ހުޅުމާލެ 2: ހުޅުމާލެ ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި 100 މީޓަރު އުސް ޓަވަރެއް އަޅަނީ މި ސަރަހައްދުގައި --- ފޮޓޯ/އެޗްޑީސީ
26 މެއި 2025 - 16:38
ހުޅުމާލެ ރަމްޒުކޮށްދޭ ތަނެއްގެ ގޮތުގައި 100 މީޓަރުގެ އުސް ޓަވަރެއް އަޅަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.
ހުޅުމާލޭގެ އާ މާސްޓަޕްލޭން އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ "އައިކޮނިކް ޓަވަރާ" ގުޅޭ ބައެއް ތަފުސީލުތައް ދީފަ އެވެ. އެ ޓަވަރު އަޅަނީ ހުޅުމާލެ ފޭސް 2 ގައި ފަރުކޮޅުފުށި ނިމޭ ހިސާބުގަ އެވެ.
އެޗްޑީސީން ފަރުކޮޅުފުށި ތަރައްގީ ކުރަނީ ގްރީން ނުވަތަ ފެހި ސަރަހައްދެއްގެ ގޮތުގަ އެވެ. އެ ބޮޑު ސަރަހައްދުގައި ކުޑަ ފުޓްބޯޅަ ދަނޑަކާއި އެހެން ކުޅިވަރުތައް ކުޅޭނެ ކޯޓަކާއި ބާބާކިއު ހަދާނެ ސަރަހައްދަކާއި އިވެންޓް ސްޕޭސްއަކާއި ބޮޓޭނިއަލް ގާޑެންއަކާއި ޗަސްބިމަކާއި އެމްފިތިއޭޓަރަކާއި ޕެޓިން ޒޫއަކާއި އެސްޖެހިގެ އަދި ޕަމްޕް ޓްރެކެއް ހަދަން ޕްލޭން ކޮށްފައިވެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ ޗީފް ޕްލޭނިން އޮފިސަރު އަހުމަދު ޒިނަފް ވިދާޅުވީ އެ "އައިކޮނިކް" ޓަވަރަކީ ހުޅުމާލޭގެ ތިންވަނަ އައިޑެންޓިޓީއެއް ހެދުމަށް އިމާރާތްކުރާ ތަނެއް ކަމަށެވެ. އެ ޓަވަރުގެ އުސްމިނަކީ 100 މީޓަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ރަމްޒުކޮށްދޭ 100 މީޓަރު އުސް ޓަވަރު އަޅާ ސަރަހައްދު ދައްކައިދޭ ތުރީޑީ މޮޑެލް.
އުސްމިނުގައި 100 މީޓަރު ހުންނަ ޓަވަރުތަކުގައި އާންމުކޮށް 25-30 ފުލޯއަށް އިމާރާތް ކުރެވެ އެވެ. އެއީ ގާތްގަނޑަކަށް ހިޔާ ފްލެޓުގެ ވެސް އުސްމިނެވެ.
"މީގެ އެންމެ ބޮޑު ބޭނުމަކީ ހުޅުމާލެއޭ ބުނީމަ އެންމެ ފުރަތަމަ ވެސް އަޅައިގަންނާނެ ނުވަތަ ވިސްނޭ ތަނެއްގައި ގޮތުގައި ހެދުން،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގެ އެންމެ ބޮޑު ރަމްޒެއްގެ ގޮތުގައި މިހާރު ބަލަނީ ހުޅުމާލެ ފޭސް 1 ގައި ދެވަނަ އަށް އެޅި މިސްކިތް ނުވަތަ ހުޅުމާލެ ބޮޑު މިސްކިތެވެ. އަދި ހުޅުމާލޭގެ ދެވަނަ ރަމްޒެއްގެ ގޮތުގައި ބަލަނީ ހިޔާ ޓަވަރުތަކެވެ.
"މި ޓަވާގެ އަނެއް ބޭނުމަކީ ފައިނޭންޝިއަލް ޑިސްޓްރިކްޓެއް އުފެދިގެން އަންނައިރު، އިތުރު ވަޒީފާތަކަށް ޖާގަ ދިނުން،" ޒިނަފް ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެ ގައުމުތައް ރަމްޒުކޮށްދިނުމުގެ ގޮތުން އުސް އިމާރާތްތައް އަޅާފައިވެ އެވެ. ސްރީލަންކާގެ ލޮޓަސް ޓަވަރާއި މެލޭޝިއާގެ ޕެޓްރޯނަސް ޓުވިން ޓަވަރާއި ޔޫއޭއީގެ ބްރުޖް ޚަލީފާ އާއި ސިންގަޕޫރުގެ ގުއޮކޯ ޓަވަރަކީ މިފަދަ ފާހަގަ ކޮށްލެވޭ ލޭންޑްމާކުތަކެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މާސްޓަޕްލޭނަަށް ބަދަލު ގެނައީ ހުޅުމާލޭގައި އިތުރުވަމުންދާ އާބާދީ އަށް ބޭނުންވާ ގިނަ ކަންތައްތަކަށް މަގުފަހި ކުރުމަށް ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ފަޅުތެރެއިން އިތުރު ބައެއް ހިއްކާފައިވުމުން، ބިމުގެ ޖާގަ އިތުރުވުމާ ގުޅިގެން އެ ބިންތައް ބޭނުން ކުރާނެ ގޮތްތަކާ މެދު ފަންނީ ގިނަ މަޝްވަރާތަކާއި ލަފާތައް އެޗްޑީސީގެ މެނޭޖްމަންޓުން ހޯދާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ޒަމާނަށް އަންނަ ބަދަލާ އެކު، ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތަކާއި އިތުރު ވަސީލަތްތައް ގާއިމްކުރުމަށް އާ ޕްލޭންގައި ވަނީ ހިމަނައިފަ އެވެ. އަދި ވިޔަފާރި އާއި އިގުތިސާދީ ހަރަކާތްތައް އިތުރުކޮށް، ކުރީގެ ޕްލޭންގައި ނެތް ގިނަ ކަންކަން ވެސް ހިމަނާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރުސޮހެލު
27 May 2025
ތިޔަ ޓަނަށް ކިޔަންވާނީ "ދެއްކުންތެރިޓަވަރ" ރާއްޖޭގައި ރައީސުންގެ ވާދަވެރިޮަމަކީ ދެއްކުންތެރި ކަމަކަށް ވެގެންނުވާނެ. ކިތަމެ އުސްކުރިޔަސް ނަމެއް ރީއްޗެއް ނުވާނެ. ރީތިވަނީ އައިބު ނުކިޔާ ވެރިކަމެއް ކުރެވުނީރުން. ރީތި ޕާކެއް ނޫނީ ތިތަން ހަދާނެ ޚަރަދަކުން ބިނާކުރެވޭނެ ރީތި ބަގީޗާތައް އާއްޖޭގެ އެކި ކަންކޮޅުތަކުގައި ހެދިގެން ދިވެހިން އުފާ ކުރުވޭގެން. ބުޅާ ޕާކަކުން ނޫން.
ރަންނަ
27 May 2025
ހުރިހާވެސް ބޭނުމަކީ ކޮންކްރީޓަކީ ތަރައްގީކަމަށް ރައްޔިތުންނަށް ވިސްނިފައޮތް ވިސްނުން ދެމެހެއްޓުން. އަންނި ވެސް އަރާ ކޮންކްރީޓަކީ ތަރައްގީއެއްނޫނޭ ކިޔަންފެށި ހިސާބުން ގޯސްވީ
ގަރީނު
27 May 2025
ބޯހިޔާވަހިކަން ހައްލުކުރަން ހިއްކި ހުޅުމާލެ ކޮންމެ ފަސް އަހަރެއްގެ ރިޔާސީ ދައުރު ނިމިގެންދަނީ މީހަކު ވަންނާނެ ތަނެއް ނުދެއްކޭ. މި ސަރުކާރު އައިފަހުން އުޅެނީ ލިސްޓެއް ވެސް ފައިނަލް ނުކުރެވިގެން.
އެއަރޕޯޓު ޒޯން
27 May 2025
އަމިއްލަ މީހާ މިލިއަނުން ޚަރަދުކޮށްގެން ގަންނަ ބިންކޮޅުއެއަރޕޯޓު ޒޯނެއް ވީމާ 6 ބުރިއަށް ވުރެ އުހަށް ނުހެދޭ. އެކަމަކު އެޗްޑީސީ އިން 100 މީޓަރު އުސް ޓަވަރެއް ހަދާއިރު އެއްކަލަ އެއަރޕޯޓު ޒޯނެއް ނޯވޭ!
މުއްތު
27 May 2025
ތި ޓަވަރަށް ކިޔާނީ މުއިޒު ޓަވަރު އިނގޭ
ނަގިލި
27 May 2025
އެހެރަ ބިޔަ "ހިޔާ" ޓަވަރުތައް ފެނުނީމާ ތިޔައީ ކޮން ރަށެއްކަން ނޭނގޭ މީހަކު މި ދިވެހިރާއްޖޭގަ އުޅޭނެތަ؟
ދިވެހި ދަރިން
27 May 2025
އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރު ކޮން ޓަވަރެއްތަ. ކަމެއް ކުރަންޏާ ދަރަނިތައް ދައްކައިދީ. ހުރިހާ ދަރަނިތަކެއް ދައްކާ ނިންމާފާ އަރަނި ބަޖެޓެއް ލިބުނީމާ ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިބާވަތުގެ ފައިދާއެއް ނުވާ ކަންކަން ކުރަނީ
ސަލީމު އިދުރީސް
27 May 2025
ކުރިއޮތްތާ ދިވެހިރާއްޖެ ބޭރު މީހުނައް އެގޭނީ ތިޓަވަރުގެ ނަންބުނީމަ! ބޭރުގައުތަކުގަ ސަލާންޖަހަމުން ލިބޭފައިސާ ކޮންކުރިޓައް ހަދަނީ އެފައިސާއިން އިގުތިސޯދު ކުރިއެރުވޭނެ ގޮތްތައް ހޯދަން ނޭގޭތި! މުޅިގައުމުގެ އުފެއްދުންތެރިކަމުން ދިހަބިލިއަން ޑޮލަރު އެއްނުކުރެވޭ ތާކު ދުނިއޭގެ އެމްމެ ހުސްޓަވަރުތައްވެސް ހުންނައްޖެހޭ
ބަބޫ
27 May 2025
ހުސް މާލޭ މީހުނަށް ކަންތައް ކޮށްދޭން ހޮވާ ސަރުކާރުތަކެއްތަ މީ؟
ދޮން
27 May 2025
އުސްޓަވަރާއި ،ބިނާތައް ހެދިޔަސް އުފަލެއްނެތް ، ރައްޔިތުންވަނީ ބިކަ ، ވަޒީފާ ދަނީ މަދުވަމުން އިމިގްރޭޝަން ވަޒީފާއިން އަސްލު ދިވެހިން ވެއްޓިފައިވާ ހާލަތު އެގޭ ، ޤައުމީ ބޮޑެތި މައްސަލަތައް ބާއްވާފައި ނާޗަރަގީ ގައި އުޅުއްވާ 28 ގައި އެކަން އެގޭނެ،