މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަހްޔާއާ އެކު، މިނިސްޓަރު ޝަހީމް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
25 މެއި 2025 - 23:59
ދިވެހި ހައްޖުވެރިންނަށް މައްކާ ރޫޓް އިނިޝިއޭޓްވި އިފްތިތާހު ކުރުމުގެ ތާރީހީ ހަފުލާ އަށް މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަހްޔާ މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
އޭނާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ހައްޖަށް ދާއިރު، އެއާޕޯޓާއި އިމިގްރޭޝަން މަރުހަލާ ނިންމުމުގެ ގިނަ ލުއިތަކެއް ލިބޭ ގޮތަށް ސައުދީ ސަރުކާރުން ފަށާފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި މި މަހު ރާއްޖެ ހިމެނުމާ އެކު، އެކަން އިފުތިތާހު ކުރަން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިންމައިފަ އެވެ. އެ ރަސްމިއްޔާތަށް ސައޫދީ އަރަބިއްޔާގެ މަތީ ފެންވަރުގެ ބޮޑު ވަފުދެއް އަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ކުރިން ވަނީ ބުނެފަ އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ދާ މީހުން މާދަމާ ފުރަން ފަށާއިރު، "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ތައްޔާރީތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ވަނީ ވެފަ އެވެ. އެ ތައްޔާރީތަކަށް ވެސް ސައޫދީން މީގެ ހަފުތާއެއްހާ ދުވަސް ކުރިން އެޑްވާންސް ޓީމެއް ރާއްޖެ އަށް ވަނީ އައިސްފަ އެވެ.
މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަހްޔާ އަށް މިނިސްޓަރު ޝަހީމް މިރޭ މަރުހަބާ ދަންނަވަނީ.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ ހައްޖުވެރިން އަމިއްލަ ގައުމުން ފުރުމުގެ ކުރިން، ދެ ގައުމުގެ އިމިގްރޭޝަނުން ކުރަން ޖެހޭ ކަންކަން އަމިއްލަ ގައުމުގެ އެއާޕޯޓުގައި ތިބެ ނިންމައިގެން ފުރޭނެ އިންތިޒާމް ހަމަޖައްސައިދޭ ޕްރޮގްރާމެކެވެ. އަދި ޖިއްދާގެ އެއާޕޯޓުގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި، ސީދާ ހޮޓަލަށް ދިޔުމާއި ހައްޖުވެރިންގެ ލަގެޖްތައް ވެސް ސީދާ ހޮޓަލަށް ގެންދިއުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ އެވެ.
މައްކާ ރޫޓް އިނިޝިއޭޓިވް ކޮމިޓީގެ ޗެއާމަން އަދި ސައޫދީގެ ފޮރިން މިނިސްޓަރުގެ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް ސުލައިމާން ބިން އަބްދުލް އަޒީޒު އަލްޔަހްޔާއާ އެކު، މިނިސްޓަރު ޝަހީމް މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.---ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖެއަކީ ސައޫދީން މި އިނީޝިއޭޓިވްގައި ހިމެނި 8 ވަނަ ގައުމެވެ. އެހެންވެ، މިއީ ދިވެހި ހައްޖުވެރިންނަށް ލިބުނު ތާރީހީ ބޮޑު ފަސޭހައެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
"މައްކާ ރޫޓް އިނީޝިއޭޓިވް"އަކީ 2018 އިން ފެށިގެން ސައުދީ ސަރުކާރުން އެ ގައުމުގެ ހައްޖު މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީގެ ދަށުން ތަންފީޒު ކުރަމުންދާ، ސައުދީ ވިޝަން 2030 ގައި ހިމެނޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަންގިރި
26 May 2025
ބަލަ ސަހީމޫ ކިތަންމެ ވަރަކަށް ސައުދީ މީހުން ރަގަޅުކުރަން އުޅުނަސް ދިވެހިން ކުރިމަތީ ރަގަޅޫނުވާނެ އެމީހުންނެއް ފަލަސްތީން އެއީ އޮންނަބަޔެއްކަންވެސް ސައުދީޔައްނޭގޭ . އަހަރެމެންގެ އުއްމަތުގެ މީހުން ކާންނުލިބި ބަޑައްމަރުވާން ދޫކޮއްލާފާ ކޮންވާހަކަޔެއްދައްކާން ތަ