އެމިރެޓްސްގެ ބޮއިންގް 777 ބޯޓެއް މާފަރު އެއާޕޯޓަށް ޖައްސާފައި--- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
20 މެއި 2025 - 18:49
ޕްރައިވެޓް ޖެޓުތައް ޖެއްސުމުގައި ރާއްޖޭގައި އެންމެ ނަން ހިނގާ އެއާޕޯޓު، މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަތަމަ ފަހަރަށް ބޮއިން 777 ގެ މަތިންދާބޯޓެއް މިއަދު ޖައްސައިފި އެވެ.
ޑިސެމްބަރު 2019 ގައި ހުޅުވި މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެއްސީ އެމިރޭޓްސްގެ ބޮއިން 777 ގެ މަތިންދާބޯޓެކެވެ.
ރާއްޖޭގައި އެންމެ މަތީ ފެންވަރުގެ ގިނަ ރިސޯޓުތަކެއް ހިންގާ ސަރަހައްދުގައި ހަދާފައިވާ މާފަރު އެއާޕޯޓަށް ފުރަތަމަ ފަހަރަށް ވައިޑްބޮޑީ މަތިންދާބޯޓެއް މި ޖެއްސީ އެ އެއާޕޯޓަށް ބޮޑެތި މަތިންދާބޯޓުތައް ޖެއްސުމުގެ ގާބިލުކަން ވަޒަން ކުރުމަށް ކުރިއަށް ގެންދާ ސެޓިފިކޭޝަން ޕްރޮސެސްގެ ބައެއްގެ ގޮތުންނެވެ.
އެގޮތުން ބެލި ކަންކަމަކީ:
- މަތިންދާބޯޓު ރަނގަޅަށް ޖެއްސުމާއި ފުރުމަށް ރަންވޭގެ ގާބިލުކަން.
- ތެޔޮ އެޅުމާއި ފަސިންޖަރުންނަށް ހިދުމަތް ދިނުމާއި ކާގޯ އޮޕަރޭޝަންތަކަށް ގްރައުންޑް ހޭންޑްލިން އެސެސްމަންޓްތައް.
- އިންޓަނޭޝަނަލް އޭވިއޭޝަން މިންގަނޑުތަކާ އެއްގޮތަށް ނެވިގޭޝަނާއި އެއާ ޓްރެފިކް ކޮންޓްރޯލް އިވެލުއޭޝަންތައް.
އެމިރެޓްސްގެ ބޮއިންގް 777 ބޯޓެއް މާފަރު އެއާޕޯޓަށް ޖައްސާފައި--- ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް
އޭވިއޭޝަނާ ގުޅޭ ޚަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސްގައި ބުނެފައިވާ ގޮތުން ބޮއިންގެ ބޯޓެއް މާފަރު އެއާޕޯޓަށް ޖެއްސުމަކީ އޭވިއޭޝަން ހަބެއްގެ ގޮތުގައި ހަރުދަނާވެ، އެއާޕޯޓުގެ ސެޓިފިކޭޝަން ޕްރޮސެސްގައި މުހިންމު ހަރުފަތެއް ހާސިލުވި ކަމެކެވެ.
އައިލެންޑް އޭވިއޭޝަނުން އޮޕަރޭޓްކުރާ މާފަރު އެއާޕޯޓް ހުޅުވީ ޑިސެމްބަރު 1، 2019 ގަ އެވެ.
އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓްގެ އެހީއާ އެކު ހެދި މާފަރު އެއާޕޯޓު މިދިޔަ އަހަރު މޭ މަހު، އަޕްގްރޭޑް ކުރުމަށް އިންޓަނޭޝަނަލް ދަތުރުތައް ހުއްޓާލި އެވެ. ނަމަވެސް އެ މަސައްކަތް ނިމުމާ އެކު މިދިޔަ އަހަރު އޮކްޓޫބަރުގައި ވަނީ އަލުން ދަތުރުތައް ފަށައިފަ އެވެ.
މިހާރު ވަނީ އެ ތަނުގެ ރަންވޭ 2.2 ކިލޯމީޓަރުން 2.8 ކިލޯމީޓަރަށް ބޮޑުކޮށްފަ އެވެ. އެއީ ބޮއިން 777 އަދި އެއާބަސް އޭ-380 މަރުކާގެ އެންމެ ބޮޑެތި މަތިންދާބޯޓު ޖެއްސޭ ވަރަށެވެ.
ނ. އަތޮޅަކީ ޓޫރިޒަމްގެ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށް ވެފައި މާފަރު އެއާޕޯޓުގެ އަޕްގްރޭޑާ އެކު ޓޫރިސްޓުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
އެއީ ބޭރުގެ ޓޫރިސްޓުން ދަތުރު ކުރުމަށް ހޭދަވާ ވަގުތު މަދުވެ، ފަސޭހައިން ގުޅުންތައް ގާއިމު ކުރެވޭނެތީ އާއި އެ އެއާޕޯޓުން ފަސިންޖަރުންނާއި މުދާ އުފުލުމުގައި ފަސޭހަ ވާނެތީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަޒްމާ
21 May 2025
ތިޔަ ބޯޓުވެސް މާފަރަށް ގެނައީ މާލޭ ގައި ހުރި އަމިއްލަ ކުންފުންޏެއް ގެ އެރޭންޖް މެންޓަކުން.
ޖަރު
22 May 2025
ނޭގޭވާހަކަ ނުދައްކަބަލަ ފަޒްމާ.
އަސަދފަފަ
21 May 2025
މިއީ މާލޭ މީހުންނަށް ކަޅު ދުވަހެއެއް، މިކަހަލަ ކަމެއް އެހެން ރަށަކަށް ވަންޔާ ވަރަށް ކަންތަށް ބޮޑުވާނެ
މާލޭ މީހުން
21 May 2025
ތީ ހަމަހީވާ އެއްޗެއް، މާލެ މީހުން އުފާވޭ ކޮންމެ ބަޔަކަށް ކުރިއެރުމެއް ލިބުނަސް. އެންމެންނަކީވެސް ހަމަދިވެހިން. ތިއީ ނާތަހުޒީބު މީހުންގެ ވިސްނުމެއް
އަލީބޯ
21 May 2025
ވަރަށްތާރީހީ ދުވަހެއްނު މާފަރުގަ ނަރުދަމާއެއްނެތް
އަބްޑޫޅް +
21 May 2025
މާފަރުގަ މިހާރުން މިހާރަށް ރޭލުދަގަނޑު އަޅާފަ, ސިންގަޕޫރުގަ އޮންނަ ކަހަލަ, އެމްއާރުޓީ އެއްވެސް އޮންނަން އެބަޖެހެޔޭ, މިހާރުން މިހާރަށް.
މައިހޯ
21 May 2025
ތިރަށު މީހުން ނަރުދަމާ ބޭނުމެއްނުވާނެ ، އަތިރިމަތި ބޭނުންކުރޭ
ދިސްވޭއިން
20 May 2025
އެއަރޕޯރޓް ތައް ގިނަ ވުން އެއީ މައްސަލަ އެއް ނޫނޭ އެއާއި އެކު އަންނަން ޖެހޭ އެހެން އިގްތިސާދީ ހަރަކާތް ތައް ރާއްޖޭގެ އިގްތިސާދު ކުރިނާރާނެއޭ ޓޫރިޒަމަށް އެކަނި ބަރޯސާ ވެގެން ޗައިނާ އާއި އެކު ފްރީޓްރޭޑް އެއްބަސްވުން ހަދާފައިވާއިރު ކާށިދޫ ފަޅު ހިއްކާ ކާށިދޫ ފަޅުގައި އެއަރޕޯރޓެއް އަޅާ އެތަނުގައި ޗައިނީސް އިންޑަސްޓްރިއަލް ޕާރކް ހަދައިފިނަމަ ޓްރޭޑް ޑެފިސިޓް ކުޑަވެ އިގްތިސާދު ދުއްވައިގަންނާނެއޭ އިކޮނޮމިކް މިނިސްޓްރީ ވަރަށް ބަލިކަށީއޭ ދުރުނުވިސްނަނީއޭ
އޭއޭއޭ
20 May 2025
ފުލްސްޓޮޕް ދަސްނުވޭ ދޯ އަދިވެސް؟
އަބްޑޫޅް +
21 May 2025
ފުލްއިޝްޓޯޕު ދޯ
އޫބެއާއްކަލޯ
20 May 2025
މިއީ ވަރަށް ރަގަޅު ފިޔަވަޅެއް. މުޅި ރާއްޖެ އެއްލޯވަޅަކަށް ސާގުފަނިގަޑެއްހެން ބޮޑިކޮށްގެން ތިބޭތިބުން ދޫކޮށް ހަމަނޭވާއެއް ލެވޭގޮތަށް ވަޒީފާތަކާއި ދިރިއުޅުން ފަސޭހަކޮށް އާރާސްތު ކުރުމަށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ވަސީލަތްތައް ގާއިމުކޮށް ފަތުރަންޖެހޭ.
ޅެންކިޔާބޭ
20 May 2025
ދާލު އެއާޕޯރޓް އިންޓަރނޭޝަނަލް ކުރުންގަނޑު ކިހިނެތްވަނީ؟ އަނެންހެން ގޯހެއްނޫންކަންނޭގެ ކައުންސިލްގެ ރައީސް ކަމަށް އަންނަ ކޮންމެ މީހަކާ އެއިރަކު އޮންނަ ކައުންސިލެއް ކިހިލީ ޖަހާލައިގެން ރަށު ގޮނޑުދޮށުން ހިލަވެލިނަގައިގެން ގާއަޅައިގެން ބޭރުކުރުންގަނޑު ހަބޭސް، ޓިކެޓްތައް ހުރީ -/2 ތިންކޮޅު އެހެންވީމަ ރަނގަޅުތާ އެހާކަންވަރު ދޯ
އޮނަރަބްލް އަފީފު ދީދީ
20 May 2025
ނ.އަތޮޅަށް ލިބުނު ކުރިއެރުމުގެ އުއްމީދެއް ކަމަށް ހީކުރަން. އަދި މިއީ މ ސަރުކާރު ސިޔާސަތު ކަޑައަޅާ ތަންފީޒު ކުރާންތިބި އެރަށު ބޮޑުން ކިތަންމެ ބޭނުން ނުވިކަމެއް ކަމަށްވިޔަސް މަޖުބޫރީ ޙާލަތުގައި އެމީހުން ކުރި ކަމެއް. އަދިވެސް އެމީހުން އެތިބީ ރާއްޖޭގެ އެންމެ ފުރަތަމަ އެއަރޕޯޓް GAN International Airport އާއި ހަނިމާދޫ އެއަރޕޯޓް ގައި މަރުތަޅު އަޅުވާ އެތަންތަނަށް ބޭރުގެ ބޯޓެއް ނުޖެއްސޭގޮތް ހަދައި ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސާނުދީ ހިފަހައްޓައިގެން.
ޖޭޖޭޖޭ
20 May 2025
ޖޭވީ؟
0001001
20 May 2025
ދީދީ މާލޭ މީހުން ދެކެ ތިހާ ކޯފާވަނީ އަނެއްކާ ކިހިނެއްވެގެންތޯ! މާލޭ މީހުން ނޫންތޯ "ވަޑައިގަންނަވާާށޭ ކުލާހަށް އަސާސީ" އިއްވައިގެން ތިބޭފުޅުންނަށް ލިޔަން ކިޔަން ދަސް ކޮށްދިނީ! މިނިވަން ދުވަހު މާލެ އަށް ދައުވަތު ދީގެން ދަނޑު ގައި "ބޮޑިބަތްތޯ އުދަންވީ" ކިއުވީ!! ދަނޑުވެރިކަން ކުރުވަން "ދަނޑަށް ދަނޑަށްދާންދެން ހިނގާ" ރޭޑިއޯ އިން އިއްވައިދިނީ. "ކެޔޮޅާބޭބޭދޫންޏާ" ލަވައިން ހިިތްވަރުދީ ގެން އިންޖީނު ދޯނިފަހަރު ދުއްވުވީ! ކަންކަން ކޮށްދިންނޫންތޯ؟
ޝާޑު.
20 May 2025
ހުޅުދޫގައި ޑޮމެސްޓިކް އެއަރޕޯޓް އަޅަން ފެއްޓުމ،ާއި އެކު ރައީސް ތުރުކީ ކުންފުންޏަކަށް 50 އަހަރަށް ގަން ދޫކުރާނެ. މި އެއްބަސް ވުމާއި އެކު ޓާކިޝް އެއަރލައިންގެ ދަތުރު ގަމަށް ހަމަޖެހޭނެ. ދީދީ މަޑުކުރޭ. އަދި މިސަރުކާރަށް 2 އަހަރުވެސް ނުވޭ. ކަންކަން ކުރާނެ. ރައީސސްގެ ވައުދާއި އެއްގޮތަށް އައްޑޫ ތަރައްޤީ ކުރާނެ.
ގަން އެއަޕޯޓު
21 May 2025
ތި ގަން އެއަޕޯޓަކާ ހެދި މިއޮއް ހުރިހާ ދުވަހު އެހެން ތަނެއްގެ އެއަރޕޯޓު ތަރައްގީނުކުރެވިއޮތީ. އައްޑޫގަ ޓުއަރިޒަމް އައް ކުރިމަގެއްނެތް. އެކަމަކު ސިޔާސީ ޕްރެޝަރާހުރެ އެއްވެސް ސަރުކާރަކައް ގަންއެއަޕޯޓު ތަރައްގީނުކޮއް އެހެންތަނެއްގެ އެއަޕޯޓު ތަރައްގީކުރެވޭކައްވެސްނެތް. ދެންބުނާނެ އެއޮތީ ނޫންހޭ ގއ ، ގދ އެހެންކަމައްވަންޏާ އެތަންތަނުގަ އެއަރޕޯޓެއް ތަރައްގީކުރުން މާރަނގަޅުވެފަ ދެކޮޅުޖެހޭނެ.
ކޮތަރޭ
21 May 2025
މަވެސް މީ އައްޑޫ މީހެއް. އައްޑޫ މީހުން މާ ހަސަދަވެރިކަން ބޮޑީ. ހާއްސަކޮށް ހިތަދޫ މީހުން ބޭނުމެއް ނޫން އައްޑޫ ފިޔަވާ ރާއްޖޭގެ އެއްވެސް ރަށެއް ތަރައްގީ ވާކަށް. އަދި އައްޑޫ އިންވެސް ހިތަދޫ ނޫން އައްޑޫ އެހެން ރަށެއް ތަރައްގީ ވާކަށް ބޭނުމެއް ނޫން. އެހެންވެ އައްޑުއަަތޮޅު ހުޅުމީދޫ މީހުންވެސް އައްޑޫސިޓީ ކައުންސިލުން ވަކިވާން ބޭނުންވަނީ. ނ.އަތޮޅު މީހުންނަށް މަރުޙަބާ ދަންނަވަން މިއީ ތިއަތޮޅުގެ ތަރައްޤީގައި ކުރިޔަށް އެޅުނު އިތުރު ފިޔަވަޅެއް
ގުރާާ
21 May 2025
އަފީފޫ.....ސްރީލަންކަން ނުޖައްސާތަ ގޭން އިންޓަރނޭޝަނަލް އެއަރޕޯޓުގައި؟