އައްޑޫގެ މަގެއް.--
14 މެއި 2025 - 10:46
އައްޑޫ ސްކޫލެއްގައި ޓީޗަރަކު ދަރިވަރެއްގެ ބޮލުގައި ދަގަނޑު ފުޅިއަކުން ޖެހި ކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ މިދިޔަ ހޯމަ ދުވަހު ހުށަހެޅި އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށާއި އެ ދަރިވަރު ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ވެސް ދައްކާފައިވާ ކަމަށެވެ. ނަމަވެސް ބޭރުފުށުން އެއްވެސް އަނިޔާއެއް ވެފައިވާކަން ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.
އެ ދަރިވަރުގެ އާއިލާގެ މީހަކު "މިހާރު" އަށް ބުނީ އެ ދަރިވަރަކީ ސިކުނޑީގެ އޮޕަރޭޝަނެއް ކުރިން ކޮށްފައިވާ ކުއްޖެއް ކަމަށެވެ. އަދި އިތުރު އޮޕަރޭޝަނެއް ކުރަން ވެސް ޖެހޭ ކަމަށް ބުންޏެވެ.
ކުއްޖާގެ ބޮލުގައި ޖެހީ ކްލާހުގައި އެ ކުއްޖާ އިން އިރު ޑެސްކުގައި ބޯ އަޅައިގެން އޮއްވާ ކަމަށްވެ އެވެ. ބޮލުގައި ޖެހީ ފެން އަޅަން ގެންގުޅޭ ދަގަނޑު ފުޅިންނެވެ.
މި މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
14 May 2025
މިހާރު ކޮންމެ ކުލާހެއްގަ ރައިޓުގިޔަރުގަ ފުލުހަކު ބަހައްޓަންޖެހޭނީ.
ދދދއދފ
14 May 2025
މިއީ ވަރަށް ދެރަ ކަމެއް. "ކުޑަ ކުދިންގެ ގަޔަށް ބޮލަށް އަރަން ޖެހޭ އެއްވެސް ޙާލަތެއް ނާންނާނެ" ބޯ އަޅައިގެން އޮތިއްޔާ ވީ ގޮތް އަހައި ސްޕަވައިޒަރަށް އަންގަން ޖެހޭނީ. އެވަރުން ވެސް ބޯ ނުނަގަންޏާ ބެލެނިވެރިންނަށް އަންގާނީ.
ބިގަރު
14 May 2025
ދަގަނޑު ފުޅިއަކަށް މަދުރަސާތަކު ކުލާސްތަކުގައި އާންމުކޮށް ހުންނާނީ އަލިފާންނިވާ ފުޅިނޫންތަ. އަލިފާންނިވާ ފުޅިއަކުން ޖެހީބާ.
ދދެއދ
14 May 2025
ޚަބަރު ކިޔާލަބަލަ އަދި އެއްފަހަރު. ކިޔާއިރު ކޮންމެ ޖުމްލައެއްގައި ބުނާ ވާހަކައެއް ވިސްނެންދެން މަޑުކޮށްލާތި
ޙައްގުތަށް
14 May 2025
ދެފަރާތުގެ ވާހަކަ އަޑުއެހުން ބުއްދިވެރި.
އަސްނާ
14 May 2025
ދަރިވަރަށް އަނިޔާދިނުމަކީ ގޯސްކަމެއް. ނަމަވެސް މިހާރު ކިޔަވައި ދިނުން އިންތިހާއަށް ބިރުވެރި. އަހަރެންހުރި ކްލާހެއްގަ ފިލާވަޅުނިންމާފަ ނިކުންނަން ދަނިކޮށް ދެކުއްޖަކު ކުއްލިއަކަށް ތަޅައިގަތީ އެތިފަހަރު ޖެހިލެއްބާރުކަމުން ދުރުކުރަން އަހަރެން ކައިރިވުމުން ޖެހި އެތިފަހަރު އެރީ މަގޭ މޭމައްޗައް. ނަމަވެސް ހިތައް ކެތްނުވެ އެކުއްޖަގައިގަ ހިފެހެއްޓީ. އޭނަ ރުޅި މައިތިރި ވަންދެން ވިކާ ތަޅާހެދީ އަހަރެންގައިގަ. މަށަކީ އަންހެނެއް. މިއީ ސްކޫލްތަކުގެ ހާލަތު މިހާރު
ތަޖުރިބާކުރިން
14 May 2025
މިހާރު އުޅޭ ޓީޗަރުންނާ ޚިލާފަށް ކުރިން 90ގެ އަހަރުތަކުގަ އުޅުނު ބައެއް ޓީޗަރުން ވ.ތަޅާ ކަންފަތުގަ ހިފާ ވިކާ ހަދާ..ހާއްސަކޮށް ބޭރު ފިރިހެން ޓީޗަރުން. ދިވެހި ޓީޗަރުންގެ ތެރެއިން އެންމެ ފާހަނގަކޮށްލެވެނީ ނިކަމެތިންގެ ދަރިންނަށް ތަފާތުކުރުމާއި ގަނާ ކުރުން..މިހާރު އުޅޭ ޓީޗަރުން އަސްލު ވ. އަނިޔާ ނުކުރޭ ކުދިންނަށް..ކުރީގަ މަންމައިންވެސް ވ.އަނިޔާކުރާނެ ދަރިންނަށް. ކިތަންމެ ކުޑަކުޑަ ކަމެއްވިޔަސް އިލޮށިފަތިންނާ ދަނޑިބުރިން ތޅާ ވަޅައްލާ އޮރިޔާންކޮށް ގެއިން
ފިޔާލު
14 May 2025
ޖަހައިގެން ނުވާނެ! ވަގުތުން ވަޒީފާއިން ވަކިކުރޭ! ބޮޑު މުސާރަ ދީފަ ތި ތިބެނީ އަހަރެމެންގެ ދަރިން މަރާކަށް ނޫން! ސަހަލު އެކަކުވެސް މި ޓީޗަރުންގެ ތެރޭގަ ނޫޅެ!
ވަންޗޫ
14 May 2025
އެހާ ނުލަފާ ބައެއްގެ ކައިރިއަށް ނުފޮނުވަ އަމިއްލައަށް ހޯމްސްކޫލިން ހަދާލާނަމަ ތިކޮމެންޓެ އޮންނާނި އެހެންގޮތަކަށް ކަންނޭ ލިޔެވިފަދޯ!
ޢަލިއ
14 May 2025
ދަރިވަރުން ޓީޗަރުންންނާ މުވައްޒަފުންނަށްކުރާ ފުރައްސާރައާ ގޯނާއާއި ބިރުގެންނެވުންތައް ބަލާނީ ކޮންބައެއްބާ އެފަދަކުދިންނާ މެފު އެޅޭނެ ފިޔަވަޅެއް ނެތްތަ؟
ތުރާތު
14 May 2025
ދަގަނޑުފުޅިއަކުން ޖެހިނަމަ ބޭރުފުށުން ފެންނަން ހުންނާނެ. މިހާރު މިދާއިރާގަ މަސައްކަތް ކުރެވޭކަށެއް ނެތް. ކުދިން ޓީޗަރަށް އަވަގުރާނަ ގޮވަމުން އެހެން ކުދިންގައިގަ ތަޅަމުން ދުވަންވީ. ކުއްޖާގަތު ނުކުރާށޭ ވާބަލީ ބުނުން ފިޔަވާ އެއްވެސް ކަމެއް މުދައްރިސައް ކުރެވޭކަށްނެތް.
ހީނާ
14 May 2025
މި ޚަބަރު ލިޔުނު މީހާ މައްސަލައިގެ ދެކޮޅު ނުބަލާ މިފަދަ ސެންސިޓިވް ކަމެއްގަ ޓީޗަރު ކުށްވެރި ކުރުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް. މިގޮތަށް ދިމާވާ ކަންކަން ގިނަ ފަހަރު ދޮގު މައްސަލައެއް ގޮތުގަ ނިމިގެންދަނީ. އެއްވެސް ޓީޗަރެއް ބުއްދި ހަމަޖެހޭ ކުއްޖެއްގައިގަ އެނގިހުރެ ނުޖަހާނެ. ތިކަމުގަ ވާނުވާ ބަލާފަ ޚަބަރު ލިޔުން ރަނގަޅީ.