ސީރިއާގެ ވަގުތީ ރައީސް އަހްމަދު އައް ޝަރާ (ކ) އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް (ވ) ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާނާ އެކު މިއަދު ފޮޓޯއަކަށް ހުއްޓިވަޑައިގެން. -- ފޮޓޯ: އޭއެފްޕީ
14 މެއި 2025 - 15:22
އެމެރިކާއިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލާނެކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އިއުލާނުކުރެއްވުމަށް ފަހު ސީރިއާގެ ލީޑަރާ ބައްދަލުކުރައްވައި އިޒްރޭލާ ސުލްހަވެ ގުޅުން ގާއިމްކުރުމަށް އެދިވަޑައިގެންފި އެވެ.
ސައޫދީއަށް ކުރެއްވި ރަސްމީ ދަތުރުގައި ސީރިއާގެ ލީޑަރު އަހްމަދު އަލް ޝަރާއާ ބައްދަލުކުރައްވާފައި ވާއިރު މިއީ ފާއިތުވި 25 އަހަރުގެ ތެރޭގައި ސީރިއާގެ ލީޑަރަކާ ބައްދަލުކުރެއްވި އެމެރިކާގެ ފުރަތަމަ ރައީސްއަށް ވަނީ ވެފަ އެވެ.
ޝަރާ އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާފައިވާ ޖަމާއަތްތަކާ އެކު މީގެ ކުރިން ހަނގުރާމަވެރިއެއްގެ ގޮތުގައި ހުރި އަދި އެމެރިކާ "ވޯންޓެޑް ލިސްޓު" ގައި ވެސް އޮތް ބޭފުޅެކެވެ. މިދިޔަ ޑިސެމްބަރު މަހު ސީރިއާގެ ވެރިކަމުން ބައްޝާރުލް އަސަދު ދުރުކުރުމަށް ދިން ކުއްލި ވަރުގަދަ ހަމަލާތަކުގައި ލީޑަރެއްގެ ގޮތުގައި ހުރީ އޭނާ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު މިއަދު ސައޫދީގެ ރިޔާޟްގައި އަރަބި ބައެއް ލީޑަރުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: އޭއެފްޕީ
ޓްރަމްޕާއި ޝަރާ، ސައޫދީގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ހާޒިރުގައި ބައްދަލުކުރައްވައި ސަލާންކުރެއްވި އެވެ. އަދި ސީރިއާގެ އާ ސަރުކާރަށް އެހީވާ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުޣާން ވެސް ވީޑިއޯ ލިންކަކުން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތެވެ.
ވައިޓް ހައުސްއިން އިން ބުނީ ގަލްފުގެ އަރަބި ބައެއް ގައުމުތަކުން ސޮއިކުރި އަބްރަހަމް އެކޯޑްގައި ބައިވެރިވެ އިޒްރޭލާ އެކު އާންމު ހާލަތުގެ ގުޅުމެއް ގާއިމުކޮށްދިނުމަށް ޓްރަމްޕް ސީރިއާގެ ލީޑަރުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށެވެ.
މީގެ އިތުރުން ފަލަސްތީނުގެ ހަނގުރާމަވެރިން ސީރިއާއިން ބޭރުކުރުމަށާއި ކުރުދީ ހަނގުރާމަވެރިން މިހާރު ބަލަހައްޓަމުން އަންނަ އައިއެސްގެ ހަނގުރާމަވެރިން ތިބޭ ކޭމްޕްތަކުގެ ކޮންޓްރޯލް ސީރިއާ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމަށް ވެސް އެދިވަޑައިގަތް ކަމަށް ވައިޓް ހައުސް އިން ބުންޏެވެ.
ކުރިން ކަނޑައެޅި ދޮޅު ގަޑިއިރަށް ވުރެ ދިގުވި ބައްދަލުވުމުގައި ޓްރަމްޕް ވިދާޅުވީ ބައްޝާރުގެ ވެރިކަމުގައި އެ ގައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހަގީގަތުގައި ވެސް ސީރިއާ އަށް ވަރަށް ބޮޑަށް ދަތިވެފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބޫދާބީއް
15 May 2025
މާތް ރަސްކަލާންގެ މިހިރަ 3 މީހުންގެ ނިޔަތް އެންމެ މޮޅަށް ދެނެވޮޑިގަންނަވާނީ.
އަފްރާސިޔާބު
14 May 2025
އަޅެ ޓްރަމްޕަށް އެނގޭތަ. ތި ވާހަކަ ދައްކާ އަރަބިންނަކީ އިސްރާއީލުގެ އަޅުން.
ތަމެންދޯ
14 May 2025
މީ ސައުދީ އެރެބިޔާ އިން ހަދާ ވަރަށް ބޮޑެތި ގޯސް ތަކެއް މިހުންނަނީ 200 ބިލިއަން ޑޮލަރަށް ވުރެން ގިނަ އަދަދެއްގެ ފައިސާ ދީފައި އެމެރިކާ އިން ހަތިޔާރު ގަންނަނީ މިހާތަނަށް ސައުދީ އަށް އެމެރިކާ އިން ގަނެފައިވާ ހަތިޔާރު ތައް ބޭނުން ކުރަން އަދިވެސް ސައުދީ އަށް ނޭގޭ އެންމެ ޖެތް ފައިޓަރެއް ވެސް ރަނގަޅަށް ދުއްވާލާ މިސަައިލް ތަކުން ރައްކާތެރިވުމަށް ފައިޓަރ ފްލިޕް ފްލޮޕް ކޮށްލަން އަދިވެސް ނޭގޭ އެކަކަށް ވެސް ދެން ހަތިޔާރު ގަނެކެން ކިއެއްތޭ ކުރާނީ މުހައްމަދާ
ލަދުވެތި
14 May 2025
މިތިބަ މނފގނ ގެ ލަދުހަޔާތް ނެތްކަމާއި، ދުނިޔޭގެ ޖާހާއި މާލަަށް ދަހިވެތިވެފައި ތިބި ވަރު ނިކަން ދެކިބަލަ! މިފަދަ ކެހިވެރިންގެ އާރާއި ބާރު ނެތިކުރައްވައި، އިސްލާމީ އުއްމަތުގެ މައްޗަށް ހަގީގީ ލޯތްބާއި ތެދުވެރިކަންހުރި، ހިތްވަރުގަަދަ ބަތަލުން ބާރުގަދަކުރައްވައި، މުސްލިމުންނަަށް ގަދަކަންދެއްވާ، ނަސްރުވެރިކުރައްވާށި. އާމީން
ޢޯކޭ
15 May 2025
މާދަމާ ތިކަން ވާނެ
ކޮލަމާހުއްޓާ
14 May 2025
ބަލަ ފަލަސްތީނުގެހައްގުގަ ބަހެއްބުނެލާނެމީހަކު ތިއިންގައުމެއްގެ ވެރިންގެތެރޭގައި ނެތްތަ؟