލަމުގެ ބިރަށް ރައުދުއޭ ބުނަނީ. ތިއިން މީހަކަށް ކަމެއް ސާބިތުވާނެ ގޮތަކަށް ހެއްކެއް ފެނުން ކަމަކަށް ނުވާނެ
ކޮރަލް
26 April 2025
ބަދުއަހްލާގީ އަމަލު ހިންގި މައްސަލަ ބަލާ ހުކުމެއް ކުރެވިދާނެ އެވެ. މަސްތުވާތެތި ބޭނުންކުރި ކަމަށް ޓެސްޓް ތަކުން ދައްކާ ނަމަ ހުކުމް އެއް ކުރެވިދާނެ އެވެ. ހުކުމެއް ނެތި މިނިވަން ވުމަށް ފުރުސަތެއް ނެތެވެ. ރައުދުގެ ޒިންމާ ދާރު މަގާމް އަކީ ކޮބާތޯ އެވެ؟ ދަންވަރު މަގުމަތީ ހުސްގަޔާ ކުޑަ ސޯޓް އެއް ލައިގެން ދެކޮޅާށް ދުވުން އެއީ ޒިންމާ ދާޜު ވުމެއް ނޫނެވެ. ފައިސާ އަށް ދަހިވެތި ބައެއް ވަކީލުންގެ ސަބަބުން ބޮޑެތި ބައެއް ކުއްވެރީން މިދަނީ މިނިވަން ވަމުންނެވެ.
ދަހިވެތި
26 April 2025
ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިއެއްގެ ބޮޑު ކަމަކާ ޖެހުނީމަ އޮންނަނީ ތެދު އޮއްބާލަން ފަސްނުޖެހިފައި. އެކަން އެނގޭނީ އެކަހަލަ ކަންކަން ދިމާވެފަ ހުރި މީހުންނަށް. ވަކީލުންނާ ހަމައަށް ދަނީ މައިންބަފައިންނަށްވެސް އެނގިގެން. ކުއްޖާ ކުށެއް ކުރިއަސް އެކަން އޮއްބާލަން، ދޮގުހަދަން މައިންބަފައިންނާ އާއިލާއިންވެސް އެއްބާރުލުންދޭތީ އެފަދަ ހުރިޙާ ކަމެއް ކުރެވެނީ
ޕޫޕްސީ
26 April 2025
އަންހެން ކުއްޖަކު ކޮށާ ފޮތިފޮތިކޮށްލި ސްކޭޓް ކުރާ ފިރިހެން ސޮރުގެ މައްސަލައަށް ވެސް ވީނުވީ އެއް ނޭނގޭ. ސާބިތެއް ނުވޭ ސީނުން އޭނަ ހައްޔަރުކުރިއިރު ވެސް. ކިހިނެތް ދެން ތިކުއްޖާއަށް އިންސާފު ލިބޭނީ.
ރަފީޤުބެ
26 April 2025
ޕެންޓޯނިއާ އެއް ނޫނޭ… ޕެންޓެނޯއި
ލުބްލާ2025
26 April 2025
ނުވާނެ އެއްވެސް އެއްޗެއް ސާބިތެއް. ކަލޭމެން އެކްސްޕެކްޓް ކުރަންދޯ މި ސަދޫމުގަ އިންސާފު ލިބޭނެޔޭ؟ ނުލިބޭނެ. 10 ދުވަސް ފަހުން ހަނދާން ނެތޭނެ.
ދަނޑުން
26 April 2025
ޢަހަރެން ޢެމީހުންނެއް ނުދަންނަން.... ފުލުހުން އެކަން ބަލާ ކުރަންޖެހޭ ކަމެއް ކުރާނެ. މިދަނީ އޮފީހަށް... އަހަރެންގެ މަސައްކަތާ...
ޝެޕާޑް
26 April 2025
ހާރޑް މެންޓަލިޓީ
ލަދުކުޑަ ޕާޓޭ
26 April 2025
ވަކީލު ބުނިކަމަށް މިޔޮތީ ކީކޭބާ "އަދި ރައުދު އަކީ ޒިންމާދާރު މަގާމެއް ހުރި މީހެއް ކަމަށާއި މިފަދަ ކުށުގެ އެއްވެސް ރެކޯޑެއް ވެސް ނެތް ކަމަށް ބުނެފައިވެ އެވެ." ވަގަކަށް ހާސް ދުވަސް ލިބިގެން ވެރިޔަކަށަ ލިބޭ އެއް ދުވަހުން ހިފުނީމާ، ހާސް ދުވަހު ކުރި ވައްކަމުގެ ރެކޯޑެއް ނެތީމާ ދޫކޮށްލާށޭ ބުނާ އުސޫލުތަ މިއީ؟ ކޮން "ޒިންމާދާރު" ވަޒީފާއެއްތަ އެކަލޭގެޔަށް ދީގެން އުޅެނީ؟ ވަތްކެއް ނުކުރޭދޯ އަދިވެސް! އެބަޖެހޭ ސާފުކޮށްދޭން މިކަންވެސް ސަރުކާރުން!