ގިނަ ބަޔަކު ގޮވައިގެން ކ. މާފުއްޓަށް ދަތުރުކުރި ދޯނި ފެރީއެއް މިއަދު ފަރަށް އަރައިފި އެވެ. 

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. 

މެރިން ޕޮލިސްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ 72 މީހަކު ގޮވައިގެން މާފުއްޓަށް ދަތުރުކުރި ފެރީގެ އިންޖީނު ހުއްޓި، އެނބޫދޫ ފަރަށް އެރީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ.

މާފުށި ދޯނި ފެރީން ދަތުރުކުރި މީހުން ފުލުހުންގެ ރެސްކިއު ލޯންޗަށް އަރުވައިގެން ގެންދަނީ.-- ފޮޓޯ: މެރިން ޕޮލިސް
މާފުށި ދޯނި ފެރީން ދަތުރުކުރި މީހުން ފުލުހުންގެ ރެސްކިއު ލޯންޗަށް އަރުވައިގެން ގެންދަނީ.-- ފޮޓޯ: މެރިން ޕޮލިސް

އެ ފެރީން ދަތުރުކުރި އެންމެން ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

އެ ފެރީގައި ތިބީ 67 ޓޫރިސްޓަކާއި ތިން ދިވެއްސަކާއި ބިދޭސީ ދެ ފަޅުވެރިއަކު ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ބުނީ އެ ފެރީ ފުންކުރުމުގެ މަސައްކަތް އުޅަނދުގެ ވެރިފަރާތާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ. 

މާފުށި ދޯނި ފެރީން ދަތުރުކުރި މީހުން ފުލުހުންގެ ރެސްކިއު ލޯންޗަށް އަރުވަނީ.-- ފޮޓޯ: މެރިން ޕޮލިސް
މާފުށި ދޯނި ފެރީން ދަތުރުކުރި މީހުން ފުލުހުންގެ ރެސްކިއު ލޯންޗަށް އަރުވަނީ.-- ފޮޓޯ: މެރިން ޕޮލިސް

މާލެ، ގުޅި، މާފުށި އަދި ގުރައިދޫއާ ދެމެދު، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ކޮޅަކަށް އެއް ދަތުރު ކުރާ މި ދޯނި ފެރީއަކީ އަދިވެސް ގިނަ ބަޔަކު ދަތުރުކުރާ އަދި މުދާ އުފުލުމަށް ވެސް ބޭނުންކުރާ އެމްޓީސީސީގެ ފެރީއެކެވެ.