މާލޭގެ އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދަށް އިންސާފު ހޯދައިދޭން ގޮވާލާ މާލޭގައި ބޭއްވި މުޒާހަރާއެއް.-- ފޮޓޯ: ނިޝާން އަލީ | މިހާރު
04 މެއި 2025 - 23:56
މިދިޔަ މަހުގެ 18 ވަނަ ދުވަހު އިމާރާތެއްގެ ނުވަ ވަނަ ފްލޯއިން ވެއްޓި، ބޮޑެތި ޒަހަމްތަކެއް ލިބުނު ހައްވާ ޔުމްނު ރަޝީދުގެ ހާލު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް އާއިލާއިން ބުނެފި އެވެ.
މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހުން ފެށިގެން ޔުމްނުއަށް ފަރުވާ ދެމުން އަންނަނީ މެލޭޝިއާގަ އެވެ.
އާއިލާއިން މިރޭ ބުނިގޮތުގައި މިހާރު ޔުމްނު ވަނީ ހޭއަރައިފަ އެވެ. މިހާރު އައިސީޔޫގައި ފަރުވާ ދެމުން އައި ނަމަވެސް އޭނާގެ ހާލު ސްޓޭބަލް ކަމަށް އާއިލާ އިން ބުންޏެވެެ.
ޔުމްނުގެ ހާލަތާ ގުޅިގެން އާއިލާ އިން ބުނި ގޮތުގައި އޭނާއަށް ކާންދިނުމަށް ގުޅާފައި އޮތް ޓިއުބް ވެސް މިހާރު ވަނީ ނައްޓާލައިފަ އެވެ. އަދި އަންނަ ބުރާސްފަތި ދުވަހަށް ޔުމްނުގެ އިތުރު ސާޖަރީއެއް އެބައޮތް ކަމަށް ވެސް އާއިލާއިން ބުންޏެވެ.
އެއީ ޔުމްނުގެ އުނަގަނޑާ ދިމާލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ހަދާ ސާޖަރީއެއް ކަމަށް އާއިލާގެ ފަރާތުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވެ އެވެ.
މަޑުމަޑުން ޔުމްނުގެ ހާލަތު ރަނގަޅުވަމުން އަޔަސް ފާއިތުވި ދެ ދުވަހު އޭނާގެ ފުއްޕާމޭގައި އިންފެކްޝަނެއް އުފެދިގެން އައީ ފަރުވާ ހޯދަމުންނެވެ.
Update on Naana
— Mooch (@mooch3300) May 4, 2025
She’s awake and stable in ICU, but still in deep shock.
Today’s key point: feeding tube is removed. She can now take blended food.
Next surgery is on Thursday to remove fragments from her hip and elbow, and to align the hip.
Recovery is slow but steady.
Last 2…
ޔުމްނު މެލޭޝިއާއަށް ފަރުވާއަށް ގެންދިޔަތާ ހަތަރު ވަނައަށްވީ ދުވަހު ވަނީ އޭނާގެ އެންމެ ނާޒުކު އެއް ސާޖަރީ ވެސް ހަދައިފަ އެވެ. ފަސް ގަޑިއިރަށް ވުރެ އިތުރަށް ހޭދަވި އެ ސާޖަރީއަކީ ޔުމްނުގެ ކަރާ ދިމާލުން މައިބަދައިގެ ކަށިގަނޑުގައި ރެނދެެއް ލާފައި ވާތީ ކުރި ސާޖަރީއެކެވެ.
އާއިލާ އިން ބުނިގޮތުގައި، އެއީ ޔުމްނުގެ އެންމެ ނާޒުކު އަދި އެންމެ ނުރައްކާތެރި ސާޖަރީ އެވެ. އެކަމަކު، އެ ސާޖަރީގެ ކަންކަން ފުރިހަމަކުރީ ވަރަށް އޮމާންކަމާ އެކު ކަމަށް އާއިލާ އިން ބުނެ އެވެ.
ހ. ފެންޓެނޯއީގެ އިން ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓިފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު އެވެ. އެ ހާދިސާގައި ލިބުނު އަނިޔާތަކާ ގުޅިގެން ޔުމްނުއަށް ފަރުވާ ދެމުން ފުރަތަމަ އައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
ދަތުރު ކުރުމުގެ ހުއްދަ ލިބުމުން ޔުމްނުގެ އާއިލާ އިން އޭނާ މެލޭޝިއާ އަށް ގެންދިޔައީ އެ އާއިލާގެ ބައެއް މީހުން ވެސް އެ ގައުމުގައި ދިރިއުޅެމުން އަންނާތީ އެވެ. ޔުމްނުގެ ފަރުވާއަށް ހިނގާނެ ހުރިހާ ހަރަދެއް ހަމަޖައްސައިދޭނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވާއިރު، އޭނާ މެލޭޝިއާ އަށް ގެންދަން ބޭނުންވާ 25،000 ޑޮލަރު (385،500ރ.) އެންސްޕާ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސައިދިނެވެ. އޭގެ ތެރޭގައި ހިމެނެނީ 12 ސީޓުގެ ފައިސާ އެވެ.
ޓިކްޓޮކް ލައިވެއްގައި ވެސް ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ އާންމުން ވަނީ ޔުމްނުގެ ފަރުވާއަށް ހަދިޔާކޮށްފަ އެވެ.
ހާދިސާ ހިނގުމުގެ ކުރިން ޔުމްނުއާ އެކު އެންމެ ފަހުން އުޅުނު ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް، 10 ދުވަހަށް ބަންދުކޮށްފައިވާއިރު އެ މައްސަލަ ތަހުގީގުކުރުމަށް ރައީސް ވަނީ ރިޔާސީ ކޮމިޝަނެއް ވެސް އުފައްދަވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒާލިމާ
05 May 2025
އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ،،، އާއިލާއިން ވެސް މިކަން ސިޔާސީކޮށް އެކަމުން ފައިދާ ނަގަން އުޅޭމީހުންގެ ހެއްލުމުގައި ބައިވެރިނުވެ. ހެޔޮގޮތުގައި މުޖުތަމައަށް އޭނަ އެނބުރި އައުމަށް ފުރުސަތު ތަނަވަސްކުރަން މަސައްކަތް ކުރަންޖެހޭ.. ގޯސްމަގުތަކުމް ހިނގި ގޯސްކަންކަމުގައި ބައިވެރިވިކަން ގަބޫލު ކޮށްގެން މިކަން ރަނގަޅު ކުރެވޭނީ،،،
ގުޑް
05 May 2025
އުފާވެރި މަޖާކޮށް އުޅުނު ކުއްޖެއް. ރަނގަޅު ވާނެ. އާއިލާ އަދި ރަނގަޅު ރައްޓެހިންނާއެކު އުފާވެރި ދުވަސްތަކަކަށް އެދެން
ހަމްދާ
05 May 2025
ދެންވެސް އިސްލާހުވާނެ ކަމަށް އުންމީދު ކުރަން.
އަލިމަނކޭ
05 May 2025
ކިބާ އަމީނު މެން ގެއިން ފުޓޭޖެއް ހާ ހިސާބަށް ވެސް ލިބުނު ތަ؟ ކޮމިޝަނު މީހުންނަށް ނިދާހޭލެވިގެން ދޯ މަސައްކަތެއް ވެސް ކުރެވޭނީ. އިބިލީހު ކައިވެންޏަށް މިކަން ވެސް ދީ މިވީ.
އިންސާފީ
05 May 2025
އެރޭ އެ ސަކަރާތުގައި ބައިވެރިވިކަމަށް ބުނާ އެންމެންގެ މައްސަލަތައް ބަލައި، ދައުވާކުރަން ވަކާލާތުކުރާ، "އިންސާފު" ހޯދަން އުޅޭ ގްރޫޕްން ވަކާލާތު ކުރާނަންތޯ، ޔުމްނު ގެ ފަރުވާ ނިމިގެން އައިމާ، ޔުމްނު ކުރިކަމަށް ފެންނަން އެހުރި ކަންކަމުގެ ތަހުގީގުކޮށް، ދައުވާކުރަން ފޮނުވަން.!؟ . އެ ފެނުނު ކަންކަން ނޯމަލައިޒް ކުރަން ވަކާލާތު ކުރުމަކީވެސް ބޭއިންސާފާއި ތަފާތުކުރުން!
ގާސިމް
05 May 2025
މިހާދިސާއިން އިބްރަތް ލިބި މައިން ބަފައިން ނާއި ބެލެނިވެރިން އަންހެން ދަރިން ތަރުބިޔަތު ކުރުމުގާ އިހުމާލުނުވުން މުހިންމު. އަދި ޔުމްނުގެ ބެލެނިވެރިން ނާއި އާއިލާޔަށް ޔުމްނު ރަގަޅުމަގަށް ގެނެއުމަށް ލިބުނު ދެވަނަ ފުސަތު ގެ ބޭނުން ހިފާނެކަމަށް ހީކުރަން. ޕޮލިޓީޝަނުން މިކަމުގެ ތެރެޔަށް ވަދެ ގައުމު ހަލަބޮލިކުރުން ހުޓާ ވިޔަފާރިތަކަށް ގެއްލުން ނުވާނެހެން އެކަހިރިކޮށް މުޒާހަރާ ކުރައްވާތި.
މިީހެއް
05 May 2025
އަންހެން ދަރިން އެކަނިތަ؟ ފިރިހެން ދަރިން ނޫނީ ފިރިހެނުންގެ ޒިންމާ ކޮބާ؟ މިހާރު ވެސް ސީރިއަސް ގިނަ ކުށް ތަކުގައި ތިބީ ފިރިހެނުން. އެކަމަކު ތަރުބިއްޔަތު ރަނގަޅު ކުރަންވީ އަންހެން ދަރިންގެ އެކަނި؟ ވަޓް އަ ޖޯކް
ހެޔޮއެދޭ
05 May 2025
އަލްހަމްދުލިﷲ. ހާލު ރަނގަޅުވެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކަކަށް އެދި ދުއާކުރަން.
އޮނަރަބްލް އަފީފު ދީދީ
05 May 2025
ގުމްނުގެ މައްސަލައިގަ ދޫކޮށްފައިވާ "ޕޓނ" ނަކީ އެރަށު ގ.ނޯތުބްރީޒް އާއިޝަތު ލަޔާލީ އިގުބާލު، މ.ތިލަފަޅު އާމިނަތު ޖުނެއިނާ ޖަމްޝީދު، ހ.މީނާޒު ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، އަދި މއ. މާންދޫގެދެކުނުގޭ އިޒުދިޔާން މުހައްމަދު މައުމޫނާއި ހަމައެގޭ ޔޫސުފް އަހުމަދު އަކްރަމް މީގެ ތެރޭގައި ސަރުކާރު ވަޒީރަކަށް ބޮޑުބޭބެ ކިޔާ 2 ފިރިހެނުންނާއި މިސަރުކާރުން އދ އަށާއި އީޔޫއަށް ކަޑައަޅާފައި ހުންނަވާ ސަފީރެއްގެ ފިރިހެން ދަރިއެއް (ބޮޑު ފިރިހެނެއް) ވެސް ހިމެނޭ.
އެހެނަސް
05 May 2025
ތިޔަކަމުގަ އަދި ވަރައް އަވަހައް އަސްލު މީހުނައް އަދަބުލިބޭނެ. އަދި ވަކި މީހަކުގެ ހަދާ ލިސްޓަކައް އަދަބެއް ނުދެވޭނެ. އަދި އެކަމުގައިވާ މީހަކު ރާއްޖެ ދޫކޮއްފިލައިގެން ވެސް ނުދެވޭނެ.
ޢަޒްރާ
05 May 2025
ވަޒީރަކަށް ބޮޑުބޭބެ ކިޔާ ބަޔަކު ތިބުމަކީ ވަޒީރުއާ ބެހޭ ކަމެއްތަ؟ވަޒީރު ދުނިޔެއަށް ފޮނުއްވާފަ ހުރީ boDubEbe kiyA ދަރިންގެ ފާފަތަކުގެ ޒިންމާނަގަންތަ؟
ރާބޮނދި ފްރޮމް ކަނބިލި ބިލްޑިންގ
05 May 2025
ޕާޓީ ކޮށް ވިޔާނުދާ އަމަލު ހިންގި ބޭޅުން މައްސަލަ ކޮމިޝަނުން ބައްލަވާ އެބޭޅުން ތޭރި ފުރަގަހަށް ލެވޭނެ ބާ އޮނަރަބަލް އަފީފު ދީދީ؟ މިސުވާލަށް ތިބޭފުޅާ ނިކަން ޖަވާބެ ދެއްވާ.
ސުހާބާ
05 May 2025
"ގުމްނެ" އެއް ނޫން އެ މަންޖެއަށް ކިޔަނީ. "ޔުމްނު" ކިޔަނީ. ތިޔަ ބުނާ މީހުންނަކީ، ޔުމްނު ވެއްޓުނުއިރު އެގޭގައި ތިބި ބަޔެއް ނޫން. ޔުމްނު ވެއްޓުމާ އެމީހުންނާ ގުޅުމެއް ނެތް. އެމީހުން ކުރިނަމަ ކުރީ އެހެން ކުށްތަކެއް.