ސީސީޓީވީ ފުޓޭޖު އާންމުކުރި މައްސަލައިގެ ކަންބޮޑުވުން އާއިލާ އިން ރައީސާ ހިއްސާ ކުުރި.
ރައީސް ޑރ. މުހައްމަދު މުއިއްޒު: ޔުމްނުގެ އާއިލާއިން ވަނީ އާއިލާގެ ހުރި ކަންބޮޑުވުންތައް ރައީސަށް ހުށަހަޅައިފައި.-- ފޮޓޯ: ރައީސް އޮފީސް
28 އެޕްރީލް 2025 - 21:09
މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގެ ތަހުގީގާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް އޭނާގެ އާއިލާގެ ފަރާތުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކޮށް މިރޭ ހުށަޙަޅައިފި އެވެ.
މާލޭގެ އިމާރާތެއްގެ މަތިން ވެއްޓި އަނިޔާވި އުމުރުން 21 އަހަރުގެ ޔުމްނު އިތުރު ފަރުވާއަށް މިހާރު ވަނީ، އާއިލާ އިން މެލޭޝިއާ އަށް ގެންގޮސްފަ އެވެ.
ޔުމްނުގެ އާއިލާގެ ކަންބޮޑުވުންތައް ސީދާ ރައީސް މުއިއްޒާ ހަމައަށް ގެންދިޔައީ އެ މަނިކުފާނު މިހާރު މެލޭޝިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
ގާތްގަނޑަކަށް ސާޅީސް މިނިޓަށް ސީދާ ރައީސް މުއިއްޒާ އެކު ބޭއްވި "ވަން ޓު ވަން" ބައްދަލުވުމުގައި ޔުމްނުގެ އާއިލާ އިން ވަނީ މި މައްސަލަ ފުލުހުން ބަލަމުންދާ ގޮތާ މެދުގައި ހުރި ހިތްހަމަނުޖެހުންތަކާއި އާންމުކޮށްފައިވާ ސީސީޓީވީ ފުޓޭޖުތަކާ ގުޅޭ ބައެއް މައްސަލަތައް ވެސް ރައީސްއާ ހިއްސާ ކޮށްފަ އެވެ. ހާއްސަކޮށް ސީސީޓީވީ ފުޓޭޖު ފުލުހުން އާންމު ކޮށްފައިވާތީ އޭގެ ކަންބޮޑުވުންތައް އާއިލާ އިން ރައީސާ ހިއްސާ ކުރި އެވެ.
ރައީސް މުއިއްޒާ ވަކިން ބައްދަލުކުރުމަށް ފަހު އާއިލާ އިން ވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންއާ ވެސް ވަކިން 15 ވަރަކަށް މިނިޓަށް ބައްދަލުކޮށް ކަންބޮޑުވުންތަކާއި ތަހުގީގުގައި ހުރި މައްސަލަތައް ކިޔައި ދީފަ އެވެ.
އިހުސާންއާ "މިހާރު" އިން ސުވާލު ކުރުމުން ވިދާޅުވީ، މި ތަހުގީގުގެ ތެރޭގައި ފެތުރޭ ދޮގުތަކާއި ތެދު ވާހަކަތައް ވެސް ޔުމްނުގެ އާއިލާއާ އަށް އޭނާ ވިދާޅުވެ ދެއްވި ކަމަށެވެ.
ޔުމްނުގެ އާއިލާގެ މެމްބަރެއް ކަމަށްވާ މުހައްމަދު މޫމިން އެކްސްގައި މިއަދު ކުރި ޕޯސްޓެއްގައި ވަނީ މި މައްސަލައިގެ ތަހުގީގުން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ވަކިކުރަން ގޮވާލައިފަ އެވެ.
އޭނާ ވަކިކުރަން ޖެހެނީ އާއިލާއަށް އެތައް ފަހަރެއްގެ މަތިން ދޮގު ހަދާފައި ވާތީ ކަމަށް މޫމިން ބުންޏެވެ.
"އަޅުގަނޑުމެންނަށް އެނގޭ... ނިޒާމުގެ ތެރެއިން ހަގީގީ ބަދަލެއް ގެނައުމަކީ އުނދަގޫ ކަމެއް. އެކަމަކު، ސާމިހު ވަކިކޮށްގެން އެ ބަދަލު ގެންނަން ފެށިދާނެ، އެއީ އޭނާގެ ތަކުރާރުކޮށް އާއިލާއަށް ދޮގު ހަދާފައި ވާތީ،" މޫމިން ބުންޏެވެ.
"ކޮމިޝަންތައް އުފައްދައިގެން، ޓެކްސް ދައްކާ ރައްޔިތުންގެ ފައިސާ އިސްރާފުކުރުމުގެ ކުރިން، މިކަން ކުރައްވާ."
ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ، ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގުކުރަން ރައީސް މުއިއްޒު ވަނީ މިދިޔަ ހޮނިހިރު ދުވަހު ހާއްސަ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ. ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި އެ ކޮމިޝަންގެ ރައީސަކީ ޑރ. މުހައްމަދު މުނައްވަރެވެ. މުނައްވަރުގެ އިތުރުން އެ ކޮމިޝަނުގައި އިތުރު ހަތަރު ބޭފުޅަކު ތިއްބަވަ އެވެ.
ރިޔާސީ ކޮމިޝަން އުފައްދަވައި ރައީސް މުއިއްޒު ނެރުއްވި ގަރާރުގައި ވިދާޅުވީ، އެ ކޮމިޝަންގެ ބޭނުމަކީ މާލޭގެ ގެއެއްގެ ފުރާޅުމަތީގައި 21 އަހަރުގެ ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިތޯ ބެލުމާއި އެ މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި، ކަން ހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުހާނާ
29 April 2025
ސީސީޓީވީ ފްޓޭޖްތައް އާންމުކުރީ އޭނާއަށް އިންސާފު ހޯދައިދޭން މަސައްކަތްކުރަނީޔޭ ކިޔާފައި އޭނާއަށް ސަޕޯޓުކުރާ ބަޔަކު (ބައެއް ނޫސްވެރިންވެސް ހިމެނޭގޮތަށް) ހަޅޭއްލަވައި އައުގުރާނަ ގޮވައި، ފުލުހުން ކަންތައްތަކެއް ފޮރުވަން މަސައްކަތްކުރަނީޔޭ ކީމައި ނޫންބާ؟ ޢާއިލާއިން އެކަން ނުހުއްޓުވީ ކީއްވެބާ؟ އަދި އެއެއްޗެހި ހާމަނުކުރަން ޢާއިލާއިން ކުރިން ފުލުހުންގެ ކިބައިން ނޭދުނީ ކީއްވެބާ؟
ފަންސުރު
29 April 2025
ހުރިހާވެސް މަސްއަލައަކީ ބެލެނިވެރިންނަށް ކުދިން ނުބެލެެހެޓެވުން ކުދިން އުޅޭ ނޫޅޭ ގޮތެއް މައިން ބަފައިންންކަށް ނޭންގޭ އަހަރެމެންނަކީ މުސްލިމުން އުޅެން ޖެހޭނީ އިސްލާމީ އުސޫލުތަކާއި އެއްގޮތަށް އެގޮތަށް ދާނަމަ ކުދިން ނުކުރާނެ ގޯސް ކަންތަކެއް
ނަށީ
29 April 2025
3 ކޮޓަރީގެގެއެއްގަ މިއުޅެނީ 4 އާއިލާ، 16 މީހުން. މިގަމުގެ ގެދޮރުވެރިކަމުގެ ކޮރަޕްޝަނާއި ވަޒީފާދިމުމުގެ ބޭއިންސާފްތަހައްމަލުކުރަން މިޖެހެނީ އަހަރުމެން ނިކަމެތިންނަށް. ޢޭގެމައްޗައް އެލީޓުން، ދަރިންތަރުބިއްޔަތު ކުރަންޖެހޭގޮތް މިކިޔާދެނީ އަހަރުމެންނަށް.
ލޮކު
29 April 2025
އެގޮއެ އެކަން ކޮއްގެން ގޯހެއް ނޫން.އެގޮއެ އުޅުނު ގޮތް ދެއްކީމަ ގޯސްވީ
މުލޭ
29 April 2025
މިފަދަ ކަންކަމަށް މަގުފަހި ކުރުވަނީ މަސްތުވާތަކެތި. އަނެއްކަމަކީ ދަރިން ރަނގަޅަށް ނުބެލެހެއްޓުން. ދަރިން ތަރުބިއްޔަތު ކުރުމުގެ ބާރު އޮތީ މައިންބައިންގެ އަތްމަތީގައި. މަސްތުވާތަކެތި ހުއްޓުވުމަށް މަސައްކަތް ކުރެވޭނީ ދައުލަތަށް. މަސްތުވާތަކެތި އެތެރެކޮށް ވިއްކާ މީހުންނަށް މަރުގެ އަދަބު ދީގެން ނޫނީ މިކަން ޙައްލު ނުކުރެވޭނެ. ޢާއިލާއިން ވެސް މިވާހަކަ ދައްކަން ބޭނުންވާހެން ހީނުވޭ. ދަރިން އުޅޭނެހާ ގޮތަކަށް އުޅެން ދޫކޮށްލުމުގެ ނަތީޖާ މިފެންނަނީ.
ދިގުސީ
29 April 2025
ދަވާދުދަޅެއް ބޮލަށް އަޅާލީމަ މާތްވީ ވައްކަން.މިއަދު ކުލައެއްގަޖެހި އިންްސާނިއްޔަތުކަން ގެއްލިއްޖެ.އެމީހުން ކުރިކަންތައް ދިފާއުކުރަނީއެއް ނޫނޭ.އެކަމަކު ހައްގާ އިންސާފު ނުފޫޒަކަށް ގެއްލުވާލީމަ ގޯހޭ.ލާރިއާއި ނުފޫޒުނެތިއްޔާ އެއަތެއްގަ ހިމާޔަތެއް ނެތީމަ ގޯހޭ.ޥިފާގުކޭސް،ރޯޔަލް ރޭޕްކޭސް،ހޮޑައިދޫ ކޭސް،އަންބަރާ އަރުއްވައިގަތްތަނެއް ނޭގުނަސް ދިވެހިންނަށް އޯކޭ.މިއަދު ހައްގު ހޯދަން ނިކުތީމަ ގޯސް.އެކަމު ބަޔަކު ފެށީތީ ހައްގަަށް މިދަނީ.ޝުކުރިއްޔާ ޒުވާނުން.
އޮނަރަބްލް އަފީފު ދީދީ
29 April 2025
ވަޒީރެއްގެ ގެކޮޅުގައި (ކ.މާލޭ މއ. މާންދޫގެދެކުނުގޭ ގައި) ހިންގި ކަންކަން ތަޙްޤީގު ކުރަން ވަޒީރުގެ ފަރާތުން އެއްބާރުލުން ނުލިބޭ އިރު ވަޒީރުގެ 2 ކޮއްކޮ އާއި އެރަށުގެ އެފަދަ "އިއްޒަތްތެރި ޕ މައްސަލަ ބެލޭނެ ކަމުގެ ހަމަ އެކަނި އުއްމީދަކަށް މިހާރު އޮތީ" ރައީސް އުފެއްދެވި ކޮމިޝަން. އުއްމީދަކީ ކޮމިޝަންގެ ރައީސް މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ އަދި ދައުލަތުގެ ބަންޑާރަނައިބް ކަންވެސް ކުރެއްވި ޑރ މުޙައްމަދު މުނައްވަރު މިކަން ކުރައްވާނެ ކަމަށް.
އިބޫ12
29 April 2025
މައްސަލަ އޮޅުވާނުލާ، ވަޒީރެއްގެ ގެޔަކުން ނޫން ވެއްޓުނީ، ނަމަވެސް ވަޒީރެއްގެ ބޮލަށް ނުކެންޑިގެން ތި އުޅެނީ. ވަޒީރުގެޔައްދިޔަޔަސް ނިކުމެ ހިނގާފަ އައިސް އެހެން ގެއެއްގެ ސިޑިމަތީ ގަންޑުވެސް ގަނެފަ އޮތީ. ހިންގިކަމެއް ހިންގީ އެހެން ގެ އެއްގަ.
ތެފައ
29 April 2025
މަޝްހޫރު ޤާނޫނީ އިލްމުވެރިޔާ އަދި ދައުލަތުގެ ބަންޑާރަނައިބުކަންވެސް ކުރެއްވި ޑރ މުޙައްމަދު މުނައްވަރު ދިވެހިންގެ ޗާގޯސް ދިވެހިންނާށް ހޯދައިދީގެން އެ ޗާގޯހަށް ހަދާނެ ގޮތެއް ނޭގިގެންވެސް ބަޔަކު އެބައުޅޭ. ބާނަބާނާތިއްވާ ވިއްކާލި ކަނޑުވެސް މިހާރު އަނބުރާ ލިބިއްޖެ، ކަނޑަށްވެސް ހަދާނެ ގޮތެއް އަދި ނޭގެ. ޝުކުރިއްޔާ ޑރ މުނައްވަރު
މުހައްމަދު 22
29 April 2025
މި ދެން ކިހާދެރަކަމެއްތަ، ބޮޑުވަޒީރުގެ ދައުވަތަކަށް މެލޭޝިޔާއަށް ދަތުރެެއް ކުރީމަވެސް ރައީސަށް މިކަމުން އަރައިގަންނަން ޖާގައެއް ނެތީތަ، ތިކަމާ އެކަނިތަ މިހާރު ރައީސް ވިސްނަންޖެހެނީ؟ މެލޭޝިޔާއަށް ދަތުރެއް ކުރެއްވީ ރާއްޖޭގެ އިގްތިސާދަށާ އެހެނިހެން ދާއިރާތަކުން ގިނަ ކަންތައްތަކެއް ކުރަން، މި އާއިލާއަށް އެކަނިތަ ދެރަކަންތައްތައް ދިމާވަނީ؟ ބޯހަލާކު
ކަނބިލި
28 April 2025
މިއީ ދަރިން އުޚޭނެ ގޮތަކަށް އުޅެން ދޫކޮށްލުމުގެ ނަތީޖާ. ކަމެއް ދިމާވީމާ ތިމާމެންގެ އިހުމާލުގެ މަތިން ހަންދާން ނައްތާލާފައި، ސަރުކާރުގެ ބޮލަށް ހުރިހާ ކަމެއް ކަނޑާލާފައި، އިދިކޮޅުންނާ ގުޅިގެން ސިޔާސީކުރުނުން މައްސަލައަށް ހައްލެއް ނާންނާނެ.
ބުގހގުފތ
28 April 2025
ތިކަހަލަ އާއިލާއެއް އެއްވެސް ދަރިއަކަށް ނުދެއްވާށި! އާމީން
ލީމާން
28 April 2025
އަޖައިބެއް، ވީޑިއޯދައްކަން ޖެހުނީ ކަލޭމެން ދޮގުހަފަތުރަން ފެށީމަ، ދެއްކީމަ އަހުރުންނަށް އެނގުނީ އެ މީހުން އުޅެފަހުރިގޮތް، ކުރިން ބުނީ ރޭގަނޑު ބޭރަށްވެސް ނިކުންނަކުއްޖެއްވެސް ނޫނޭ!