ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 74 ސެކިއުރިޓީ އޮފިސަރުން ހޯދަން ވަނީ އިއުލާނުކޮށްފައި.-- ފޮޓޯ: އެމްއޭސީއެލް
06 މެއި 2025 - 11:46
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތް ކުރާނެ 74 ސެކިއުރިޓީ އޮފިސަރުން ހޯދަން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އިއުލާނުކޮށްފި އެވެ.
އޭވިއޭޝަން ކޮމާންޑުން ބުނީ މަހަކު މުސާރައިގެ ގޮތުގައި 5،920ރ. އާއި ސާވިސް އެލަވަންސްގެ ގޮތުގައި 1500ރ. ލިބޭ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު 2:00 އަށް އޮންނާނެ ކަމަށެވެ.
އޭގެ އިތުރުން ޑިއުޓީއަށް ނުކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެ ގޮތުގައި 60ރ. އާއި ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓާއި ސިވިލް ސާވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ.
ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ލިބޭނެ އެވެ. އެ ތަކެތި ހުށަހަޅަން ޖެހެނީ ހުޅުލޭގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓާސް އަށެވެ.
އެ މީހުންނަށް މާކްސް ދިނުމުގައި އަސާސީ ޝަރުތުތަކަށް 30 ޕަސެންޓާއި އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތައުލީމަށް ފަސް ޕަސެންޓް އަދި އަސާސީ ޝަރުތަށް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ އަށް ފަސް ޕަސެންޓާއި އެސެސްމަންޓަށް 25 ޕަސެންޓާއި އިންޓަވިއު އަށް 35 ޕަސެންޓް މާކްސް ދޭނެ އެވެ.
މަގާމުގެ ތަޖުރިބާގެ ގޮތުގައި ނޭޝަނަލް ސެކިއުރިޓީ ދާއިރާގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭނެ ސިއްހަތު ރަނގަޅު މީހަކަށް ވުމާ އެކު ޔުނިފޯމް އަޅައިގެން ދަންފަޅިތަކުގައި މަސައްކަތް ކުރެވޭނެ މީހަކަށް ވާންޖެހެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ އަދި އިސްކޮޅުގައި ފަސް ފޫޓު ހުންނަ މީހުންނަށެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް ހޮވޭ މީހުންނަށް ވަޒީފާ ހަމަޖައްސައި ދޭނީ އޭވިއޭޝަން (ކްލާސް 3) ގެ މެޑިކަލް ހެދުމަށް ފަހު އެ މެޑިކަލް އިން ފާސްވުމުން ކަމަށް އިއުލާނުގައިވެ އެވެ.
އޭވިއޭޝަން ކޮމާންޑުން ބުނީ، ތައުލީމީ ފެންވަރާއި ތަޖުތިބާއަށް ބަަަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ މީހުންގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ މީހުން ޝޯޓްލިސްޓް ކުރާނެ ކަމަށެވެ.
އެ މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މި މަހުގެ 25 އިން ޖޫން 19 އާ ދެމެދުގަ އެވެ. އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން ތިން ދުވަހުގެ ތެރޭގައި އެ މީހުންނަށް ޕޮއިންޓު ލިބުނު ގޮތުގެ ލިސްޓު އާންމުކުރާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ވާނުވާ70
07 May 2025
މީގަ ކޮމެންޓް ކޮއްފަ ތިބި ގިނަ މީހުންނަށް މުސާރަ އެއްކުރަންވެސް ނޭގޭ. 5920، 1500، 35% އަދި ދުވާލަކަށް 60 ވީމާ މަހަކަށް ޖުމްލަ 11500 ވަރު ޖެހޭނެ.
ޖިހާދު.
07 May 2025
ކަލެއަށް ތިއޮތީ ވަރަށް ރަނގަޅަށް މުސާރަ އެއްކުރަން އެގިފަ. ބެންކުން ލޯނެއް ނަގަން ނުވަތަ ތަނަކުން ފުލެޓެއް ގަންނަން ނުވަތަ އެހެން ވެސް ކަމަކަށް ބަލާނީ ލިބޭ ބޭސިކް ސެލަރީ އަށް ކަން ވެސް ނޭގޭ މީހެއް ތިއީ. އިތުރު ގަނޑި ތަކާއި އެލަވަންސް ތަކަކީ ޔަޤީން އެއްޗެއް ނޫން . ބޭނުން ވަގުތަކު ކަޑާލެވޭނެ އެއްޗެއް.
ކަވާ
07 May 2025
މިހާރު ތިޖަހަނީ މަޅިއެއް، ދިވެހިން ކުރިމަތި ނުލީކަމަށް ހަދާފަ ބޭރުމީހުން ގެންނަން...އެއީ ތިހާ މުސާރަަ ކުޑަކޮއްލި ކަމަކީ.
އޮނަރަބްލް އަފީފު ދީދީ
06 May 2025
ކ.މާލޭ އެއަރޕޯޓަކީ އަހަރަކު 25 މިލިޔަން ފަތުރުވެރިންނަށް ހިދުމަތްދޭން ހަދާފައިވާ ތަނެއް. މާލޭ އެއަރޕޯޓްގެ އެވިއޭޝަން ސެކިއުރިޓީ ކޮމާންޑް ގައި މަސައްކަތް ކުރާ އޮފިސަރެއްގެ މުސާރަ ކަމަށް އިޢުލާން ކޮށްފައިވަނީ ލޭބަރ ޤާނޫނުގައިއޮތް އެންމެ ދަށް މުސާރަ އާއި އެއްވަރުގެ ކުޑަކުޑަ މުސާރައެއް. މިއީ ސިންގަޕޯރާއި ލަންޑަން އަދި މޮސްކޯ އާއި އެއްވަރަށް ދިރިއުޅުމުގެ އަގު އުފުލުފައިވާ ކ.އަތޮޅު މާލޭގައި އުޅޭ މީހަކަށް ކެތްކުރެވޭ ވަރަށް ވުރެން ކުޑަ އުޖޫރައެއް.
އޮނަރަބްލް އަފީފު ދީދީ
06 May 2025
މާލޭ އެއަރޕޯޓްގައި އެއްފަހަރާ ވަޒީފާގައި ތިބި މީހުނަށް ބަލައިފި ނަމަ މިހާރުވެސް އެއްގަނޑި އެއްގައި ވަޒީފާގައި ތިބޭ ދިވެހިންނަށް ވުރެން ބިދޭސިންގެ އަދަދު ގިނަ ވާނެ. އެގޮތުން ދާއިމީ މުވައްޒިފުންގެ ގޮތުގައި ތިބި ބިދޭސިން އެންމެ ގިނަ TRANS MALDIVES AIR އާއި، ހުޅުލެ އައިލެންޑް ހޮޓެލް އަދި މޯލްޑިވިއަންގެ (ކާގޯ އަދި ބެގޭޖްގައި) އިތުރަށް އެއަރޕޯޓް ޑިއުޓީ ފުރީ އާއި ތިތަނުގައި ކާގޯ ކުލިއަރެންސް ހިދުމަތްދޭ ކުންފުނި ތަކުގައި ގިނަވާނީ ބިދޭސި މުވައްޒިފުން.
ފަސްހާސް
06 May 2025
5000ރ ގެ މުސާރައިން ދެ ދުވަހު ރަނގަޅަށް ކާލެވޭނެ. ބާކީ 28 ދުވަސް ނުކައި ނުބޮއެ އުޅޭނީ ކިހިނެތް
ކޮރަލް
06 May 2025
ސަރުކާރެއް އެބަ އޮތް ހެއްޔެވެ؟ ދިވެހީންނަށް ލިބޭ ވަޒީފާ އަކީ މިއީ އެވެ. ދެން ވެމްކޯ އާ އެފްއެސްއެމް އިންނެވެ. އެއްވެސް ވިޔަފާރިއެއްގެ ކޭޝިއަރެއްގެ ވަޒީފާ ޑިގްރީ އޮތަސް ނުލިބެ އެވެ. އެކަމު ބޭރުން އަލަށް އަންނަ ބިދޭސީ މީހާ އަށް އިނގިރޭސި އާ ދިވެހި ނޭނގުނަސް އެއީ ކޭޝިއަރެކެވެ. މުޅި މާލޭގަ ދިވެއްސަކަށް 5 ހަށް މަހަކު ދީފަ ހިންގާ ވިޔަފާރި ގިނަ އެވެ. ކޭޝިއަރުން ތައް ޑިޕޯޓް ކުރުން ބޮޑު ހައްލަކަށް ވާނެ އެވެ.
ސަނީސައިޑްބޮންޑް
06 May 2025
ތީދެންކޮންފަދަ މުސާރައެއް؟ ދެންބުނާދެ ކަންނެތްކަމުން ދިވެހިންވަޒީފާއަކަށްނުވިޔޭ
އެމްސް
06 May 2025
އެއާޕޯޓަކީ ޤައުމުގެ 1 ދޮރާށްޓެވެ! އެކަމަކު ޓީއެމްއޭ ފަދަ ތަންތަނުގަވެސް ބިދޭސީން އެހާގިނައެވެ! ސަރުކާރު ކުންފުނިތަކުން ގޮވާ މިފަދަ އިޢުލާންތަކުގަ، "ދިވެހީންނަށް އެކަނި" ނުޖަހަނީ ކީއްވެބާއެވެ؟
ބޯހަލާކު
06 May 2025
ތިޔަ މުސާރަ ކަމަކުނުދޭ. ވެމްކޯ ގެ ކުނިނަގާ މީހަކަށް އެބަލިބޭ 9000.
ހަލަކ
07 May 2025
ޖުމްލަ 11500 ވަރު އެބަޖެހޭ. ހިސާބު ކިޔަވަން ދުރުވޭ
ހަސަނަނާ
06 May 2025
ދުވާލަކު 60ރ ކެވޭތަނެއް އޭވިއޭޝަން ކޮމާންޑުން ބުނެބަލަ! އަދި އެވެސް އެއާރޕޯޓުން
ސަކިނެ
07 May 2025
އެއާރޕޯޓް ކޭންޓީން