ރިޕޯޓް

ކުޑަހުވަދުއަަށް ދެން ކުރިމަގެއް އޮތީ އާބާދީ އިތުރުކޮށްގެން، ހައުސިން ޕްރޮޖެކްޓަކީ އޭގެ ފެށުން!

ކުޑަހުވަދޫގެ އާބާދީ ކައިރި މުސްތަގުބަލެއްގައި 10،000 އަށް އިތުރުކޮށް، ސިޓީއެއްގެ ދަރަޖަ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި.

ކުޑަހުވަދޫ ބަނދަރުމަތީގައި އަޅާފައިވާ ދޯނިތަކެއް.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ތަރައްގީގެ ގޮތުން މާލެ ފިޔަވައި ދ. ކުޑަހުވަދުއާ އަޅައި ކިޔޭނެ އިތުރު އެހެން ރަށެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. އެއީ ވިޔަފާރީގައި އެ ސަރަހައްދުގެ މައި ހަބެވެ. ވަޒީފާގެ ފުރުސަތުތައް އެހާ ތަނަވަހެވެ. ތައުލީމު ހާސިލް ކުރަން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން އެންމެ ގިނައިން ގޮސް އުޅޭ ރަށަކަށް މިހާރު ވެފައި ވަނީ ހަމަ ކުޑަހުވަދޫ އެވެ.

ކުޑަހުވަދު އަށް އެރި މީހެއް ނަމަ މިހާރު ސިފަވަމުން އަންނާނީ ތަރައްގީގައި އެ ރަށް އެހެން އުސްމިނަކަށް ދާންޖެހޭނެ ކަމެވެ. ގިނަ ވަސީލަތްތަކެއް ފަހިވެފައިވާތީއާ އެކު، ސިޓީއެއްގެ ދަރަޖަ ލިބެންޖެހޭ ރަށްރަށުގެ ލިސްޓަށް ކުޑަހުވަދޫ އަރަން ޖެހޭ ކަމަށް އިއްތިފާގުވާ މީހުން ވެސް މަދެއް ނޫނެވެ.

އެ ރަށު ކައުންސިލްގެ ރައީސް ޖާދުﷲ ހަމީދު ވިދާޅުވި ގޮތުގައި އެ ތަރައްގީތަކާ އެކު، މީހުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ވެސް ވަނީ އައިސްފަ އެވެ. އިތުރު ހަރުފަތަކަށް ގޮސް، ކައުންސިލުން ވެސް މިހާރު މިސްރާބު ޖަހާފައި ހުރީ ސިޓީއެއްގެ ދަރަޖަ ހޯދުމަށެވެ.

ގާނޫނު އޮންނަ ގޮތުން އެއްވެސް ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބޭނެ އެ ތަނެއްގެ ރަޖިސްޓަރީގައި މަދުވެގެން 10،000 މީހުން ހަމަވެގެންނެވެ. ކުޑަހުވަދޫގެ ދާއިމީ އެޑްރެސްގައި މި ވަގުތު 3،600 މީހުން ތިއްބަސް، އެހެން ރަށްރަށާ ހިލާފަށް އެ ރަށުގައި ދިރިއުޅޭ މީހުން ގިނަ އެވެ.

ޖާދުﷲ ވިދާޅުވި ގޮތުގައި މި ވަގުތު ވެސް ކުޑަހުވަދޫގައި 5،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ. އެހެންވެ، ކައިރި މުސްތަގުބަލެއްގައި އެ އަދަދު 10،000 އަށް އިތުރުކުރުމަކީ ކައުންސިލްގެ އެންމެ ބޮޑު އަމާޒެވެ. އެކަން ހާސިލްކުރުމުގެ ފުރަތަމަ ފިޔަވަހި މި ފަހުން ވަނީ ފަށައިފަ އެވެ.

ކުޑަހުވަދޫގައި އާރުސީސީން އިމާރާތްކޮށް ވިއްކާ ފްލެޓްތައް ހަދާ ބިން އެ ކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިދިޔަ މަހު ސޮއިކުރުމަށް ފަހު އާރުސީސީ އާއި ކައުންސިލްގެ އިސްވެރިން ފޮޓޯއަކަށް ހުއްޓިވަޑައިގެން.---ފޮޓޯ: ފަޔާޒު މޫސާ| މިހާރު

އާއްމުންނަށް ގަނެވޭ ގޮތަށް އާރުސީސީއާ އެކު، 160 ފްލެޓު އިމާރާތް ކުރުމުގެ މަޝްރޫއުގައި މިދިޔަ މަހުގެ 22 ގައި ވަނީ ސޮއިކޮށްފަ އެވެ. މިއީ، އިމާރާތް ކުރުމުގެ ވިޔަފާރިކުރާ ކުންފުންޏަކުން މާލެ އިން ބޭރުގައި މި ގޮތަށް ހިންގާ ގެދޮރުވެރިކަމުގެ ފުރަތަމަ ޕްރޮޖެކްޓެވެ. އާރުސީސީ ފަދަ އިމާރާތް ކުރުމުގެ ދާއިރާގައި ތަޖުރިބާހުރި ވިޔަފާރީގެ ފަހި ފުރުސަތުތައް ދަންނަ ކުންފުންޏަކުން ކުޑަހުވަދު އަށް "ހިތްކިޔާނީ" ވަރަށް ބޮޑު ޔަގީންކަމެއް އޮތުމުންނެވެ. ރަނގަޅު، ނަފާވެރި މުސްތަގުބަލެއް ނުފެންނަ ނަމަ އެފަދަ ކުންފުންޏަކުން އެ ވަރުގެ އިންވެސްޓެއް ނުކުރާނެ އެވެ.

ކުރިއެރުން ލިބޭނީ އެއްފަސްކޮށްގެން

މަޑުމަޑުން ކުރިއަރަމުން ގޮސް، ކުޑަހުވަދޫގެ އާބާދީ އަށް ބޮޑު އިތުރުވުމެއް އައީ ސުނާމީގައި ގެއްލުން ލިބުނު ރަށްތަކުން މީހުން ބަދަލުކުރުމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު 2000 ވަނަ އަހަރު ކުޑަހުވަދޫގެ އާބާދީއަކީ 1،232 އެވެ. އޭގެ ހަ އަހަރު ފަހުން އެ އަދަދު ވަނީ 1،639 އަށް އިތުރުވެފަ އެވެ.

ރަށުގެ އާބާދީ އިތުރުވަމުން ދިޔަ ވަރަކަށް ވިޔަފާރިތައް ވެސް ފުޅާވި އެވެ. ކައިރީގައި އޮތް ފަޅުތަކުގައި ހިންގާ މަތީ ފަންތީގެ 11 ރިސޯޓު އަދި އެ ރަށުގައި އޮޕަރޭޓު ކުރާ ދާލު އެއާޕޯޓާ އެކު، ވަޒީފާ ނުލިބިގެން މިހާރު މީހަކު ހުންނާކަށް ނުޖެހޭނެ ކަމަށް، ދ. އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު ޝާފިއު ވިދާޅުވި އެވެ.

"އަހަރެއް ދެ އަހަރެއްގެ ތެރޭގައި މި ރަށުގައި ދިރިއުޅޭ އާބާދީއަށް ވުރެ މަސައްކަތްތެރިންގެ އާބާދީ ބޮޑުވާނެ ކަމަށް ލަފާކުރެވޭ،" އަތޮޅުގައި މިހާރު ހަދަމުން އަންނަ ދެ ރިސޯޓު ހިންގަން ފެށުމުން އަންނާނެ ބަދަލުތަކާ ގުޅޭގޮތުން ޝާފިއު ކުރިން "މިހާރު" އަށް ވިދާޅުވި އެވެ.

ދ. ކުޑަހުވަދޫގެ މަގެއް: ވަޒީފާގެ ފުރުސަތުތައް ފަހި މި ރަށުގައި ޒުވާނުން މަގުމައްޗަށް ގިނަވެގެން އުޅޭ މަންޒަރެއް ނުފެނޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވީ އަމިއްލަ ތަންތަނުގައި ވެސް މިހާރު ހުރީ ވަޒީފާތައް ފުލްވެފަ އެވެ. އާ ސިނާއަތެއް ފުޅާވެގެން ނޫނީ ދެން އަންނަން އޮތް ޖީލަށް ވަޒީފާ ނުލިބޭނެކަމަށް ގަބޫލުކުރާތީ ކައުންސިލުން މިހާރު ބޭނުން ވަނީ ލޯކަލް ޓޫރިޒަމް ފުޅާކުރާށެވެ.

ދުވާލަކު މަދުވެގެން ފަސް ފްލައިޓު ޖައްސާ ކުޑަހުވަދު އަށް ދަތުރުކުރުމުގައި ހުރި ފަސޭހަތަކާ އެކު އެއީ ވެސް އުނދަގޫ ކަމެއް ނޫނެވެ.

ދާލު އެއާޕޯޓް ހޯލްޑިންސްއާ ހަވާލާދީ، ކައުންސިލުން ބުނީ އެ އެއާޕޯޓު ބޮޑު ކުރުމުގެ މަޝްރޫއުއަށް ފަހު، ބައިނަލްއަގްވާމީ މާކެޓުތަކަށް ދަތުރުތައް ފަށާނެ އެވެ.

"އެ މަސައްކަތް ވެސް އެބަކުރަން. ހަމައެކަނި ޓާގެޓެއް ކަނޑައަޅަނީ އެއް ނޫން. އެއް އެޕާޓްމަންޓް ފުލްވާއިރަށް އަނެއް އެޕާޓްމަންޓް ހަދަން ފަށާނަން،"--- ކައުންސިލްގެ ރައީސް ޖާދުﷲ

އޭގެ އިތުރުން ސަރުކާރުން ކުޑަހުވަދޫގައި އިމާރާތް ކުރަން ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލާ އެކު، ރަށަށް ބަދަލުވާން ބޭނުންވާ މީހުން ގިނަވާނެކަން ޖާދުﷲ ފާހަގަކުރެއްވި އެވެ.

"ކުރިން އަޅުގަނޑުމެން ތިބި ހާލަތާ، މީހުން އައީމަ އައި ބަދަލާ، އެ އެއްޗެހި ފެނި، ތަޖުރިބާކޮށްފައި ހުރީމާ އަޅުގަނޑުމެންނަށް އެބަ އެނގޭ އާބާދީ އިތުރު ކޮށްގެން ނޫނީ ދެން ކުރިއަށް ދެވެން ނެތް،" ޖާދުﷲ ވިދާޅުވި އެވެ.

"މި މަސައްކަތްކުރަނީ އާބާދީ ދެ ގުނަކޮށް، ކައިރި މުސްތަގުބަލެއްގައި ސިޓީއަކަށް ކުޑަހުވަދޫ ގެނެވޭތޯ. އާބާދީ 10،000 ހަމަކުރުން ޓާގެޓަކީ."

ކުޑަހުވަދޫ ކައުންސިލުގެ ރައީސް ޖާދުﷲ ހަމީދު، މިދިޔަ ޑިސެމްބަރު މަހު "މިހާރު" އަށް އިންޓަވިއު ދެއްވަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު

އާބާދީ އިތުރު ކުރުމާ އެންމެ ބޮޑަށް ގުޅިފައިވާ އެންމެ މުހިންމު ޕްރޮޖެކްޓަކީ ކައުންސިލުން ދެކޭގޮތުގައި ނަމަ އާރުސީސީގެ ހައުސިން މަޝްރޫއެވެ. އެ މަޝްރޫއު ކާމިޔާބުވެއްޖެ ނަމަ އެ އޮތީ ކުޑަހުވަދޫ އިތުރު އުސްމިނަކަށް ދިއުމުގެ ފުރަތަމަ މަރުހަލާ ނިމިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި 44 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ "މާވޭރު" އެޕާޓްމަންޓުތައް ވިއްކަން ނިންމާފައިވަނީ 1.5 މިލިއަން ރުފިޔާއަށެވެ. އެއީ ކައުންސިލާއި އާރުސީސީ އަށް ވެސް ފައިދާވާ ގޮތަށެވެ. އެ އެޕާޓްމަންޓުތައް އަޅައި ނިމުމުން 180 އެޕާޓްމަންޓް އަޅަން ހައުސިންގެ ދެ ވަނަ ޕްރޮޖެކްޓު ފަށާނެ އެވެ.

ކުޑަހުވަދޫ ކައުންސިލުން ބުނީ އަމާޒަކީ ޖުމްލަ 320 އެޕާޓްމަންޓާއެކު އާބާދީގެ ޓާގެޓު ހާސިލްކުރުން ކަމަށެވެ.

"އެ މަސައްކަތް ވެސް އެބަކުރަން. ހަމައެކަނި ޓާގެޓެއް ކަނޑައަޅަނީ އެއް ނޫން. އެއް އެޕާޓްމަންޓް ފުލްވާއިރަށް އަނެއް އެޕާޓްމަންޓް ހަދަން ފަށާނަން،" ޖާދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ތިން ކޮޓަރީގެ އެޕާޓްމަންޓުތަކަށް ކުލި ދެއްކުމުގައި، ކުޑަހުވަދޫގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ލުއިތަކެއް ލިބޭނެ އެވެ. އެއީ ވެސް ރަށަށް ރަޖިސްޓްރީ ބަދަލުކުރަން ހިތްވަރު ދިނުމަށް ކުރާ ކަމެކެވެ. ނަމަވެސް، އެ އެޕާޓްމަންޓުތައް ހަދަނީ ކޮންމެ ރަށެއްގެ މީހަކަށް ވިއަސް ގަނެވޭ ގޮތަށެވެ.

ކުޑަހުވަދޫގެ ބަނދަރުގައި ހަދާފައިވާ ބޮޑު ފިހާރައެއް. މި ރަށުގައި ބޮޑެތި ވިޔަފާރިތައް ކުރޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އެ ޕްރޮޖެކްޓުގައި ސޮއިކުރި ފަހުން، ގެދޮރު އިމާރާތްކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ އިތުރު ކުންފުންޏަކުން ވެސް ވަނީ ކުޑަހުވަދޫގައި ފްލެޓު އެޅުމަށް ބިން ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

"އެ ވާދަވެރިކަން މިހާރު އުފެދިއްޖެ،" ޖާދުﷲ ވިދާޅުވި އެވެ.

ކިޔަވަން ކުޑަހުވަދުއަށް ބަދަލުވެފައިވާ މީހުންނަށް ހާއްސަކޮށްފައިވާ ދަނާލުގެ 14 އެޕާޓްމަންޓު ފުލްވެ، ރަށުގެ ގޭގެ ކުއްޔަށް ނަގައިގެން ދިރިއުޅޭ މީހުން ވެސް މަދެއް ނޫނެވެ. ޝާފިއު ވިދާޅުވީ، ރަށުގައި މިހާރު ހުސް ގެ ތަކެއް ނެތެވެ.

މިދިޔަ އަހަރު ނިމުނުއިރު ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ތައުލީމީ މަރުކަޒުން 816 ކުދިން ކިޔެވި އެވެ. އޭގެ ތެރެއިން 200 އެއްހާ ކުދިންނަކީ ރަށުން ބޭރުން ކުދިންނެވެ.

"އެ ވަރުގެ ޑިމާންޑެއް އެބައޮތްކަން ވެސް އެނގޭ ކައުންސިލަށް. އެކަން ތަރައްގީ ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަންޖެހޭ،" ޝާފިއު ވިދާޅުވި އެވެ.

ރަށުގެ އުމްރާނީ ތަރައްގީ އަށް އިތުރު ބިން ބޭނުންވާ ނަމަ 12 މޭލަށް ހިއްކާނެ ތަން މިހާރު ވެސް އެބައޮތެވެ. ފަހި މުސްތަގުބަލެއް އޮތީ ކައުންސިލުން ވެސް ބުނާ ގޮތުގައި ކުޑަހުވަދޫ ފަދަ ރަށްތައް އެއްފަސްކޮށްގެންނެވެ.

"ހިޖުރަކުރަން ފަހި، އަމާން ވެއްސެއް. ސައިކަލުގައި ތަޅުދަނޑި ޖަހާފައި ރޭގަނޑު ނިދާކަށް ވެސް ފަހެއް ނުޖެހޭ، އަމާންކޮށް އޮތީ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލްގެ އަމާޒު ކަމަށްވާ ސިޓީގެ ދަރަޖަ ލިބުމުން ކުޑަހުވަދުއަކީ ދެން ހަމަ އެއްވަނަ ކަމަށް ކައުންސިލުންނާއި އެ ރަށުގެ ރައްޔިތުން ގަބޫލުކުރަނީ ތަރައްގީ ފެނި އެކަން މިހާރު ވެސް ތަޖުރިބާ ކޮށްފައި ވާތީ އެވެ. އެ ރަށުގައި ގިނަގިނައިން ހައުސިން މަޝްރޫއުތައް ހިންގި ވަރަކަށް ބޭނުންވާ އަމާޒުވާ ހާސިލްވާނެ ކަމުގެ ޔަގީންކަން މިހާރު ރައްޔިތުންނަށް އެބައޮތެވެ.

33 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 10%
icon inlove icon inlove 60%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޕޫރުބެ

15 May 2025

ކުޑަހުވަދުއަށް ދިރިއުޅުން ބަދަލުކޮށްލަނީ! ކޮބާ ޕެކޭޖަކީ؟؟؟

The name is already taken The name is available. Register?

އާދަނު ސޭޓް

15 May 2025

ކުޑަހުވަދޫ އެއީ ވަރަށް އަމާން ތަނެއް ނަމަވެސް ސައިކަލުގެ މަޑިދަށުގަ އެއްޗެއް ނުބެހެއްޓޭނެ. ތަޅުދަޑި ނުޖަހާ ހުޓަސް ދުއްވާފައި އެމީހުން ބޭނުން ތަނެއްގަ ބައިދާފަ ދަނީ. މިހާވަރަކަށްް އަމާން ވާނީ.

The name is already taken The name is available. Register?

އެމްސް

15 May 2025

އާބާދީ އިތުރުުވާނީ އިޤްތިސާދީ ވަސީލަތްތައް ހުރެގެންނެވެ! ހުރިހާކަމެއް ބޭރުމީހުނަށް އޮވެގެނެއް އެކަމެއް ނުވާނެެއެވެ!

The name is already taken The name is available. Register?

ތަރައްގީއަށް މިގޮތް ކިހިނެއްތޯ؟

15 May 2025

އަލަށް ޒަވާޖީ ހަޔާތް ފަށާ ކުދިންނަށް މިއޮޕްޝަންތަށް ހުޅުވާލަދޭންވީނު، ރަށުގަ އުޅެން އަދި ރަށުގަ ވަޒީފާ އަދާކުރާގޮތަށް ޝަރުތުކޮށް ގޯތި ދޭންވީނުންތޯ.

The name is already taken The name is available. Register?

ޙަސަން އަޙްމަދު

15 May 2025

ބައެއް މީހުންނަށް ހީވަނީ ރަށަށް ސިޓީގެ ދަރަޖަ ލިބުނީމާ އެއޮތީ ހަތަރެސްކަން ވަށް ވެފައޭ. އަޖައިބަކީ ތިޔަ ބުނާ ދަރަޖަ ލިބުނު އެއްވެސް ރަށަކަށް ނަން ބޯޑު ނޫން އެއްޗެއް ނުލިބޭކަން. ދަރަޖައަށް ވުރެ މުހިއްމީ ރަށު މެންބަރުންނަކީ ނުފޫޒު ހުރި ބަޔަކަށް ވުމާ ޕާޓީ ސިޔާސަތަށް ރަށުގެ ނުފޫޒު ގަދަކުރުން. އެއިރުން އެއާޕޯޓުތަކާ ކަދުރުރުއްތައް މަލަމަތިން ފެންނަން ފަށާނެ ސިޓީތައް އޮންނާނީ އޮތްތާ.

The name is already taken The name is available. Register?

ރިޒޯޓްބޯއީ

15 May 2025

ޖާދުﷲ ވެސް މޮޅުވާހާކާ ދައްކާނީ! ރަށުގަ ސަރުކާރު ފަޅީގެ ބޮޑު މެޖޯރިޓީއެއް އޮންނާތީ، ތިޔަ ރަށު ކައުންސިލު މެމްބަރުންނަކީ ސިޔާސީ ހައެއްކަ މީހުންގެ ކޮލިޓީއަކުން އައްޔަން ކުރާ ބައެއް! ޖާދުﷲ އަށްވެސް ޓިކެޓް ދިނީ އެ މީހުން ބުނާހާ ގޮތެއް ހަދައިގެން ހުންނަމަތި.... ތިޔަ ކައުންސިލަކީ ހުސް ޕަޕެޓުން... އުޑެއްބުޑެއް ދަންނަ އެކަކުވެސް ނުހުންނާނެ ކުޑޭ ނޫނީ... ކުޑަހުވަދޫގެ ރައްޔެތުންނަށް ތަނަވަސްކަމެއް ލިބި، ސިޔާސީންގެ ބާރު ގެއްލިދާނެތީ ގެސްޓް ބީޗެއް ނުދީ ތިބެނީ.

The name is already taken The name is available. Register?

ރަށްވެހި

15 May 2025

ރަށެއް ތަރައްގީވާނީ އެ ރަށެއްގެ ރައްޔިތުން އެ ރަށަކަށް އިންވެސްޓްކޮށް ޚިދުމަތްތައް ތަރައްގީކުރާ މިންވަރަކުން. އަދި އެ ރަށެއްގައި އާބާދީވެސް އޮންނަ މިންވަރަކުން. ކުދިކުދި ރަށްރަށް ތަރައްގީއެއް ނުކުރެވޭނެ. އެކަން ވިސްނެންވެއްޖެ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

15 May 2025

ކިތެމެ ފަށުވިކޮން ލިއުނަސް ހިޖުރަކުރާނީ މާލޭ ސަރަހައްދައް! ކުޑަހުވަދޫ މީހުންވެސް ބޭސްފަރުވާ ކުރަނީ މާލެއިން ވީމަ ކައިރި ރައްތަކު މީހުން ރައްދޫކޮއްލާނަމަ ކީއްކުރަން ކުޑަހުވަދުއައް ހިޖުރަ ކުރަންވީ

The name is already taken The name is available. Register?

1828

15 May 2025

މާލެ ސަރަހައްދަކީ ހައްލު ތޯ؟

The name is already taken The name is available. Register?

އަލިބޭބެ

15 May 2025

ހެޔޮނުވާނެ ރަތްމަންދޫ މީހުންނަކީވެސް ވަރަށް ތަރައްޤީވާހިތުން އުޅޭ ބައެއް. އެމީހުން ގެންދަން އުޅެބަލަ ޖާދުﷲ ޕލޒ. އެމީހުން ބޭނުންވަނީ ތިކަހަލަ ޒަމާނީ ރަށަކަށް ބަދަލުވާން. އެމީހުން ވަރަށް އުފާވާކަމެއްކަމަށްވަނީ ފްލެޓަކަށް ގެންދިއުން. އެހެންގޮތެއް ނެތިއްޔާ ރަތްމަންދޫ ތުނޑީގައި ފްލެޓްކޮޅެއް އަޅާފާވިޔަސް އެމީހުން އެބަޖެހޭ ގެންދަން. ޕްލޒ ކުޑަހުވަދޫ ތީ ހަމަ ވަރަށް ރަނަގަޅު ރަށެއް.

The name is already taken The name is available. Register?

އިންސާފަކީ ކޮބާ؟

15 May 2025

ތިޔަ ބުނާ ކުޑަހުވަދޫއިން ގޯތި ދޭއިރު ބަލަނީ ކައުންސިލުން ހިތް އެދޭ މީހުންނަށް ބަހާ ނިންމާލަން. މައިން ބަފައިންގެ ގޯތި އޮވެ އަނބި/ފިރިންގެ ގޯތި އޮންނަ މީހުންނަށް ދޭއިރު، ރާއްޖޭގެ އެއްވެސް ތަނެއްގަ އަމިއްލަ ތަންކޮޅެކޭ ބުނާނެ އެއްވެސް ތަންކޮޅެއް ނެތް މީހާއަށް ގޯތި ނުލިބޭ. ވަރަށް ބޭއިންސާފުން ކަންތައްތައްކުރާ ވަރަށް ދޮގު ހަދާ ކައުންސިލެއް އޮންނަ ރަށެއް ތިއީ.

The name is already taken The name is available. Register?

ފެރަ

17 May 2025

ޙުރިހާ ރަށެއްގެވެސް ހާލު ތީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454