ރައީސް ވިދާޅުވީ، ހަ މަސް ތެރޭގައި މަޝްރޫއު ނިންމާނެ ކަމަށް.
ރައީސް މިއަދު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ
03 މެއި 2025 - 19:04
ކުރިއަށް އޮތް 10 އަހަރަށް ބޭނުންވާ ވަރަށް އައްޑު އާއި ފުވައްމުލަކުގެ ކަރަންޓުގެ ކެޕޭސިޓީ މަތިކުރުމުގެ މަޝްރޫއެއް ފަށަން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދުގެ ހެނދުނު 10 އިން ފެށިގެން ރައީސް އޮފީހުގައި އަދިވެސް ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވީ، އެ މަޝްރޫއު ކުރިއަށް އޮތް ހަ މަސް ތެރޭގައި ނިންމާނެ ކަމަށާއި ބަޖެޓުގެ ތެރެއިން މިހާރު ފައިސާ ވެސް ހަމަޖެހިފައިވާ ކަމަށެވެ.
"އޭގެ ސަބަބުން ގެއްލުމެއް ނުވާނެ. ޓޫރިޒަމް ވެސް އެބައާދޭ. ބޮޑު އެއާޕޯޓެއް ވެސް [އައްޑޫގައި] އެބަ ހުޅުވޭ. އެ ހުރިހާ ކަމަކަށް ބަލާފައި އިތުރަށް ލާފައި އަޅުގަނޑުމެން މި ނިންމަނީ،" ރައީސް ވިދާޅުވި އެވެ.
އައްޑޫގައި ބޭނުންކުރާ ޖަނެރޭޓަރުތައް ކުރީގެ ސަރުކާރުގެ ދުވަސްވަރުން ފެށިގެން ރަނގޅަށް ސާވިސް ނުކޮށް ހުރުމުން، އެ ސިޓީގެ ކަރަންޓުގެ ހާލަތު މިދިޔަ ރޯދަމަހު ވަރަށް ބޮޑަށް ގޯސްވި އެވެ. ގިނަ ވަގުތުތަކުގައި ކަރަންޓު ކަނޑާލަން ޖެހުމުން އެ މައްސަލަ ހައްލުކުރީ އިތުރު ޖަނެރޭޓަރުތައް ގަނެގެންނެވެ.
މަރާމާތު ކިޔާ އެއްޗެއް ގަބޫލު ނުކުރާހެން ހީވަނީ ކުރީގައި އުޅުނު ފަރާތްތައް. އެހެންވީމާ އަޅުގަނޑުމެން މި ޖެހެނީ މަރާމާތު ކޮށްދީގެން އުޅެން. ވަރަށް ހާލުގައި ގިނަ ތަންތަން ހުރީ،"---ރައީސް
ރައީސް މުއިއްޒު ވިދާޅުވީ، ނޮވެމްބަރު 17، 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރަށްރަށުގެ އިންޖީނުގެތައް ހުރީ "ބްރޭކްޑައުން ވެފައި" ކަމަށެވެ.
"މަރާމާތު ކިޔާ އެއްޗެއް ގަބޫލު ނުކުރާހެން ހީވަނީ ކުރީގައި އުޅުނު ފަރާތްތައް. އެހެންވީމާ އަޅުގަނޑުމެން މި ޖެހެނީ މަރާމާތު ކޮށްދީގެން އުޅެން. ވަރަށް ހާލުގައި ގިނަ ތަންތަން ހުރީ،" ރައީސް ވިދާޅުވި އެވެ.
ތަފާސްހިސާބުތަކުގެ އަލީގައި އެ މަނިކުފާނު ވިދާޅުވީ، އާ 77 ޖަނެރޭޓަރު ގެނެސްފައިވާ ކަމަށެވެ. އަދި 300 ޖަނެރޭޓަރު މަރާމާތު ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
"ދެން ގްރިޑް އަޕްގްރޭޑުކޮށް ނިންމައިފިން 15 ރަށެއްގައި. މިއީ މިދިޔަ ކުޑަދުވަސްކޮޅުގެ ތެރޭގައި ކުރި މަސައްކަތް. މިއީ ކުރިން ދޫކޮށްލާފައި ހުރި ކަންކަން. އަދި ރޯދަމަސް އައީމާ މީގެ ކަންބޮޑުވުން ރައްޔިތުންނަށް އޮންނަނީ، އެ ރަށެއްގެ ޕަވާ އިޝޫގެ ސީރިއަސް ކަމުގެ ސަބަބުން. މިއީ ކޮންޓިނުއަސް ޕްރޮސެސްއެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުވަދޫ ބެއްޔާ.
04 May 2025
ފެނަކަ އޮފީސް މާލޭގައި ބަހައްޓައިގެން ކުރާ ކަމެއް ބުނެބަލަ. ފެނަކަ އޮފީސް ހުންނަންވީ ތިނަދޫ ފުވައްމުލައް ނުވަތަ އައްޑޫގައި. މާލޭ މީހުންނަށް ވަޒީފާ ދޭންވެގެން މާލޭގައި އޮފީސް ހަދާފައި ކުންފުންޏަށް ލިބޭ ހުރިހާ ފައިސާ އެއް އޮފީހަށް ހަރަދު ކުރާ އިރު އައްޑޫ ފުވައްމުލަކުން އަބަދު އޮންނަނީ ކަރަންޓް ކެޑިފަ. އަޖާއިބެއްނު.
ނާޑުވާ
04 May 2025
ދިހަ އަހަރުވީމަ ކަރަން ހުސްވަނީތޯ? ދިހަ އަރަށް ވާވަރަށް ރައްކާކޮށްފަ ކޮންތާކުތޯ ބެހެއްޓީ?
މުސްނިދު
04 May 2025
އައްޑޫ ރައްޔިތުންނަށް ހައްގުވާ މިންވަރު މިސަރުކާރުން ހޯދަދޭނެ. ގުބޭ ހެއްދުމެއް ނޯންނާނެ.
ފާފު
04 May 2025
ފުވައްމުލަކުގައި 20 އަހަރަށް އަމާޒުކޮށްގެން އަޅާ އައު އިންޖީނުގެ ނިމުމަކަ ކައިރި ވެފައި ހުއްޓާ ވެރިކަން ބަދަލުވީ، އޭގެ ފަހުން އެމަސައްކަތް ވަނީ ހުއްޓާލާފަައި، ސުރުޚީގައި ލިޔާއިރު އެކަން ކުރިން އޮތްގޮތް ވެސް ނޫސްވެރިން ބަލާލުން ރަނގަޅު މިސަރުކާރުން އެކަން ކޮށްފައި 10 އަހަރަށް އަޅާވާހަކަ ދައްކަނީ. ދެރަކަމެއް.
ކޭސަރު
04 May 2025
10 އަހަރަށް އުންމީދު ކޮށްގެން ކުރިޔަށް ގެންދަންވީ. ތިވަރުން ކުރާ އުންމީދު ގިނަވެގެން 5 އަހަރު ހަމަވާއިރު އިންނާނީ ފުރިގެން އިތުރު ކުރަންވެފައި.
ސިޔާދު އަލީ
04 May 2025
މީ އެހެން ވެރިންނަށް ނުވިކަންކަން. ރައީސް މުއިއްޒް މިދަނީ ކުރަމުން. މިކަން ވެއްޖެ ނަމަ އަހަރުމެންނަށް ވަރަށް ބޮޑު ލުޔެއް ހަމަ ހަގީގަތުގައިވެސް ލިބިގެން ދާނެ.
ރަންނަ
04 May 2025
ތެދެއް 20 އަހަރަށް އަމާޒުކުރި ޕްރޮޖެކްޓް ހުއްޓުވާފަ 2 އަހަރުބާއްވާފަ ދެން 10 އަހަރޭބުނީމާ އެކަން ވެނިމިފަތާއެއޮތީ
ނިފާޒް އަލީ
04 May 2025
ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވަރަށް ބޮޑަށް ޝުކުރުވެރިވަން.
ރިފާއު އައްބާސް
04 May 2025
މިހެންވެ ބުނަނީ ރައީސް މުއިޒް އަހަރުމެން އައްޑޫ ކޫދުންނަށް ދެރަގޮތެއް ނުވާނެޔޭ. އެކަން މިދަނީ ފެންނަމުން.
މިވެސް
04 May 2025
ޓަނަލް އަދި ގޯތިކޮޅު ކިހާ ހިސާބެއްގަތޯ؟
އޮނަރަބްލް އަފީފު ދީދީ
03 May 2025
މިފަދަ ވާހަކަ ދައްކާންވާނީ އަސާސެއްގެމައްޗަށް ބިނާކޮށް ހިސާބުއަކުރުން ފެންނާންހުރި އަދަދުތަކާއި، އަދި ޕްރޮޖެކްޓް ހިންގުމުން އަންނާނެ ބަދަލުތައްވެސް ސާފުކޮށް އިގޭނެ ފަދަގޮތަކަށް. ތިހެން 10 އަހަރޭ ވިދާޅުވާއިރު "މިހާރު އައްޑުއަށްބޭނުންވަނީ ކިތައް މެގަވޮޓްކަމާއި، އަދި އުފެއްދެނީ ކިތައް މެގަވޮޓް ކަމުގެއިތުރަށް 10 އަހަރުން ކަރަންޓް އިތުރަށް ބޭނުންވާނެކަމަށް ލަފާކުރާއަދަދާއި، ސަރުކާރުން ހިންގާ ޕްރޮޖެކުޓުން އިތުރުކުރެވޭނެ މެގަވޮޓް" ވެސް ބުނާންޖެހޭނެ.
ރިލުވާނު.
04 May 2025
100 ގެ ވާހަކަ އެއް.