އެކްސިޑެންޓުގައި ގެއްލުން ލިބުނު ޑިންގީ.
21 މެއި 2025 - 09:12
ޅ. އަތޮޅު ގާއެރިފަޅު ކައިރީގައި ރޭ މެންދަމު ހިނގި އެކްސިޑެންޓުގައި ސީރިއަސް އަނިޔާ ލިބުނު މީހާ، އިތުރު ފަރުވާ އަށް މާލެ ގެންނަން ނިންމައިފި އެވެ.
ފީނަން ގޮސް އުޅުނު ބަޔަކު ތިބި ޑިންގީއެއްގައި ލޯންޗަކުން ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ފަސް މީހަކު ޒަހަމްވި އެވެ. އެ މީހުންނަށް ފަރުވާ ދިނުމަށް ޅ. ނައިފަރުގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް މިހާރު ވަނީ ގެންގޮސްފަ އެވެ.
އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އަނިޔާވި މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށެވެ. އެހެންވެ، މިއަދުގެ ހެނދުނު 11:00 ހާއިރު އެއާ އެމްބިއުލާންސްގައި އެ ފިރިހެން މީހާ މާލެ ފޮނުވާލަން ވަނީ ނިންމާފައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ދެން ތިބި ހަތަރު މީހުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައި ވިޔަސް އެ އެންމެންގެ ހާލު ސްޓޭބަލް އެވެ.
އެކްސިޑެންޓުގައި ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު އަލީ
21 May 2025
ކަނޑު މަތީގެ ހާދިސާތައް ގިނަވަނީ ލޯންޗު ދުއްވާ މީހުން ނުބަލާ ދުއްވާތީ
އެމީހ
21 May 2025
ތި ޑިންގީގަ ނެވިގޭޝަން އިންކަން ފޮޓޯއިން ފާހަގަ ކުރެވޭ. ނެވިގޭޝަން އެގަޑީ ދިއްލާފަ ހުރިކަމަށް ވާނަމަ ދުއްވާފަ އަންނަ އުޅަނދު ތަކަށް ފެންނާނެ ކަމަށް ބެލެވޭ.
ކަންއިތުރު
21 May 2025
ނެވިގޭޝަން އެއްފަރާތުގަ ބަހައްޓާފަ ފީނަން ދިޔަ ބަޔެއް ވިއްޔާ ބައްތި ގެންގުޅޭނެ، ޑިންގީއާއި ދިމާލަށް އަންނަނީ ކަމުގައިވާނަމަ އަންނަ އެއްޗާދިމާލަ ދިއްލާ އިޝާރާތްވެސް ކުރާނެކަން ޔަގީން