ޚަބަރު / މޫސުން

ގަދަ ވިއްސާރައާ އެކު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށިއްޖެ

މަޖީދީމަގުން ކުޑަ ނަގައިގެން ދިޔަމީހެއްގެ ކުޑަ ގަދަވަޔާއެކު ދަނީ: ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ވަނީ ފެށިފައި.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް އިރުވައި މޫސުން ނިމި، މިއަހަރުގެ ހުޅަނގު މޫސުން އިއްޔެ ފެށިއްޖެ އެވެ.

މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން އިއްޔެ ފެށުނުކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ހުޅަނގު މޫސުމުގެ އަސަރުތައް އާންމު ގޮތެއްގައި މެއި މަހުގެ ފުރަތަމަ ނުވަތަ ދެވަނަ ހަފުތާގެ ތެރޭގައި ދެކުނުގެ އަތޮޅުތަކަށް ކުރަން ފަށަ އެވެ. އަދި އޭގެފަހުން އެ މޫސުމުގެ އަސަރު މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ފޯރައި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުން ފެށެ އެވެ.

މެޓް އޮފީހުގެ ބަޔާނުގައި ވަނީ މިދިޔަ 24 އަހަރު ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރެ އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނު ތާރީހުތައް ވެސް ހިމަނައިފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި މަހުގެ ނުވަ ވަނަ ދުވަހު އެވެ. މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް މެއި 14 ގައި، އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ މެއި 17 ވަނަ ދުވަހު އެވެ.

ހުޅަނގު މޫސުން ފެށުނު ކަމަށް ބަލާ މިންގަނޑު

ހުޅަނގު މޫސުން ފެށުނުކަން ޔަގީންކުރުމަށް ދެ ގޮތަކަށް ބަލަ އެވެ. އެއީ ވާރޭވެހުނު މިންވަރާއި ވައިގެ މިސްރާބު ހުރި ގޮތެވެ.

• މެއި މަހުގެ ފުރަތަމަ ދުވަހުގެ ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ ގިނައިން ވާރޭވެހި، އެ ހާލަތު ޖެހިޖެހިގެން ދެ ދުވަހަށް ދެމިގެންދިއުން.

• ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ޖެހުމާއި އެ ހާލަތު ޖެހިގެންޖެހިގެން ދެ ދުވަހަށް ދެމިގެން ދިއުން.

ރާއްޖެއަށް މިއަދު ހުޅަނގު މޫސުން ފެށުނުއިރު، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ.

މާލެއަށް ވިއްސާރަކުރި ދުވަހެއްގައި ކުޑަކުދިންތަކެއް މަގުމަތީގައި ވާރެއާ ތެމެނީ.-- ފޮޓޯ: މިހާރު

މިފަހަރު އިރުވައި މޫސުން ފެށުނީ އާންމުކޮށް އިރުވައި މޫސުން ފެށޭ ދުވަސްވަރަށް ވުރެ މާ ލަހުންނެވެ. އާންމުކޮށް ޑިސެމްބަރު މަސް ނިމުމުގެ ކުރިން ރާއްޖެއަށް އިރުވައި މޫސުން ފެށޭ ނަމަވެސް މިދިޔަ އަހަރުގެ އިރުވައި މޫސުން ރާއްޖެ އަށް ފެށުނީ މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. ރާއްޖެއަށް 2023 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުނީ އެ އަހަރުގެ ޑިސެމްބަރު 24 ގަ އެވެ. އަދި 2022 ވަނަ އަހަރުގެ އިރުވައި މޫސުން ފެށުނީ އެ އަހަރުގެ ޑިސެމްބަރު މަހުގެ 31 ގަ އެވެ.

ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. އަދި ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާން ފަށާ ދުވަސްވަރެވެ.

1 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޅެންކިޔާބޭ

08 May 2025

މީ ވަރަަށްބޮޑު އޮޅުވާލުމެއް އަނެއްކާވެސް ދިވެހި ރާއްޖެއަށް އަންނަނީ ދެ މޫސުން ކޮންމެ މޫސުމެއް ނަކަތްތަކަކުން ވިޔަކުރެވިގެންދަނީ ކޮންމެ މޫސުމެއްގެ ނަކަތްތައް ނިމުމުން އަނެއްބމޫސުން ފެށޭ. މޫސުމީ ބަދަލުތަކާއެކު މޫސުމީ އަސަރުތައް އެކި ދުވަސްވަރަށް ކުރަމުންދަނީ އެކި މިންވަރަށް. އަދި ކިރިޔާ ހުޅަނގު ފެށުނީ އޭ ބުނާއިރު އިރުވައި މޫސުމުގެ ފަހު ނަކަތް ކަމަށްވާ “ރޭވަ” ނިމުނީ އޭޕްރީލް 6 ގައި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454