29 އެޕްރީލް 2025 - 09:15
ފަސް މީހުންނާއެކު، ގދ. ގައްދޫން ފުރައިގެން ދަތުރުކުރި މުދާ އުފުލާ ދޯނި ރޭ ފަތިހު ފެނިއްޖެ އެވެ.
ކޯސްޓްގާޑުން ބުނީ "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ ދޯނި ފެނުނީ ރޭ ފަތިހު 4:00 ހާއިރު، ގއ.ވިލިނގިލީގެ އިރު އުތުރުން 48 މޭލު ބޭރުން ކަމަށެވެ. އެ ދޯނި ފެނުނު އިރު އޮތީ އިންޖީނު ހުއްޓިފަ އެވެ.
ސިފައިން މިހާރު އަންނަނީ ވެރިފަރާތާ ގުޅިގެން ކައިރި ރަށަކަށް ދޯނި ބަނދަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ދޯނީގައި ތިބީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ. އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުންޏެވެ.
ގައްދޫން ހުޅުމާލެއަށް ދިއުމަށް ދޯނި ފުރީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 8:00 ހާއިރެވެ. ދޯނިފަހަރު ޓްރެކް ކުރާ "ފޮލޯ މީ" އެޕްއިން ދައްކާ ގޮތުގައި، އެ ބޯޓުގެ ޓްރެކިން ސިގްނަލް ކެނޑިފައި ވަނީ ގއ. އަތޮޅު ހުރަސްކޮށް، ހުވަދޫ ކަނޑުގެ ވަކި ހިސާބަކަށް ދިޔަ ފަހުން، ރޭ 8:04 ހާއިރެވެ.
އޭގެ ފަހުން ފުލުހުންނަށް އެ ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ ރޭގެ ދަންވަރު 2:40 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިޝަން އެއް ނޫންބާ
29 April 2025
ސަލާމަތީ ފުރިހަމަ ކޮށްލަން ވެސް ތި ދޯނިތަކުގަ ލާރި ނެތީބާ ؟؟؟!!
ކޮރަލް
29 April 2025
ސެޓެލައިޓް ފޯން އިންސްޓޯލްމަންޓް އަށް ލިބޭނެ ގޮތް ހަދާދޭން ވީ އެވެ.
ގަނޑިއަ
29 April 2025
ބޮޑެތި ކަނޑުތަކުގައި ދިގުދަތުރުކުރާ ދޯނިފަހަރަށް މަޖުބޫރުކުރަންވީނުން ސެޓެލައިޓް ފޯނުބޭނުންކުރަން، އޭރުން ނެޓްވޯކް ފެއިލްވިޔަސް ގުޅޭނެ. ނޫނީ ޑިސްޓްރެސް ސިގްނަލްފޮނުވާ ޑިވައިސް ނަމަވެސް...ގައުމުގެ ކޮންމެ ރެށެއް ވަށައި ކަނޑުއޮންނައިރު މިނިޒާމު ވަރަށް ހަދުދަނާ ވާންޖެހޭނެނުންތޯ!!
ބުރުޖު
29 April 2025
ތިއަށްވުރެ އޮޑިވެރިޔާ ދަހިއޭ. އޮޑިވެރިޔާ ބަލަނީ ކޮންމެގޮތެއް ހަދާފަވެސް ފައިސާ ލިބޭނެގޮތެއް. އެވަރިހަމަ އޮޑިއާ އޮޑީވެ ފަޅުވެރިން ކޮންމެ ހާލެއްގަ ތިއްބަސް.
ރަދީފްއޮފިޝަލް / ދަތުރަށް ފުރުމުގެ ކުރިން ވިސްނުން
29 April 2025
އުފާވެރި ޙަބަރެއް.
ބޭބެ 3
29 April 2025
ސިފައިންނަށް ތިޔަ ދޯނި ތިޔަ ފެނުނީ އެމީހުންނާއި ގުޅުނީމަ. އެނޫންނަމަ މާލެއިން ފުރައިގެން ތ އަތޮޅަށް ދަތުރުކުރި ކޮޅުވެއްޓި ނުފެނުނުގޮތަށް، ތި ދޯނިވެސް ގެއްލުނީސް. މީ ރާއްޖޭ ސިފައިން ވަރަށް ބޮޑަށް ދަސްކުރަންޖެހޭކަމެއް.