އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެން މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު އޭނާގެ ރިޔާސީ ވަދާއީ ބަޔާން ދެއްވަނީ. -- ފޮޓޯ: އޭއެފްޕީ
19 މެއި 2025 - 05:51
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންއަށް ޕްރޮސްޓޭޓް ކެންސަރުގެ ނުރައްކާތެރި ވައްތަރެއް ޖެހި އެ ބަލި ކަށިތަކަށް ވެސް ފެތުރިފައިވާކަން ހާމަކޮށްފި އެވެ.
ބައިޑެންގެ އޮފީހުން ބުނީ ބައިޑެން ކެންސަރަށް ޑައިގްނޯސްވުމާ އެކު ފަރުވާގެ ކަންކަން ކުރިއަށް ގެންދާ ގޮތްތައް ބަލަމުން އަންނަ ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ ކެންސަރު ޖެހިފައި ހުރިކަން އެނގުނީ ކުޑަކަމުދާ ނިޒާމުގެ މައްސަލަތަކެއް ހުރި ކަމުގެ އަލާމާތްތަކެއް ފެންނާތީ ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.
މިހާރު އުމުރުން 82 އަހަރުގެ ބައިޑެންގެ ފިރިހެން ދަރިފުޅު ބީއު ބައިޑެން ވަނީ ކެންސަރު ބަލީގައި 2015 ވަނަ އަހަރު އަވަހާރަވެފަ އެވެ.
"ޖެހިފައިވަނީ ކެންސަރުގެ 'އެގްރެސިވް' ބާވަތެއް ނަމަވެސް މިއީ ހޯމޯން-ސެންސިޓިވް ކެންސަރުގެ ބާވަތަކަށް ވާތީ ބަލި މެނޭޖްކުރެވުމުގެ ފުރުސަތު އެބަ އޮތެވެ. ރައީސް އާއި އާއިލާއިން މިހާރު ދަނީ ޑޮކްޓަރުންގެ މަޝްވަރާއާ އެކު، ފަރުވާގައި ކުރިއަށްދާނެ ގޮތްތަކާ މެދު ވިސްނަމުންނެވެ." ބަޔާނުގައިވެ އެވެ.
ރިޔާސީ އިންތިހާބުގެ ކުރިންނާއި ފަހުން ވެސް، ބައިޑެންގެ އުމުރާއި ސިއްހަތު އޭނާގެ ހަނދާން ބަލިކަމާ ގުޅުވައި ބަހުގެ ހަމަލާތައް ދެއްވަމުން ގެންދެވި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ބައިޑެންގެ މި އާލާސްކަންފުޅުގެ ޚަބަރާ އެކު ހިތާމަކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"ޖިލް އާއި އާއިލާއަށް ހެޔޮ ގޮތް މެދުވެރިވުން އެދެން އަދި ޖޯ އަށް އަވަސް ޝިފާއަކަށް އެދެން،" ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެންއަށް އިޝާރާތްކުރައްވައި، ޓްރަމްޕް އޭނާގެ ޓްރޫތު ސޯޝަލް ޕްލެޓްފޯމްފައި ލިޔުއްވާފައިވެ އެވެ.
ސިއްހީ ހާލަތާއި ސިޔާސީ އެކި ޕްރެޝަރުތަކާ ހެދި މިދިޔަ ރިޔާސީ އިންތިހާބުން ބައިޑެން ވަކިވެވަޑައިގަތުމުން ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކަށް ވެ ވަޑައިގަތް ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް ވިދާޅުވީ ބައިޑެން އަކީ ބޮޑެތި ކަންކަމާ ކުރިމަތިލުމުގެ ހިތްވަރާއި ކެރުން ހުންނަ ބޭފުޅެއް ކަމަށާއި ބައިޑެންގެ މުޅި ހަޔާތް ސިފަވަނީ ވެސް އެގޮތަށް ކަމަށެވެ.
"ކޮންމެ ގޮންޖެހުމަކާ ވެސް ހަމަ އެ ހިތްވަރުގައި، އުންމީދާ އެކު ކުރިމަތިލެއްވުމަކީ ބައިޑެންގެ މުޅި ލީޑަޝިޕާއި މުޅި ހަޔާތް ސިފަކޮށްދޭ ގޮތް. އުންމީދުކުރަނީ ބައިޑެން މި ބަލިން އެއްކޮށް ފަސޭހަވާނެ ކަމަށް،" ކަމަލާ ވިދާޅުވި އެވެ.
ޕްރޮސްޓޭޓް ކެންސަރަކީ ފިރިހެނުންގެ މެދުގައި އެންމެ ގިނައިން ފެތުރެމުންދާ ކެންސަރުގެ ބާވަތްކަމަށް އެމެރިކަން ކެންސަ ސޮސައިޓީން ބުނެ އެވެ. އެމެރިކާގެ ކޮންމެ އަށް ފިރިހެނުންގެ ތެރެއިން އެކަކަށް ހަޔާތުގެ ކޮންމެވެސް ހިސާބެއްގައި މި ބަލި ޖެހޭ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ. -- އޭއެފްޕީ
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލާ2222
19 May 2025
އަހަރަމެން އުފަލެއް ނުވޭ މީހަކަށް ދެރަ ގޮތެއް ދިމާވީމަ! އަހަރެމެން ފުރަތަމަ ބަލަނީ އިންސާނިޔަތަށް ދެން ކޮން ދީނެއްތޯ ބަލަނީ! މުސްލިމުންގެ ގޮތަކީ މުސްލިމް ނުން ކޮންމެ މީހަކަށް ދެރަ އެއް ލިބޭ ވަގުތު އުފާ ކުރުންތޯ؟
އުފާކުރީ
19 May 2025
މުސްލިމު ނޫން ކޮންމެ މީހަކަށް ދެރައެއް ލިބުނީމައެއް ނޫން މިއުޅެނީ..މިއުޅެނީ ފަލަސްތީނުގެ އެތައް މުސްލިމުންނެއް ހައްގަކާނުލާ ގަތުލުކޮށް މެރި ޒާލިމަކަށް ނުރައްކާތެރި ބަލިމަޑުކަމެއް ޖެހުނީމަ...ކޮންމެވެސް ގޮތަކުން އެކަލޭގެ ކުރި ކަންކަމުގެ ސަޒާއިން ބައެއް މިދުނިޔެމަތީގަ ލިބެންފެށީމަ އެކަމާ ދެރައެއް ނުވޭ..އަދި ނުވެސް ރޯނަން..މުސްލިމުން ހިތާމައެއް ނުކުރޭ އަބޫޖަހުލާއި އަބޫލަހަބު ނުބައިގޮތަކަށް މަރުވެގެން ދިޔައީމައެއް.
ފްރީޕެލެސްޓައިން
19 May 2025
ލޮލް. ކަލޭ "އިންސާނިއްޔަތު"ކަމުގެ ވާހަކަ ތިދައްކަނީ ކަލެޔަށް ދިމާވި ކަމެއް ނޫންވީމަ. ކަލޭގެ މުޅިއާއިލާ އަލިފާނަށް އަޅާލި މީހަކު ދެކެ ތިހާ އިންސާނިޔަކަމެއް ނުހުންނާނެ. ޔަގީން ކަށަވަރު. ކީޕް ޔޯރ ފޭކް ހިޔުމަނިޓީ ފޮރ ޔޯ ސެލްފް! ދުނިޔެ ދުށް އެންމެ އަނިޔާވެރި އެކަކަށް ކަލޭ އެކަނި ހުރޭ އިންސާނީ ވެގެން. އަހަރެމެންނޭ ނުކިޔާ. ތި ހާމަ ކުރި ޝުޢޫރުތަކާމެދުވެސް ސުވާލު ކުރެވޭނެ.
ޖެން ދީން
19 May 2025
ދީނޭ ބުނީމަ އިނގޭތޯ، އެހެންނަމަތާ އުފާވެ ނޫނީ ދެރަވާންވެސް އިނގޭނީ. ދީނޭބުނީމަ ލޭކެކޭ މީހުން މައިތިރި ކުރުން އެއީ ހުޅަނގުގެ ސިޔާސަތަކީ، ދެން ތިބޭނީ ކޮންމެ ގޮތެއް ވަރިހަމަ މީހުން.
ދެރަސޮރު
19 May 2025
އަހަރެންގެ އެދުމަކީ މަރުއައިސް ޖެހުމުގެ ކުރިން ހެޔޮވިސްނުން ލިބި ކުރެވުނު ކަންތަކަށް ހިތާހިތުން ނަމަވެސް ދެރަވެ ފަލަސްތީނުގެ ރައްޔިތުންގެ ކިބައިން މައާފަށް އެދުން..
ޖަލީލީ
19 May 2025
ޣައްޒާގައި ހައްގަކާއި ނުލާ ޝަހީދު ކޮށްލެވުނު އެތަށް މުސްލިމުންނެއްގެ މަރުގެ ޒިންމާ ނަގަން ޖެހޭ އެކަކު މީ. ޔަހޫދީންނަށް ހަތިޔާރުދީ ގަތުލް އާންމަށް ތާއީދުކޮށް ވާހަކަދެއްކައި ގަދަބަސް ބުނި އިންސާނާ ފަހަރެއްގައި ހީ ވެސް ނުކުރޭ ތިމަންނައަށްވުރެ ބާރުގަދަ ފަރާތެއް ވާކަން. މިދުނިޔޭގައި ވެސް އަޒާބު އަދި އާހިރަތުގައި ވެސް ނިމުމެއް ނުވާ އަޒާބް މި މީހުންނަށް ހައްގުވަނީ އެހެންވެ.
ވެންގަބޯ
19 May 2025
މުސްލިމުންނަށް އިހާނާތްތެވާ މީހުންގެ ނިމުން އަންނާނީ ވަރައް ވޭންދެނެވި ގޮތަކަށް ދެންވެސް މުސްލިމުންނާ ދޭތެރޭ ކަންކަން ކުރެވުނު ގޮތާދޭތެރޭ ހިތާމަކޮއް މުސްލިމުންގެ ކިބައިން މާފަށް އެދެން އަވަސްވެ ގަންނާށޭ ވަގުތު ފާއިތުވިމުގެ ކުރިން މުސްލިމުނަށް އަނިޔާދޭ ވެރިންގެ ނިމުން އަންނާނީ ވަރަށް ހިތިގޮތަކަށް ނިމިދާނީ
އުފާވޭ
19 May 2025
އަހަރެންވެސް ވަރަށް އުފާވޭ ލޭބޮވައިގެންފަހުރި ޒަޔަނިސްޓަކަށް ހިތި ނިމުމެއް އަންނާތީ! އެކަމަކު ތިކޮމެންޓް މަށަށް އެހާ ސެންސެއް މޭކްއެއް ނުކުރޭ! ދެން އެހެންވީމަ އުދަގުލާއި ވޭނުގަ މަރުވާ ކޮންމެ މީހަކީ ވެސް ގޯސް މީހެއްތަ؟
އެނގިއްޖެތަ؟
19 May 2025
އުފާވޭ.އަށް. ކޮމެންޓު ރަނގަޅަށް ނުކިޔާކަން ފާހަނގަކުރެވޭ. ކޮމެންޓުގަ އޮތީ އަނިޔާދޭ ވެރިންގެ ވާހަކަ. އުނދަގުލާއި ވޭނުގަ މަރުވާ ކޮންމެ ކޮންމެ މީހެއްގެ ވާހަކައެއް ނޫން.