18 މެއި 2025 - 11:01
ބޮލީވުޑް ފިލްމުތަކަށް ވަރަށް ލޯބިކުރާ ކަމަށާއި މިހާރު ބޭނުންވަނީ ވެސް ބޮލީވުޑްގެ ފިލްމެއް ކުޅެން ކަމަށް ހޮލީވުޑްގެ ކުޅަދާނަ އެކްޓަރު ޓޮމް ކްރޫޒް ބުނެފި އެވެ.
ކްރޫޒްގެ އާ ފިލްމު "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ވަނީ އިއްޔެ އިންޑިއާގެ ސިނަމާތަކުގައި ދައްކަން ފަށައިފަ އެވެ. އެއީ އެ ފްރެންޗައިޒްގެ 8 ވަނަ ފިލްމެވެ.
އެ ފިލްމު އިންޑިއާގައި ޕްރޮމޯޓްކުރުމަށް ފިލްމު އުފައްދާ ޕްރޮޑަކްޝަން، ޕެރަމައުންޓް ޕިކްޗާސް އިން އާންމުކުރި ވީޑިއޯއެއްގައި ކްރޫޒްއާ އެކު، އިންޑިއާގެ އެކްޓްރެސް އަވްނީތު ކޯރް ފެނެ އެވެ. އިންޑިއާގެ ފޭނުން ދެކެ ވަރަށް ލޯބިވާ ކަމަށް، އެ ވީޑިއޯގައި ކްރޫޒް ހިންދީ ބަހުން ބުންޏެވެ.
ކްރޫޒް ވަނީ 2011 ވަނަ އަހަރު "މިޝަން އިމްޕޮސިބަލް: ގޯސްޓް ޕްރޮޓޮކޯލް"ގެ ޕްރޮމޯޝަނަށް އިންޑިއާއަށް އޭނާ ދިޔައިރު ދިމާވި ބައެއް ކަންކަން ވެސް ހިއްސާކޮށްފަ އެވެ.
"އަހަރެން ވަރަށް ލޯބިވާ ތަނެއް އިންޑިއާއަކީ. އިންޑިއާއަކީ ވަރަށް ހާއްސަ ބަޔަކު އުޅޭ، ރީތި ސަގާފަތެއް އޮތް ތަނެއް. އިންޑިއާގައި ކުރި ތަޖުރިބާ ދުވަހަކު ވެސް ހަނދާނުން ފިލައިގެން ނުދާނެ. ހުރިހާ ވަގުތުކޮޅެއް. ތާޖު މަހަލަށް ދިޔަ ދުވަހާއި މުމްބާއީގައި ހޭދަކުރި ވަގުތުތައް، އަހަރެން ކޮންމެ ވަގުތެއް ވަރަށް ސާފުކޮށް ހަނދާން ހުރޭ،" ކްރޫޒް ބުންޏެވެ.
ކްރޫޒް ބުނީ މިހާރު އިންޑިއާގައި މަސައްކަތްކުރަން ބޭނުންވާ ކަމަށާއި ބޮލީވުޑް ފިލްމެއް ހެދުމަކީ އޭނާ ވަރަށް ބޭނުންވާ ކަމެއް ކަމަށެެވެ.
"އަހަންނަށް ވަރަށް ކަމުދޭ ފިލްމުތަކުގައި ދޭތެރެއަކުން ކުއްލިއަކަށް ލަވައެއް އަންނާތީ. އަހަރެން އެކި ގައުމުތަކުގެ މިއުޒިކަލްތައް ބަލަން. އަހަރެން ބޮލީވުޑް ފިލްމުތަކަށް ވަރަށް ލޯބިކުރަން. ހަމަ ދޭތެރެއަކުން ލަވައެއް އަންނާނެ. ނެށުމާއި ލަވަކިޔުން ވަރަށް ކަމުދޭ. އަދި މި ފިލްމުތަކުގައި އުޅޭ އެކްޓަރުން އެކްޓުކުރުމުގެ އިތުރުން ނަށާއި ލަވަކިޔަން އެނގުމަކީ ވެސް ވަރަށް ހާއްސަ ސިފައެއް،" އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2025
20 May 2025
ކަލޯ ތި ބޮލީވުޑާ ގާތްނުވާތި ޢާދޭ ދިލީވުޑަށް އައްޒަމެން، ޝިޔާމެން ވަރަށް ސަޅިވާނެ...... ބޮއިހަލަކި
ސަލީމު އިދުރީސް
18 May 2025
މަށައް ގިނައިން ބެލެނީ ހޮލީވޫޑު ފިލުމު އެމަކު ބޮލީވޫޑު ފިލުމުތައް ރީތި އަދި މަށައް ވަރައް ކަމުދޭ އިންޑިއާ ހަންޙެނުންއަޅާ ސާޅިއާ ކުލަކުލައިން ހުންނަހެދުއްތައް ދިވެހިންވެސް މީ 60 70 ގެއަހަރުތަކުގަ ސާޅިއެޅި ދިވެހި ލިބާހާ ފާސްކުރިހެދުމާ އެނޫނަސް ކުލަކުލާގެ ރީތި ހެދުންޅި އެބައެއް! މަށައް އެންމެރީތި ބަހަކީވެސް ހިންދީބަސް! ޓޮމްކުޒު ހިންދީ ފިލުމަކައް އިންތިޒާރު ކުރަން!
ކްރޫޒާ
18 May 2025
އޭނަ އެންމެ ކުޅެން ބޭނުންވަނީ ދިވެހި ފިލްމް..
ކޮތަރޭ
18 May 2025
މަގޭ ބަހެއް އަހަންޏާ ޕާކިސްތާނު ފިލްމެއް ކުޅެންވީ ޓޮމް ކުރޫޒް. ދާދި ފަހުން ރިއަލް ލައިފް ގައި ކުޅުނު އިންޑިއާ-ޕާކިސްތާނު ފިލްމުގެ ހަނގުރާމައިގައި މޮޅުވީ ޕާކިސްތާނު.
ކޮލީޕީ
18 May 2025
އެމީހުންގެ ބޮޑެތި ސުޓާރުންގެ އުމުރު ފުރަޔަށް ވަނީމާ ދެން ކުޅެންވީ ބޮލީވުޑު ފިލުމު ހަމަ