ރައުދު.
25 އެޕްރީލް 2025 - 17:20
މާލޭގެ ގެއެއް ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލާގައި ތުހުމަތުތައް ކުރެވޭ ރައުދު އަހްމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް މިއަދު ޖަހައިފި އެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 ހައްޔަރުކޮށްފައިވަނީ ރޭ އިރުއޮއްސުނު ވަގުތުގަ އެވެ.
ފުލުހުން ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން ރައުދު ހައްޔަރުކުރުމަށް ކޯޓުގައި އަމުރަކަށް އެދުނު އިރު ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށް ތުހުމަތުކުރުުމުގެ އިތުރުން އެ ހާދިސާ ހިނގި ވަގުތު އޭނާގެ މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ކޮށްފައިވެ އެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ވެއްޓުނު 21 އަހަރުގެ އަންހެން މީހާ ހިމެނޭހެން އޭނާއާއެކު އެ ރޭ އުޅުނު ހަތް މީހެއްގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ރޭ ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން މއ. މާންދޫގެ ދެކުނުގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ވަނީ ބަލައި ފާސްކޮށްފަ އެވެ.
ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅުމައްޗަށް އަންހެން މީހާ ވެއްޓިފައި އޮއްވައި ފެނުނު މި މައްސަލައިގެ ތަހުގީގުގައި މިހާރު ވަނީ އޭނާއާ އެކު އެރޭ އުޅުނު ކަމަށް ބެލެވޭ މީހުން ދެނެގަނެ، އެ އެންމެންގެ ބަޔާން ނަގައި އެ މީހުންގެ ފުރުން މަނާކޮށްފަ އެވެ.
ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މި އެންމެންގެ ވަނަވަރާއި އަންހެން މީހާ އާއި ރައުދުގެ ހަރަކާތްތައް އެ ރޭ ހުރި ގޮތް ފެންނަ ސީސީޓީވީ ވީޑިއޯ ފުޓޭޖުތައް ވެސް އާންމުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާދޫތަކުރު
25 April 2025
މިއީ ކުރިން ހުރި ޗީފް އޮފް ސްޓާފަށް ބޮޑުބޭބެ ކިޔާ ކުއްޖެއް. އިތުރަށް ބުނާނެ އެއްޗެއް ނެތެއްނު.
ޖެނެރަލް ވާންޗޯ
25 April 2025
ބާކީ މީހުން ކީވެ ހަޔަރު ނުކުރަނީ
އެންމެން ހެޕީ
25 April 2025
ދެންފަހެ ކާފީ ހެކިނެތިގެން ތިޔަ މީހުން ދޫވާނެތެވެ.... އަލިފް ހާ
އޮނަރަބްލް އަފީފު ދީދީ
25 April 2025
މިމަހު 18 ވަނަ ދުވަހު ކ.މާލޭ ހ.ޕެންޓެނޯއީގެ ފުރާޅުމަތިން ޖެހިގެންހުރި ގުދަނެއްގެ މައްޗަށް ވެއްޓި ނުވަޔަ "ވައްޓާލި" އެރަށު ގ.ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު (21 އ) އާއިއެކު އެރޭ މަސްތުގެ ޕާޓީ ބޭއްވުމުގައި ބައިވެރިވި އެރަށު މަޝްހޫރު އާއިލާތަކަށް ނިސްބަތްވާ 8 ޕާޓނ ގެ ތެރެއިން ހަމައެކަނި ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21އ ހައްޔަރުކޮށްފައި "މަސްތުޕާޓީގައި ބައިވެރިވި އެހެން ޕާޓޭން" ހައްޔަރުނުކޮށް ދޫކޮށްފައި ބައިތިއްބާން ޖެހުނީ ކީއްވެގެންތޯ؟!
އަފްރާސޮޔާބު
25 April 2025
އެޒުވާނުންނަކީ ޕީއެންސީގެ ޒުވާނުންނަށްވާތީ.
ކާފީ
25 April 2025
އެއީ ކުރީގެ ޗީފަށް ބޮޑުބެ ކިޔާތީ
އޮނަރަބްލް އަފީފު ދީދީ
25 April 2025
ޔުމްނު ވެއްޓުނު ނުވަތަ "ވައްޓާލިކަމުގެ ތުހުމަތަށް، ހައްޔަރުކުރި ކ.މާލޭ ގ.އެރިއަދޫ ރައުދު އަހުމަދު ޒިލާލު ފިޔަވާ" ހ.މީނާޒު ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، މއ. މާންދޫގެދެކުނުގެ އިޒުދިޔާން މުހައްމަދު މައުމޫނާއި އެގޭ ޔޫސުފް އަހުމަދު އަކްރަމް، ގ.ނޯތުބްރީޒް އާއިޝަތު ލަޔާލީ އިގުބާލު ހައްވަރުނުކޮށް މިނިވަންކަމާއިއެކު ދޫކޮށްފައިވަނީ ޤާނޫނީ ކޮން ހަމަތަކެއްގެމަތިން ފުލުހުންނަށް ލިބިދީފައިވާ ބާރެއް ބޭނުން ކޮށްގެންތޯ؟ މިއީތޯ މިކަން އޮންނާން ޖެހޭ ގޮތަކީ؟!
އޮނަރަބްލް އަފީފު ދީދީ
25 April 2025
މިކަމުގައި ބައިވެރިވާ ބައެއް ޕާޓޭންގެ ހިމާޔަތުގައި ފުލުހުން މަސައްކަތް ކުރާ ކަމަށާއި، އެފަދަ ގޮތަކަށް ވާހަކަ ދައްކާ މައްސަލަ ތަޙްޤީގު ކުރުމުގައިވެސް އާންމުކޮށް ކަންކުރާ އުސޫލު ތަކާއި ޙިލާފަށް "އިއްޒަތްތެރި ޕާޓޭން ތަކަކަށް ރައްކަލާއި ހިމާޔަތް ލިބޭ ފަދަ ގޮތަކަށް" ފުލުހުންގެ ފަރާތުން މަސައްކަތް ކުރާކަމަށް ސޯޝަލް މީޑިޔާގައި ފެތުރިފައިވާ އަޑުތަކާއި ރައްޔިތުންގެ ތެރޭގައި ދެކެވޭ މިފަދަ ވާހަކަ ތަކަށްޓަކާވެސް މިކަން މިނޫން ގޮތަކަށް ކުރުން ރަނގަޅު ނޫންތޯ.
މަބުނީ
25 April 2025
5 ދުވަސް ފަހުން ތިކަން ތި ނިމުނީ.. ގެރެންޓީ.. އަންބަރާ އައިލެންޑް ކަންތައް ފުދޭ..
ގެދާނޯމޮސް
25 April 2025
މީވެސް ތުހުމަތަށެވެ! ތުހުމަތު ނޫން ކަމެއް އަދި މިގައުމުން މިހާތަނަށް ނުފެނެއެވެ. ސީސީ ޓީވީން ކުށް ފެނުނަސް ތުހުމަތު ގަ ބަންދަށް 15 ދެން ގެޔަށް އިސާހިތަކު ސާބިތުވީ ކަމުގައި ނުވާނެއެވެ.
ޖރޖދހދހ
25 April 2025
އަންހެން ކިއްޖާ ހޭއަރައިފިތަ؟ ވާހަކަ ދެއްކޭ ހާލަތެއްގަބާ އޮތީ؟ މިކަންކަން ނޫސްތަކުން ނުބަލަނީ ކީއްވެބާ؟؟؟ ހަގީގަތް ދެނެ ގަނެ އަދަބު ލިބެންޖެހޭ މީހުންނަށް ހަރުކަށި އަދަބު ދޭންޖެހޭ.