އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ސައޫދީ-ޔޫއެސް އިންވެސްޓްމަންޓް ފޯރަމްގައި މިއަދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އޭއެފްޕީ
13 މެއި 2025 - 23:03
ސައޫދީ އަރަބިއްޔާއިން އެމެރިކާގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކުރަން ނިންމާފައިވާ ކަމަށާއި މީގެ އިތުރުން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން 142 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެސް ސައޫދީއާ އެކު ހަދާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ.
ވައިޓް ހައުސްއިން އަންގާރަ ދުވަހު ނެރުނު ފެކްޓް ޝީޓެއްގައި ބުނެފައި ވަނީ ހަކަތަ އާއި މިނަރަލް ޑިވެލޮޕްމަންޓް ފަދަ ދާއިރާތަކުން އެއްބާރުލުން ދިނުން ހިމެނޭ މި އެއްބަސްވުމަކީ ދެ ގައުމުގެ ދެމެދުގައި މުޅި ތާރީހުގައި ވެސް ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން ހަދާ އެންމެ ބޮޑު އެއްބަސްވުން ކަމަށެވެ.
"މިއީ ދެ ގައުމަށް ވެސް ތާރީހީ އަދި އިންގިލާބީ އެއްބަސްވުންތަކެއް. އަދި މިއީ ސައޫދީ އަރަބިއްޔާ އާއި އެމެރިކާގެ ގުޅުންތަކުގެ ރަން ޒަމާން ގެނެސްދޭ އެއްބަސްވުންތަކެއް،" ފެކްޓްޝީޓްގައި ބުނެފައިވެ އެވެ.
ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންވެސްޓްމަންޓް ފޯރަމްގައި. -- ފޮޓޯ: އޭއެފްޕީ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މެދުއިރުމައްޗަށް ފައްޓަވާފައިވާ ދަތުރުގައި ސައޫދީ އަށް ވަޑައިގެން ވަލީ އަހުދު މުހައްމަދު ބިން ސަލްމާންއާ ބައްދަލުކުރައްވައި މި އެއްބަސްވުންތަކުގެ ތަފްސީލް ހާމަކޮށްފައި ވާއިރު ޓްރަމްޕުގެ ދަތުރުތަކާ ދިމާކޮށް އާންމުން އަމާޒުވާ ފާޑުކިޔުންތައް މިފަހަރު ވެސް ވަނީ އަމާޒުވެފަ އެވެ.
އެންމެ ބޮޑަށް ދެކެވެނީ ބިލިއަނަރެއް ކަމަށްވާ ޓްރަމްޕް އޭނާގެ ވިޔަފާރި އިތުރަށް ވަރުގަދަ ކުރުމަށް މަގާމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރާނެ ކަމުގެ ވާހަކަ އެވެ. މި އަޑު މިފަހަރު ގަދަވެފައި ވަނީ ގަތަރުން ޓްރަމްޕުގެ ބޭނުމަށް 400 މިލިއަން ޑޮލަރުގެ ލަގްޒަރީ ޖެޓެއް ހަދިޔާކުރަން ނިންމާފައިވާކަން ހާމަކުރުމާ އެކުގަ އެވެ.
ހަދިޔާ ގަބޫލުކުރުމަކީ އެމެރިކާގެ ރައީސުންނަށް ގާނޫނުއަސާސީން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮންނަ ކަމަކަށް ވިޔަސް ޓްރަމްޕު ވަނީ މިވަރުގެ އަގުބޮޑު ހަދިޔާއެއް ދޫކޮށްލާނީ މޮޔައެއް ކަމަށާއި އޭނާ އަކީ މޮޔައެއް ކަމަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރޭ
14 May 2025
މުސްލިމުންނަކީ ޓެރަރިސްޓުންގެ ގޮތުގައި ލޭބަލް ކޮށްފައި އޮންނާތީ ސައުދީ ވަލީ އަހުދު ވަރަށް މަސައްކަތްކުރޭ ސައުދީންނާއި ގަލްފް އަރަބި އެހެން ގައުމު ތަކަކީ ޓެރަރިސްޓުން ނޫންކަން ދައްކަން. އެގޮތުން އެމެރިކާ އަދި އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ޖާނާއި މާލާއި ވަތަން ހިމާޔަތް ކުރަން ޖިހާދުކުރާ އެއްވެސް ބަޔަކަށް އެހީތެރިވާން އަރަބިން ބޭނުމެއް ނުވޭ. މިހާރު އީރާނާއި، ޔަމަނާއި، އެހެން ޝިޢީ ޖަމާޢަތްތަކަކީ ޓެރަރިސްޓުން ކަމުގައި ބަލައިގަންނަނީ އަރަބިންވެސް
ސުލްހަ
14 May 2025
ސައޫދީ އަރަބިއްޔާއިން 142 ބިލިޔަން ޑޮލަރުގެ ހަތިޔާރު ގަނަނަށް ޖެހުމުގެ މާނަޔަކީ ސައުދީ އަރަބިޔާގެ ސަލާމަތަށް ވަރަށްބޮޑަށް ނުރައްކާ ވެއްޖެއޭ ހެއްޔެވެ؟
ކޮބާ ބޭނުމަކީ
14 May 2025
ނިއުކުލިއާ ބާރަކަށް ނުވަންޔާ ކޮބާ ތިވަރަށް ހަތިޔާރު ގަތުމުގެ ބޭނުމަކީ؟ މުސްލިމުންގެ ލޮލުގަ އަދުން އަޅުވާފަ މުސްލިމުންގެ އެންމެ ބޮޑު އަދުއްވަށް ފަންޑު ކުރަންތަ އަސްލު މަގްސަދަކީ؟
ކިރުސައި 2.0
14 May 2025
މި ދެގައުމުގެ ގުޅުން ރަނގަޅުވުމަކީ މުޅި ސަރަހައްދާ ދުނިޔޭގެ ހަމަޖެހުމަށް މުހިއްމު ކަމެއް. ޝުކުރިއްޔާ ރައީސް ޓްރަމްޕް. ޝުކުރިއްޔާ ހިސް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު. ހަސަދަޔާއި ނަފްެރަތުން މިދުނިޔެއަށްވީ އެއްވެސް ފައިދާއެއް ނެތް.
ކުރުމީހާ
14 May 2025
"މުސްލިމުންނާ ދެކޮޅަށް ހަނގުރާމަކުރަން ޚާދިމުލް ޙަރަމައިނިއް ޝަރީފައިނި ކާފަރުންނާއެކު 600 ބިލިއަން ޑޮލަރުގެ ޑީލަކަށް ގޮސްފި". ބަލަ މި އެއްނޫންތަ ސުރުޚީއަކަށް ވާންޖެހެނީ؟ ސަޢޫދީއިން މުސްލިމުންގެ ޙިމާޔަތުގެ ހަތިޔާރުގެ ބޭނުން ދުވަހަކުވެސް ކުރިތަ؟
ކޮރަލް
14 May 2025
ސައޫދީ އަރަބިއްޔާއިން އެމެރިކާގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްކުރަން ނިންމާފައިވާ ކަމަށާއި މީގެ އިތުރުން ހަތިޔާރު ވިއްކުމާ ބެހޭ ގޮތުން 142 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއް ވެސް ސައޫދީއާ އެކު ހަދާފައިވާ ކަމަށް އެމެރިކާއިން ބުނެފި އެވެ. ހަތިޔާރު އުފައްދާ އިޒްރޭލް އާ ހަވާލު ކުރަން ފައިސާ ހަވާލު ކުރަނީ އެވެ.
އަފްރާސިޔާބު
14 May 2025
އެމެރިކާ ކުރިއެރުވުމަށްޓަކައި ސައޫދީން އަހަރު ދުވަހަކަށް ކުރާ ހޭދަ އެމެރިކާ ސަރުކާރުގެ ބަޖެޓަށްވުރެ ބޮޑު. އެއީ ނޫންތޯ ކުރިއރުވުމަކީ. ޕާކިސްތާނުން ދަރަންޏަށް އެއި.އެމް. އެފުން އެއްބިލިއަން ޑޮލަރު. ޕާކިސްތާނަކީ މުސްލިމް ގައުމެއް.
ޖަލީލީ
14 May 2025
ސައޫދީން އިން އެމެރިކާ އަށް ދޭ ފައިސާ، އެމެރިކާ އިން ދެނީ ޔަހޫދީ ޒަޔަނިސްޓުންނަށް ހަތިޔާރާ މަދަދުގެ ގޮތުން މުސްލިމުން މަރަން.
ކޮތަރޭ
14 May 2025
އެމެރިކާ-އިޒްރޭލް ގުޅިގެން ފަލަސްތީނުގެ ނަސްލު ނައްތާލަން ކުރާ ލޭއޮހޮރުވުން ބޮޑު ހަނގުރާމައަށް ބޭނުންވާ ފަންޑު އަރަބި އިސްލާމީ ޤައުމުތަކުން އެކި ނަންނަމުގައި އެމެރިކާއަށް ދެމުން ގެންދާ ކަމީ ލޯމަތިން ފެންނަމުންދާ ހަގީގަތެކެވެ. އެމެރިކާ އިޒްރޭލާ އޮތް ގުޅުން ހީނަރުވެއްޖެ ކަމަށް މީޑިއާގައި ދެކެވެން ފެށި ވާހަކައަކީ ތާކުންތާކު ނުޖެހޭ ބުހުތާނު ވާހަކައެއް، އަދި އެއީ ޓްރަމްޕްގެ ސައުދީ ދަތުރާ ދިމަކޮށް މުސްލުމުން މައިތިރިކުރަން ދެއްކި ވާހަކަތަކެއް
އަމާލު
14 May 2025
މަރުހަބާާ ޑޮނާލްޑް، ޖެޓްގަ ޑޮނާލްޑް ދަތުރުކުރާ މަންޒަރު ބަލައިލަން ބޭނުން. އަދި ޑޮނާލްޑްގެ (ޓުރަމްޕް) ޓަވަރު ދުނިޔޭގެ އޮޔާވަޔާ ޖެހޭ ހުރިހާތަނެއްގަވެސް އިމާރާތްވެގެންދާތަން ވެސް ބަލައިލަން ބޭނުން. ޑޮނާލްޑްއަށް ފާގަތި މުސްތަގްބަލަކަށް އަދި ފާގަތި އާޒާދީ ދުވަސް ތަކަކަށް އެދެން.
ބަމާލު
14 May 2025
ޓުރަމްޕަށް އިތުރު މުއްސަނދިކަމާއި، ދުޅަހެޔޮ ސިއްހަތެއް ދެއްވުމަށްވެސް އެދެން ދޯ
ރޮބެޓް
14 May 2025
އިޒްރޭލުން ޣައްޒާގެ ނާސިރު ހޮސްޕިޓަލަށް އަނެއްކާވެސް ހަމަލާ ދީފި! ސައުދީ ލޯމަރާލައިފި . ހުރިހާ ހަތިޔާރަށް އަގު ދައްކާލަ ދީފި.
ހަވސޗ
14 May 2025
މާ އަވަހީ ޖަޖުކުރާލެއް.