ސްޓެލްކޯގެ ކަރަންޓު ފޮއްޓެއްގެ ކޭބަލްތައް ބުރިކޮށްލާފައި.
23 މެއި 2025 - 20:43
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ އާއި ބައެއް ގެތަކަށް ކަރަންޓު ދޭން ބޭނުންކުރާ ފޮއްޓެއްގެ ހުރިހާ ކޭބަލެއް ބަޔަކު ބުރިކޮށްލާފައިވާ ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ކަރަންޓު ކޭބަލްތައް ބުރިކޮށްލާފައި ވަނީ އެމްޑީޕީން މިރޭ ކުއްލި އެއްވުމެއް ހަރުގެއިން ފަށަން ތައްޔާރުވަމުން ދަނިކޮށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ "މިހާރު" އަށް ވިދާޅުވީ އެމްޑީޕީ ހަރުގެ އާއި ގެތަކަށް މިހާރު ކަރަންޓު ކެނޑިފައި ވާތީ އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ވީއެންމެ އަވަހަކަށް ހަރުގެއަށް ކަރަންޓު ދިނުމުގެ ކަންތައް އަޅުގަނޑުމެން ކޮށްދޭނަން،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު ފޮއްޓަށް ގެއްލުން ދިން މައްސަލަ ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި އެކަން ފުލުހުން ވެސް ބަލަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ސްޓެލްކޯގެ ކަރަންޓު ފޮށިތަކާއި ޓްރާންސްފޯމަރުތަކުގެ ކަރަންޓު ނަރުތައް ބުރިކޮށްގެން ވަގަށް ގެންދާ މައްސަލަ ބޮޑެވެ. މިއީ ވަރަށް ނުރައްކާތެރި ކަމަކަށް ވާތީ އެކަން ނުކުރަން އިލްތިމާސްކުރަމުން ދަނިކޮށް ޓްރާންސްފޯމަރަކުން ކަރަންޓުގައި ޖެހި މީހަކު މަރު ވެސް ވެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެޕްޓޕް
24 May 2025
މިއަކީ އެއްމެން ދަންނަ ކަމެއް ހުޅުޖެހުމާ ކަޅުތެޔޮޖެހުމާ ވަޅިޖެހުމާ މީއީ ޕޕއެމް ޕީއެންސީ އާމުކަމެއް
ހަމަހިލާ
24 May 2025
އެމްޑީޕީ ހަރުގެ އެއީ މާތް ތަނެއްތޯ. ސުރުހީ ޖަހާފަހުރި ގޮތުން ހީވަނީ ނަފްރަތު އުފެއްދުމައް ހެން. އަދި އެމްޑީޕީގެ ހަރުގެއިން އެކަންޏެއް ނޫން ކަރަންޓް ދިޔައީކީ. ތިޔަބުނާ ކޭބަލް ވަގައްނެގި މީހާވަނީ ހައްޔަރު ކޮއްފަ އަދި ވަނަވަރު ވެސް އާމުކޮއްފަ
އެންމެން ހެޕީ
24 May 2025
ދާ މިސްރާބު ވަރަށް ސާފު
ދުރުމި
23 May 2025
ރީނދޫ ޕާޓީގެ ތާއީދު ނެތި އަޑު ކެނޑެމުންދާ ކޮންމެ ފަހަރަކު ކޮންމެވެސް ސިމްޕަތީ ސްޓަންޓެއް ޖައްސުނުމަކީ އެންމެން ދަންނަ ބޮޑު ސިއްރެއް
އެމްސް
23 May 2025
ވެމްކޯ/މަސް މާރުކޭޓް/ޕެޓްރޯލް ޝެޑްތައް ނޫން އާމްދަނީގެ ފުރުސަތުތައް ހުރީ ބިދޭސީންނަށް ޚާއްސަކުރެވިފައެވެ! ވައްކަމާއި ކަރަޕްޝަން އެހާ ޢާއްމުވެގެންދާ އިރު އަދިވެސް އޭގެ ސަބަބު ދަނެގަންނާކަށް ނުވޭބާއެވެ؟
ސަބަބު ދަނެގަނެވިއްޖެ
23 May 2025
ސަބަބަކީ ރާއްޖޭގެ ހަތަރު ބިތުން އެޔެއް މިއެއް ނުބަލައި މީހުން ގެނެސް މާލެ ސަރަޙައްދު ތޮއްޖައްސާފައި ވުމެވެ. މާލެއަށް ހިޖުރަކުރި މީހުންގެ ތެރޭގައި ވައްކަންކޮށްގެން ކައިބޮއި އުޅޭ މީހުން ގިނައީ އެވެ. އަދުލުއިންސާފު ޤާއިމް ނުކުރެވެނީ އެވެ.
އަދުލު
24 May 2025
މިސަރުކާރައް ވުރެން އަދުލު އިންސާފު ގާއިމު ކުރަން މިހާރައް ވެސް އުޅުނު ސަރުކާރެއް އަދި ނުދެކެން