އައިޖީއެމްއެޗްގެ 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހުޅުއްވައިދެއްވާފައި.
27 މެއި 2025 - 19:48
އައިޖީއެމްއެޗުގައި ގާއިމުކޮށްފައިވާ 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް، ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައި ދެއްވަައިފި އެވެ.
މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގްގައި ޖެނަރަލް ސާޖަރީތަކާއި ނިއުރޯ ސާޖަރީތަކާއި ޕްލާސްޓިކް ސާޖަރީތަކާއި އޯތޯ ސާޖަރީތަކާއި ޔޫރޮލޮޖީގެ ސާޖަރީތައް ކުރާ ބަލި މީހުން އެޑްމިޓްކުރެވޭނެ އެވެ. އެ ވިންގްއާ އެކު އައިޖީއެމްއެޗްގެ އެނދުގެ ޖުމްލަ އަދަދު ވަނީ 510 އަށް އިތުރުވެފަ އެވެ.
އެ ހަފްލާގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ ފާއިތުވި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ސިއްހީ ދާއިރާގެ ކުރިއެރުމަށް ރައީސް މުއިއްޒު މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.
މިދިޔަ ދޮޅު އަހަރުގެ ތެރޭގައި 194 އެނދު އިތުރުކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ސިއްހީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ވެސް މަސައްކަތްތައް ކުރައްވާފައިވާ ކަމަށެވެ. ދާއިރާއިން ބޭނުންވާ 411 މުވައްޒަފުން ރެކްރޫޓްކުރުމުގެ ހުއްދަ ލިބިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައުފަލްް
29 May 2025
މިއީ ހާދަ ބޮޑު ތަކުލީފަކަށެ ރައީސް ހައްލު ހޯދައިދިނީމި. އބަދު ޖާގަ ނުލިބިގެން އުޅެންޖެހޭނީ.
ގަފޫރްް
29 May 2025
މި ސަރަހަައްދުގެ ސިއްޙީ ނިޒާމް ހަރުދަނާކުރެއްވުމަށް ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.
ދާއުދްް
29 May 2025
މައުމޫން ޒަމާނުއްސުރެ އަލަށް އައިޖީއެމްއެޗްއަށް ކަމެއް މިވީ.
މުވައެޒިފުން
29 May 2025
ކޮބާތޯ އާތިފާ އާއި ޒީތު އަދި ފިރިކަލުން ވައި ކެޓީތޯ؟
ޒިނާހްް
29 May 2025
ރާއްޖޭގެ ސިއްޙީ ނިޒާމް ކުރިއެރުވުމަށް ރައީސް ކުރައްވާ މަސައްކަތާ ގާތަށްވެސް އެހެން މީހަކަށް ނުވާނެ،
ޝިނާންް
29 May 2025
އެންމެ ފަހުން އައިޖީއެމްއެޗްއަށް ބަދަލެއް އައީ ޔާމީންގެ ވެރިކަމުގަ. މިދިޔަ ފަސްއަހަރު އިބޫއަކަށް މި ހޮސްޕިޓަލަށް ބަލާލަން ނުކެރުނު. ދެން ރައީސް މުއިއްޒު މިހާރު މި ހޮސްޕިޓަލަށް ކުރިކަމެއްވިއްޔާ މިކުރީ.
އަދަފަ
28 May 2025
ތިތާ މަސައްކަތް ކުރި ދިވެއްސެއް އަހަރެން ކައިރި ސީދާ ބުނީ ވަރަށް ފެންވަރު ދަށްކޮށޭ މަސައްކަތް ކުރީ، އަހަރެއް ނުވާނެއޭ ސީލިން ބޮލަށް ފައިބާ އިރު
ވިލް
28 May 2025
އެއީ މުއިއްޒު މައްސަލަތަ؟ މަސައްކަތް ހަވާލުވި ފަރާތުން ތިއޮތީ މަކަރު ހަދާފަ
ދައިލް
28 May 2025
އައިޖީއެމްއެޗްގެ ސްޕެޝަލިސްޓް ވެއިޓިން ލިސްޓް ގައި އެތަށް ހާސް ބައެއް... ފެންވަރު ރަގަޅު ޑޮކްޓަރުންނެއް ނެތް... ޓްރީ ޓޮޕް ހޮސްޕިޓަލު ގައި ހެދޭ ޓެސްޓްތައް އައިޖީއެމްއެޗް ޖެހޭނީ ބޭރަށް ފޮނުވަން... ހާލަތު... އެކަމަކު ހެލުތު މިނިސްޓްރީ ގެ ސިޔާސީ ބައެއް ވެރިން އަބަދު ރާއްޖެއިން ބޭރުން ޗުއްޓީ ހެދުމުގަ...
ޒާއިލްހހހ
28 May 2025
އައ.ޖީ.އެމް.ެެޗް އާއި ދަރުމަވަންތަ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން ނަކީ ވަރަށް ބިޒީކޮށް ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެކެވެ. ކޮންމެ ރަސްމީޑިއުޓީއެއްގައި ޑިއުޓީގެ ވަގުތަށްވުރެ އިތުރަށް އެތައް ގަޑިއިރަކު މަސައްކަރް ކުރަން ޖެހެއެވެ. އެހެންކަމުން މިފަދަ ދުވަހެއްގައި މިހާރު ދެއްވާ އޯވަރޓައިމް ޕަރސެންޓް މިހާރަށް ވުރެ މަތިކޮށް ދެއްވުމަކީ ވަރަށް އެދޭކަމެކެވެ.
ދައިލް
28 May 2025
އައިޖީއެމްއެޗް ގެ ޑޮކްޓަރުން އެތަށް ކްލިނިކެއް ގައި މަސައްކަތްކޮށް އެތަށް ފައިސާ އެއް ނަގާ.. ދައްކާ ވާހަކަ... ހަގީގަތު ގައި ދިވެހި ރާއްޖޭގެ ގިނަ ޑޮކްޓަރުން ގެ އެއްވެސް ފެންވަރެއް ނެތް... ބޮޑެތި ބަލިތަކަށް ފަރުވާ ކުރަން ފޮނުވަނީ އިންޑިއާ އަށް, ދިވެހި ޑޮކްޓަރުން މުސްކުޅި ވާއިރުވެސް ބަލިތަކަށް ފަރުވާ ކުރުމުގެ ފެންވަރެއް ނެތް
ޑަކްތޫރް
27 May 2025
ދެ އަހަރު ވީ އިރު އެއްވެސް ޚިދުމަތެއްގެ ފެންވަރު ރަނގަޅު ވެގެން ދިޔަ ތަނެއް ނުފެނޭ. އާ ޚިދުމަތެއް ނެތް.
ޝަމްވީލް
28 May 2025
ލޮލް. ދަރުމަވަންތައިގަ ބޭނުން ނުކޮށް ހިފަހައްޓާފަ ހުރި ފަންގިފިލާތައް އަލުން މަރާމާތުކޮށް މެޝިނެރީޒް ގެނެސް ފެށި. ކުޑަކުދިންގެ އީއާރެއް ހަދައިފި. އިތުރު ވާޑެއް އެ ހުޅުވީ. ނިޔާފް ގެނެސް ނިއުރޯ ސާޖަރީ ފުޅާކޮށްފި.