ސަރުކާރުގެ ފަރާތުން ހުށަހެޅި ދުންފަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ސްޕޮންސާ ކުރެއްވި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގް -- ފޮޓޯ: މަޖިލިސް
30 އެޕްރީލް 2025 - 13:10
ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވި ކިނބިދޫ ދާއިރާގެ މެންބަރު އަލީ އަޝްރަގަށް ސޯޝަލް މީޑިއާގައި މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ގޮވާލައިފި އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް އަލަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ބުނީ ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ އޮތަސް އެ ފަދަ އެއްޗެއް ވިއްކާއިރު އެ ގަންނަނީ ޖެނުއަރީ 1، 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުއްޖަކު އަދި އުމުރުން 21 އަހަރުން ދަށުގެ މީހަކު ނޫން ކަން ކަށަވަރުކުރުމަކީ އެ ވިއްކާ މީހެއްގެ ޒިންމާއެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކް ވިދާޅުވީ، މި ބިލު ހުށަހެޅުމާ ގުޅިގެން ހުށަހެޅި މެންބަރުގެ ފުރާނަ އަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ދުންފަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ޚަބަރެއް ހިއްސާކޮށް ސޯޝަލް މީޑިއާގައި އެގޮތަށް ލިޔުނު މައްސަލަ ކުށްވެރިކޮށް، އެ މައްސަލަ ބަލަން ވަނީ ގޮވާލައިފަ އެވެ.
އެ ވާހަކަ އަށް ތާއީދު ކުރައްވަމުން މައިނޯރިޓީ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވީ، މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ނާޒިލް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއްގެ ޒިންމާ، ހުށަހަޅާ މެންބަރު ސަތޭކަ ޕަސެންޓަށް ނަގަން ޖެހޭ ނެގުމަކީ ދުވަހަކު ވެސް މަޖިލީހުގައި ކަން ހިނގާފައިވާ ގޮތެއް ނޫން ކަމަށެވެ.
ނާޒިލް ވިދާޅުވީ ސަރުކާރުން ބިލު ހުށަހެޅުމަށް ފަހު، ބިލުގައި ރައްޔިތުންގެ ކަންބޮޑުވުން އޮތް ނަމަ، އެ ކަންބޮޑުވުންތަކަށް މަޖިލީހުން އަބަދުވެސް ރިއާޔަތްކޮށް ކޮމިޓީ މަރުހަލާގައި އިސްލާހު ގެންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލި
01 May 2025
ކެމްޕޭނުގަ ބެހި ސިގިރޭޓް ކޮބާ!
ޖެނެރަލް ވާންޗޯ
30 April 2025
ސިގަރޭޓް ބޯ މީހުން އައް ވެސް އިހްތިރާމް ކޮށްބަލަ، މުސާރަ އެހާކުޑަ ސިގަރޭޓް އަގު އެހާ ބޮޑު
ވަޓް އަ ޖޯކް
30 April 2025
އިހުތިރާމް ކުރަންޖެހޭ ޢަމަލެއްނޫން އެއީ. ހަމްދަރުދީ ވަނީ
ކޮރަލް
30 April 2025
ދާއިރާގެ މީހުންނަށް މިމީހުނާ ބައްދަލުވެވޭނެ އޮފީހެއް ނެތެވެ. މަޖްލިސް އާ އިމާރާތުން މިމީހުންނަށް ދިން ކޮޓަރި ތަކުން މިމީހުނާ އާއްމުންނަށް ބައްދަލު ކުރެވޭނެ ގޮތެއް ހަދާ ދޭން ވީ އެވެ. ސެކިއުރިޓީ އާ އެކު އެވެ. އީވާ ވެސް 15 އަހަރު ކޮށްފަ ދިޔަ އިރު މޫނު ފެންނަނީ ކޮންމެ 5 އަހަރަކުން އެއް ފަހަރު އެވެ.
އަޅި އަލީ
30 April 2025
އަބަދަކު ނޭބުރޭނެ! މިހާލު ނުޖައްސާ! އަބަދު އޮޅަން މޮިޖެހެނީ!
ކޮވެލި
30 April 2025
ތިކަން ތިކުރަނީ ވަގު ވިޔަފާރި ކުރަން ގޭންގްތަކަށް ފުރުސަތު ދޭން. އަދި ތިގޮތަށްހޯދާ ފައިސާ އިން ސިޔާސީ ކެމްޕޭން ފަންޑު ކުރަން. 5 ވަރަކަށް ކޮންޓޭނަރު ސިނގިރޭޓުން އެކަނި ކެމްޕޭން ފަންޑު ކޮށްލެވޭނެ.
ވަންޗޫ
30 April 2025
ދުންފަތުގެ ބިލް ސަރުކާރުން ހުށަހެޅީތީވެ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. މިކަމަކީ ގައުމުގެ ރައްޔިތުންގެ މުސްތަގުބަލަށް ބަޔަކު ގުރުބާންވެގެންވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް. މިކަމެއް ނުކުރެވޭނެ ވެރިކަމަށް ބޫތުކައިގެން ވެރިކަމަށް އަރާމީހަކަށް. އިޙްލާސްތެރި ހިތަކުން ހިދުމަތްކުރަން ނިކުންނަ މީހަކަށް މިކަހަލަ ޑެސިޝަންތައް ނަގަން ކެރޭނި! މިކަމުގައި ހުރިހާ ޕާޓީތަކެއް އެއްބައިވުމަށް ގޮވާލަން! މިކަމަށް ވިޔަވާރިވެރިންވެސް ދެކޮޅުވާނެ!
ނުރައްކާ ފަތް
30 April 2025
ދުންފަތުގެ ދިފާއުގައި ވާހަކަ ދައްކާނީ ބުއްދި ގޯސްވެފަހުރި މީހެެއް. އަހަރެމެން ކުޑައިރު ވިޔާނުދާ ނުވަތަ އަހަރެމެނަށް ގެއްލުމެއް ލިބިދާނެ ކަންކަމުން ދުރުކުރަން މައިންބަފައިން އަހަރެމެނަށް އަދަބުދީ ހަދާ. އެކަމުން ލިބުނީ ފައިދާ. ދުންފަތުން ދުރުކުރަން ކުރެވޭ ކަންކަމަކީވެސް ހަމަ އެކަހަލަ ކަމެއް. ތިމާއަށް މާލީ ގޮތުންނާއި، ސިއްހީ ގޮތުންވެސްް އޮތް ބޮޑު ނުރައްކަލަކުން ދުރުކުރަންކުރާ މަސައްކަތާ އިދިކޮޅަށް ތެދުވީމާ އެނގެނީ ދުންފަތުގެ ނުރައްކާ އޮތް މިންވަރު
ފުލުހުންނަށްތަ؟ ނުބެލޭނެ ތިމައްސަލައެއް!
30 April 2025
އެންމެގެ ކުރިމަތީގައި ފަހާ ދުވެ ގޮސް މީހުން ކަތިލައި މަރާލީމައި ވެސް މައްސަލަ ނުބެލޭ ތަނެއްގައި އަދި މަރާލާނަމޭ ބުންޏަކަސް އެމައްސަލަ ބެލޭނީ ކިހިނަކުން ހެއްޔެވެ؟