ހޯމް މިނިސްޓްރީން މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ --- ފޮޓޯ/ހޯމް މިނިސްޓްރީ
04 މެއި 2025 - 15:52
ރާއްޖޭގެ ޑިޖިޓަލް ނިޒާމު ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭނެއް ހެދުމަށް ސްރީ ލަންކާގެ ކުންފުންޏަކާ ސަރުކާރުން މިއަދު ހަވާލުކޮށްފި އެވެ.
ހޯމް މިނިސްޓްރީން ބުނިގޮތުގައި، އެ ޕްލޭން ހެދުމުގެ މަސައްކަތް ލަންކާގެ، ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއާ ހަވާލުކުރީ 45,525 ޑޮލަރު (ހަތް ލައްކަ ރުފިޔާ) އަށެވެ. އެއީ ހަތަރު މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ކޭބީއެސްއެލް އިންފޮމޭޝަން ޓެކްނޮލޮޖީއަކީ 1987 އިން ފެށިގެން އެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުންފުންޏެކެވެ.
ހޯމް މިނިސްޓްރީން ބުނީ ސަރުކާރު އޮފީސްތައް ބަރޯސާވެފައި އޮތީ ޑިޖިޓަލް ސަރުކާރެއް އޮޕަރޭޓް ކުރުމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ގާއިމުކޮށްފައިވާ މުވާސަލާތީ އިންފްރާސްޓްރަކްޗާތަކުގެ މައްޗަށް ކަމަށެވެ.
އެކަމަކު ދިމާވާ ހާދިސާއެއްގައި އޮޕަރޭޝަން ހުއްޓިދާނެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ސަރުކާރު ހިންގުން ހުއްޓުވިޔަ ނުދީ ކުރިއަށް ގެންދާނެ ގޮތުގެ ތަންފީޒީ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފެށީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އެ މަސައްކަތް ކުރިއަށް ގެންދަނީ ވޯލްޑް ބޭންކުގެ ޑިޖިޓަލް މޯލްޑިވްސް ފޯ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން (ޑީމެޑް) މަޝްރޫއުގެ ހިލޭ އެހީގެ ދަށުން ކަމަށް ހޯމް މިނިސްޓްރީން ބުންޏެެވެ.
އެންސީއައިޓީގެ އިސްވެރިޔާ އަދި ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތާއި ކޭބީއެސްއެލްގެ އެސޯސިއޭޓް ވައިސް ޕްރެޒިޑެންޓް، އިންޓަނޭޝަނަލް ބިޒްނަސް، ކްރިޝާން ޕެރޭރާ އެއްބަސްވުމުގައި ސޮއި ކުރައްވަނީ.
އެ މިނިސްޓްރީން ބުނީ ލަންކާގެ ކުންފުނިން ތައްޔާރުކުރާ ޕްލޭނަކީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް އެކުލަވާލާފައިވާ ޕްލޭނަކަށް ވާންޖެހޭ ކަމަށެވެ. އަދި މިހާރު ބޭނުން ކުރަމުން އަންނަ 22 އަހަރު ވެފައިވާ އިންފްރާސްޓްރަކްޗާގެ މިވަގުތުގެ ހާލަތާއި ގުދުރަތީ ކާރިސާތަކާއި ސައިބާ ހަމަލާތަކާއި ކަރަންޓު ދިއުމާއި އަލިފާނުގެ ހާދިސާތަކާ ގުޅޭ ރިސްކް އެސެސްމަންޓެއް ވެސް ހަދަން ޖެހެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި އެފަދަ ޕްލޭނެއް ތަންފީޒު ކުރުމާ ގުޅޭގޮތުން މުވައްޒަފުންގެ ހުންނަން ޖެހޭ ހުނަރާއި އިންސާނީ ވަސީލަތް ތަރައްގީ ކުރަން ބޭނުންވާނެ ތަމްރީނުތައް ވެސް ކަނޑައަޅާނެ އެވެ. އެ ފަދަ ކާރިސާއެއްގައި އަމަލުކުރާނެ ފުރިހަމަ އޮޕަރޭޝަނަލް މެނުއަލްއެއް ސަރުކާރަށް ލިބޭނެ ކަމަށް ބުންޏެެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާލަތުދެރަ
05 May 2025
ލަންކާ ބަޔަކަށް ބިޑަކާނުލާ ދޭންޖެހޭ ސަބަބެއް ނޭގޭ. ތިކަން ކުރެވޭވަރުގެ ކުދިކުދި ކުންފުނި އެބަހުރި ރާއްޖޭގަވެސް
ލޮލއް
05 May 2025
ރާއްޖޭގެ އިކޮނޮމީގެ ބޮޑުބައި މިހާރު އޮތީ ލަންކާ މީހުންގެ އަތުގަ! ހުރިހާ ދެރައެއް ދިވެހި ވިޔަފާރި ވެރިންނަށް
ކަކުނިބޯ
04 May 2025
ޢައިޓީގެ މާވަރުގަދަ ރަށަކަށްބަޔަކު ދިޔަޔޯ ވަރަށްފަހުން އަދި އެމްއޯޔޫތަކެއްގައި ސޮއިވެސްކުރިޔޯ އަދި އެއީ ވަރަށްވަރުގަދަ ޤައުމެކޯ އަކަމު މިކަންވެސް މިއޮތީ ލަންކާއަށް އަދި އެއީ މިތަނުގެ އައިޓީވެށްޓަށްވުރެ ދަށްވެއްޓެއްއޮތްތަނަކަށްވެފައި މިތަނުގެ ހާލަތު ވަޒަންނުކުރެވޭބަޔަކަށް
މުގައްދަސް
04 May 2025
ސަރުކާރު ހިންގުމުގެ އިންފްރާސްޓަރަކްޗަރ ހެދި ބަޔަކަށް ރިކަވަރީ ޕްލޭންއެއް ހަދަން ނޭގުމަކީ ކުޑަ ކަމެއްތަ
އޮނަރަބްލް އަފީފު ދީދީ
04 May 2025
ގަލްފު ހަނގުރާމައިގެ ކުވެއިތުގެ ވެރިރަށާއި އެކު ރާއްޖޭގެ ވެރިރަށުން ކަރަންޓް ކެނޑީ 1 މަސް ދުވަހަށް ވެސް ބޭނުންވާވަރަށް ރާއްޖޭގައި ތެޔޮ ރައްކާކޮށްފައި ނެތީމަ. 3 ނޮވެމްބަރ 88 ގެ ޙާދިސާގައި ކ.މާލެއާއި ރާއްޖޭގެ ރަށްރަށާއި ރާއްޖެއާއި ދުނިޔޭގެ މުއާސަލާތީ ގުޅުން ހުއްޓުނު! 26 ޑިސެންބަރ 2004 ގެ Tsunami ގައި ކ.އަތޮޅުމާލެއަށް ރާޅުއަރާ މުޅިދައުލަތް ހުއްޓި "ދިވެހިރާއްޖެއަކީ ނެތްތަނެއް ކަމަށް" ހީވާ ދަރަޖައަށް ރާއްޖޭގެ ކަންތައް ދިޔަ. މިއީ ހިގާފައިހުރި ކަންކަން.
އޮނަރަބްލް އަފީފު ދީދީ
04 May 2025
ޔާމީނުގެ ވެރިކަމުގައި ކ.މާލޭ MWSC ގެ އަލުފާނުގެ ޙާދިސާ އާއި ގުޅިގެން ކ.އަތޮޅު މާލެ ފެނަށް ޖެހުނު އިރު ރާއްޖޭގައި މީހުން ދިރިއުޅެން މާލޭސަރުކާރުން ހުއްދަދީފައިވާ 180 ރަށުގެ ތެރެއިން އެއްވެސް ރަށެއްގައި ފެން އުފައްދާ ޕްލާންޓް ބަހައްޓާ ފުޅީގައި ފެން ބަންދުކޮށް އަދި ތާނގީގައިވެސް ފެން ރައްކާކުރެވޭނެގޮތް ހަދާފައި ނުވާތީ، ރާއްޖެ ފެނަށް ޖެހި ފެން ހޯދަން ދުނިޔޭގެ ޤައުމު ތަކުގައި އާދޭސް ކުރަން ޖެހުނު ކަން އަދި މިޖީލުގެ އެންމެން ހަދާން ނެތިގެން ނުދާނެ.
ޝިޕިންގް އަތްދަށުލިގޮތަށް އަދިވެސް އަރައިނުގަނެވިގެން މިއުޅެނީ
04 May 2025
ލަންކާ އާ ވެރިކަން ކޮށްލަންވެސް ހަވާލު ކޮށްލަންވީނު.
ކަލުދަބަސް
04 May 2025
ސަތޭކަޕަސަންޓް ފޮރައުޑެއްތީ
އުމަރް
04 May 2025
މި ވަރު ކަމެއް ކޮށްލުމުގެ ތަޖްރިބާ ހުރި ދިވެއްސަކު ހަމަ ނެތީތަ. އެންސީއައިޓީ އަށް މިހާ ދުވަސް ވީ އިރި ޑިޒާސްޓާ ރިކަވަރީ ޕްލޭނެއް ހަދާ ނުލެވުނު. ކޮރަޕްޝަންގެ ކުނި ވަސް ހާދަ ގަދައޭ.
އުދުހޭ
04 May 2025
އެންއައިސީޓީއާ ހަވާލުކުރީމަ ޖީބަށް ރާހަތެއްކުރާނެތަ؟
އެން.ސީ.އައި.ޓީ
04 May 2025
ތީރަނގަޅު ވާހަކައެއް. އެކަމު ވޯލްޑްބޭންކުން އެކަން ކުރަނީ ޑީމެޑް ޕްރޮޖެކްޓުގެ ތެރެއިން ޑރ ވަހީދު އަދި ފެންނަނީ ވަރަށް ޓްރާންސްޕޭރަންޓުކޮށް ކަންކަން ކުރާތަން.