މިނިސްޓަރު އަމީން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.
28 އެޕްރީލް 2025 - 21:39
ހައްވާ ޔުމްނު ރަޝީދު އިމާރާތެއްގެ ނުވަ ވަނަ ފްލޯ އިން ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ އޭނާ ފުރަތަމަ ދިޔަ މއ. މާންދޫގެ ދެކުނުގޭގެ އެއްވެސް ސީސީޓީވީ ފުޓޭޖެއް ފުލުހުންނަށް ނުލިބޭ ކަމަށް މިއަދު ބުނެފި އެވެ.
އެއީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުރުން އޭނާގެ އެއްބަނޑުއެއްބަފާ ތިން މީހުންގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ގެއެކެވެ.
ފުލުހުން މިރޭ މީޑިއާގައި ބުނީ، މާންދޫގެ ދެކުނުގޭގެ ސީސީޓީވީ ފުޓޭޖު ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ. އެ ގެއިން ފުލުހުންނަށް މައުލޫމާތު ދީފައި ވަނީ ސީސީޓީވީ ކެމެރާތައް ހަލާކުވެފައިވާ ކަން ކަމަށް ވެސް ފުލުހުން ބުންޏެވެ.
"އަދި އެކަން ޔަގީން ކުރުމަށް ކުރެވެން ހުރި މަސައްކަތްކޮށް، ސީސީޓީވީ ފުޓޭޖު ނެތްކަން ފުލުހުން ވާނީ ކަށަވަރު ކޮށްފައި،" ފުލުހުން ބުންޏެވެ.
މިނިސްޓަރު އަމީން ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން މީގެ ކުރިން މާންދޫގެ ދެކުނުގޭގެ ޓެރެސް އާއި އެ ގޭގެ ދެވަނަ އަދި ހަތަރުވަނަ ފުލޯގެ އިތުރުން ގ. ކަށިވެލީގެ ތިންވަނަ ފުލޯ ވެސް ބަލައި ފާސްކޮށްފަ އެވެ. އެކަމަކު، ޔުމްނު ވެއްޓުމުގެ ހާދިސާ ހިނގިތާ ހަތަރު ވަރަކަށް ދުވަސް ފަހުން އެ ގެތައް ފާސްކުރިއިރު، ހާދިސާއާ ގުޅޭ އެއްވެސް އެއްޗެއް ފެނިފައިވާ ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން އެ ގޭގެ ބަލައި ފާސްކުރީ ހ. ފެންޓޯނިއާގެއިން ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް މި މަހުގެ 18 ވަނަ ދުވަހު ގ. ރަނައުރާގޭއާގޭ، ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށެވެ. އެ ދެ ގެއަކީ މި ހާދިސާ ހިނގުމުގެ ކުރިން ޔުމްނު ދިޔަ ގޭގެ އެވެ.
ޔުމްނު ވެއްޓުމުގައި އޭނާގެ ބައިވެރިވުމެއް އޮވެދާނެ ކަމަށް ތުހުމަތުކޮށް، އެ ރޭ ޔުމްނުއާ އެކު ފެންޓޯނިއާގޭގައި އުޅުނު ރައުދު އަހްމަދު ޒިލާލް ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހާދިސާ ހިނގި ވަގުތު މަސްތުގެ ހާލަތުގައި ހުރުމާއި ޖިންސީ ބޭނުންހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ވެސް ރައުދުއަށް ކޮށްފައިވެ އެވެ. އޭނާއަށް ދިން ފަސް ދުވަހުގެ ބަންދުގެ މުއްދަތު މާދަމާއަށް ހަމަވާނެ އެވެ.
ރައުދު ހައްޔަރުކުރުމުގެ އިތުރުން، ޔުމްނުއާ އެކު އެ ރޭ އުޅުނު އިތުރު ހަތް މީހެއްގެ ވަނަވަރު އާންމުކޮށް، އެ އެންމެންގެ ފޯނު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓާފައިވެ އެވެ.
އެ އެންމެންގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނަގަން ފުލުހުން އުޅުމުން ރައުދު ފިޔަވާ އެންމެން ވަނީ ސާމްޕަލް ދިނުމަށް އިންކާރު ވެސް ކޮށްފަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރާ ގޮތާ މެދު ސުވާލުތަކެއް ފެންމަތި ކޮށްފައިވާތީ، އެ މައްސަލަ ބަލަން ހާއްސަ ކޮމިޝަނެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުފައްދަވައި ފަސް މެމްބަރުން އެ ކޮމިޝަނަށް އައްޔަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސްކްރިޕްޓް1
29 April 2025
ސްކްރިޕްޓް ލިޔަން ފުދޭވަރަކަށް ޓައިމް ލިބިފައި އޮތީ. ހައެއްކަ ދުވަސް ލިބުނު ވިއްޔަ. ވީމާ ތިކަމުގައި ޙައިރާންވާންވީ ކަމެއް ނެތް.
އެހެންޏާ
29 April 2025
ފުޓޭޖް ނެތުން ތިއީވެސް އިސްތިއުފާދޭންވީ ކަންކަމުގެ ލިސްޓަށް ލާންޖެހޭ ކަމެއް
ނިކަމެތި މީހާ ޖަލުގައި
29 April 2025
މީކީ މަޖާ ކަމެއްނޫން. ޚަނޑައެޅިގެން ބޮޑެތި ދޮގު ވަޒީރަކު ހަދާއިރު. ހެކި ނައްތާލާ ހެއްކާ ޝަރީއަތައް ނުފޫޒު ފޯރުވީ. އަސްލު އަދަބަކީ ކޮބަ؟؟؟
ކެބިނެޓް
29 April 2025
އަދަބުގެ ބަދަލުގައި ރިވޯޑެއްގެ ގޮތުގައި އޭނަ ހުރީ ކެބިނެޓުގައި ބަހައްޓާފަ މުއިއްޒު.
ހާމަ333
29 April 2025
ތިއީއޭ މައްސަލައަކީ މިނިސަޓަރެއްވީމަ ދެން ކޯޗެއް ފޮރުވަން މިއުޅެނީ...ކާކު ގަބޫލުކުރާނީ މިނިސްޓަރެއް ދިރިއުޅޭ މިލިއަނުން ހަދާފަ ހުރި ގެެއެއްގެ 4000ރ ގެ ކެމެރާ ސިސްޓަމެއް ފެއިލްވެފަ ހަލާކުވެފައޭ ބުނީމަ...އަހަރެން ބޭނުން ނުކުރާ ކެމެރާ ސިސްޓަމެއް އެބަހުރި ދީފާނަން ބޭނުމިއްޔާ...
ބަޑޭރަމީޒު
29 April 2025
ނަސީބެއްނު ފުލުހުން ނުބުނިކަން މއ.މާންދޫގެ ދެކުނުގޭ ނަމަކަށް ކިޔާ ގެެއެއްވެސް އެތާކުނެތޭ މިހާރު. ބަޔަކުއަވަދިވެދާނެ ހުވާ…
ބޮއްސުން
29 April 2025
ހުރިހާ ކަމެއް ތިވަނީ ބޮއްސުންލާފައެވެ. އިހުސާންގެ ބާރުގެ ނުފޫޒުން ކޮންމެ ކަމެއްގައި ތަޅުލަނީއެވެ. މުޅިން ރޭވިގެން ހިންގާ ކިޗަން ކެބިނެޓްގެ ޖަރީމާ ތަކެވެ.
ޗވބޗވ
29 April 2025
ތިކަން ތި ނޫން ގޮތަކަށް ދިޔަނަމަ މަ އަޖައިބުވީސް. ވެލްކަމް ޓު މޯޑީސް.
ގޮހޮޑާ
29 April 2025
ރައީސް މުއިއްޒުއަށް ވަރަށް އިހުތިރާމާއެކު ދަންނަވަމެވެ. މިވަގުތު މަނިކުފާނު އެންމެ އިސްކަމަކަށް ކުރައްވަން ވީކަމަކީ މިނިސްޓަރ އިޙުސާނާއި މިނިސްޓަރ އަމީން މަޤާމުން ވަކި ކުރެއްވުމެވެ. އެހެން ނޫންނަމަ މަނިކުފާނުގެ ތާއީދު ދާނީ ދަށަށެވެ. ސަރުކާރެއް ވަކި ބައެއްގެ ދަށުވާކަށް ނުޖެހޭނެއެވެ. އެ މަޤާމުތަކަށް ޤާބިލު އެތައް ބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ. އަމީން ވަކިކުރިޔަސް ސަރުކާރުގެ ޓެކްސީ ލައިންގެ މަސައްކަތް ހުއްޓައިނުލައި ކުރިއަށް ގެންދަވައްޗެވެ.
ނުފޫޒު
29 April 2025
މިކަހަލަ މީހުންނާ ޖެހުނީމަ ނޫހަށް ރައްޔިޔުން ކުރާ ކޮމެންޓު ތައް ވެސް ތާށިވެ އޮބިއެޅޭ.
ހެހެހެހެހެހެ
29 April 2025
މީނާ ދޫކޮއްލެވޭ ކަށް ވެސް ނެތް، ގޮވައިން އުޅެވޭ ކަށް ވެސް ނެތް - މުއިއްޒު ރައިޓް ނައު