ބޯގަންވިލާ ގަސްތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 މެއި 2025 - 12:17
މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް ރާއްޖެއަށް 3.8 މިލިއަން ގަސް އެތެރެކޮށްފައިވާ ކަމަށް އެގްރިކަލްޗާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން، 30 އޭޕްރީލްގެ ނިޔަލަށް ކުރިއަށް ގެންދިޔަ އިންސްޕެކްޝަންތަކުގެ ތަފާސްހިސާބުތައް އާންމުކޮށް ބުނީ އެ މުއްދަތުގައި 405 ޝިޕްމެންޓް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެއީ 3.86 މިލިއަން ގަސް ކަމަށް މިނިސްޓްރީން ބުންޏެެވެ.
ރާއްޖެ އެތެރެކުރި ޝިޕްމަންޓްތަކުގެ ތެރެއިން ގަވައިދާ ހިލާފުވެގެން 37 ޝިޕްމެންޓެއް ހިފެހެއްޓި އެވެ. އޭގައި ހުރީ 4،732 ގަހެވެ.
މިނިސްޓްރީން ދޫކުރި 368 ޝިޕްމެންޓުގައި ހިމެނެނީ 3.86 މިލިއަން ގަހެވެ.
1 ޖަނަވަރީ 2025 އިން 30 އެޕްރީލް 2025 އަށް ގަސްގަހާގެހީގެ ބާވަތްތަކުގެ އިންސްޕެކްޝަންތަކުގެ ތަފާސް ހިސާބު pic.twitter.com/eB9t999JHu
— Ministry of Agriculture and Animal Welfare (@MAAWmv) May 7, 2025
މިނިސްޓްރީން ބުނި ގޮތުގައި 35 ޝިޕްމެންޓުގައި ހިމެނޭ 4،408 ގަސް ވަނީ ނައްތާލައިފަ އެވެ. އަދި ލިޔެކިޔުންތައް ހަމަކުރުމުން ދެ ޝިޕްމެންޓެއް ދޫކޮށް، އޭގައިވާ 324 ގަސް ވަނީ ހަވާލުކޮށްފަ އެވެ.
ރާއްޖެއަށް ވިޔަފާރީގެ ބޭނުމަށް އެކި ގައުމުތަކުން މާގަހާއި އެކި ކަހަލަ މޭވާ އަޅާ ގަސްތައް އަބަދުވެސް އެތެރެކުރެ އެވެ. އެކަމަކު ގަސް ފަދަ ތަކެތި އެތެރެކުރުމަށް ހާއްސަ ހުއްދަތަކެއް ނަގަން ޖެހެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
07 May 2025
4 މަސް ތެރޭ 3.8 މިލިއަން ގަސް ގެންނަ އިރު އަހަރަކު ގެންނަ ވާރު 10 މިލިއަނުން މަތި ވެދާނެ އެވެ. ސަރުކާރަށް ރަނގަޅު އެއްޗެއް ލިބޭނެ އެވެ. ދެން މިހާ ބައިވަރު ގަސް ގެންނަ އިރު އެކަމުގަ ދިވެހި ވިޔަފާރިވެރީން ގެ ހިއްސާ ކިހާ ވަރެއްތޯ ބަލާލުން ރަނގަޅެވެ. ރިސޯޓް ތަކުން 20 ޕަސެންޓް ޕްރޮޖެކްޓް ވެސް ދިވެހީންނަށް ލިބޭ ހެނެއް ހިއެއް ނުވެ އެވެ. ބިސްނަސް ވިސާގަ އައިސް ހުރިހާ ކަމެއް ކޮށްފަ އެދަނީ އެވެ.
އެންމެބޮޑުގެސްޓްހައުސް
07 May 2025
ބޮޑު ޑިއުޓީއެއްނަގަން ފަށަންވީނުން..ބަޖެޓު ސާޕްލަސް ކޮއްލަން.
ދަލޭކަ ދައިތަ
07 May 2025
ލިޔެކިއުން ނެތޭ ކިޔާފަ ތިހާ ބައިވަރު ގަސް ނައްތާލަން ހެޔޮވާނެތަ؟ ބަލަ ގެނައި މީހުންއަތުގައި ހުންނަންވާ ލިއުންނެތި އެމީހުންނަށް ދެވެން ނެތިއްޔާ ސޭލް އަޅުވާލައިގެން އެގްރިކަލްޗަރ މިނިސްޓްރީއަށްވެސް ފައިސާ ލިބި ގަސް އިންދަން ލޯބިކުރާ މީހުންނަށް ގަސް ލިބި ބޭނުންހިފުނީހެއްނު.
00019
07 May 2025
ކޮންމެ ވެސް މީހަކު ދަލޭކަ ދައިތަ އަށް ގަސްތައް ދޫނުކޮށް ނައްތާލަ ސަބަބު އޮޅުން ފިލުވައިދީފާނަންތަ؟ އެހެން މީހުން ނަށް ނުވިއްކޭ ސަބަބު އޭރުން ސާފުވެދާނެތޯއްޗެއް!!!!